އިސްލާމްދީނާއި ހިލާފު އެތައް ކަމެއް ހިމަނައިގެން ދިވެހިރާއްޖެ އަށް އީޔޫ އިން ހުށަހެޅި ކަންކަން ކުށްވެރި ނުކުރައްވާ އެހުށަހެޅުންތަކަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މަރުޙަބާ ވިދާޅުވެއްޖެއެވެ.

މިރޭ ދިވެހި ބަހުން ފުރަތަމަ ރައީސް ނަޝީދު ކުރެއްވި ޓްވީޓް ގައި ވިދާޅުވީ އީޔޫގެ ހުށަހެޅުންތަކުގެ ތެރެއިން ދިވެހިންނަށް ބަލައި ނުގަނެވެނީ ދީނުގެ މިނިވަން ކަމުގެ ބަދަލު އެކަނި ކަމަށެވެ. "އެހެން ހުރިހާ ކަމަކީ ދިވެހިން އިންތިހާއަށް އެދޭ ކަންކަން. އީޔޫގެ ބަޔާނަށް މަރުހަބާ" ރައީސް ނަޝީދު ވިދާޅުވިއެވެ.

ނަމަވެސް އޭގެ އިރުކޮޅެއް ފަހުން އިނގިރޭސި ބަހުން ކުރެއްވި ޓްވީޓެއްގައި ރައިސް ނަޝީދު ވިދާޅުވީ އީޔޫގެ ހުށަހެޅުންތަކުގެ ތެރޭގައި ހިމެނޭ "ދީނީ މިނިވަންކަން ދިނުން ގަބޫލު ކުރަން ދިވެހިންނަށް އުނދަގޫ" ކަމަށެވެ.

ދީނީ މިނިވަންކަން ދިނުން ގަބޫލު ކުރަން ދިވެހިންނަށް އުނދަގޫވާ ކަމަށް ރައީސް ނަޝީދު ވިދާޅުވި ނަމަވެސް އެހުށަހެޅުމާއި ފާޅުގައި ދެކޮޅު ހައްދަވާފައެއް ނުވެއެވެ.

ރައީސް ނަޝީދުގެ ޓްވީޓްގައި އިތުރަށް ވިދާޅުވީ ދީނީ މިނިވަންކަން ދިނުން ފިޔަަވައި އީޔޫގެ ހުށަހެޅުންތަކުގެ ތެރޭގައި ދެން ހިމެނޭ ހުރިހާ ކަމެއް ތަންފީޒު ކުރަން ޖެހޭ ކަމަށެވެ.

އޭގެތެރޭގައި ތަރިކަ މުދާ ބެހުމުގައި އިސްލާމްދީނުގައި އަމަލު ކުރާ ގޮތް ބަދަލު ކުރަން އީޔޫ އިން ރާއްޖެ އަށް ހުށަހަޅާފައިވާ ހުށަހެޅުމާއި ސުންނީ މުސްލިމުންނަށް އިންތިޚާބުތަކުގައި ވާދަކުރެވޭ ގޮތައް އޮތް އޮތުން ބަދަލު ކުރުމަށް ހުށަހަޅާފައިވާ ހުށަހެޅުން ވެސް ހިމެނެއެވެ.

އީޔޫގެ ހުށަހެޅުންތައް ކުށްވެރިކުރަން ރައީސް ނަޝީދަށް ކެރިވަޑައި ނުގެންނެވިއިރު ދިވެހި ސަރުކާރުން ވަނީ ރާއްޖޭގައި އަބަދުވެސް އޮންނާނީ އިސްލާމްދީން ކަމަށާއި އިސްލާމްދީނާއި ހިލާފު އެއްވެސް ކަމެއް ބަލައި ނުގަންނާނެ ކަމަށް ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

31 ކޮމެންޓް

  1. މުހަންމަދު

    މިފެންނަނީ އަސްލު މިމީހުން ބޭނުންވެގެން މިއުޅޭ ކަންތަށް ތަށް . އެހެން ނޫނަސް ކާފަރުން އަހރެމެންނަކަށް ހެވެއްނޭދޭނެ

  2. އެނގޭތަ

    ދިވެހި އިސްލާމުގެ ތަޢުލީމު އެއްވެސް ވަރަކަށް ލިބިފައި ނުވާ ނަމަވެސް އެއްވެސް އިންތިޚާބީ މަޤާމަކަށް ކުރިމަތިނުލެވޭ ގޮތަށް ހަދަންވީއެވެ.

  3. ....

    އޭ އެހެން މީހުން ކާފަރު ކުރަން ނޫޅެބަަލަ ދޯ !!! ތިކަހަލަ މީހުންނާ ހެދި އޭ ޤައުމު ހަލާކުވަނީ...

  4. ބިޗޫ

    ޕަޕެޓުންނަށް އިދިކޮޅެއް ނުހެދޭނެ، ގޮނޑިކޮށްކޮ ވީމާ ވާނީވެސް އެހެން. ލަނޑަޔާ ވާނީ ލަނޑަޔާ.

  5. ނަފާ

    ރައީސް ޔާމީނު ނުކުރޭ އެއްވެސް ބަހަކުން.. ކީއްވެ ހަބަރު ނުލިއުނީ؟ ސަރުކާރުން ވެސް ރަސްމީކޮށް އަދި ޖަވާބު ނުދޭ މިއޮއްހުރިހާ އިރު ވީއިރުވެސް

    • ބާރީ

      ފޮރިން މިނިސްޓްރީން ބަޔާނެއްނެރުނުތާ ކޮންއިރެއް. މިކަމާ ގުޅޭ ވަގުތުގެ އާޓިކަލްވެސް ގަޑިއެއް ކުރިން ލިޔެފައެއޮތީ.

      • ނަފާ

        އެ މަ ކޮމެންޓް ޖެހިފަހުން ފެނިގެން..އަދި ވެސް ރައީސް މީހާ ނުކުރޭ

  6. ކެނެރީކުއްތާ

    މީނާ ޓުވިޓްތައް ކުރާގޮތުން ހީވަނީ، މީނާމީ ދިވެއްސެއް ނޫންހެން. އެހެންނާ ބުނާނީ "އަހަރުން ދިވެހިންނަށް" މިހެން. މީނާ ބުނާގޮތުން ހީވަނީ މަގޭ މައްސަލައެއް ނެތޭ، އެކަމު ގިނަ ދިވެހިން އަދިވެސް ދީން ބަދަލު ކުރާކަށް ބޭނުމެއް ނޫނޭ

  7. ޓްވިޓަރ

    ކިހާދެރަކަމެއް... ވަގުތު މީހުންވެސް ތިޔަބުނާ ޓްވީޓްގެ ސްކްރީންޝޮޓެއް ނަމަވެސް ޚބަރަށް ލާބަލަ...

    • ކަލޯ

      އެއޮތީ ޓްވީޓް. ބަލަން ބޭނުން ނުވާ މީހުންނަކަށް ނުފެންނާނެ

  8. އަބްދުއްލާ

    އީޔޫ އަށް ދީން ބަދަލުކުރާމައްސަލަ ހުށަހެޅީ ނަސީދު ކަމަށް ވެއްޖިއްޔާ ؟އޭނާ އެކަން ކުއްވެރި ކުރާނެތަ ؟

  9. ޕަކާސް

    ޢަންނީ ވަރަށް ކުރުކޮށް ފޮނިކޮށް މިބުނަނީ މަގެ ދީނާ މަގެ ގައުމާ ނުކުޅެއްޗޭ. ކަލޭ ރައްޓެހި އީޔޫގަ ތިބި ދޮންކުދިންކައިރީވެސް މިހެން ބުނެލަދީ.

  10. އިބުރޭ

    އަޅުގަނޑު މި ނިމަނީ ދެން ދުވަހަކު ވެސް މުހައްމަދު ނަޝީދަށް ވޯޓު ނުލާ! އެކަމުވެސް އަދިވެސް އެމް.ޑީ.ޕީ

    • ކެނެރީ ސޮނި މުގާބޭ

      މަވެސް ހަމަ ތިފަދަ...

  11. ޢަނާ

    ކެނެރީގޭ ގަންޖާ ނަޝީދު މި އުޅެނީ ކިހިނެތް ހަދާނަމޭ ހިތާތަ އަޅެފަހެ. ނަޝީދު ބޭނުންހާ ގޮތެއް މި ދިވެހި ޤައުމަކަށް ނެހެދޭނެ. އަހަރުމެންނަށް ކޮންއީޔޫ އެއްތަ. ޢިސްލާމް ދީން މިޤައުމުން ފޮހެލަން ހާދަ ވަރެކޭ މިވެރިން މި އަރުވަނީ. ހިލާ އެހެންވިޔަކަ ނުދޭނަން. ރާއްޖޭން ބޭރުގަ ހުރެގެން ކޮން ޓްވިޓެއް ކުރާކަށް. ނަޝީދު ދޭބަލަ މަހަށް. ދެން ލަލަލާ......

  12. މީ މަ

    ދީނޭ ކިޔައިގެން އަނގަ ހުޅުވާއިރު މިގައުމުގައި ރާވިއްކުމުގެ ހުއްދަ ދީފައިވާ ލިޔުމުގެ މަތީގައިވެސް އޮންނަނީ ބިސްމި،،، މާތްކަލާނގެ ޙަރާމް ކުރައްވާފައިވާ ކަމެއް ހުއްދަކުރެވޭނެ އެހެން ފަރާތެއް ވޭބާ؟؟؟،، އެކަމުވެސް ހަމަ ދީނާއި ޙިލާފް އެއްވެސް ކަމެއް ނުކުރޭ!!! ދީނޭ ކިޔައިގެން އަނގަ ހުޅުވާފަ ރައްޔިތުންގެ ލޮލުގަ އަނދުން އަޅުވާތަން މިފެންނަނީ!!! މިކަހަލަ ކިތަންމެ ކަމެއް އެބަހުރި !!!! ކީއްކުރާނީ ދޯ !! ފަހުޒަމާނުގެ އަލާމާތް ތައް މިފެންނަނީ ކުރިމަތިން!!!!

  13. ކެރީ

    ސޭހް އިލިޔާސްއަކީ އަޅުގަޑުމެންގެ ލޯބިލިބިފައިވާ ބޭފުޅެއް ހެޔޮނުވާނެ މި ނަޝީދާއި ދޭތެރޭ އެއްޗެއް ވިދާޅުވޭ

  14. ދަލާދީނިއަންސް

    ގަންޖަބޯ ދަ ލާދީނިއަނޭ. މަމެން ގާތު ރަންރީނދޫ ޓްވިޓަރޭ ބުންނޭ ގަންޖާބޯ ހުންނަނީ ޚިތާނު ވެސް ނުކޮށްއޭ އެހެންވީމާ އިނގެއެއް ނޫންތޭ އޭނާ އަކީ ފެށުމުގައި ވެސް ދަ ލާދީނިއަނޭ އެއް ކަން. ދެން ރަންރީނދޫ ޓްވިޓަރޭ މެން ތިއްތި ކޮޅުގައި އެމެން އަޅުކަން ކުރާ ބުދު ޓަޓޫގެ ގޮތުގައި ކުރަހަައިގެން އުޅޭ ކަން ވެސް މަަމެން ދަންނަމޭ މަމެން ބުނަން ނެތީމު ދޯ. ރަންރީނދޫ ޓްވިޓަރޭ ދަ ލާދީނިއަނޭ ދަ ކާފަރޭ ދަ މުރުތައްދޭ މަހަށް ދޭބަލަ ދެން، މަަަހަށް މަހަށް މަހަަށް ދޭބަލަ ދެން.

    • :

      ހަހަ ލޮލް މަ ހީ ހީ ހަލާކު....ތަންކޮޅެއް ގިނަ ގިނައިން ކޮެމންޓް ކޮޑށް ބަ ޕްލީސް

  15. ޑީޑީ

    ރަސޫލަގެ ހަދީސެއްގަ އޮވެ އެމީ ހާއާ ވަތަރުގޮތަށް އެމީހުން އުޅޭގޮތަށް ތަބައަ ވާމީހުންނަކީ އެމީހުންހެ ތެރޭންވާ މީހުން ނެވެ އެއީ ޔޙޫދީ ޣައރުމުސްލިމުން ގެވަހަކަ ނަސީދާ އޭނަށް ވާގިވެރިވާ އެންމެންނަކީ ހަމަ އެމީހުންގެ ތެރެއިންވާ މީހުން ނެވެ މީ މބުނި އެއޗެއް ނޫން

  16. ނިބޫ

    ބަލަ އަންނިޔަކީވެސް ލާދީނީފިކުރުގެ މީހެއް

    ޔަހޫދީއެއް ދޮޮންމީހުންއުޅޭގޮތައް އުޅެންބޭނުންވާ

    މީހެއް ގޮނޑިދުއްވާ ބިރަކާނުލާމަޖާކޮށް

    ބާތަކުގަ ރާބޮއެ މިގޮތަށް އުޅެން ބޭނުންވާމީހެއް

  17. ކެނެރީ

    އެއީ އައްސުލްތާން ގަންޖާބޯ ސިރީ ކުލަރީނދޫ

    އިގެރޭސިވިލާތު ރާބޮވުނު މަހާރަދުން.

  18. މޮޔަދީ

    މީނާއަކީ އެންމެނަށް އިނގޭގޮތުގައި ޤާނޫން އަސާސީގައި ބުނާ ދިވެއްސަކަށް ވުމުގެ ޝަރުތުހަމަވާ ގޮލައެއްނޫން ވިއްޔާ. އެކަމު ކީއްކުރާނީ ސަރުކާރުން މީނާ ހަމަ ބުނެލާއިރަށް މައިބަދާގައި ޔޫކޭ އިން މާމުއި ދަމަން އެހެރީ ފޮނުވާފަވިއްޔާ. މީނާއަކީ ސީދާ ޖަލުގަ އުމުރު ދުވަހު ހުންނަންޖެހޭ މީހެއް.

  19. ލާހޫރޭ

    އީ ޔޫ އޮޅާލަން ވީނުން ފުރަތަމަ ފަރަންޖީންގެ ކަންކަން ރަނގަޅުކޮށްބަލަ އެހެން ޤައުމުތަކާ ނުބެހި

  20. ރައްޔިތު މީހާ

    ޔަހޫދީން ޔަހޫދީންގެ ކޮމެންޓެއް ކުއްވެރިއެއް ނުކުރާނެ......

  21. ހުސޭނުބެ

    މީނާ ހުރިތަނަކުން ހޯދާ ދަންޖައްސަން ގޮވާލަން!!! މީނާ އިސްލާމްދީނަށް ފުރައްސާރަކޮށް މިގައުމުގެ އެއްބައިވަންތަކަން ނަގާލާ މިގައުމުން އިސްލާމްދީން ފުހެލަން ކުރާ މަސައްކަތް ހަރުކަށި ޢިބާރާތުން ކުށްވެރިކުރަން!!

  22. ކެރިގޭ އަނދިރިން

    ނަޝީދަކީ ކިހާވަަރެއްގެ ދީނީ މީހެއްކަން ރާއްޖޭ ގެ ފަތްފުތް ތަކުން ރަނގަޅައް އިނގޭ މީ ކިތަންމެ ވަރަކަށް އޮޅުވާލަން އުޅުނަސް އޮޅޭނެ ކަމެއް ނޫން ކުރީގަވެސް އަދި ހަމަ މިހާރުވެސް

  23. ހެހެ

    ނަޝީދު ދެން ވެރިކަން ނުލިބިގެން މުސްކުޅިވެ އަޖޫޒް ކައިފި ނުވާ ދުވަހުން.. ދެން ފެންނާނީ މޮޔަވެގެން ގުރައިދޫ ގޮޅީގެ ރަސްކލެއްގެ ގޮތުގައި....

  24. ޠާބިން

    މިކަލޭގެ ހީކުރީ ޔަހޫދީން ޕްރެސަކުރީމަ ބިރުން މިސަރުކާރުން ކުޑަކަކޫ ޖެހޭނެކަމށް އަހަރެމެން ﷲގެ މަގުގަ މިތިބީ ސާބިތް ކަންމަތީ އެންމެ ފަހުމީހާ ޖެހެން ދެންވެސް ޔަހޫދީ ކަފަރުންނަ ކުރިމަތިލާން ތައްޔާރުގަ ނިކަން ކެނަރީގޭ ނަސީދު އާދެބަލަ ޔހޫދީން ގޮވައިގެން ﷲގެ މަގުގައި މިތިބީ މޭ އަށްޑަނަކަށް ދިއްކޮށްލަގެން

  25. ގުރޫޕް

    އައްޝައިޚް ހަސަން މޫސާ ފިކުރީ ވިދާޅުވީ އިސްލާމްދީން ނޫން އެހެން ދީންތަށް ގެނައުމަށް ގޮވާލާ މީހުންނާއި, އެފަރާތްތަކަށް އެކަމުގެމަށްޗަށް ވާގިވެރިވާ އެންމެހާ މީހުންނަކީ އިސްލާމް ދީނުގެ އަދުއްވުންކަން ކަށަވަރު ކަމަށާއި އެފަދަ އެންމެންގެ ކިބައިން ބަރީއްއަ ވާކަމަށެވެ. ޥީމަ ނސީދުގެ ފަތުގައި އެނބުރޭ ބައިގަނޑަކީ އިސްލަމް ދީނުގެ އަދުއްވުންކަން ވަރަށް ސާފް

  26. ޢަފްލާ

    މި ޔެލޯ ބުރާންތި ރޯނާ ވާނީ ވެރިކަން ނުލިބިގެން މިބުރާނތި އަކާހުރެ މިގައުމު ބޮޑު ފަސާދައެއްގެ ތެރެއަށް ވެއްޓިއްޖެ ރޯބުރާނތި އަތަށް ގޮވީމަވެސް މައިތިރިއެއްނުވި ރޯނު ބުރާނތި