ކުރިއަށް އޮތް ކައުންސިލް އިންތިޚާބުގައި ނ.މާފަރު ކައުންސިލްގެ ރައީސް ކަމަށް އެމްޑީޕީގެ ކެންޑިޑޭޓް ފިޔަވައި އިތުރު ކެންޑިޑޭޓަކު ވާދަ ނުކުރުމުން އެގޮނޑި އެމްޑީޕީ އަށް ކަށަވަރު ވެއްޖެއެވެ.

އިންތިޚާބަކާއި ނުލައި ކައުންސިލްގެ ރައީސްގެ ގޮނޑި ކަށަވަރު ކުރެއްވީ އެމްޑީޕީގެ ޓިކެޓްގައި އިންތިޚާބުގައި ވާދަކުރެއްވުމަށް ނަން ހުށަހެޅުއްވި މުހައްމަދު އަދްނާން އެވެ. އޭނާ އަކީ މާފަރު ސްކޫލްގެ ކުރީގެ ޕްރިންސިޕަލެވެ. މާފަރު ސްކޫލްގައި މުހައްމަދު އަދްނާން ވަނީ 9 އަހަރު މެދު ނުކެނޑި މަސައްކަތް ކުރައްވާފައެވެ.

މާފަރު ކައުންސިލް ރައީސްގެ ގޮނޑި އެމްޑީޕީން ކަށަވަރު ކުރިނަމަވެސް ކައުންސިލްގައި ދެން ހިމެނޭ ހަތަރު ގޮނޑި އަށް އެމްޑީޕީ އާއި ޕީޕީއެމް އިން ވެސް ވާދަކުރެއެވެ. އަދި މިނިވަން މެންބަރަކު ވެސް ވަނީ ކުރިމަތިލާފައެވެ.

މާފަރު ކައުންސިލްގައި މިހާރު ވެސް އޮންނަނީ އެމްޑީޕީގެ އަޣުލަބިއްޔަތެވެ. މިހާރު އެރަށު ކައުންސިލްގައި ތިއްބަވަނީ އެމްޑީޕީ ދެ މެންބަރުންނާއި މިނިވަން މެންބަރެކެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

 1. Anonymous

  ކިޔަވައިގެންތިބި ރަނގަޅު ކުދިން ދީނާއި ޚިލާފް ވާހަކަތައް ދައްކާ ޢަމަލުތައް ކުރަމުން ދާއިރު އެމްޑީޕީ އަށް ވާގިވެރި ވަނީ ކީއްވެބާއޭ ހިތަށްއަރާ

  14
  5
  • ޢައްޕު

   މަޤާމައްޓަކާ.

   3
   1
 2. ކަރާ19

  ގައުމުދަ ދިރިއުޅެން ދަތި ރީނދޫބައިގަޑާހެދި

  11
  3
 3. އަފީ

  ކެވުނު ބޮނޑިބަތެއްގެ ސަބަބުން!

  3
  1