މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ. ބިލާލް ފިލިޕްސްއަކީ ހަރުކަށި ފިކުރު ގެންގުޅޭ މީހެއް ނޫން ކަމަށާއި އެއީ އިލްމީ މީހެއް ކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރު އަދި އިލްމުވެރިޔާ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ރޭ ވިދާޅުވެއްޖެއެވެ.
ދިވެހި ޒުވާނުންނަށް ދީނީ ނަސޭހަތް ދެއްވުމަށް ޔޫތު މިނިސްޓްރީގެ ދައުވަތަކަށް ބިލާލް އަންނަ މަހު ރާއްޖެ ވަޑައިގަންނަވާނެކަން ޔޫތު މިނިސްޓަރު އަހުމަދު މަހްލޫފް ޓުވިޓާގައި އިއުލާން ކުރެއްވުމާ އެކު، އެމްޑީޕީން ބައެއް މެމްބަރުން ވަނީ ބިލާލްއާ ދެކޮޅަށް އަޑު އުފުއްލަވައިފައެވެ. އެގޮތަށް މެމްބަރުން ވިދާޅުވި އިރު، ބިލާލަކީ ހަރުކަށި ފިކުރުގެ އިލްމުވެރިއެއް ކަމަށް ބުނެ، އޭނާ ބައެއް ގައުމުތަކަށް އެރުން ވަނީ މަނާކޮށްފައެވެ.
ބިލާލް ރާއްޖެ ގެނައުމާ ދެކޮޅަށް ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދާއި މަޖިލިހުގެ ނައިބު ރައީސް އީވާ އަބްދުﷲ ފަދަ ބޭފުޅުން ވަކާލާތު ކުރައްވަން ފެއްޓެވުމުން ބިލާލް ރާއްޖެ ގެނައުން މަޑުޖައްސާލިކަން މަހްލޫފް ވަނީ ރޭ އިއުލާން ކުރައްވައިފައެވެ.
އެކަމާ ގުޅިގެން ޝަހީމް ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ ބިލާލަކީ ހަރުކަށި ފިކުރުގެ ބޭފުޅެއް ކަމަށް ވިދާޅުވެ، އެމްޑީޕީގެ ބައެއް މެމްބަރުން ސީރިއަސް ތުހުމަތުތަކެއް ކުރެއްވުމާ ގުޅިގެން އެކަމަށް ރައްދު ދެއްވައިފައެވެ.
"ބިލާކަކީ ހަރުކަށި ފިކުރުގެ މީހެއް ނޫން. އަދި އެ ފިކުރަށް ތާއީދު ކުރާ މީހެއް ވެސް ނޫން. އެއީ އިލްމީ މީހެއް. އެތައް ބައިވަރު ފޮތެއް ލިޔެފައިވާ މީހެއް. އެތައް ތައުލީމީ މުއައްސަސާއެއް އިސްލާމީ އުންމަތުގައި އުފެއްދި މީހެއް. އެއީ މަދީނާގެ އިސްލާމީ ޔުނިވަސިޓީގެ ފަހުރުވެރި ދަރިވަރެއް،" ޝަހީމް ވިދާޅުވިއެވެ.
ޝަހީމް ވިދާޅުވީ، 1972 އަހަރުގެ ތެރޭގައި ބިލާލް އިސްލާމްވެވަޑައިގަތީ އަމިއްލަފުޅަށް އިސްނަންގަވައިގެން ކަމަށާއި، އަދި ފުރަތަމަ ބިލާލްއަކީ ކްރިސްޓިއަން ދީނުގެ މީހެއް ކަމަށެވެ. އެއަށް ފަހު ދުނިޔޭގެ ދެކުނުންނާއި އިރުމަތިން ތައުލީމް ހާސިލްކުރެއްވުމަށްފަހު އޭނާގެ މުޅި އުމުރު ހޭދަކުރައްވާފައި ވަނީ އިސްލާމް ދީނަށް ހިދުމަތް ކޮށްދިނުމުގައި ކަަމަށް ޝަހީމް ވިދާޅުވިއެވެ.
"މާތް ﷲ އިރާދަ ކުރައްވައިގެން ހެޔޮ ސިއްހަތުގައި އަޅުގަނޑު ދުނިޔޭގައި ލައްވައިގެން ރާއްޖެ ދެވޭނެ ދުވަހަކުން ބިލާލްއަށް ރާއްޖެއަށް ދައުވަތު އަރުވާނަމެވެ. އެކަން ހުއްޓުވޭނެ އެއްވެސް ފަރާތެއް ނުވާނެ އެވެ،" ޝަހީމް ވިދާޅުވިއެވެ.
ޔަހޫދީންގެއެހީތެރިކަމާއެކުވެރިކަންކުރާބަޔަކަށް އިސްލާމްދީނުގެ އަސާސްތަކެއްމުހިންމެއްނުވާނެ! ޔަހޫދީންނުރުހުނަސް އިސްލާމްދީން ކުރިއަރުވާނެ އިޚްލާޞްތެރިއިލްމުވެރިން އަބަދުވެސް ދުނިޔޭގައިލައްވާނެ އެއީޔަގީންކަމެއް މަދުފައިސާކޮޅަކަށްނަފްސުވިއްކާއިލްމުވެރިންވެސް!!!!
އިސްލާމް ދީނަށް ލޯބިކުރާ ބަޔަކަށް ނޫނި ތިކަމެއް ނޭނގޭނެ! މިޤައުމުގައި މިހާރު ޝައިތާނާއަށް ވުރެ ކުރީގައި އުޅޭ ބަޔަކު އެބައުޅޭ!!!
ބޯކަނޑަން ގޮވާއިރުވެސް ހަރުކަށްޓެއް ނުވާނެ މިމީހާއަކަށް
އެންމެ ތިން މީހުން ދެކޮޅު ހެދުމުން މަ ހުލޫފް ބިރުން ތެޅެނީ...
ލިޓްލް ސިންގަޕޯރ އަށް ރާއްޖެހަދަން އުޅުނުމީހުންނަށް.
....
ބަލަ ސިންގަޕޫރަށްވެސް މީނައަކަށް އެތެރެނުވެވޭ. ދެނޯ.....