ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ)ގެ މެންބަރުކަމަށް ޢައްޔަން ކުރައްވުމަށް ރައްޔިތުން މަޖިލީހުގެ ރުހުން ހޯދުމަށް ރައީސް އިބްރާހިމް މުހައްމަދު ސާލިހު ފޮނުއްވި ހުރިހާ ނަަމަކަށް މަޖިލީހުން ރުހުން ދީފިއެވެ.

ޕީސީބީ މެންބަރުކަމަށް އައްޔަން ކުރެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯއްދެވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ފޮނުއްވި ބޭފުޅުންގެ ނަންތަކަކީ،

1 . ޙަސަން ވަޙީދު، ކުދިމާގެ، ގދ. ތިނަދޫ

ހަސަން ވަހީދު އައްޔަން ކުރުމަށް ނިންމާފައި ވަނީ އެބޯޑުގެ ރައީސްގެ މަގާމަށެވެ. އޭނާ ރައީސްގެ މަގާމަށް އައްޔަން ކުރުމަށް ނެގުނު ވޯޓުން 65 މެންބަރަކު ވަނީ އެއްކޮޅަށް ވޯޓު ދީފައެވެ. އޭނާ އެބޯޑަށް އައްޔަން ކުރުމާއި ދެކޮޅަށް އެއްވެސް މެންބަރަކު ވޯޓު ދީފައެއް ނުވެއެވެ.

2 . ޢާޞިމް މުޙައްމަދު، ގ. މެޒަރިން

އާސިމް ނައިބު ރައީސް ކަމަށް އައްޔަން ކުރުމަށް ވޯޓު ދެއްވާފައި ވަނީ 65 މެންބަރުންނެވެ. އޭނާ އައްޔަން ކުރުމާއި ދެކޮޅަށް އެއްވެސް މެންބަރަކު ވޯޓު ދީފައި ނުވާއިރު ވަކި ކޮޅަކަށް ވޯތު ނުދޭ މެންބަރަކުވެސް ނެތެވެ.

3 . ޢާއިޝަތު ޝާޒުލީ، މ. ސެވޯއީ

ޝާޒްލީ މެންބަރު ކަަމަށް އައްޔަން ކުރުމަށް ވޯޓު ދިނީ 60 މެންބަރުންނެވެ. މިކަމާ ދެކޮޅަށް އެއް މެންބަރަކު ވަނީ ވޯޓު ދީފައެވެ. ވަކި ކޮޅަކަށް ވޯޓު ނުދޭ މެންބަރަކު ނެތެވެ.

4 . ރުޝާހާ އަޙްމަދު ޝަރީފް، ހ. އޮއިސިސްވިޔޫ

ރުޝާހާ މެންރުުކަމަށް އައްުޔަން ކުރުމާއި އެއްކޮޅަށް ވޯޓު ދީފައި ވަނީ 64 މެންބަރުންނެވެ. އޭނާ އައްޔަން ކުރުމާއި ދެކޮޅަށް އެއްވެސް މެންބަރަކު ވޯޓު ދީފައި ނުވާއިރު ވަކި ކޮޅަކަށް ވޯޓު ނުދޭ މެންބަރަކުވެސް ނެތެވެ.

5 . ޢަލީ ޝަފީޢު، މ. ހުދުކަނީރުގެ

ޝަފީއު މެންބަރުކަމަށް އައްޔަންކުރުމަށް ވޯޓު ދީފައި ވަނީ 62 މެންބަރުންނެވެ. އޭނާ އައްޔަން ކުރުމާއި ދެކޮޅަށް އެއްވެސް މެންބަރަކު ވޯޓު ދީފައި ނުވާއިރު ވަކި ކޮޅަކަށް ވޯޓު ނުދޭ މެންބަރަކުވެސް ނެތެވެ.

6 . ޢަލީ ޝުޖާޢު، ފަހަލަ، ޅ. ހިންނަވަރު

ޝުޖާއު މެންބަރު ކަމަށް އައްޔަން ކުރުމާއި އެއްކޮޅަށް ވޯޓު ދީފައި ވަނީ 65 މެންބަރުންނެވެ. އޭނާ އައްޔަން ކުރުމާއި ދެކޮޅަށް އެއްވެސް މެންބަރަކު ވޯޓު ދީފައި ނުވާއިރު ވަކި ކޮޅަކަށް ވޯޓު ނުދޭ މެންބަރަކުވެސް ނެތެވެ.

7 . އަލްފާޟިލް އަޙްމަދު ޝަރީފް ޔޫސުފް، މ. ސަތާވަރީގެ

ޝަރީފް މެންބަރު ކަމަށް އައްޔަން ކުރުމާއި އެއްކޮޅަށް ވޯޓު ދީފައި ވަނީ 65 މެންބަރުންނެވެ. އޭނާ އައްޔަން ކުރުމާއި ދެކޮޅަށް އެއްވެސް މެންބަރަކު ވޯޓު ދީފައި ނުވާއިރު ވަކި ކޮޅަކަށް ވޯޓު ނުދޭ މެންބަރަކުވެސް ނެތެވެ.

ރައީސް ސާލިހު ޕީސީބީގެ މެންބަރުކަމަށް ހަތް ބޭފުޅަކު ޢައްޔަން ކުރެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯއްދެވުމަށް ފޮނުއްވާފައިވަނީ މިއަދު އެވެ.

ޕީސީބީގެ ބޯޑު އަލުން އެކުލަވާލައި ބޯޑުގެ ރައީސް އާއި ނައިބް ރައީސްގެ މަގާމަށް ބޭފުޅުން އައްޔަންކުރެއްވީ މިދިޔަ ސެޕްޓެމްބަރު މަހުގެ ތެރޭގަ އެވެ. އެގޮތުން ބޯޑުގެ ރައީސްގެ މަގާމަށް އައްޔަންކުރެއްވީ ހަސަން ވަހީދު އެވެ. އަދި ނައިބް ރައީސްގެ މަގާމަށް އައްޔަންކުރެއްވީ އާސިމް މުހައްމަދު އެވެ.