މީހުން ޓްރެފިކް ކުރުން ހުއްޓުވުމާއި ބެހޭގޮތުން ނޭޝަނަލް އެންޓި ހިއުމަން ޓްރެފިކިންގ ސްޓިއަރިން ކޮމެޓީން އެކުލަވާލި ނޭޝަނަލް އެކްޝަން ޕްލޭން ވަޒީރުންގެ މަޖިލީހުން މިއަދު ފާސްކުރައްވައިފިއެވެ.

ނޭޝަނަލް އެކްޝަން ޕްލޭން ވަޒީރުންގެ މަޖިލީހުން ފާސްކުރެއްވުމުގެ ކުރިން މިއަދުގެ ކެބިނެޓް ވަރކިންގ ސެޝަންގައި މި ޕްލޭނާބެހޭ މަޢުލޫމާތު މިނިސްޓްރީ އޮފް ޑިފެންސުން ރިޔާސަތު ބަލަހައްޓަވަމުންދާ ސްޓިއަރިންގ ކޮމިޓީން ވަޒީރުންނާ ޙިއްސާ ކުރެވިއެވެ.

ވަޒީރުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެމްބަރުން ދެއްކެވި ވާހަކަފުޅުގައި އަލަށް އެކުލަވާލި ނޭޝަނަލް އެކަޝަން ޕްލޭންގައި ހިމަނާފައިވާ ފިޔަވަޅުތައް އަވަހަށް އެޅުމުގެ މުހިއްމުކަން މެމްބަރުން ފާހަގަކުރެއްވިއެވެ.

ރައީސް އޮފީހުން ވިދާޅުވީ ސްޓިއަރިން ކޮމިޓީން ރާއްޖެއާއި ރާއްޖެއިން ބޭރުގެ ކަމާއިބެހޭ ފަރާތްތަކާއި މަޝްވަރާ ކޮށްގެން އެކުލަވާލާފައިވާ އެކްޝަން ޕްލޭންގެ މައިގަނޑު މަޤްސަދަކީ ރާއްޖޭގައި މީހުން ޓްރެފިކް ކުރުން ހުއްޓުވުމަށް ކުރާ މަސައްކަތުގެ ދުވެލި އަވަސް ކުރުން ކަމަށެވެ.

މީހުން ޓްރެފިކްކުރުން ހުއްޓުވުމަށް ޤައުމީ ފެންވަރެއްގައި ރާއްޖެއިން އެޅުމަށް ކަނޑައަޅާފައިވާ މުހިންމު ފިޔަވަޅުތަކުގެ ތެރޭގައި، މީހުން ޓްރެފިކްކުރުމުގެ މައްސަލަ ރާއްޖޭގައި އޮތް މިންވަރު ބެލުމަށްޓަކައި ބޭސްލައިން ސްޓަޑީއެއް ހެދުމާއި، މީހުން ޓްރެފިކްކުރުން ހުއްޓުވުމާ ބެހޭ ޤާނޫނުގައި މީހުން ޓްރެފިކްކުރުން މާނަ ކުރާ ގޮތް އ.ދ.ގެ ޓިޕް ޕްރޮޓޮކޯލްގެ ޑެފިނިޝަނާ އެއްގޮތްކޮށް، ސްޓިއަރިންގ ކޮމިޓީގެ ހިންގުން ހަރުދަނާކުރުމަށްޓަކައި، އެޤާނޫނަށް އިޞްލާޙު ގެނައުމާއި، ސްޓިއަރިންގ ކޮމިޓީ ހިންގުމަށްޓަކައި ޓިޕް އޮފީހެއް ޤާއިމްކުރުމާއި، މީހުން ޓްރެފިކްކުރުމުގެ ކުށަށް ތުހުމަތުކުރެވޭ ފަރާތްތަކާއި އެކުށުގެ ޝިކާރައަކަށްވާ ފަރާތްތަކަށް ހިލޭ ގުޅޭނެ ޚާއްޞަ ހޮޓްލައިނެއް އަލުން ޤާއިމްކުރުން ހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. މުގައްދަރު

    މީހުން ޓްރެފިކްކުރުން ހުއްޓުވުމާއި ބެހޭ ނެޝަނަލް އެކްޝަން ޕްލޭން ވަޒީރުންގެ މަޖިލީހުން ފާސްކޮށްފި، ކިހާވަރަކުން ދާނެބާއޭ ހިތައް އަރަނީ މިހާތަނައް ފެނި ދިރާސާ ކުރެވިފައިވާގޮތުން ދެން ތިކަން ތިޖެހީ މެކުހައް ކަމައް ލަފާކުރެވެނީ މިހާރުވެސް ފެންނަމުން އބަދޭ ގާނޫނަކުން މަނާ ވިސާ ނެތި މިގައުމުގައި ނޫޅެވޭނޭ އެކަމަކު ކާކުތޯ މިކަން ބަލާ ފިޔަވަޅުއަޅަނީ ހައްތާވެސް ކިޔަނީ ފަރުދީ ޒިންމާއޭ އެކަމަކު ސަރުކާރައް ރުފިޔާ ލިބޭކަމެއްވިއްޔާ ތަންފީޒްކުރޭ މިސާލަކައް މީރާގެ ގާނޫނު ބަރާ ބަރައް ހިންގޭ

  2. ޢާސީ

    ގާނޫނާއި ގަވައިދު ކިތަ އްމެވަރަކައްވެސް ހެދިދާނެ ނަމެސް ތަންފީޒުނުކުރެވޭނެ މިހާތަނައްވެސް ވާގޮތް ބަލަންތިބޭ