މެދުރާއްޖެތެރޭ ރަށެއްގައި 15 އަހަރުގެ އަންހެން ކުއްޖަކު ރޭޕްކުރި މައްސަލައެއް ފުލުހުން ތަޙްޤީޤު ކުރަން ފަށައިފިއެވެ.

ފުލުހުން ވިދާޅުވީ، ނޯތް ސެންޓްރަލް ޕޮލިސް ޑިވިޜަން (ކ، އއ، އދ، ވ) ހިމެނޭ ސަރަހައްދުގެ ރަށެއްގައި 15 އަހަރުގެ އަންހެން ކުއްޖަކު ރޭޕްކޮށްފައިވާ މައްސަލައެއް ރޭގެ ވަގުތެއްގައި ފުލުހުންނަށް ހުށަހެޅިފައިވާ ކަމަށެވެ.

މި މައްސަލަ ތަޙްޤީޤު ކުރަމުން ދާކަން ފުލުހުން ކަށަވަރުކޮށްދެއެވެ. ނަމަވެސް މައްސަލައިގެ އިތުރު އެއްވެސް ތަފްސީލެއް ފުލުހުން ނުދެއްވައެވެ.

މައްސަލަ އާއި ގުޅިގެން އަދި މިހާތަނަށް މީހަކު ހައްޔަރު ކުރިކަމެއް ވެސް ނުވަތަ ނޫންކަމެއް ވެސް ފުލުހުން ވިދާޅެއް ނުވެއެވެ.

މީސް މީޑިއާގައި ބައެއް ފަރާތްތަކުން ބުނެފައިވާ ގޮތުގައި އަންހެން ކުއްޖާ ރޭޕް ކުރި ރަށަށް ފުލުހުންގެ ހާއްސަ ތަޙްޤީޤު ޓީމެއް ރޭ ފަތިހު ވަނީ އަރާފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. Anonymous

    ނަން ހާމަކޮށް ފޮޓޯ ޖަހާބަލަ މީގަވެސް. ވަކި ބައެއްގެތަ އެކަން ވަނީ؟ ޖަހާބަލަ ފޮޓޯ، ވަކި ބައެއްގެ އެހެން އެކަން ވާނީ.... އެެހެންނު

    12
    • ނަން

      އޭރުން އަރާނީ ކަލޭގެ ނަން

      1
      4
      • ޑ

        މަގެ ނަމެއް ނާރާނެ

        2
        5