މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ. ބިލާލް ފިލިޕްސް ފުރަތަމަ ރާއްޖެ އައީ ރައްޔިތުންގެ މަޖިލިހުގެ ރައީސް، އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި އެމަނިކުފާނު ސަރުކާރުގެ ރުހުން އޮވެގެން ކަން "ވަގުތަށް" އެނގިއްޖެއެވެ.

ދިވެހި ޒުވާނުންނަށް ދީނީ ނަސޭހަތް ދެއްވުމަށް ޔޫތު މިނިސްޓްރީގެ ދައުވަތަކަށް ބިލާލް އަންނަ މަހު ރާއްޖެ ވަޑައިގަންނަވާނެކަން ޔޫތު މިނިސްޓަރު އަހުމަދު މަހްލޫފް ޓުވިޓާގައި އިއުލާން ކުރެއްވުމާ އެކު، އެމްޑީޕީން ބައެއް މެމްބަރުން ވަނީ ބިލާލްއާ ދެކޮޅަށް އަޑު އުފުއްލަވައިފައެވެ. އޭގެ ތެރޭގައި ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދާއި މަޖިލިހުގެ ނައިބު ރައީސް އީވާ އަބްދުﷲ ފަދަ ބޭފުޅުން ހިމެނިވަޑައިގަންނަވައެވެ.

ޔޫތު މިނިސްޓްރީ އަށް އަމާޒުވި އެތައް ފިއްތުންތަކާ ގުޅިގެން ބިލާލް ރާއްޖެ ގެނައުން މަޑުޖައްސާލަން މަހްލޫފް ރޭ ވަނީ ނިންމަވައިފައެވެ.

އެކަމަކު، ބިލާލް އެންމެ ފުރަތަމަ ރާއްޖެ އައީ އެމްޑީޕީގެ ވެރިކަމުގައި އިސްލާމިކް މިނިސްޓްރީގެ ހުއްދަ ލިބިގެން ކަން "ވަގުތަށް" ވަނީ އެނގިފައެވެ. އެފަހަރު ބިލާލް ރާއްޖެ ގެނައީ ޖަމިއްޔަތުއް ސަލަފްގެ ފަރާތުންނެވެ. ސަލަފުން 2009 ވަނަ އަހަރު ބިލާލް ރާއްޖެ ގެނައުމާ ގުޅޭ ގޮތުން އިސްލާމިކް މިނިސްޓްރީގައި ހުއްދައަކަށް އެދުނު ނަމަވެސް، ފަހުން އެކަން އެ މިނިސްޓްރީން ހުށަހެޅީ ރައީސް އޮފީހަށެވެ.

ބިލާލް ގެނައުމާ މެދު އެއްވެސް މައްސަލައެއް ނެތް ކަމަށް ރައީސް އޮފީހުން އެންގި ކަން "ވަގުތަށް" ވަނީ އެނގިފައެވެ.

ޑރ. ބިލާލް ރާއްޖެ ވަޑައިގަންނަވާތީ އެކަމާ ދެކޮޅަށް ނަޝީދު ވިދާޅުވީ، ބިލާލް، ދީނީ ހެޔޮ ލަފާ ނަސޭހަތް ދެއްވާ ބޭފުޅެއްގެ ގޮތުގައި ގިނަ އިސްލާމީ މުޖުތަމައުތަކުން ބަލައި ނުގަންނަ ކަމަށެވެ. އަދި ބިލާލް ރާއްޖެ ގަންނަން ނުފެންނަ ކަމަށް ނަޝީދު ވިދާޅުވިއެވެ.

ޔޫތް މިިނިސްޓްރީގެ ދައުވަތަކަށް ބިލާލް ރާއްޖެ ވަޑައިގަންނެވުމަށް އޭރު ހަމަޖެހިފައި އޮތީ އަންނަ މަހުގެ 12 ވަނަ ދުވަހުއެވެ.

މި މައްސަލައާ ގުޅިގެން ސަރުކާރާއި ދެކޮޅު ފަރާތްތަކުން އަންނަނީ ނުރުހުން ފާޅުކުރަމުންނެވެ.

 

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. Anonymous

    މިހާރު އެމްޑީޕީ މަސައްކަތްކުރަނީ 2008 މުޅިން ތަފާތުކޮށް ކޮންމެ ދީނަކަށްވެސް މިޤައުމުގައި ޖާޤަ ދޭ އުސޫލުން

    6
    1
  2. އދ

    މަހުލޫފު ކީއްވެގެން ޖަވާބު ނުދެނީ

    6
    1
  3. ?
  4. ޙަސަނާ

    ?ދީނުގެ އަޑުކަންޑުވާލަން އަންނި ބޭނުންވޭ ވަރައްބޮޑައްވެސް އޭނަގެ ކޮއްކޮވެސް އިންތިވެސް ތީ މޑނ ގެ އަސްލުވެރިން

  5. ނަޖްވާ

    އޭރު އައިއިރަކު ނޭނގެޔޭ މި ފާޑުގެ މީހެއް ކަމެއް އެއީ ކީ! ފަހުންނޭ އެނގުނީ އެއީ އަސްލު ކާކު ކަން! އެހެންވީމަ، ގިނަ ޤައުމުތަކުން އޭނަ ނާރުވަނީ!