މާލެ އާއި އެހެން ރަށްރަށުގެ ޒަމާންވީ ޝަކުވާތަކަށް ހައްލު ހޯދަން ޕްލޭނެއް އެބައޮތް ކަމަށާއި އެމްޑީޕީން ނުކުތީ ކަރުދާސް އޮނިގަނޑާ އެކު ކަމަށް އެ ޕާޓީގެ ޓިކެޓުގައި މާލޭގެ މޭޔަރު ކަމަށް ވާދަކުރައްވާ އަނަސް އަބްދުއްސައްތާރު ރޭ ވިދާޅުވެއްޖެއެވެ.

އަންނަ އޭޕްރީލް ހަތަރެއްގައި ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބަށް އެމްޑީޕީގެ ކެމްޕޭން "ރަށްވެހި ފަތިސް" ފަށަން އަލިމަސް ކާނިވަލުގައި ބޭއްވި ޖަލްސާގައި އަނަސް ވިދާޅުވީ، ރައްޔިތުންގެ ބާރުވެރިކަމާއި ޝާމިލްވުން ހަމައެކަނި އޮތީ އެމްޑީޕީގެ ވެރިކަމުގައި ކަމަށެވެ. މާލެ އަށް ދިމާވެފައިވާ މައްސަލަތައް ހައްލު ކުރުމަކީ ލާމަރުކަޒީ ނިޒާމުން ރާއްޖެ ޝާމިލްވާ ގޮތަށް ހިންގައިގެން މެނުވީ ހައްލު ކުރެވޭނެ ކަންކަން ނޫން ކަމަށް އަނަސް ވިދާޅުވިއެވެ.

"މާލޭގެ ރަށްވެހިންނަށް ހުރި ކަންބޮޑުވުމަކީ މާލެ ތޮއްޖެހުމުގެ ކަންބޮޑުވުން، މާލެއަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ ދަތިކަމުގެ ޝަކުވާތައް، މާލޭގެ މަގުތައް ކާރޫބާރު ބޮޑުވުމުގެ ނިމުމެއް ނެތް ޝަކުވާތައް. އަދި އިމާރާތް ކުރުމާއި ގެދޮރު އެޅުމުގައި ހަމައެއް ލަމައެއް ނެތް ކަމުގެ ޝަކުވާތައް،" ސަރުކާރު ކޯލިޝަންގެ އެންމެ ބޮޑު ޕާޓީ، އެމްޑީޕީގެ ސެކްރެޓަރީ ޖެނެރަލްކަން ވެސް ކުރައްވާ އަނަސް ވިދާޅުވިއެވެ.

އަނަސް ވިދާޅުވި ގޮތުގައި އެމްޑީޕީގެ ވެރިކަމުގައި ގެނެވުނު އެންމެ ބޮޑު ބަދަލަކީ ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހެވެ. ލާމަރުކަޒީ ނިޒާމަކީ އެމްޑީޕީގެ ފިކުރެއް ކަމަށާއި އެ ޕާޓީން ކައުންސިލް އިންތިހާބަށް ނުކުމެ ތިބީ އެ ވިސްނުމާއި ފިކުރު ތަންފީޒުކުރަން ކަމަށް ވެސް އަނަސް ވިދާޅުވިއެވެ.

"ލޯކަލް ކައުންސިލް އިންތިހާބުގައި ފުރިހަމަ މެޖޯރިޓީއާ އެކުގައި އަޅުގަނޑުމެންނަށް ކާމިޔާބުވެގެން ދާނެ. ރާއްޖޭގެ ރަށްވެހި ހިދުމަތްތަކާއި އަސާސީ ހިދުމަތްތަކާ ގުޅޭ ކަންކަން ފޯރުކޮށްދެވޭނީ ރައްޔިތުންނާ އެންމެ ގާތުން، ރައްޔިތުންގެ ބައިވެރިވުން ހިމެނޭ ރައްޔިތުން އެދޭ ގޮތް ކަމަށް ގަބޫލު ކުރާ ފިކުރަކަށް ނިސްބަތްވާ ކެންޑިޑޭޓުންނަށް، އެބޭފުޅުންނަކީ އެމްޑީޕީގެ ކެންޑިޑޭޓުން،" އަނަސް ވިދާޅުވިއެވެ.

ދިވެހިން ރައްޔިތުންގެ ބުރަ މަސައްކަތާ ގުޅިފައިވާ މިހާރު އަމަލުކުރަމުން އަންނަ ގާނޫނުއަސާސީ ބައްޓަން ކޮށްފައި ވަނީ ރައްޔިތުން ބާރުވެރިކުރުވައި ހައްގު މިންވަރު އެކަށީގެންވާ ގޮތެއްގައި ލިބޭނެ ހަރުދަނާ އަސާސްތަކެއްގެ މައްޗަށް ކަމަށް އަނަސް ވިދާޅުވިއެވެ. އެ ބާރު ސީދާ ގޮތެއްގައި ރައްޔިތުންނަށް ދޫކޮށްލާފައި ވަނީ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޖާގަ ތަނަވަސްކޮށްދީގެން ކަމަށް އޭނާ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

13 ކޮމެންޓް

  1. ޙާލަތު

    ކަރުދާހަކީ ފޯވާ އެއްޗެއް އަދި ފޯވީމަ ހަލާކުވާއެއްޗެއް.... ދެން ހޮވުނީމަ ކަރުދާސް އޮނިގަނޑުގެ ބޭނުން ދިޔައީ...

    40
  2. ހުސޭނުބޭ

    ކަލޭ ތި ގެންގުޅޭ ކަރުދާސްތަކުން އަވަހަށް ބޯޓުހަދަން ފަށައި! އޭރުން ކޮންމެވެސް ފައިދާއެއް ކޮށްފާނެ! މަގޭ ސޮރަށް ރޮކެޓެއްވެސް ހަދާދޭތި!

    42
  3. މަބޭ

    ދައުރުހަމަވަންދެން ޕްލޭން އޮންނާނީ ކަރުދާހުގަ

    37
  4. ބްރޯ

    ކަރުދާސް އޮނިގަނޑު ގިރިގެން ދިޔައީމަ އެއްވެސް އެއްޗެއް ނެގޭނެ . ދެންބުނާނެ ޖީބު ހޮދަހޯދާ ނުފެނުނެ ތިޔަކަމެްގެވާހަކަ އޮނިގަނޑުގަ ނެތޭ.

    33
  5. ނަސީމު

    ދެއަހުވާންމިދަނީ ކޮބައި ޕުލޭން ފަޒާގަތަތަވީ ދެއުޅިއެއްނުވާ ކަލޭގެ

    14
  6. ސޫކަސްއެލެކްސް

    ތިހެން ބުނި އެމް.ޑީ.ޕީން ވެރިކަމަށް އަންނަންވެސް އެކަމަކު ވީކަމެއް ހަރާން.

    ދެން ތިބޭފުޅާ ތީކާކުކަން ވަރަށް ރަނގަޅަށް އިނގޭ..
    ޕާކިސްތާނުގައި ކިޔަވަން އުޅުނު އިރުވެސް އަޒީޒު ނަމަކަށް ކިޔަގެން އަމިއްލަޔަށް އިއްޒަތްތެރިވެގެން އެހެންމީހުންނަކީ މާދައްބަޔަކަށް ހަދައިގެން އުޅުނު ބޮޑާކިބުރުވެރި، ކަމެއްނުވާ މަރުމޯލެއް ތިޔައީ..

    މާލެ ކައުންސިލަކީ އިހުސާނު ފިހާރައެއް ނޫން.. އެތަން ހިންގޭވަރު މީހަކާ ހަވާލުކުރެވޭނީ..

    16
  7. ސަޕޯޓް

    މަބޭއެބުނުއްވީ ހަމަތެދެއް

    10
  8. ޔާމިން

    ޕުލޭނެއް ލޮލަކަށްނުފެނެ ވާދޫ ކަނޑު އަޑީކަކަންނޭއްގެ ޕުލޭއްވީ.

  9. އަހުމަދު އަލިމަނިކު

    ފުރަތަ މަ ޕްލޭން ވެސް ލާރި ވެސް ހުންނާނެ. އަ އު މަށް ފަހު ޕްލޭންހަދާނީ ލާރިވެސް ހޯދާނީ. ނުވީމ މަ ކުރީ ސަރުކާރު ބޮލަށް ކަނޑާފަ އަނެއްކާ ކުރި މަތި ލާނީ. ރައްޔިތުން ގުނބޯ ހެއްދުން ހުއްޓާލާ ވާވަރުގެ ކަންތައް ކޮށްދޭން ކިޔާނީ ކޮން އިރަކު.

  10. ހިސެން

    2018 އިންތިހާބުވެސް، ރ މ އިންތިހާބުވެސް ނުކުތީ ކަރުދާސް އޮނި ގަނޑު ހިފައިގެން. އެ ދެން ބޯދަށުގަ ބާއްވާ، ކުރާހާވެސް ކަ މަކީ ޕާޓީ މީހުން ހޮވައިގެން ވައްކަން ކުރުން. ރައްޔިތުންނައް ފުދިއްޖެ އިތުރަކައް އާނބަސް ބުނެވޭކައްނެތް.

    8
    1
  11. Anonymous

    ބަލިވާނެކަން ޔަގީންވީމަ މުއިއްޒު ޕޮލިހައް ތިދަމަނީ

  12. ޚޖޖ

    ނަޝީދުޕާޓީކުދިންކޮޅުގަބޫލުކުރާނީއަހަންނެނޫޅެންފަރަންޖީންގެވާހަކަގަބޫލުކުރާކަށް

  13. ސިކަންދަރު

    ތިޔަވާހަކަޔައް ތާއީދު ކަރުދާސް އޮނިގަނޑަކާއެކު އައިސް ބޭތުލް މާލުގެ ހުރިހާ ކަރުދާހެއް ބައިކުދިންނައް ބަހާ ހުސް ތިޔަ ބުނާ ކަރުދާހުދަނެއް ކަންތައްތަކެއްނު ތިޔަ ކުރަނީ ކުރީސަރުކާރުގެ ބޮލުގައި އަޅުވާފައި ހުސް ކަރުދާހުގައި ފާޑުފާޑުގެ އެގްރިމެންޓް ހަދައިގެން ރައްޔަތުންނައް އޮޅުވާލަނީ ވަރައްސަލާން ކުރީބައިގަ ތިޔަ ކަރުދާސް ތަކުގެ ވާހަކަ ބުނިކަން