އިންޑިއާގެ އުއްތަރްޕަރަދޭޝްގެ ސްކޫލެއްގައި ގްރޭޑް 10ގައި ކިޔަވަމުން އަންނަ ކުއްޖަކު، ސްކޫލް ގޮއްވާލާނެ ކަމުގެ އިންޒާރު ދީ ސިޓީއެއް ލިޔެފިއެވެ.

އެ ކުއްޖާ ސިޓީ ލިޔެ ވަނީ ސްކޫލާއި ހަވާލުކޮށްފައެވެ. އެ ސިޓީގައި ބުނެފައި ވަނީ، އޭނާއަށް ދެ ލައްކަ ރުޕީސް ނުދީނަމަ ސްކޫލް ގޮއްވާލާނެ ކަމަށެވެ. އަދި އޭނާ ސްކޫލާއި އޭނާ ދިރިއުޅެމުންދާ ގޭގައި ބޮމެއް ހަރުކޮށްލާފައިވާނެ ކަމަށް ބުނެފައި ވެއެވެ.

އެ ކުއްޖާއާ ގުޅޭ މައްސަލަ ފުލުހަށްވެސް މިހާރި ވަނީ ހުށަހަޅާފައެވެ. ފުލުހުންނަށް މައްސަލަ ހުށަހަޅުމުން ފުލުހުން ވަނީ އެ ކުއްޖާ މިހާރު ވަނީ ހައްޔަރުކޮށްފައެވެ.

އެ ސްކޫލްގެ މެނޭޖަރު އަނިލް ސިންގ ބުނީ، އެ ކުއްޖާ މިދިޔަ އާދީއްތަ ދުވަހު ސްކޫލަށް ލިޔެފައިވާ އިންޒާރުގެ ސިޓީގައި ބުނެފައި ވަނީ، އޭނާ ބުނެފައިވާ ވަރަށް ފައިސާ ނުދީނަމަ، އިންޑިއާ ކަޝްމީރުގެ ޕުލްވަމާ ޑިސްޓްރިކްޓްގައި ދިން ބޮމުގެ ހަމަލާ ފަދަ ހަމަލާއެއް ދީފާނެ ކަމަށެވެ.

އެ ކުއްޖާ ސްކޫލްގައި ބޮން ހަރުކުރި ކަމަށް ބުނި މައްސަލާގައި ފުލުހުންވެސް އެ ސްކޫލްގައި ހަރަކާތްތެރިވިއެވެ. އަދި އެ ސްކޫލްގައި އެވަގުތު ތިބި 400 ކުދިން ސްކޫލުން ބޭރުކޮށް، ބޮމެއް ސްކޫލް ތެރޭގައި ހަރުކޮށްފައިވޭތޯ ބެލިއެވެ. ނަމަވެސް ސްކޫލުން އެފަދަ އެއްވެސް އެއްޗެއް ފެނިފައެއް ނުވެއެވެ.

އަދި މިިދިޔަ އަންގާރަ ދުވަހުވެސް ސްކޫލަށް އެފަދަ ސިޓީއެއް ލިބުނު ކަމަށް ރިޕޯޓްތައް ބުނެއެވެ.

މި މައްސަލައާ ގުޅިގެން ފުލުހުން ހިންގި ތަހުގީގުން އެނގުނުގޮތުގައި، ސިޓީ ލިޔެފަ އެ ގަނޑަކީ ސައިންސް ނޯޓް ފޮތެއްގެ ގަނޑެެކެވެ. އަދި ފުލުހުންނަށް އެ ކުއްޖާ ހޯދުނީ، އެ ސްކޫލްގެ ގްރޭޑް 9 އަދި 10 ގައި ކިޔަވަމުންދާ ކުދިންގެ ނޯޓް ފޮތްތައް ބެލުމުންނެވެ.

ލުހުން އެ ކުއްޖައާ ސުވާލު ކުރުމުން، އެ ކުއްޖާ ބުނީ، އެގޮތަށް ސިޓީ ލިޔަން މީހަކު އޭނާއާށް މަޖުބޫރު ކުރުވީ ކަމަށެވެ. ފުލުހުން މިހާރު ދަނީ އެކަމުގައި އިތުރު ކުއްޖެއްގެ ބައިވެރިވުމެއް އޮތްތޯ ބަލަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. Anonymous

    ތީ ވެދާނެ އެކުއްޖާއަށް ލަނޑު ދޭން އެކުއްޖާގެ ފޮތުގައި އެހެން ކުއްޖަކު ލިޔުނު އެއްޗަކަށްވެސް މާލޭ ކަލާފާނު ސްކޫލުގައިވެސް މެންޓަލް މައްސަލަ ހުންނަ ކުއްޖެއްގެ ދަބަހަށް ތަފާތު ތަކެތި ސްކޫލަށް ގެ ނައުން މަނާތަކެތި އެހެން ކުދިން އަޅަމުން ގެންދިއަ މިކުއްޖާ ކޮންމެ ދުވަހަކު އޮފީހަށްގެންގޮސް އަދަބުދީ ޓީޗަރުން އެއްޗެހި ގޮވަން ފެށުމުން އޭނަގެ މަންމައަށް ކެތްނުކުރެވިގެން ސްކޫލުން ކަނޑާލާ އިމާދުއް ދީން ސްކޫލްގެ ޝެން ކުލާހަކަށް ވެއްދި އަހަރެން ދުވަހަކުވެސް ކަލާފާނު ޕްރައިމަރީ ޓީޗަރުންނަށް މާފެއް ނުކުރާނަން މަގޭ ދަރި ހަލާކު ކޮށްލީ ކަލާފާނު ޓީޗަރުން ބޭއިންސާފުން އަދަބު ދީގެން މާތްﷲ އަހަރެންގެ ދަރިއަށާ އެ ޝެން ކުލާހަށް ވެއްދި ކުއްޖާއަށް ޖެއްސި މުސީބާތް މޮޅަށް ދެނެ ވޮޑިގަންނަވާނެ އެކުދިންގެ ލޮލުން ބޭއިންސާފުގެސަބަބުން އޮހޮރުނު ކޮންމެ ކަރުނަ ތިއްކެއްގެ ބަދަލުﷲ ހިތްޕަވައި ދެއްވުމަށް ދުއާކުރަން އަދި އަހަރެންގެ ދަރީގެ ހުރި ނުކުޅެދުން ތެރި ކަމުގެ ވާހަކަ ކޮވަމުން ފަހަތުން ފުރައްސާރަ ކުރަމުން ސައިކަލު ދުއްވި ދެ ޓީޗަރުންނަށް އެކަމުގެ ހައްގު ޖަޒާ ދެއްވުމަށްވެސް ﷲއަށް ދަންނަވަން