ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، "ކުޑަކުދީންނަށް ކުރާ އަނިޔާތަކުގެ މައްސަލަތައް ބަލާ ކޮމިޝަން" ގެ ނަމުގައި ރިޔާސީ ކޮމިޝަނެއް އުފައްދަވައިފިއެވެ.

ރައީސް އޮފީހުން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ މި ކޮމިޝަން އުފައްދަވާފައިވަނީ ޤާނޫނުއަސާސީގެ 115 ވަނަ މާއްދާގެ ދަށުން އެމަނިކުފާނަށް ލިބިދޭ ބާރުގެ ދަށުން، ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކޮށްދީ، ކަށަވަރުކޮށްދިނުމާއި، އަވަސް، ނިޒާމީ އަދި ހަރުދަނާ މަސައްކަތްތަކެއް ކުރެއްވުމުގެ މަޤްޞަދުގައެވެ.

މި ކޮމިޝަނުގެ މައިގަނޑު މަސްއޫލިއްޔަތަކީ، ކުޑަކުދިންނަށް ކުރާ އަނިޔާތަކާ ގުޅޭ މައްސަލަތަކުގައި، ދައުލަތުގެ އިދާރާތަކާއި ދައުލަތުގެ ފަރާތުން އެކަމާއި މަތިކޮށްފައިވާ އެންމެހައި ފަރާތްތަކުން ޢަމަލުކޮށްފައިވާ ގޮތާއި މިހާރުގެ ހާލަތު ދެނެގަތުމާއި އަދި، ކުޑަކުދީންނަށް ދިމާވާ އަނިޔާގެ މައްސަލަތަކުގެ ބާވަތާއި، އެކަންކަން މެދުވެރިވެފައިވާ ތަނާއި ވަގުތުތަކާއި ހާލަތާއި، އެކަމުގައި ޝާމިލުވާ މީހުންގެ އުމުރާއި، އިޤްޠިޞާދީ ހާލަތާއި، އިޖުތިމާޢީ ހާލަތާއި، ކުށްކުރާން ނުވަތަ އަނިޔާލިބެން މެދުވެރިވާ ސަބަބުތައް ހޯދުމާއި، އަނިޔާލިބުނު ކުދިންގެ މިހާރު ހާލަތާއިބެހޭ މަޢުލޫމާތު އެއްކޮށް، ދައުލަތުގެ އިދާރާތަކުން މިބާވަތުގެ މައްސަލަތަކުގައި ޒިންމާ އަދާކޮށްފައިވާ ގޮތާއި މިންވަރު ދެނެގަތުން ކަމަށް ވެސް ރައީސް އޮފީހުން މައުލޫމާތު ދެއްވައެވެ.

"މި ކޮމިޝަން އުފެއްދެވުމުގެ މައިގަނޑު މަޤްޞަދަކީ، ކުޑަކުދީންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޒިންމާ މަތިކޮށްފައިވާ ދައުލަތުގެ މުއައްސަސާތަކުން ފޯރުކޮށްދޭ ޚިދުމަތްތައް ހަރުދަނާކުރުމާއި، ރޭވުންތެރިކަމާއެކު ވަކި ނިޒާމެއްގެ ތެރެއިން މަސައްކަތް ކުރެވޭނެ ގޮތްތައް ކަށަވަރުކުރުމެވެ. އަދި، ކުޑަކުދީންނަށް އަޅައިނުލާ ފަރާތްތަކާއި އެ ކުދީންނާމެދު އިހުމާލުވާ ފަރާތްތަކާއި، އެ ކުދީންނަށް އިހާނެތިކޮށް ހިތާ ފަރާތްތަކާއި، އެ ކުދީންނަށް ގޯނާކުރާ ފަރާތްތަކާއި، އެ ކުދީންގެ ކިބައިން ނާޖާއިޒު ފައިދާ ހޯދާ ފަރާތްތަކާމެދު ފިޔަވަޅުއެޅުމެވެ. މީގެ އިތުރުން، ކުޑަކުދީންގެ ޙައްޤުތަކަށް އުނިކަން ލިބޭފަދަ ޢަމަލުތައް ކުރާ ފަރާތްތަކާމެދު ކުށް ކަނޑައަޅާ ކުޑަކުދީންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނާއި، އެހެނިހެން ޤަވާޢިދުތަކުގެ ދަށުން ޖިނާއީ ދައުވާކުރުން ނުވަތަ އިދާރީ ފިޔަވަޅު އެޅުމަށް ބޭނުންވާ މަޢުލޫމާތު ހޯދާ ދިރާސާއެއް ހިންގުމެވެ." ރައީސް އޮފީހުން ވިދާޅުވިއެވެ.

ފަސް މެމްބަރުންގެ މައްޗަށް އެކުލެވިގެންވާ މި ކޮމިޝަނަށް ރައީސުލްޖުމްހޫރިއްޔާ ޢައްޔަނު ކުރައްވާފައިވާ ބޭފުޅުންނަކީ:
1. ޑޮކްޓަރ ޢާފިޔާ ޢަލީ (ވާރުގެ، ސ. ހުޅުދޫ)،
2. ޑޮކްޓަރ ޢަބްދުލްމަލިކް (މއ. ކޮށީގެ)،
3. އަލްއުސްތާޛު ޢަބްދުﷲ ރާބިޢު (ގަލްގާސްގެ، ކ. ދިއްފުށި)،
4. އަލްއުސްތާޛާ މާޒިޔާ ޢަބްދުއްސައްތާރު (ގ. ސާޔާ)؛ އަދި،
5. މިސްޓަރ ނިކޮލަސް ރިޗަރޑް ކައުދަރީ (އޮސްޓްރޭލިއާ) އެވެ.

ރައީސުލްޖުމްހޫރިއްޔާ މި ކޮމިޝަނުގެ ރައީސާގެ ގޮތުގައި ކަނޑައަޅުއްވާފައިވަނީ ޑޮކްޓަރ ޢާފިޔާ ޢަލީއެވެ. މި ކޮމިޝަނުގައި ހިމެނިވަޑައިގަންނަވާ މިސްޓަރ ނިކޮލަސް ރިޗަރޑް ކައުދަރީއަކީ އިންސާނީ ޙައްޤުތަކާއި ޝަރުޢީ ދާއިރާގެ މާހިރެކެވެ. އޮސްޓްރޭލިއާގެ ޕަބްލިކް ޕްރޮސެކިއުޝަންސް ފޮރ ނިއު ސައުތް ވޭލްސްގެ ޑިރެކްޓަރުކަން 1994-2011 ވަނަ އަހަރާއި ހަމަށް ފުރުއްވާފައިވާ ކައުދަރީއަކީ ހިއުމަން ރައިޓްސް އިންސްޓިޓިއުޓްގެ އެއް ކޯ-ޗެއަރއެވެ. އަދި، އިންޓަރނޭޝަނަލް ބާރ އެސޯސިއޭޝަންގެ މެންބަރެއްގެ އިތުރުން އޭނާއަކީ އިންޓަރނޭޝަނަލް އެސޯސިއޭޝަން އޮފް ޕްރޮސެކިއުޓަރސްގެ ރައީސްގެ މަޤާމު ފުރުއްވާފައިވާ، އަދި މިހާރު އޮސްޓްރޭލިއާގެ ލޯ ކައުންސިލުގެ އިންސާނީ ޙައްޤުތަކާއިބެހޭ މުޝީރެވެ.

ރައީސުލްޖުމްހޫރިއްޔާ މިއަދު އުފެއްދެވި ރިޔާސީ ކޮމިޝަނުން ކުޑަކުދީންނަށް ކުރާ އަނިޔާތަކުގެ މައްސަލަތައް ދިރާސާކޮށް، ދިރާސާގެ ހޯދުންތަކުން ވަޒަންކުރެވޭ ކަންކަމާއިމެދު ކަމާއިބެހޭ މުއައްސަސާތަކުން އަޅާންޖެހޭ ފިޔަވަޅުތައް ބަޔާންކޮށް، ތައުޞިޔާތައް ހިމެނޭ ތަފުސީލީ ރިޕޯޓެއް ތައްޔާރުކޮށް، ރައީސުލްޖުމްހޫރިއްޔާއަށް ހުށަހަޅާނެއެވެ.

ރައީސުލްޖުމްހޫރިއްޔާ 20 ނޮވެންބަރު 2019 ވަނަ ދުވަހު ތަސްދީގު ކުރައްވާފައިވާ ކުޑަކުދީންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނަށް މިއަދުވަނީ ޢަމަލުކުރާން ފަށާފައެވެ. މި ޤާނޫނުގެ މަޤްޞަދުތަކުގެ ތެރޭގައި ޤާނޫނުއަސާސީއާއި ކުޑަކުދީންގެ ޙައްޤުތަކާއިބެހޭ ބައިނަލްއަޤްވާމީ މުޢާހަދާއަށް ރިޢާޔަތްކޮށް، ދިވެހިރާއްޖޭގައި ކުޑަކުދީންގެ ޙައްޤުތައް ރައްކާތެރިކޮށްދީ، ކަށަވަރުކޮށްދިނުން ހިމެނެއެވެ.

އަދި، ކުޑަކުދީންނަށް އަޅައިލުމާއި ރައްކާތެރިކަން ފޯރުކޮށްދިނުމާއި ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގައި ޢާއިލާއާއި މައިންބަފައިންނާއި ބެލެނިވެރިންނާއި މުޖުތަމަޢާއި ދައުލަތާއި އެހެނިހެން ފަރާތްތަކުގެ ޒިންމާ ކަނޑައެޅުމާއި އިޖްތިމާޢީ ރައްކާތެރިކަމާއި އެހީތެރިކަން ބޭނުންވާ ކުދިންނަށާއި އެކުދިންގެ ޢާއިލާތަކަށް އެ އެހީތެރިކަމާއި އެއްބާރުލުން ފޯރުކޮށްދިނުމަށް މަގުފަހިކޮށްދިނުންވެސް މި ޤާނޫނުގެ މަޤްޞަދުތަކުގެ ތެރޭގައި ހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު

21 ކޮމެންޓް

  1. ބެއްޔާ

    ސުބުޙާނަﷲ. އަނެއްކާ. ތިކޮމިޝަންތަކަށް ޚަރަދުކޮށް ދައުލަތުގެ ފައިސާ ހުސްވަނީ. ހަރަދު ކުރަނީ ކިހާވަރެއްކަމެއްވެސް ނޭނގޭ. އެއްވެސް ހިސާބެއް ކިތާބެއްނެތި. ހޮޔޮނުވާނެ ތީ ރައްޔިތުންގެ ފައިސާ. ކުޑަކުދިންގެ ކަންކަން ބަލަން ޤާނޫނުން ކަނޑައަޅާފައިވާ މިނިސްޓްރީއެއް އެބަހުރި ޕޮލިހުން އެބަތިބި. ދެން ކޮންހާ ބޭކާރު ޚަރަދެއް ތިކުރަނީ. ހަރުކޮށް ފާޚާނާއަށްދެވުނަސް އެކަން ތަހުޤީގުކުރަން ކޮމިޝަނެއް. ކޮމިޝަނުން ޑިގްރީތިހަދަނީ

    63
    • ކޮއްކޮ

      ރައްޔިތުންގެ ފައިސާއެއް ނޫން އެއީކީ. މިހާރުއެއީ އެމްޑީޕީ ވެރިންގެ ފައިސާ. ބޭކާރު ހަރަދޭ ކިޔާއިރު އިންޑިޔާއަށް ކުޑައަގުގައި ބިންތައް އެދެނީ. މުސާރަ ބޮޑުކުރުމަށާއި އަގުތަށް ކުޑަކުރުމަށް ވައުދުވުމަށްފަހު އެބުނަނީ ދައުލަތުގެ ފައިސާ ހުސްވެފައޭ. އެކަމަކު ކޮމިޝަން ހަދަން އުޑުން ފައިސާ ވެހެނީ. ދައުލަތުގެ ދަތުރުކުރަންވެސް ފައިސާ ހުހެއް ނުވޭ. އިންތިހާބަށް ކެމްޕޭންކުރަންވެސް ފައިސާ ހުހެއްނުވޭ. ބިންތައް އިންޑިޔާއަށް ދެންވެސް ފައިސާ ހުހެއް ނުވޭ. ވެރިންގެ އަމިއްލަ ޖީބަށް ފައިސާލާންވެސް ހުހެއް ނުވޭ. ރައްޔިތުން އެއްޗެއް ކީމަ އެހުސްވީ. އިންޓަނެޓް އަގުހެޔޮކުރަންވެސް ފައިސާ ނެތީ. ކޮރަޕްޓްވިޔަސް ބޮޑުވަރު. ރައީސް ޔާމީނާ ކިޔާއިރު ޔާމީނަކީ އެކައްޗެއްވެސް ނޫން. މިސަރުކާރުގެ ފޮރިންމިނިސްޓްރީގެ ކޮރަޕްޝަންވެސް ޔާމީނުގެ ކޮރަޕްޝަނަށް ވުރެ އެތައް ގުނަ. ވިސްނަވާލައްވާ ދެންތިބި މިނިސްޓްރީތަކުގެ ހާލަތު.

  2. ހިލޭސާބަހައް

    އަނެއްކާ އިތުރު މާ ކޯނީއެއް ވާހްވާހް

    51
  3. އިބުރާ

    މިހާރު މަދުވަނީ ޒިނޭކުރާވަރު ބަލާނެ ކޮމިޝަނެއް ހުރިހާވަތަރެއްގެ ކޮމިޝަން ހެދިއްޖެހެން ހީވަނީ

    60
  4. Anonymous

    ކޮންމެ ކަމަކަށް ކޮމިޝަނެއް ހަދާފަ ހުރިހާ ވުޒާރާތަށް ބަންދުކޮށްލާ، އޭރުން ގައުމު ހިންގިފަ އޮންނާނީ.

    57
  5. ރައްޔިތުމީހުން

    އަނެއްކާވެސް ކޮމިޝަން އެއް.. މިމީހުންގެ އަލަވަންސް ތައް މި އުޅެނީ ކިހިނެއް ކިހިނެއް؟

    51
  6. ކަނަމަނަ

    މިޔައްވުރެގިނަކަމިޝަންތައްހެދިސަރުކާރެއްވެސް އަދިނާދޭ، ހިސާބައްވުރެބޮޑައް ކަންތައްތައް އޮޅުންނުފިލާވެރިންއައިމަވާނެގޮތްމިވަނީ ދެންމަޖިލިހައްދަމާނީކަމިޝަން ހަމައެއްކަމެއްވެސް ނުކުރެވި ހުސްއަގަތަޅާރައްޔަތުން ދައްކާޓެކުސްލާރި ތަޅާހުސްކުރުންނޫންދެވަނަކަމެއްނުކުރެވޭނެ

    51
    • ޢިއްބެ

      ޥެރިމީހާގެ އެވަރުގެ ގާބިލު ކަމެއް ނެތީމަ ވެރިކަން ކުރެވެން އޮތީ ކޮމިޝަން ހަދައިގެން އެމީހުން ބޮލައްކަޑައިގެން އެހެންވީމަ ތިޖޫރީ ހުލިވިއަސް އެކަން ކުރާނެ ،

      30
  7. ފަޒީ

    އަޅެ މި އޮބމ މި އުޅެނީ މޮޔަފުޅުވެގެންތަ، ކޮމިށަން ހެދުމުން ރެކޯޑް ހަދަންތަ މި ބެެއްޔާ މި އުޅެނީ، ރަތްޔިތުންގެ ފައިސާ އަނެއްކާ ބަހާލަން

    27
  8. މޫސަ

    ކޮމިޝަން ސަރުކާރު. މީދެން ކިހާބޮޑުވެއްޖެކަމެއް. ދައުލަތުގެ ވުޒާރާ ތަކުގެ ބޭނުން މި ސަރުކާރުން ކަނޑުވާލައިފި.

    26
  9. ޙުސޭން

    ހޯރަބޭގެ މައްސަލަ ތަންކޮޅެއް އަވަހައް ބަލާލަ ދެއްޗޭ، އޭރުން ތި ކޮމިޝނގެ އިހުލާސްތެރި ހިދުމަތް ބަލައިގަންނާނެ މީހުން ގިނަވާނީ

    25
  10. ސުޖާއު

    ކަމިސަން ހެދުން ގޯހެއްނޫން މައްސަލައަކީ އެންމެ އެދެވޭ ގޮތެއްގައި ތަފާތުނުކޮށް ކުއްކުރީމާ މޫނައް މަގާމައް ނުބަލައި އިންސާފުގާއިމުކުރުން..މިހާތުމިފެންނަނީ އެއާ މުޅިން ހިލާފައް

    10
    3
  11. ދޯ

    ކީއްކުރާނި މިމީހުންގެ ކަމަކީ ދެއިރުކާ ބޭހެއްހެން ފާޑު ފާޑުގެ ކޮމިޝަންތަށް ހެދުން ވާކަމެއް ނޯވޭ އެއްކަމެއްވެސް ރައްޔިތުންގެ ރުފިޔާއިން ބޭކާރު ކޮމިޝަންތަށް ހަދައިގެން ތަޅާ ބުރުވަނީ

    23
  12. Anonymous

    ޟިއީ ހަމައެކަނި އަނގައިން ހިންގާ ސަރުކާރެއް، ދައުލަތުގެ/ ރައްޔިތުންގެ ފައިސާތައް އެކިނަންނަމުގާ ތިމަނަ ބޭނުންހާ ބަޔަކަށް ބައިއަޅާ ބަހާލުންލުން މައިގަނޑު މަސައްކަތަކީ ނުކިޔަވ ރ.އިބޫ

  13. ޙަސަނާ

    5 އަހަރު ނިމޭއިރު ކޮންމެވެސް ނަމެއްކިއާފަ ވަޒީފާއެއް ނުލިބޭ ހަމަ އެންމެ މޑޕ މެމްބަރެއްވެސް ނުހުންނާނޭކަންޔަގީން ދިވެހިންނޭ ޔާމިނު ވަެްކަންކުރިއްޔޭ ގޮވި މީހުން 115 ވަނަމާއްދާގެ ބޭނުންހިފައިގެން މިއޮއްކުރާބޮޑުވައްކަންބަލާބަލަ ވެރިކަމްއައިސް ދައުލަތައްވަންނަލާރިފެނި މޮޔަވެފަހުރި ރައީސެއްތިހުރީ*** މީނާގެ ރަށުމީހިނާ މީނާގެ ބައިމީހުނާ މީނާގެ ބޮޑުލީޑަރުގެ އައުވާނުނާ ލާރިގަޑު ދީފާ އިންޑިއާއިން ލޯނުނެގުންނޫންކަމެއްކުރާމީހެއްނޫންމީކީ ޕާޓި މެމްބަރުން ދަުލަތްލޫޓުވަމުން ގޮވަމުންދަނީ ސުކުރިއްޔާރައީސް ކިހާމޮޅުބައެއްމީ ތިމަންމެން7 އަހަރުމަގުމަތީ އުލުނީމޭ ކިއާފަ މީދެންބޮޑުވަރު....

  14. މުނިީ

    ކޮމިށަން ބެ، ތިހަދާ ކޮމިށަން ތަކުން ދިވެހި ރަތްޔިތުންނައް ކޮންފައިދާ އެއްތަ ވަނީ، ރަތްޔިތުންގެ ފައިސާ ބަހާ ހުސްކުރުން ފިޔަވާ، ކަލޭމެންގެ ނާގާބިލު ކން ރތްޔތުނއް އެގިއްޖެ، ދެންދާން އުޅޭ

  15. ޑޮކުޓަރު

    ކޮމިސަން ކޮމިސަން ކޮމިސަން

  16. Naj

    Miee Conition sarukaarekan emmenahvess egey

    1
    1
  17. ލަޔާން

    އެންމެ އަނިޔާވެރި ސަރުކާރު.... ރައްޔިތުންގެ މުދާ އެންމެ ކުޑަ މުއްދަތެއްގަ ދިރުވާލި ސަރުކާރު.... އެއް ދޮރުން 2 އަހަރު ކުއްޖާގެ އަނިޔާވެރި ބައްޕަ، މުނިކާފަ ވައްދާފަ ނެރުނު އަނިޔާވެރި ސަރުކާރު

  18. މީނާ

    ރައްޔިތުންގެ ފައިސާ އަށް ތިޔަހެން ބޭނުންހާ ގޮތެއް ނެހެދޭނެ. ތިކޮމިޝަނަށް އިގިރޭސިވިލާތުގެ މީހެއް އައްޔަންކުރީ ރާއްޖޭގައި އެފެންވަރުގެ މީހުން މަދުވީތަ. ނޫނީ މިރާއްޖޭގެ ތިފަދަ ކަންތައްތައް ބޮޑަށް އެނގޭނީ ރާއްޖެގެ މީހުންނަށް ވުރެ ބޭރުމީހުންތައް. ހައްތަހާވެސް ރައޔިތުންނަށް އޮޅުވާލުމާއި މަކަރު. ..ތިކަނތައް ދައްކާލަާނަން މިފަހަރު ކައުންސިލްވޯޓުން

  19. ޙަމާ

    ޜުފިޔާ ގިނަ ވެގެން އުޅެންޏާ ތީގެ ޙައްޤު ވެރިންނަށް ދީބަލަ.މިއީ ކިޙާ ދެރަކަމެއް.ދޯ!