އަދުލު އިންސާފު ލިބޭނީ ފަނޑިޔާރުންގެ އަމިއްލަ ނަފްސުން ފެށިގެން އިސްލާހީ ބަދަލުތަކަށް ފުރުސަތު ދެއްވައިގެން ކަމަށް ރަައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.

ދަރުބާރުގޭގައި މިރޭ ބޭއްވި، "ގަޟީއީ އަހަރު 2020" އިފްތިތާހް ކުރުމުގައި ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް ސާލިހު ވިދާޅުވީ، ހަމައެކަނި އިދާރީ ބަދަލުތަކާއި ޤާނޫނީ ބަދަލުތަކުން ފަނޑިޔާރުގެ އިސްލާހު ނުވާނެ ކަމަށާ، ފަނޑިޔާރުގެ އިސްލާހު ވާނީ ފަނޑިޔާރުން ކޮރަޕްޝަންނަށް ނޫނެކޭ ބުނެެގެން ކަމަށެވެ.

ފާޅުގައި ކޮރަޕްޝަނަށް ނޫނެކޭ ބުނަން ފަނޑިޔާރުންނަށް ނުކެރޭނަމަ އިންސާފު ނުލިބޭނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

"ދައުލަތުގެ މަޤާމްތަކަށް ބަލާއިރު ވަކި މުއްދަތެއް ނެތް ގޮތަށް މަޤާމަށް އައްޔަން ކުރަން ޤާނޫނު އަސާސީން ލާޒިމް ކުރާ ބަޔަކީވެސް ހަމައެކަނި ފަނޑިޔާރުން. މިފަދަ ދުސްތޫރީ އިނާޔަތްތައް ފަނޑިޔާރުންނަށް ލިބިފައި އޮންނަނީ، އެ ފަނޑިޔާރުންގެ ފަރާތުންވެސް، ވަރަށް މަތިވެރި މަޤްސަދުތަކެއް ހާސިލްކުރަން ބޭނުންވާތީ. އެއީ ރައްޔިތުންގެ މެދުގައި ތަފާތު ނުކޮށް އަދުލު އިންސާފު ޤާއިމްކުރުން" ރައީސް ވިދާޅުވިއެވެ.

ފަނޑިޔާރު ގެއާއި ބެހި ނުފޫޒު ފޯރުވަން އެއްވެސް ކަމެއް ނުކުރައްވާ ކަމަށާ، ކުރިއަށް އޮތްތަނުގައިވެސް އެފަދަ ކަމެއް ނުކުރައްވާނެ ކަމަށް ރައީސް ސާލިހު ވިދާޅުވިއެވެ.

ރައީސް ވަނީ ފަނޑިޔާރުގެތަކަށް ދިމާވެފައިވާ ދަތިކަންކަތައްތައް ހައްލުކުރަން މަސައްކަތް ކުރައްވާ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

އެގޮތުން ކޯޓުތަކަށް ބޭނުންވާ ވަސީލަތްތައް ފުރިހަމަ ކޮށްދިނުމާއި ޖާގައިގެ ދަތިކަން ހައްލުކޮށްދޭން މަސައްކަތް ކުރައްވާ ކަމަށް ރައީސް ވިދާޅުވިއެވެ،

ރާއްޖޭގައި އެންމެ ގިނަ މައްސަލަ ހުށަހެޅެނީ މާލެއަށް ކަމަށް ވުމާއި އެކު ކޯޓު އެކުވެންޏެއް އެޅުމަށް ހުޅުމާލެއިން ބިމެއް ކަނޑައަޅާ، އެ ބިން ޖުޑީޝަލް އެޑްމިނިސްޓްރެޝަނާއި ހަވާލުކޮށްފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.

އެ ކޯޓު ކޮމްޕްލެކްސް ނިމުމުން ސުޕްރީމްކޯޓު ފިޔަވާ ހުރިހާ ކޯޓެއް އެތަނަށް ބަދަލު ކުރައްވާނެ ކަމަށާ، އޭރުން މިހާރު ދިމާވެފައިވާ ޖާގައިގެ ދަތިކަމަށް ހައްލު ލިބޭނެ ކަމަށް ރައީސް ފާހަގަކުރެއްވިއެވެ.

ކިޔުންތެރިންގެ ހިޔާލު

22 ކޮމެންޓް

 1. .....

  ..
  ރައްޔިތުން ގެ ހޭލުންތެރިކަން ނެތުމުން ރައްޔިތުންނަށް އަނިޔާވެރިވަމުންދާ ބަޔަކު ކިހިނެއް އިންސާފު ހޯދަދޭނީ...ރައްޔިތުން ގެ އަތުން މަޖުބޫރުން ފައިސާ އެކި ނަންނަމުގައި ނުހައްގުން ނަގަމުން ކޮން އިންސާފެކޭތޯ ތިކިޔަނީ....ދިވެހިން ހޭލަންވެއްޖެ....ގައުމެއް ތަރައްގީއެއް ނުވާނެ އެ ގައުމެއްގެ އާންމުންގެ ޖީބުގަ ފައިސާ ނަގައިގެންނެއް....ފުރަތަމަ ރައްޔިތު މީހާ ފުދުންތެރިއަކަށް ހަދަން އެބަޖެހޭ....އެކަން ކުރާ ނަމަ އެއްވެސް ޓެކްސް އެއް ނުފުދި އުޅޭޭ މީހާ އަތުން ނެގިގެން ނުވާނެ....އަދި ޓެކްސް އަކީ އިސްލާމް ދީނުގައި ހުއްދަ އެއްޗެއް ނޫން....އިސްލާމް ދީނުގައި ހުއްދަ ނޫން އެއްޗެއް އެ މަޖްވޫރުކޮށްގެން އެ ނަގަނީ ކޮން މަގުސަދެއްގަތޯ ވިސްނާލަން އެބަޖެހޭ....ރައްޔިތު މީހާ މިއުޅެނީ ދަރަނި ބޮލަށް އަރާ ބަރުވެގެން...މަހުގެ 15 އަށް އަރާއިރު އަތުގަ ނޯވޭ އެންމެ ރުފިޔާ އެއްވެސް...އަދިވެސް ރީތި ފަރަންޖީ ނަންނަމުގަ ޓެކްސް ނަގަން މި ވިސްނަނީ...ރައްޔިތު މީހާ ފެލާލަނީ....ދެން މިފަހުން ބުނަމުން އައީ އިންކަމް ޓެކްސް އެއީ ބޮޑެތި ފައިދާ ލިބޭ މީހުން އަތުން ނަގާ އެއްޗެކޭ...އެއީ ދޮގެއް މީސްތަކުންނޭ....އެއީ ހަމަ އާންމު ނިކަމެތި މީހާ އަތުން ނެގޭ އެއްޗެއް...ވިސްނާލަބަލަ...އެމީހުންނަށް ފައިދާއިން ޓެކްސް ދައްކަން ޖެހުމުން އެމީހުން ވިޔަފާރީގެ އަގު މަތި ކުރާނެ...ހިދުމަތް ލިބި ގަންނަ މީހާ އަތުން އެބައި އަތުލާނެ....އެއްވެސް ޓެކްސް އެއް ދުނިޔޭގަ ނެތް އާންމު ނިކަމެތި މީހާ ދައްކަން ޖެެހޭ ގޮތަށްމެނުވީ....އެއީ ރައްޔިތުން ފެލައިގެން ބޮޑުން ދިރިއުޅުމަށް ހަދާގެން އުޅޭޭ އެއްޗެއް....ތި ޓެކްސް ނަގާ އެމެރިކާ ޢާށް ބަލާލަމާ...އެތަނުގައި ގިނަމުން ނަކީ ފަގީރުން...އެކަމަކު ބޮޑުން ވަރަށްވެސް އަރާމުގަ...ޓެކްސް ދައްކައިގެން ފައިދާވަނީީ ބޮޑުންނަށްކަން ޘާބިތުވާނެ

  17
  1
  • Anonymous

   ދަންނަވަންތޯ ރައިސް! އިސްލާހު ނެތް ވާކަށް! ކުރީ ސަރުކާރޭ ކުރީ ސަރުކާރޭ ކިޔާ މިކިޔާ ލަވަ ފުރަތަމަ ނިންމަންޖެހެނީ! ކުރީ ސަރުކާރުން ކަންތައްތައް ކުރަމުން އައީ ގޯސްކޮށޭ ބުނެ ވަކާލާތު ކޮށްގެން އެއަށްވުރެ ރަގަނޅަށް ވެރިކަން ކުރަން އައިސް ނޫންތޯ މަނިކުފާނު ތިހުންނެވީ! މިނިވަން މުއައްސަސާތައް އަތްދަށުލައިގެން އެތަންތަނުން އަންގާ އެންގުންތަކަށް އޭރުގެ ސަރުކާރުން ބޯނުލަނބާ ވާހަކަވެސް ދެއްކީވެސް މަނިކުފާނުމެން ނޫންތޯ؟ މިހާރު މަނިކުފާނުގެ ސަރުކާރުން ކަންތައްތައް ކުރަނީ އަދި މާގޯސްކޮށް ނޫންތޯ؟ ޓީއެމްއޭއަށް އާ ސީޕްލޭން ޓާމިނަލް ދޭން މަނިކުފާނުގެ ސަރުކާރުގެ މޭޒުތައް ދަށުން ހިންގަމުން އައި ބޮޑު ޖަރީމާ ފަޅާއަރާ އެންމެފަހުން

  • ޙައްގުބަސް

   ދަންނަވަންތޯ ރައިސް! އިސްލާހު ނެތޭ ވާކަށް! ކުރީ ސަރުކާރޭ ކުރީ ސަރުކާރޭ ކިޔާ މިކިޔާ ލަވަ ފުރަތަމަ ނިންމަންޖެހެނީ! ކުރީ ސަރުކާރުން ކަންތައްތައް ކުރަމުން އައީ ގޯސްކޮށޭ ބުނެ ވަކާލާތު ކޮށްގެން އެއަށްވުރެ ރަގަނޅަށް ވެރިކަން ކުރަން އައިސް ނޫންތޯ މަނިކުފާނު ތިހުންނެވީ! މިނިވަން މުއައްސަސާތައް އަތްދަށުލައިގެން އެތަންތަނުން އަންގާ އެންގުންތަކަށް އޭރުގެ ސަރުކާރުން ބޯނުލަނބާ ވާހަކަވެސް ދެއްކީވެސް މަނިކުފާނުމެން ނޫންތޯ؟ މިހާރު މަނިކުފާނުގެ ސަރުކާރުން ކަންތައްތައް ކުރަނީ އަދި މާގޯސްކޮށް ނޫންތޯ؟ ޓީއެމްއޭއަށް އާ ސީޕްލޭން ޓާމިނަލް ދޭން މަނިކުފާނުގެ ސަރުކާރުގެ މޭޒުތައް ދަށުން ހިންގަމުން އައި ބޮޑު ޖަރީމާ ފަޅާއަރާ އެންމެފަހުން އެންޓި ކޮރަޕްޝަން ކޮމިޝަނުން އެކަން ބަލާ ރިޕޯޓް މަނިކުފާނަށް ހުށަހެޅުމުން އެކަން ގަބޫލުނުކޮށް ބޭނުން އެއްޗެއްނޫންތޯ ހަދާ ނިންމާލީ!! އެންޓި ކޮރަޕްޝަން ކޮމިޝަންގެ ރިޕޯޓްގައި އެއޮތީ ފެންނަން ދައުލަތަށް ގެއްލުންވާގޮތަށްކަން ޓީއެމްއޭއަށް ޓާމިނަލް ދޭން ނިންމިކަމާއި ޑީލްތައްވެސް ހަދާފައިވާކަން ފާހަގަކޮށް!! އެހެންވީމަ މަނިކުފާނު ކޯޗެކޭތޯ ތިކިއުއްވަނީ؟ ލަދު ކޮބާ؟ މަނިކުފާނުގެ ސަރުކާރުން ނޫންތޯ ޖޭއެސްސީވެސް ފުނޑާލައިގެން އުޅެނީ!! ޖޭއެސްސީގެ އެތިއްބެވި މެމްބަރުންނަކީ ކޮންބައެއްކަމާ މީގެކުރިން ކުރީ ކޮންކަމެއްކަން ނޭނގޭ ބަޔަކު ނެތޭ މިގައުމުގަ!! އެހެންވީމަ ފުރަތަމަ އިސްލާޙުވާންވީ އަމިއްލައަށް!! ދެން އެ ނަމޫނާ ދައްކައިގެން އެހެން މީހުން އިސްލާހުކުރަން މަސައްކަތްކުރަންވީ!! ރައްޔިތުންގެ ފައިސާ ތަޅާ ކައި ހުސްކުރާކަން ލީކުވާ އޯޑިއޯ ތަކުންވެސް އެދަނީ ހާމަވަމުން!! އައްޗި ސަރުކާރެއް!!

 2. ސަދޫމުސް

  އަންހެނުން ތަކާ ަިޔާސީ ބޭފުޅުން ކޯޓުތަކައްލައިގެން ތިޔަ ގަންނަގަނޑަކީ ފަނޑިޔާރުގެ އިސްލާޙުކުރުންބާ؟ ނޫނީ ޢަދުލުގެ ނިޒާމު ފުނޑާލުންބާ؟ އިސްލާމީ ޝަރީޢަތް ދަންނަ އެކަކުވެސް ފަހުބަސްބުނާ ކޯޓަށް އައްޔަން ނުކުރީ ހަމަ އިހުލާސްތެރިކަން ބޮޑުކަމުންބާ؟؟ނޫނީ ޝަރުޢީ ނިޒާމު ރަނގަޅުކުރުމުގެ ހިތުނިޔަތް ސާފުކަމުންބާ؟ ބަހާ ޢަމަލަކާ ދިމައެއްނުވޭ މުޅި ޖުޑިސަރީ ހަލާކުވެ ސަދޫމުގެ އިންސާފަށްވުރެ ނުބައިވެއްޖެ މުޅިންވެސް ސިޔާސީ ޙުކުމް ބާރާ ނުފޫޒު ބޭނުންކުރަނީ

  16
  1
 3. އިސްގީތާރަބޭ

  އިންސާފު ލިބޭކަން މުޅިރާއްޖެއާ ދުނިޔެއައް ފެނިގެން އެދިޔައީ ޓީއެމްއޭ އައް އާ ޓާމިނަލް ޒީރޯއިން ހީރޯޔައް ހަދާފައި މީތިޔަ ބުނާ އެމް އެމް ޕީ އާރ ސީގެ ހަގުނަޔާ ނުބައްދަލު ފައިދާވާ ޕުރޮޖެކްޓެއް ޖީއެމް އާރައް އެއަރ ޕޯޓްދިންހެން ސަޅި މީވާ ގައުމެއް ވޯޓް ހޯދަން ވީމާ ހައްގުތަކޭ އިންސާފޭ އަނިޔާޔޭ ކިޔާ ވޯޓް ލިބޭހިސާބުން ފެނުކެއްކި ބޮލީގެ ސަރަފުދީފައި ރައްޔަތުން ހަދާން ނެތުނީ އަނެއްކާ 5 އަހަރުވީމާ ސޭމް ސްޓޯރީ

  16
  1
 4. ލިއުޝާ

  ބޭކާރު ވާހަކަ ނުދައްކާ ކަލޭ ޖުޑިސަރީއައް އަތާއި ފައި ބާނައިގެން ހުރިހާ ހަނޑިއެއްހާވަނީ ކަލެޔާ ކުނަރީގެ ލާދީނީ ނަޝީދު އާއި 2 މީހުއްވެގެން ކަލޭމެން ނުރުހޭގޮތަކައް ހުކުމް ނެރެފިނަމަ ޖޭއެސްސީ އައްްގެންގޮސް ފަޑިޔާރަކު ސަސްޕެންޑުކުރާނެ ނުވަތަ ފާަޑިޔާރުކަންކުރުމުގެ ހުއްދަބާތިލް ކުރާނެ. ދެންކޮއްއިސްލާހެއްވާނި ބުނެބަލް. ލާދީނީ ބައިގަޑު.

  15
  1
 5. ޢަހު

  ޥައްކަން ކޮއްގެން ވޯޓް ނަގައިގެން ވެރިކަމަެްއް އައިސް އިންސާފޭ ކިޔާނެ ކަމެއްނެތް

  10
  1
 6. ކާފަބޭ2020

  ތިޔަވިދާޅުވާ އިސްލާހާއިންސާފްލިބިނިމޭއިރު މައިމީހާގެ ފައް ޓަރުބައިވެސްސަލާމަތުންއޮންނާނެބާ!!

  9
  1
 7. ބެއްޔާ

  ކަލޭ ދައްކާވާހަކަ ބަލާބަލަ. ތިހެން ތިމާ އަމިއްލައަށް ޒީރޯޓޮލެރެންސްއޭ ކިޔައިގެން މުޅި ދައުލަތް ހުސްކޮށްފި. މުއްދަތެއް ނެތްގޮތަށް މަޤާމުގައި ތިބޭނީ ހަމައެކަނި ފަނޑިޔާރުންނޭ ބުނާއިރު ތާރީޚުގައިވެސް އެންމެ ގިނަ ފަނޑިޔާރުން މަޤާމުން ދުރުކޮށްފައިވަނީ މިސަރުކާރުން. އެންމެގިނައިން ފަނޑިޔާރުންނަށް ރިޝްވަތު ދީފައިވަނީ އެމްޑީޕީން. ދެން ކީކޭބާ ތިކިޔަނީ.

  15
  1
 8. ފަޒީލް

  ރައީސް މީހާ އިސްލާހު ވާނީ ކޮންއިރަކުބާ.. ރައީސް މީގާ އިސްލާހު ވޭތޯ ބަލަން އަހަރެމެން ތިބެންތަ ޖެހެނީ..

  10
  1
 9. ކަލޯ

  އެއްވެސް ތަނެއް އިސްލާހެއް ހުނުވާނެ ހުރިހާތަނަކައް ރައީސް ނަސީދު އަތްބާާހާ ހިނދަކު އެއީ މިގައުމައް ޖެހިފަ ހުރި ބޮޑް ބަލާވެރި ކަމެއް އޭނަ ހީކުރަނީ ދެން މިގައުމުގަ އުޅެނީ ހުުސް މަޔައިން ކަމައް ކޮއްމެ ކަމެއް ކޮއްފަ އަތައް ގޮވީމަ އެހެން ބަޔަކު ބޮލު އަޅު ވަނީ އެއްވެސް މުއައްސަސާއެއް ނެތް ތިޔަކަލޭގެ އަތް ނުބާނާ ވަރައް ސަލާމް

 10. ޙަސަނާ

  ކަލޭގެ ހުރިނުލަފާކަން ބަލާބަލަ 2018 ނޮވެމްބަރު17ވަނަދހުވަހު ދިހިވެހިރަހޔިތުންގެކުރިމަތީﷲގަންދީހުވާކުރީ މާތްވެގެންވާއިސްލާމްދީނަެްހުރުމަތްތެރިކޮއްހިތުމަށާ ދިވެހިޖުމްހޫރިއްޔާގެ ގާނޫނުއަސާސީދަމަހައްޓަން ކޮބާހުވާ އިސްލާމްދީންފުހެލަންބަޔަކުކުރާމަސައްކަތައްހިތްވަރުދެމުން ހަރުކަށިފިކުރޭކިއާ ސުންނަތައްއުޅެމުންދާމީހުންހައްޔަރުކޮއް ދީނީއިލްމުވެރިންގެއަގުވައްޓާބިރުދައްކާ ދީނައްއުޅޭމީހުންނައްމަލާމަތްކޮއް ދީނީދަރުސްދިނުންހުއްޓުވާ ގާނޫނުހަދާމަޖުލިހުގެތަޅުމުގަ އައުވާނުންލައްވާ ދީނައްޖޯކުޖަހާ ތިމާގެކަރުންނާރުފުއްޕާފަ ބުނިބަސް ހަރުކަށިފިކުރާ ދީނައްފުރައްސާރަކުރަންޖާގަނުދޭނަމޭ ބުނެފަ ދީނައްފުރައްސާރަކުރާ އެއްކައުވަންތަކަންގަބޫލު ނުކުރާ އެތައްބަޔަކު ތިމާގެ އޮފީހުގަ ތިމާގެ ކާރީގަ ބޮޑުމުސާރަދީފަ ތިބިއިރު އިސްލާމްދީނައް ރަގަޅުގޮތުގަ އުޅެވޭތޯ މަސައްކަތްކުރާމީހުންހައްޔަރުކޮއްބިރުދައްކާ އިސްލާމީ ސަރީއާ ކިއަވައިގެންދިބި ގާޒީން ވަކިކޮއް ހުޅަގުން ކިއަވައިގެންއައިސް އައުރަނިވާނުކޮއްތިބި ބަޔަކު ފަހުބަސްބުނާކޯޓައްލާ ދީނީއިލްމުވެރިންނައްގޮންޖައްސަވާ ގާޒީންލައްވާނުބައިނިޔާތައްކުރުވާ ހަދަނީ ތާއަބަދު ތިމާ ތިމޮޅުކަމުގަ ހުރެވޭނެކަމައްދެކޭތީތޯ ވަގޭ ވަގޭ ގޮވި މީހުންވައްކަންކުރަންވެސް ބިރެއްނުގަނެ މިވީ ކުޑަދުވަސްކޮޅުކިހާބައިވަރެއްކާލައިފިންތޯ މިހިރަރައީސް މިހިރަ ރައީސް ބުނެބަލަ.

 11. އައިޝ

  ކެރަފާޢާއިލާ މިރާއޖޭ ގައި އުޅޭހާދުވަހަކު އިންސާފެއް ނުލިބޭނެ.

 12. އިންސާފޯ

  އިންސާފްލިބޭނީ ކަލޭ އިސްތުފާދިނީމަ އިބޫ ލަދެއްނުގަނޭދޯ އިން ސާފޭކިޔައިގެން އަގަ ކުރާކަށް ގޮތެއްފޮތެއް ނެތަސް ތިއީބޮޑުވަރު.

  10
 13. ހުސެން

  ޓީއެމްއޭ އަށް 14 ރ އަކަ ފޫޓެއް ދިވެހި ރައްޔިތު މީހާ މާލޭ ބިމުން އަކަފޫޓެއް 500ރ ކިހާ އިންސާފުވެރިތޯ؟ކިހާ ނަޒާހަތްތެރިތީ؟ކެނެރީގޭ ރާޖާގެ މުއްފަތަށް އަނެއް 2 ބާރު ލައިގެން ކިހާ ތާހިރުތޯ ޤައުމު؟ކޮން އަދުލެއް މި ގައުމުގައި އޮތީ؟އިސްލާމީ ޟަރީއަތް ފުރިހަމަޔަށް ތަންފީޒުކޮށްގެން މެނުވީ ހައްލެއް ނެތްކަމީ ޔަޤީންކަމެއް

  10
 14. އިސްތަށި

  އިބޫ ކަލޭ ބުނި އިންސާފުވެރި ވެރިކަމެއް ކުރެވޭނީ އެމްޑީޕީއަށް ވެރިކަން ލިބިގެންނޭ ވެރިކަން ލިބުނީމަ ދެންބުނީ މަޖިލީހު ސުޕަމެޖޯރޓީ ލިމުނީމައޭ ދެމިހާރު ތިޔަނީ

 15. އެހެން ނޫންތޯ

  ޢަދުލު އިންސާފު އޮތީ އިސްލާމްދީނުގައި، ޤުރުއާނާއި ސުންނަތުގައި، އިސްލާމީ ޝަރީޢަތުގައި. މިކަންކަން ނުދަންނަ ބަޔަކަށް ރައްޔިތަކަށް ހޯދައިދެވޭނެ ލިއްބައިދެވޭނެ ޢަދުލު އިންސާފެއް ނެތް.

 16. ބުނާކަށް ނެތީމޭ

  ދޮންމީހުން އުޅޭ ގޮތަށް އުޅެގެން ސަލާމަތްވެވިދާނެއޭ ބުނާ ބަޔަކަށް ރައްޔިތަކަށް ހޯދައި ދެވޭނެ ލިއްބައިދެވޭނެ އިންސާފެއްނެތޭ. އަދި އެއީ ކޮރަޕްޓު މީހުން ގެންގުޅޭ ފިލޯސަފީއެކޭ.

 17. ޒާ

  ތީ އެއްވެސް ހިނގުންތެރިކަމެއް ހުރި ވެރިއެއްނޫން. ނަމެއްގައި ހުރިމީހެއް. ގައުމުގެ ހިންގުންތެރިިކަން ގެއްލި ހަރާބު ވެއްޖެ.

 18. ބޮލި މުލައް

  އިންސާފުލިބޭނީ މިނިވަންކަމާއެކު ޙުކުމްކުރަން ފުރުޞަޠު ދީގެން
  އިންސާފުލިބޭނީ ޖުޑިޝަރީއަށް އަތްބޭނުން ސަރުކާރާ މަޖުލީހުން ހުއްޓާލައިގެން
  އިންސާފުލިބޭނީ އީސީން ތިމާޔަށްދިން ޤައުމުގެ ރައީސްގެ މަސްޢޫލިއްޔަތު އަދާކުރަން އެނގިގެން

 19. ވާނުވާ

  ކުރުގޮތަކައް ބުނުއްވަން ވީނުންތޯ އެއްކަމެއްނުވާނޭ

 20. ޢަލިބެ

  ފަނޑިޔާރުން ކަލޭމެންބުނާގޮތަށް ޙުކުމްކުރީމަނޫނީ އިޞްލާހަށް ފުރުޞަތުދޭކަމަކަށް ނުވާނެ.