މާލެ އަށް ދިމާވެފައިވާ މައްސަލަތައް މި ސަރުކާރަށް އަދި ހައްލުވެފައި ނުވާ ކަމަށާއި މާލެ މީހުން ދެކޭ ހުވަފެންތަކުގެ ކުލަ އަދި ނުޖެއްސޭ ކަމަށް ރައްޔިތުންގެ މަޖިލިހުގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެއެވެ.

އަންނަ އޭޕްރީލް ހަތަރެއްގައި ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބަށް އެމްޑީޕީގެ ކެމްޕޭން "ރަށްވެހި ފަތިސް" ފަށަން އަލިމަސް ކާނިވަލުގައި ބޭއްވި ޖަލްސާ އަށް މަދު ބަޔަކު ހާޒިރުވި މައްސަލައިގައި ވާދަވެރިންގެ ބޮޑެތި ފާޑުކިޔުންތަކެއް އެމްޑީޕީއަށާއި ސަރުކާރަށް ވަނީ އަމާޒުވެފައެވެ. ވާދަވެރިން ގަބޫލު ކުރާ ގޮތުގައި އެމްޑީޕީގެ ޖަލްސާ އަށް މަދު ބަޔަކު ދިޔައީ، ސަރުކާރާ މެދު އެމީހުން މާޔޫސްވެގެންނެވެ.

އެމްޑީޕީގެ ކެމްޕެއިން އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނަޝީދު ވިދާޅުވީ އެމްޑީޕީން ކާނިވާ ސަރަހައްދުގައި ބޭއްވި ޖަލްސާގައި މީހުން މަދުވި އެންމެ ބޮޑު އެއް ސަބަބަކީ މާލެ މީހުން ދެކެމުން އަންނަ ހުވަފެންތަކުގެ ކުލަ މި ސަރުކާރަށް އަދި ޖެއްސިފައި ނެތުމުން ކަމަށެވެ.

ނަޝީދު ވިދާޅުވީ މިހާރު ކުރިއަށްދާ ކެމްޕެއިންގެ ތެރެއިން ރައްޔިތުންގެ ކަންބޮޑުވުންތައް އެންމެ ބޮޑަށް ހުރި ކަންކަމާ ގުޅޭ ގޮތުން މައުލޫމާތު ސާފުކޮށް، ކުރިއަށް އޮތް ތަނުގައި އެކަންކަން އިތުރަށް ހައްލު ކުރަން މަސައްކަތް ކުރާނެ ކަމަށެވެ.

އެގޮތުން މާލޭގެ ރައްޔިތުންގެ އެންމެ ބޮޑު އެއް ޝަކުވާއެއްގެ ގޮތުގައި އޮތް މަގުތައް ތޮއްޖެހުމުގެ މައްސަލައަށް އެމަނިކުފާނު އަލިއަޅުއްވާލެއްވިއެވެ.

"މާލޭގެ މަގުތަކަށް ދިމާވެފައިވާ މައްސަލަ މިއީ ހަމައެކަނި ތޮއްޖެހުނީމަ ދިމާވާ މައްސަލައެއް ނޫން. މިއީ ނުބެލެހެއްޓުނީމަ ވެސް ވާ ގޮތް. މާލޭގައި އިމާރާތްކުރާ ތަންތަނުން ފެން ހިންދުމަށް އެ އަޅާ ހޮޅިތައް މުޅި މާލޭގެ މަގުތަކުގައި އަޅާފައި ހުރުން އަދިވެސް އޮތީ ހައްލުނުވެ، ސިޓީ ކައުންސިލާއި ސަރުކާރާ ގުޅިގެން މި ދަނީ އެ ހުރިހާ މައްސަލައެއް ހައްލު ކުރަން މަސައްކަތް ކުރަމުން،" ނަޝީދު ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި މާލޭގެ ރައްޔިތުންގެ އުންމީދުތައް އޮތީ އެމްޑީޕީއާ އެކުގައެވެ. އެހެންވެ، މާލޭގެ ރައްޔިތުން ދެކޭ ހުވަފެންތަކުގައި ކުލަ ޖެއްސޭނެ ހަމައެކަނި ބަޔަކީ ވެސް އެމްޑީޕީ ކަމަށް ނަޝީދު ގަބޫލުފުޅު ކުރައްވައެވެ.

"އަޅުގަނޑުމެން ވެސް ބަލައިގަންނަން މާލޭގެ ރައްޔިތުން ބޭނުންވާ މިންވަރަކަށް އެމީހުންގެ ހުވަފެންތަކުގައި ކުލަ ޖެހިފައެއް މި ސަރުކާރުގައި ނެތް. އެމީހުންގެ އުންމީދުތައް އޮތީ ވެސް އަޅުގަނޑުމެންނާ އެކު،" އެމްޑީޕީގެ ރައީސް ކަން ވެސް ކުރައްވާ ނަޝީދު ވިދާޅުވިއެވެ.

އެމްޑީޕީން ކާނިވާގައި ބޭއްވި ޖަލްސާ އަށް މަދު ބަޔަކު ދިޔަ އިރު، މިއީ ރޭވުންތެރިކަމާއި އިންތިޒާމްތަކުގެ ތެރެއިން ހިންގާ އެމްޑީޕީގެ ޖަލްސާތަކުގައި މިއީ، ކުރިން ނުފެންނަ މަންޒަރެކެވެ. އެމްޑީޕީން ކުރިން ބާއްވާ ކެމްޕޭން ޖަލްސާތައް އޮންނަނީ ތޮއްޖެހިފައެވެ. ޖަލްސާ ބާއްވާ ސަރަހައްދުގައި ޖަހާފައި ހުންނަ ގޮނޑިތައް ފުރި، ގިނަ ބަޔަކު ތިބެނީ ފޯރި އާއި ޖޯޝުގައި ކޮޅަށެވެ.

އެއް ބަޔަކު ގަބޫލު ކުރާ ގޮތުގައި މި ސަރުކާރަށް ދޮޅު އަހަރުވާން ކައިރިވެފައިވާ އިރު، މާލެ އަށް ގެނައި ތަރައްގީއެއް ނެތެވެ. އެމްޑީޕީގެ ޖަލްސާ އަށް މާލޭގެ ގިނަ ބަޔަކު ނުދިޔަ އެއް ސަބަބަކީ ސަރުކާރާ މެދުގައި އޮތް ނުރުހުން ކަމަށް އެމީހުން ގަބޫލުކުރެއެވެ.

ލޯކަލް ކައުންސިލް އިންތިހާބުގެ ކެމްޕެއިން މާލޭގެ އިތުރުން ރާއްޖޭގެ އެހެން ރަށްރަށުގައި ވެސް އެމްޑީޕީން ރޭ ވަނީ ފަށައިފައެވެ. އެގޮތުން އެމްޑީޕީން ވަނީ ޕާޓީ އަށް ނިސްބަތްވެވަޑައިގަންނަވާ ވަޒީރުންނާއި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާއި އެ ނޫން ވެސް ޕާޓީގެ އިސް ބޭފުޅުން އެކި ރަށްރަށަށް ފޮނުވައިފައެވެ.

ކިޔުންތެރިންގެ ހިޔާލު

20 ކޮމެންޓް

 1. ބްރޯ

  މާލޭ މީހުންވެސް ރާއްޖެތެރެ މީހުންވެސް ދެކޭ ހުވަފެން ނަސީދަކަށް ނުޖެއްސޭނެ. ތިބުނާ ހުވަފެން ފުރަތަމަ ޖެއްސިނަސިދުގެ ބައްޕަތޯ؟

  73
  • ބޭބެ

   މާލޭގެ ހުރިހާ ގޮނޑިއެއް ދީފާނެކަމާމެދު ޝައްކު!! މިހެން މިދެންނެވީ މާލޭގެ ރައްޔިތުންގެ އުދާސްތައްވެސް ބޭރުކުރާގޮތުން!! އަތޮޅުތެރޭ ރައްޔިތުންނޭ އެއްގޮތަށް މާލޭ ރައްޔިތުންވެސް އެބަގޮވާ!! ފެންފޮދަކާ ނުލާ މިދިޔަ އަހަރު ބަޖެޓް ދިރުވާލައިފިއޭ ކިޔާފަ!! ކުރެވުނު ތަރައްގީއެއް ނެތް!! މިހާތަނަށް 35 ބިލިއަން ރުފިޔާގެ ލޯނު ނަގައިފި!! ރާއްޖޭގެ ދަރަނި 15 މަސްތެރޭ 76 ބިލިއަން ރުފިޔާއަށް އަރުވާލައިފި!! ޔާމީންގެ ވެރިކަން ނިމުނުއިރު ދަރަނި ހުރީ 48 ބިލިއަން ރުފިޔާގަ!! މިއީ ފިނޭންސް މިނިސްޓްރީން ހާމަކުރި މަޢުލޫމަތު!! މިހިރީ މިމީހުން ކަމެއްނުކޮށް ދަރަނި އަރުވާލިވަރު!! ކޮރަޕްޝަންގެ ހާއްޔަކަށް މުޅި ސަރުކާރު ބަދަލުވެ ސީޕްލޭން ޓާމިނަލް ޓީއެމްއޭއަށްދީފި!! މިޜާއްޖޭގައި ދީނާއި ދެކޮޅު ފިކުރުތައް ފަތުރާ އެބަހަދާ!! ފިޔަވަޅުނާޅާ!! ހަރުކަށި ފިކުރޭ ކިޔާ ދީނީ ޢިލްމުވެރިންނަށް ބިރުދައްކާ ހައްޔަރު ކުރަމުންދަނީ!! ދިފާޢީ ބާރުތަކަށް ދޭ ޚިދުމަތްތައް ކަނޑާލާ ބިކަކުރަނީ!! ވަކިން ޚާއްސަކޮށް ފުލުހުންގެ ބޭސް ފަރުވާއަށް ދައުލަތުގެ ބަޖެޓުން ފިއްތައިގެން ހުރަސްއަޅަނީ!! ފުލުހުންގެ ގާނޫނު ބަދަލުކޮށް ސިޔާސީ މީހުން ހިންގާ ތަނަކަށް އެތަން ހަދަން މަސައްކަތްކުރަނީ!! ބަދަލުގެ ނަމުގައި ރައްޓެހިންނަށް ދައުލަތުގެ މާލިއްޔާ ދީ ހުސްކުރަނީ!! ރައްޔިތުންނަށްވީ ފައިދާއެއްނެތް ސަރުކާރު ހަވާލުކުރީމާ!! މަޖްލިސްގެ ސްޕަ މެޖޯރިޓީ ދިނީމާ އަދި މާބޮޑަށް ގޯސް!! ދެން ކައުންސިލްގެ ހުރިހާ ގޮނޑިއެއް ދޭނެޖެހޭ ސަބަބެއް އެބައޮތްތޯ؟ ވިޔާނުދާ ކޮރަޕްޓް ސަރުކާރެއް މިހާރު މިއޮތީ!! ކަމެއް ކުރާކަށް ނޭގޭތާ ތެދެއް ހަދާކަށްވެސް ނޭނގޭ!! މަތިބަރު ސަރުކާރެއް! އެވަރު ނުވެގެން ރައިސްގެ ގަރާރުން އެތައް ކޮމިޝަނެއް އުފައްދައިފި!! އެފަރާތްތަކަށް ބޮޑު މުސާރަދިނުން ފިޔަވާ ނެރެވުނު ނަތީޖާއެއް ނެތް!! ދެން ނަޝީދު ކިތަންމެ ވަރަކަށް ތޫލިއަޑަކުން ހަޅޭފަޅެއްޖެހިޔަސް މިތެދުތައް ދޮގަކަށް ނުވާނެ!! ރައްޔިތުންނަށް މިކަން ވަރަށްސާފު!! މިފަހަރު އިދިކޮޅަށް ގޮނޑިތައް ދިނުން ބުއްދިވެރި، މަކަރުވެރި ހިޔަޅު ތަކަކަށް ގޮނޑިތައް ދިނުމަށްވުރެން!! ޙަރާމޭ ވާ އެއްކަމެއްވެސް ދައުލަތް ދަވާލުން ފިޔަވާ!!

   73
 2. ނައިފަރު މީހާ

  ދީނަށް ފުރައްސާރަކުރުން ދިވެހިން ބަލާ ނުގަނޭ.

  96
  1
  • ޙައްގުބަސް

   މިއީ އަނިޔާވެރި ސަރުކާރެއް! ކުރީ ސަރުކާރަށްވުރެން މާބޮޑުތަނުންވެސް އަނިޔާވެރި. ކުރީ ސަރުކާރު ހަމަ ހުރިހާގޮތަކުންވެސް މިހާރު މިއޮތް ސަރުކާރަށްވުރެން ރަގަނޅު. ކުރީ ސަރުކާރުން ހިންގިކަހަކަ އެއްވެސް މަޝްރޫޢެއް ނުހިންގޭތާ ގައުމު 76 ބިލިއަން ރުފިޔާއިން ދަރަނިވެރިކުރުވައިފި. ކޮރަޕްޝަން އިންތިހާއަަށް ބޮޑު. ލޯނު އިންތިހާއަށް ނަގައިފި. ބަދަލުދީ ހަޒާނާ ހުސްކޮށްފި. ރައްޔިތުން ބިކަކޮށް ދުއްތުރާކުރަނީ. މިހާރު ރައްޔިތުންނަށަ ލިބެން އެއްޗެއް އޮތިއްޔާ އެވެސް ފޭރެނީ ގާނޫނުތައް ބަދަލުކޮށްގެން. ޓެކްސް ނަގަނީ. ދެވޭ ޚިދުމަތުގެ ފެންވަރު ދުވަހުން ދުވަހަށަ ދަށަށް ދަނީ. ދީނާ ދުރު ޢަމަލިތައް ތަޢާރަފްކޮށް ޢިލްމުވެރިންނަށް ބިރުދައްކަނީ. މިނިސްޓަރުންގެ ވިޔާނުދާ އަމަލުތަކުގެ އޯޑިއޯ ލީކްވަނީ. އަޅާ ފިޔަވަޅެއް ނެތް. ޔާމީން ހެދި ފުލެޓްތަކުގެ ޙައްގުވެރިންގެ އަތުން ފުލެޓްތައް ފޭރެނީ. ޔާމީން ހުޅުމާލެއިން ހިއްކި ބިމުން މިސަރުކާރުގެ އިސްވެރިން ބިންތައް ނަގަނީ. ޒީރޯ ޓޮލަރެންސްގެ ނަމުގައި ވަައްކަންތައް ފުޅާ ވަމުންދަނީ. ދެރަވަރު ކަންތައްތައް މިހުންނަނީ.

   25
 3. Anonymous

  މާތްކަލާކޮއްޓަކާ !އިތުރު ހުވަފެން ތަކުގައި ކުލަޖައްސަން ކޮންމެވެސް އެހެން ތަނަކަށް މަނިކުފާނު ވަޑައިގަނޭ. ފުދިއްޖެ. އިތުރު ވެސް ވެއްޖެ.

  95
  1
 4. އަލީ ރަސީދު އިބުނު ހަސަން

  ތިސޮރުގެ ހާދައަނގަ ފުޅަލޭ،

  70
  • ޢައިސް

   ނަޖިސް ވެސްމެ ..

   19
 5. ޔޫސުފް

  ތީ ހަމައެކަނި ހުވަފެން ދައްކާ މީހެއް، ކަންތައް ކުރެވޭ މީހުން އައިސް އެހެރީ ކަންކޮށްފަ ދައްކާފާ. ބަލަންބޭނުމިއްޔާ ދަރުމަވަންތަ ހޮސްޕިޓަލް ކައިރީންފެށިގެން ބޮޑުތަކުރުފާނު މަގުންގޮސް ބުރިޖަށް އަރައިގެންގޮސް ހުޅުލެއަށް ވަދެ އެތަނުގައި އޮތް ރަންވޭ އާއި ޓާމިނަލް ތައް ބަލައިލުމަށްފަހު އެރީތީ ނަލަނަލަ ހައިވޭއިން ގޮސް ހުޅުމާލެ ފޭސް އެކެެއްގައި ހަދާފަހުރި ބޮޑެތި އިމާރާތްތަކާއި ކުޅިވަރުކުޅޭ ތަންތަނާ ބަލައިލުމަށްފަހު، ހުޅުމާލެ ފޭސް2 ހިއްކާލާފަ އޮތްލަތް ސަޅިކަމާ އެތާ ހަދަމުންދާ ބުރިޖްތަކާ، މުޅިމަލަމަތި ބަދަލުކޮށްލި ރީތި އުސް އިމާރާތްތައް ބަލައިލަބަލަ، އޭރުން ހުވަފެނާ ހަގީގަތާ ހުންނާނީ އެނގިފަ، "ހުވަފެން ޑްރެކިއުލާ"

  86
 6. ތިއްތި

  ޢަލްހަމްދުލިއްލާހި. ލާދީނީ މީހުންގެ ކިބައިން މި ގައުމު ސަލާމަތް ކުއްވާށި.

  57
 7. Anonymous

  ޔޫސުފް ގެ ކޮމެންޓް ހަމަ 100

  54
 8. ާައަހުމަދު

  އެއްވެސް ސަރުކާރަކުން މާލޭގެ ރައްޔަތުންނަ އެއްކަމެއްވެސް ނުކޮއްދޭ، ކުރިކަމެއް ކުރީ އެމީހެއްގެ ފައިދާއަށް.

  27
  17
 9. ހޭބަލިވާ

  މަހޭނެތިވޯޓުން މިބަލިބަލިޖެންޑާ 19 އެބަލިބަލިވީއެ19

  18
 10. ޔާމިން

  ޔޫސުފުގެ ކޮ މެންޓް 150 މޑޕ ލާދީނީ ބައިގަޑު ޔޫސުފުގެ ކޮ މެންޓް ގިނަ ގިނައިއް ކިޔުންއެދެން. އަދި ކެނަރީގެ ލާދީނީ ނަޝީދު އާއި ކިބޫ ސޯލިހު އާއި ހިއްސާ ކުރާތި ގިނަ ގިނައިއް.

  25
 11. މަގޭރާއްޖެ

  ކިހިނެއް ތޯ އޭ ބުރިޖު އަޅާނީ

  20
 12. މަޑިމިޔަރު

  ޥެރިކަމަށް އައުމަށް ވަކިތޫނު ކުރުން ނޫން ކަމެއް ނޭގޭބާ! ތިޔަ ރީދޫކުލަ ރީތިވެގެނެއްނޫޅެ ބަޔަކު!ވެރކަމަށް ތިއަންނަނީ އެތަށް ވައުދެއްގެ ހާސަރުތަށް ދަމާ ރައްޔިތުން ގުބޯ ހައްދައިގެން! ކަމެއްކޮށްނުދެވޭތާގައި ފައިބަންވެސް އެގެނީކީނޫން! ކަންފަތުގައި ހިފާބޭލުވީމާ ތަންތަން ރޯކުރަން ފަށަނީ! މިކަމުން ދިވެހިން މިންޖުވޭތޯ ކިޔެވެލި ވެސް ކިޔަވަން އެބަޖެހޭ!

 13. ވާނުވާ

  މާލެމީހުންނާ ރާއްޖެތެރެ މީހުން ޖައްސުވާ އެމީހުން ކޯޅޭ ކޯޅުން ބައްލަވަން މަނިކުފާނު ހުންނެވީ ދުރުގަ ބައްލަވަން ނޫންތޯއެވެ. އަދުން ހުސައިންމެން ކޮންޓްރޯލް ނުވާވަރުގެ މީހެއްތޯއޭ މަނިކުފާނަކީ! ނޫނީ ޕާޓީގެ ބަޔަކު 2 އަހަރުގެ ކުއްޖަކާ ބެހުމުން އެކަން އޮއްބާލަން ޖެއްސި ސްޓަންޓެެއްތޯއެވެ. އެގޭ ކުއްޖަކު ޕްރައިމަރީގައި ބައިވެރި ނުވެވޭ ގޮތް ހެދީވެސް އޭރު މީހުން
  ކެކިއަރާތީ ނޫންތޯއެވެ. މިހާރު އެމީހުން އެތިބީ ދޫވެފަ ! އެވާހަކަ ދައްކާނެ މީހަކު މިހާރަކު ނެތް! ކިހާމޮޅު ގޭމެއްތޯ މަނިކުފާނު ތިޖެއްސެވީ!

 14. މާލެ މީހުން.

  ނަޝީދުއަށާ އަދުން ހުސޭން އަށް މާލެ މީހުން އެގޭތަ؟ މިހާރު މާލެ މީހުންގެ ގޮތުގަ ތިބި މީހުންގެ ތެރެއިން މީގެ 45 އަހަރު ކުރިން މާލެމީހުން ރަޖިސްޓްރީގައި ތިބި މީހުންގެ ދަރިކޮޅުގެ މީހުންގެ %10 މީހުންވެސް ނަޝިދަކަށް ތާއީދެއްނުުކުރާނެ. ނަޝިދައްތާއީދުކުރަނީ އަތޮޅުތަކުން މާލެއާސް މާލެ ރައްޔަތުންނަށް ވެފަތިބިބަޔަކު.

 15. ސްމޯލާ

  ހެޔޮނުވާނެ.މިސަރުކާރަށް ނޫނެކޭބުނޭ.ގައުމު ދަރާ ވިކެނި.ގައުމެއްނެތް.ކައި ހުސްކޮށްފި.އަތު ޖެހުނުތަކުން ކަނީ.ނެތް ސަލާމަތެއް.އެއްވެސް ކަމެއް ވަނީއަކީނުން.މުޅިންވެސް ފޮނި އަނގަ ތަޅަނީ.ވެރިކަން ލިބުނީމަ ބުނީ މަޖިލިސް ލިބިގެންނޭވާނީ .މަޖިލިހުގެ ސަފު މެޖޯރިޓީދީފި.ބޭނުމިއްޔާ ބޭނުން އިސްލާހެއް ގާނޫނެއް ގެނެވޭވަރުގެ.ނުވި އެއްކަމެއްވެސް.މިހާރު އެކަނީ ކައުންސިލް ލިބިގެންނޭ އެކަންވާނީ.ކިހާ މަޖާ ދޯ.އެމްޑީޕީއަށް ވޯޓް ދީފަ ފަހުން ހިތާމަ ނުކުރާތި.މިހާރު ނުޖެއްސުނު ކުލައެއް ފަހަކުން ނުޖެއްސޭނެ.މިހާރުވެސް ރައްޔިތުންގެ ހިތްތަކުގައި ކަޅުކުލަ ޖައްސަދީފި.އެވަރު އޯކޭ.

 16. Anonymous

  އިންޝާﷲ ބޮޑު ތަނުން މިފަހަރު ކަލޭމެން ބަލިވާނެ. މަކަރާއި ހީލަތް ނަހަދައިފި ކަމުގައި ވާނަމަ

 17. އީޖާބޭރާއްޖެ

  މާލޭގެ މީހުން މައުމޫނު ދެކެވެސް ފޫހިވީ ނަސްލީ އިމްތިޔާޒެއްގެ ދަށުން ރައްރަށުގައި ގޯތި ދޫކޮއްފައި ހަމައެކަނި މަލޭމީހުންނައްނުދީ މާލޭގެ މީހުންލައްވާ ބިންހިއްކަން މަސައްކަތް ކުރުވާފައި ބިންތައް ހިސޯރުކޮއް ބާއްވާފައި ފުލޭޓްގެ ނަމުގައި ގެސްޓު ހައުސް ހިންގަންފެށީ ވޯޓްހޯދަންވީމަ މިބުނަނީ އަހަރުމެންނައް އެނގެޔޭ މާލޭގެ ރައްޔަތުން އުޅެނީ 4 ކުދިންގޮވައިގެން 100 ފޫޓް 100ފޫޓް ގޮޅިއެއްގައިކަން ވޯޓްލިބި ހޮވުނީމާ ހަދާންނެތި އަދި ކުރިޔައްވުރެ ބޮޑައް މާލޭގެ ރައްޔަތުންގެ ހައްގުތައް ހަނިކޮއް އަޅުވެތިކުރަނީ ޙުދުތިމާމީހާގެޔާ ތިމާމީހާގެ އަނބިދަރިންނައްވެސް ގޯތި ލިބެންޖެހޭ ގާނޫނުގާ ބުނާ ހަމަހަމަކަމާ އިންސާފުކޮބާތޯ ރައްރަށުގެޒުވާނާޔައް ހިލޭ ގޯތި މާލޭ ޒުވާނާޔައް ހަރާމް މީތޯ ތިޔަވިދާޅުވާ ނަސްތީ އިމްތިޔާޒަކީ