އެމްޑީޕީން މިރޭ ކާނިވަލުގައި ބާއްވާ ރަށްވެހި ފަތިސް ކެމްޕޭން ލޯންޗް ކުރުމުގެ ޖަލްސާގައި ބައިވެރިވުމަށް، ފެނަކަ މުވައްޒަފުންނަށް އަންގާފައިވާކަމަށް ދެކެވެމުންދާ ވާހަކަތައް އެ ކުންފުނިން ދޮގުކޮށްފިއެވެ.

އެ ޖަލްސާގައި ބައިވެރިވުމަށް ފެނަކަ އިން އަންގާފައިވާ، އެންގުމެއް ކަމަށް ބުނާ ލިޔުމެއް މިހާރު މީސް މީޑިއާގައި ދަނީ ދައުރުވަމުންނެވެ.

އެ ލިޔުމުގައި ވަނީ، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ބައިވެރިވެވަޑައިގަންނަވާ އެ ޖަލްސާގައި ބައިވެރިވުމަށް، އެ ކުންފުނީގެ އެންމެހާ މުވައްޒަފުން ޖަލްސާ ފެށުމުގެ 15 މިނިޓް ކުރިން ކާނިވާ ސަރަހައްދަށް ވަޑައިގަތުމަށް ދަަންނަވާ ކަމަށެވެ.

"މަގުބޫލު އުޒުރަކާއި ގުޅިގެން މި ޖަލްސާއަށް ހާޝިރުނުވެވޭ ފަރާތްތަކުން އެ މުވައްޒަފެއް މަސައްކަތް ކުރާ ޑިޕާޓްމެންޓުގެ އިސްވެރިޔަކަށް ދުރާލާ އެންގެވުން އެދެމެވެ". މީސް މީޑިއާގައި ދައުރުވަމުންދާ އެ އެންގުމުގައި ވެއެވެ.

އެ ސިޓީއާ ގުޅިގެން ފެނަކަ އިން މިއަދު ބުނީ، އެމްޑީޕީން އިންތިޒާމުކޮށްގެން މިރޭ ބާއްވާ ޖަލްސާ އަކަށް ހާޒިރުވުމަށް އެ ކުންފުނީގެ މުވައްޒަފުންނަށް އެންގި ކަމަށް ބުނެ އަސްލެއް ނެތް ލިޔުމެއް ދައުރުކޮށް ޗެނަލް 13 އިން ދޮގު ހަބަރު ފަތުރަމުންދާތީ އެކަމަށް ސަމާލުވުމަށް ދަންނަވާ ކަމަށެވެ.

"މިފަދަ އެއްވެސް އެންގުމެއް އެއްވެސް މުވައްޒަފަކަށް އަންގާފައި ނުވާނެ ކަމުގެ ޔަގީންކަން އަރުވަން" ފެނަކަ އިން ބުނެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

 1. Anonymous

  ދޮގު ހަދާނެކަމެއްނެތް، ކަލޭމެން މުވައްޒަފުންނަ ށް އެންގި

  20
  1
 2. ކަންބަލާ

  އެފަދަ އެންގުމެއް އަންގާފައި ނުވާނެކަމަށް ފެނަކަ ކޯޕަރޭޗަނުން ބުނާނަމަ ހަމަ ޔަޤީނުންވެސް ވާނީ މުވައްޒަފުންނަށް އެފަދައިން އަންގާފައި! މީ އެއްވެސް ޝައްކެއް ހުރި ކަމެއް ނޫން! ސަރުކާރުގެ އިދާރާއަކުން ނުވަތަ ކުންފުންޏަކުން މިވެނިކަމެއް ނުކުރަމޭ ނުވަތަ ނުނުކުރާނަމޭ ބުނެފިއްޔާ އޮންނާނީ އެކަން ކޮށްފަ ނުވަތަ އެކަން ކުރާނެ! ހަމައެފަދައިން މިވެނި ކަމެއް ކޮށްފީމޭ ނުވަތަ ކުރާނަމޭ ބުނެފިއްޔާ އޮންނާނީ އެކަން ނޮކޮށް! މީ އަހަރެމެން ދިވެހިން ތަޖުރިބާ ކޮށް ބާ ކޮށްފައިވާ ކަމެއް!

  22
  1
 3. ނައީމް

  ޖެހިލުމެއްނެތި ހަދާލާ ދޮގު ގުޅާފަވެސް އެބަބުނޭ ނައިއްސިއްޔާ ހަދަންވީގޮތްވެސް މެނޭޖަރުކައިރީގަބުނި އިތުރު ފައިސާލިބޭ އެއްކަމެއްވެސް ހަވާލުނުކުރާށޭ

  21
  1
 4. ސާބަސް13

  ޗެނަލް13އިން ބުނެފިކަމައްވާނަމައެ ނުވާނެދޮގަކައް އެއީ މިހާތަނައްވެސް ސަރުކާރުންހާވާ ހަޑި ފޮރުވުމެއްނެތި ދެފުއްފެންނަގޮތައް ހަމައެކަނި ގެނެސްދޭ ޗެނަލް ދެންހައްތާވެސް ހުރީ ސަރުކާރުގެ މޫނުމަތި ރީތިކުރާ ޗެނެލް ޕީ އެސް އެމް ވީޓީވީ ސަންގު ޓީޥީ އަނެއްޓީވީގެ ވާހަކަދައްކަންވެސްނުވާނެ ހަބަރުވެސް ހިތައްއެރިގޮތަކައް ދެންއޮތީ އަޑު އެވެސްމޫނުމަތި ރީތިކުރާބައެއް

  20
  1
 5. ނަރެލް

  ނިމިދިޔަސަރުކާރުން ފެނަކަ ބޭނުންކުރީ ދައުލަތުގެ މުލައްދަނޑީގެ ގޮތުގަ ދެން އެކަން ޖބަދަލުކުރުމަކީ ވަރަށް އުނދަގޫކަމަކަށްވާނި

  1
  22
 6. ޑިކްޓޭޓަރ ހުސެންހަލީމް

  އަންގާފަ ނުވަންޏާ އެއްވެސް މުވައްޒަފަކު ދާކަށް ނުޖެހޭނެ. އެކަމާ މުވައްޒަފަކަށް ފިޔަވަޅެއްވެސް ނޭޅޭނެ.

  18
 7. ދިސްވޭއޭ

  ފެނަކަ އިން އަންގާނެ ކަން އެެއީ މަމެންނަށް ޔަގީންވެ ކަށަވަރުވާ ކަމެކޭ ...

  17
  1
 8. ނުރަބޯ

  ތިހާ އަވަސް އަރުވާލާފަ ދޮގުތިކުރީ އެއީ އަސްލު ލިޔުމަކަށްވީމަ

  20
  1
 9. ފެއްސޭދެން

  މި އަހަރު 500 އަށް ވުރެން ގިނަ މަޝްރޫއު ހިންގާނެ ކަމަށް ރައީސް އިބޫ ވިދާޅުވިނަމަވެސް އެއިން ރާއްޖޭގެ އިގްތިސާދަށް ފައިސާ ވަންނާނެ އެންމެ މަޝްރޫއު އެއްވެސް ނެތޭ މުޅިން ވެސް ހުރީ ކޫސުނި ރިކަރަންޓް ޚަރަދު ބޮޑު ވާނެ މަޝްރޫއު ތަކޭ މާލެ ސަރަހައްދުން ފަޅު ހިއްކައިގެން ބިން ބޮޑު ކޮށް އަދި ބިން ތައް ކުއްޔަށް ދޫކޮށްގެން ދައުލަތުގެ އާމްދަނީ އަށް މަހަކު 100 ބިލިއަން ރުފިޔާ ލިބޭނެ ފޯރމިއުލާ އެއް ރައީސް އިބޫގެ ސަރުކާރުގައި އޮންނަ އިކޮން ކައުންސިލަށް ނޭގުން އެއީ ކަން ކުރަން ނޭގުން އެއީ ގަމާރު ވުން އެއީ މަބޮޑޭ ހެދި ދަ ރާއްޖެތެރޭ މީހުން ތިބޭ ގޮތަށް ތިބުމޭ ދެން ރަނގަޅުވާނީ ސަލާމް ބުނެލާ އެއް ފަރާތަށް ޖެހިލިއްޔާއޭ މަމެން ބުނަން ނެތީމޭ..

 10. ޝަފީޢު

  އަޅިގަނޑު އަލީ ޝަފީއު! ދެންބުނެބަލަ ނުބުނަމޭ

 11. އަފީ

  ތިމަރަފުށީ ފެނަކަ ބްރާންޗް މުވައްޒަފުންނަށް ބިރު ދައްކައި މޑޕ އަށް ވޯޓް ދިނުމަށް ނުބުނަންތޯ؟ އަދި އެމީހުން ވޯޓް ލާއިރު ކޯޑެއް ދޭން ނުބުނަންތޯ؟ ތިމަރަފުށީ މޑޕ ޖަގަހަ ފައުންޑެސަން އަޅަން ފެނަކަ ހުރިހާ މުވައްޒަފުން ގެންނަނަން ނުބުނަންތޯ؟