މަސާޖްކުރާ މީހުންގެ ވަޒީފާއަށް ރާއްޖެއަށް ގެންދާނެ ކަމަށް ބުނެ ތައިލެންޑް އަންހެނުންތަކަކަށް އޮޅުވާލައިގެން ބަޔަކު ފައިސާ ހޯދި މައްސަލައެއް އެގައުމުގައި ބަލަން ފަަށައިފިއެވެ.

ތައިލެންޑްގެ ނޫހެއް ކަމަށްވާ "ދަ ނޭޝަން" އިން ބުނެފައިވަނީ ދެ މީހަކު ވެގެން 49 އަންހެނެއްގެ އަތުން އޮޅުވައިލައިގެން ފައިސާ ހޯދާފައިފައިވާ ކަމަށާއި އަދި މިމައްސަލަ ބަލައިދިނުމަށް އެދި މިދިޔަ ބުރާސްފަތި ދުވަހު އެޤައުމުގެ އެންޓި ޓްރެފިކިން ކޮންޓްރޯލްގެ ދަށައް އެމީހުން އެއްވެފައިވާ ކަމަށެވެ.

އެނޫހުން އިތުރަށް ބުނި ގޮތުގައި ރާއްޖޭގެ ފެންވަރު މަތީ ހޮޓަލްސްތަކުން މަސާޖު ކުރުމުގެ ވަޒީފާ ދޭނެކަމަށްބުނެ ކޮންމެ މީހެއްގެ އަތުން 30000 ބާތު އަތުލި ކަމަށް އެމީހުން ބުނާކަމަށެވެ. އަންހެނުންތަކަށް އޮޅުވާލައިގެން ފައިސާ ހޯދިކަމަށް ތުހުމަތުކުރެވޭނީ ޕިސާމީ ޗަމްޕަކްވީން ނަމަކަށް ކިޔާ މީހަކާއި ޖިންޓާ ވޮންވީޗާ ނަމަކަށް ކިޔާ މީހެކެވެ.

އަދި މިމީހުންގެ އަތުން ފައިސާ ހޯދާފައިވަނީ އޮންލައިން ގުރުއްޕްއެއް މެދުވެރިކޮށްކަމަށްވެސް މިމީހުން އެނޫހަށްވަނީ މައުލޫމާތު ދީފައެވެ.

ތައިލެންޑް ފުލުހުންނާ ހަވާލާދީ ނޫހުން ބުނެފައިވަނީ ވަޒީފާ ދޭނެ ކަމަށް ބުނެ އޮޅުވާލައިގެން ފައިސާ 100 މީހުންގެ އަތުން ހޯދިކަމަށް ބެލެވޭ ކަމަށާއި ނަމަވެސް، މިހާތަނަށް މައްސަލަ ހުށައަޅާފައިވަނީ 49 މީހުން ކަމަށެވެ. އަދި މިމައްސަލަ އެޤައުމުގެ އެންޓި-މަނީ ލޯންޑްރިން އޮފީހުން ބަލަމުން އަންނަ ކަމަށް ފުލުހުންނާއި ހަވާލާދީ އެނޫހުން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޓިނޭ

    މިހާރު ރާއްޖެ މީހުންނަށް ހާދަ ތަފާތު ނަމޭ ދޯ ކިޔަނީ؟

  2. އާބި

    ނަމާއި ހެދުމާ މޫނާ އުޅުން އެހެން މީހުންނަށް ނޭގޭ ގޮތް ހަދައިގެންވެސް ތިމާ ހިތް އެދޭގޮތަކަށް ޝަހުވަތުގެ އެދުމެއް ޙާޞިލް ކޮށްލީމަ އެމީހަކު ދުނިޔޭގަ މަޝްހޫރުސްޕަރސްޕަރސްޓާއަކަށްވާނީ !