ދިވެހި ރައްޔިތުންގެ މަޖިލީހުގައި ބޭނުން ކުރާ ކާނާގެ ތެރެއިން ބާވީވާ ބައިން ގަސްކާނާ އުފައްދައި، ދަނޑުވެރިންނަށް ދޫކުރުމަށް ނިންމާފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އަމިއްލަ ފަރާތްތަކުން ވަނީ މިދިޔަ ބުރާސްފަތި ދުވަހު، ބާކީވާ ކާނާއިން ގަސް ކާނާ އުފެއްދުމަށް ބޭނުންވާ މެޝިނެއް ހަދިޔާ ކޮށްފައެވެ. ޕްލޭން ހޮޓެލް ހޮސްޕިޓަލިޓީ ގްރޫޕުން މަޖިލީހަށް ހަދިޔާ ކޮށްފައިވަނީ އިކޮލޮޖިކަލް ފުޑް ރީސައިކަލް މެޝިނެކެވެ.

މިއަދު ކުރިއަށް ދިޔަ ޖަލްސާގައި ވާހަކަ ދައްކަވަމުން ނަޝީދު ވިދާޅުވީ، އެ މެޝިނުން 100 ކިލޯގެ ކާނާއިން 36 ކިލޯގެ ގަސްކާނާ އުފެއްދޭ ކަމަށެވެ. އަދި އެއީ ރަނގަޅު ގަސް ކާނާ ކަމުގަޔާ މިހާރު އެ ގަސް ކާނާގެ އަޖުމަ ބަލަމުން އަންނަ ކަމަށް ނަޝީދު ވިދާޅުވިއެވެ.

"އެހެންވީމަ މިތަނުގައި މިހާރު މާ ގިނައިން ގަސްކާނާ އުފައްދަމުންދާތީ އަޅުގަނޑުމެން ނިންމައިފިން ދަނޑުވެރިކަން ގިނަގިނައިން ކުރަމުން އަންނަ ދާއިރާތަކަށް ގަސް ކާނާ ދިނުމަށް" ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ، މަޖިލީހުގައި އުފައްދާ ގަސް ކާނާ ބޭނުންވާ މެމްބަރުން މަޖިލީހުގެ އަމީންއާންމަށް އެންގުމުން އެކަން ހަމަޖެހިގެން ދާނެ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގައި ތިއްބަވާ މެމްބަރުންގެ ކޮއްތު ހަމަޖައްސައިދެމުން އަންނަނީ މަޖިލީހުގެ އިދާރާއިންނެވެ. އެގޮތުން ކޮންމެ މެމްބަރެއްގެ ކޮއްތުގެ ގޮތުގައި 159.87 ރުފިޔާ ޖެހޭ ކަމަށް މީގެ ކުރިން މަޖިލީހުގެ ރައީސް ވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

19 ކޮމެންޓް

  1. ޛޗޖ

    ނުވާނެ އެހެއްނެއް. އެވެސް ވިއްކައިގެން އަންބޮނޑިއައް ގިނަކުރާނީ

    17
    2
    • ޟަރުދީ

      މަޖިލިސްވެސް ބިޒްނަސް ފެށީ މެމްބަރުނަށް މުސާރަ ދެވޭވަރު ކުރާތި

  2. ހުސޭނުބޭ

    ހަމައެކަނި ކާނާއިން ބާކީވާ ބައި އެކަނިތޯ! ކީއްތޯވާނީ މަޖިލީހުގެ މެންބަރުން ކެއުމަށްފަހު ދެން އެ ނުކުންނަ ބައިވެސް ތިޔަށް އެއްކުރެއްވިއްޔާ! އޭރުން ހަމަގައިމުވެސް އަގުހުރި ފުރިހަމަ ގަސްކާނާއަށް ވާނެ!

    27
    1
  3. އަލީ

    އެހާއެއްޗެހި ބާކީނުވާގޮތަށް އޯޑަރު ދީގެން އެއްޗިހި ގެނެއުމުން މާ ރަގަޅުވާނެ. ކޮންމެހެން މަޖްލިސްތެރޭގައި ގަސްކާނާ އުފައްދާކަށް ނުޖެހެ.

    34
    1
  4. ޖަޒީރާހުންގާނު

    ރައްޔަތުންގެ ވޯޓުންހޮވާ ރައްޔަތުންގެ ޚިދުމަތުގައި ބައިތިއްބާފަ ތިބިބަޔަކު އާއްމުރައްޔަތު މީހާއަށް ކާލަންނުލިބޭހާ މޮޅުކާނާ ގެންގޮސް ނުހަނުބޮޑުތަނުން އިސްރާފު ކުރާމައްސަލަ ސިންގަޕޫރު އާބުޓުރޭޝަނަށް ހުށަހަޅައި ގެއްލުމުގެބަދަލު ރައްޔަތުންނަށް ހޯދާދޭންޖެހޭ.

  5. އަޑަފި

    މަޖުލިސް މެމްބަރުން ދެކަމުދާ ތަކެތިވެސް ތަށިތައްޓައް އަޅާފަ ދޫކުރަން ފެނޭ. މީހަކު ފަހެ އަޖައިބެއް ނުވާނެތަ. އަތްނުބާނާ އެއްވެސް ކަމެއް ހަމަ ނެތިއްޔޭ. މާދަމާ ވާނެ މަޖުލިހުން ވެކްސިން ދޭންފަށަން. އަނެއް ދުވަހުން ގޭގެއަށް ކަރަންޓު ދޫކުރާނީ. ފަހުގެ ތާރީހެއްގަ ކޭބަލް ޓީވީގެ ޚިދުމަތާ އިންޓަރ ނެޓްގެ ޚިދުމަތް ފަށަން ވާނެ.

  6. ސަލާމް

    ރަނގަޅުކަމެއް އެއާއެކު ނަންބޯޑުވެސް ބަދަލުކޮއްލާ ގަސްކާނާ އުފައްދާ ރައްޔިތުންގެ މަޖްލިސް

    23
    2
  7. އައްމި

    ހާދަ ކާނައެއް މަޖުލީހުން އިސްރާފް ކުރޭތާ،

    15
    1
  8. މިއަދު

    ރަޢިއްޔަތުންގެ ފައިސާއިން ތިމާމެނާއި ނުބައްދަލުވަރަށް މުސާރަ އާއި އެލަވަންސްތައް ނަގާއަދި ނުފުދިގެން ބަނޑުތައް ފުރާއިތުރުވާވަރަށް ބައިކުދިންގެ ހޮޓަލުން ކާނާގެނަސް ތިސަކަރައިޖަހާއިރު އަޅެފަހެ މިގައުމުގައި ދެއިރު ހަމަޔަށް ކާންނިލޭ ކިތައްނިކަމެތިން ތިބިތޯ އެއްފަހަރުވެސް ވިސްނާލެއްވިބާ ؟ މިފަދަ ވާހަކައެއް ދައްކަން ކެރުނުކަމަމެދުވެސް މަހަމަ ލަދުންހަލާކު

  9. ޝާހް ރ.ވާދޫ

    ތީ ހަމަގޮލައެއްނޫން. ކަލެޔަށް ކުރެވޭން ކަންކަން ތިކުރެވެނީ، އެއީ ގަޅި އަނގަ ތެޅުމާ، ކަލޭކަހަލަ ގަޅިން ގުނބޯހެއްދުމާއި، ގައުމު ބައިބައިކުރުމާއި، ދައުލަތް ބަނޑުއަޅާލުން.

    14
    1
  10. ދަރަނި ދަންތުރަ

    އޮޅުވާނުލާ ރައްޔިތުންގެ ހަޒާނާ ހުސްކޮށްފައި ރައްޔިތުންނަށް ގަސްކާނާ ދޭނެ ކަމެއްނެތް އިސްރާފު ނުވާވަރަށް މެންބަރުން ނަށް ކެވޭވަރަށް އޯޑަރ ދެއްވާ ވެންމަސް ވެނަން ކާންދޭން ތިއުޅެނީ ނަސީދުގެ ހެޔޮކަން ދައްކަން މަކަރާ ހީލަތުން ރައްޔިތުންގެ ހަޒާނާ ލޫޓުވާ ޖީބުފުރާ މީހެއް ނަސީދަކީ ނާޖާއިޒު ފައިދާ ތިނަގަނީ ވަށްކަން ތިކުރަނީ ރައްޔިތުން ހޭވެރިވޭ މީ ފައްކާ ބޮޑު ވަގެއް...

  11. މުގައްދަރު

    އެހެންވީމާ ރައްޔަތުންގެ ފައިސާ އިސްރާފު ކުރާކަމައް އަމިއްލަ އިބާރާތުން ތިޔަ އިއުތިރާފް ވީނޫންތޯ ތީތޯ ރައްޔަތުންގެ ޓެކްސް ފައިސާއިން ރައްޔަތު މީހާގެ ބޭނުންތައް ފުއްދާނުދީ ތިމާމެން ހިތުހުރިގޮތަކައް އިސްރާފްކުރިމުން ތިދަނީ ތިޔަ މައްސަލަހިފައިގެންވެސް އެބުނާ އާބިޓްރޭޝަނަށް ރައްޔަތުންނައް ދެވިދާނެނުންތޯ ހަމަޔަގީނުންވެސް އނގޭ އެއްޗަކީ ގިޔާމައް ދުވަހުން ރައްޔަތުންނައް ތިޔަ ޙިޔާނައްވާ ކަން ކަން ބައްލަވާ ފުރިހަމަޔައް އިންސާފު މާތް ﷲ ދެއްވާނެ ކަމާމެދު އަޅުގަޑު 100% ގަބޫލް ކުރަން ވެދުން

  12. ސަންސެޓް

    ކޭޓަރިން މަދުކޮށްލެވޭކަށް ނެތް. ޕާރޓީއަށްވެސް ކޭޓަރިން ހަދާދޭތީ؟

  13. ޒަބީބު

    މަޖިލިސް ތެރޭގައި ބަދިގެއަކާއި ދުމައްޓެއް ހަދައި މަސްވެރިން ނުކިރިގެން އުޅޭ މަސްކޮޅުވެސް ކައްކައި ދިލަ ޖައްސައި ދޭންވީ ނޫންތޯ؟ ތިންބާރު ވަކިކުރެވިފައި އޮތް ނިޒާމު ގަޑުބަޑުކޮށް ނިމުމަށްފަހު ދެން މިހާރު ނުކުރެވި އޮތްކަމަކީ ގަސް ކާާނާ އުފެއްދުމާއި މަސް ވަޅޯކުރުން އެހެން ނޫންތޯ؟

  14. އައްޔަބޭ

    މަޖިލީހުގެ ރައިސް އަކަށް މިހާރު އެހުރީ ވެރިކަމަށް އަންނަން އުޅުނު އިރު ދިވެހިރާއްޖެ ފަޅުރަށަކާއި ލެޕްޓޮޕަކުން ހިންގަން ބުނި ކަނޑުކޮސް. އަދި ކިއެއްތޯ ވެރިކަމުގައި ހުރި އިރު ރާއްޖޭގައި އެންމެ މަދުން ހެދޭ ބާވަތެއް ކަމުގައިވާ ކުއްޅަވަކުން ފަނިގިރައިގެން އެކްސްޕޯޓު ވެސް ކުރި ފައްކާ ބޯގަޅިއެއް. ވީމާ މީނާއަށް ގަސްކާނާ އުފައްދައިގެން ދަނޑުވެރިން ގަސް ހައްދައި ބާކީވާ ބައި ޔޫރަޕަށް އެކްސްޕޯޓު ވެސް ކުރެވޭނެ. އަދި މީނާ އަލުން ވެރިކަމަށް ގެނެސްފި ނަމަ ރައީސް އޮފީހުގައި ބަދިގެއަކާއި ބޮމބިނާށީގެ އިޔާދަކުރަނިވި ހަކަތައިން ދުންއަރުވާ ދުމައްޓެއް ހަދައިގެން މަސްވެރިންނަށް ނުކިރިގެން އުޅޭ މަސްކޮޅުވެސް ކައްކައި ދިލަޖައްސައި ވަޅޯކޮށްދޭނެ. އެކަމަކު މީނާ އިސްތިއުފާ ނުދެނީން އަނދުން ހުސޭނު ވާނެ އިޒްރޭލުން އިތުރު ބިންކޮޅެއް ދަމައިގަނެވޭތޮ ބަލަން. އެއީ ހުސޭނުމެންގެ ޑިއާރ ލީޑަރ ގެ ލެގެސީ ދަމަހައްޓަން.

  15. އއއަ

    އިސްރާފުވާވަރަށް ކާއެއްޗެހި ގެނައުން ހުއްޓާލުމަށް ގޮވާލަން. ދެކޮޅުޖެހޭ ގޮތަކަށް ތިކަންތައް ކުރަން ފެނޭ. އަމިއްލައަށް ކާއެއްޗެހި ގެންނަ ގޮތަށްވެސް ހަަދަން ފެނޭ. ބޮޑު މުސާރަ ދީފަ ތިބޭ މީހުން. އޮފީހުގަ އުޅޭ ނިކަމެތިން އަމިއްލައަށް އެއްޗެހި ގަނެގެން މިކަނީ. އެގޮތަށް ހެދެންޖެހޭ.

  16. Anonymous

    ގަސްކާނާ އުފެއްދުމުގެ ބަދަލުގައި އިސްރާފު ކުޑަކުރުން ކިހިނެތްތޯ؟ އެންމެ ބޮޑުކޮށް ދައުލަތުގެ ފަރާތުން މުސާރަދީފައި، ދައުލަތުގެ ފަރާތުން ކޮއްތި ދޭންޖެހޭ ސަބަބެއް އޮންނަންޖެހޭކަމަކަށް ނުފެނޭ.
    ރަސްމީ މަސައްކަތުގެ ވަގުތުުގައި މުސާރައިގެ އިތުރުން މެންދުރު ކެއުމުގެ ފައިސާއިން ސަރުކާރުގެ މުވައްޒަފުންނަކަށް ނުލިބޭ. އޮފީސް ވަގުތު ކެއުމުގެ ޚަރަދު ހަމަަޖައްސަންޖެހެނީ މުވައްޒަފުން އަމިއްލައަށް.

  17. ކަފަބުރު

    މީގެ މާނައަކީ މަޖުލިސް އިން ހާދަހާ ބައިވަރު އިސްރާފެއް ކުރެޔޭ ދޯ.

  18. ބިންގޯ

    ބައިވަރެއް ކެވޭތިދޯ ގަސްކާނާ ހަދާފަ ރައްޔިތުންނަށް ބެހޭނީ