އެމްޑީޕީ އަށް ބޮޑު ކޯލިޝަނެއް އެކުލެވޭ ސަރުކާރަކާއި، ޕާލިމެންޓުގެ ސުޕަރ މެޖޯރިޓީވެސް ރައްޔިތުން ދީފި ކަމަށާއި ނަމަވެސް އެ ހުރިހާ އެއްޗެއް ލިބިތިބެމެ، ވޭތުވެދިޔަ 14 މަސް ތެރޭގައި ޤައުމަށް ކޮށްދެވުނު އެއްވެސް ކަމެއް ނެތްކަމަށް ކުރީގެ ހޯމް މިނިސްޓަރ އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.

"ވަގުތު" އަށް ދެއްވި އިންޓަރވިއުއެއްގައި އުމަރު ވިދާޅުވީ ރާއްޖެއަށް ބޭނުންވަނީ ލީޑަރެއް ކަމަށާއި، މިޤައުމު އަލުން އުދުއްސައިގަންނަށް ބޭނުންނަމަ ބޭނުންވާނީ އެންމެ މުރާލި، އެންމެ ހިވާގި، އަދި އެންމެ ހިންގުންތެރި ލީޑަރެއް ކަމަށެވެ. އަދި ވިދާޅުވީ އިބްރާހީމް މުހައްމަދު ސޯލިހަށް މިކަމެއް ނުވާނެ ކަމަށެވެ.

"މި ޤައުމު އަލުން އުދުއްސައި ގަންނަން ބޭނުން ކަމަށް ވަންޏާ ބޭނުންވާނީ އެންމެ މުރާލި، އެންމެ ހީވާގި، އެންމެ ހިންގުންތެރި ލީޑަރެއް. އެކަހަލަ މީހަކަށް ނޫނީ މިކަމެއް ނުވާނެ. އިބޫ ސޯލިހުއަށް ސަތޭކަ ޕަސެންޓް ޔަޤީން ކަމެއް މިކަމެއް ނުވާނެކަން،" އުމަރު ވިދާޅުވިއެވެ.

އުމަރު ވިދާޅުވީ ކުރިއަށް އޮތް ހަތަރު ވަރަކަށް އަހަރު ތެރޭގައިވެސް އެމްޑީޕީއަށް އެއްވެސް ކަމެއް ނުކުރެވޭނެ ކަމަށާއި، ކުރެވޭނެހާވެސް ކަމަކީ ކުރީ ސަރުކާރޭ، ކުރީ ސަރުކާރޭ ކިޔައިގެން ހުސް އަނގަ ތެޅުން ކަމަށެވެ. ރައީސް ނަޝީދު އެ ގެންދަވަނީ އެމްޑީޕީ ޓިކެޓް ނަގައިގެން 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބަށް ތައްޔާރު ވަމުން ކަމަށްވެސް އުމަރު ވިދާޅުވިއެވެ. އަދި ވިދާޅުވީ އިބްރާހީމް މުހައްމަދު ސޯލިހަކީ ނަޝީދަށް އޮތް ވަރަށް ބޮޑު ހުރަހެއް ކަމަށާއި، އެހެންކަމުން އިބޫ ކުރިއެރިޔަ ނުދޭންވެސް ނަޝީދު މަސައްކަތް ކުރައްވާނެ ކަމަށެވެ.

"އިބޫ އަކީ ނަޝީދަށް އޮތް ވަރަށް ބޮޑު ބިރެއް. އެހެންވީމަ އިބޫ ކުރިއެރިޔަ ނުދޭންވެސް މީނަ ބައެއް ފަހަރު އެބަ މަސައްކަތްކުރޭ. އެހެންވީމަ ނަޝީދު އެކުޅޭ ރޯލަކީ އިބޫގެ ދަތި އެޅުވުމާއިއެކުގައި އަދި އޭނާ ސްލޯވ ކޮށްގެން 2023ގެ ރިޔާސީ އިންތިޚާބަށް ކުރިމަތިލާން،" އުމަރު ވިދާޅުވިއެވެ.

ބޭރުފުށުން ކޮންމެ މަންޒަރެއް ދައްކަވައިގެން އުޅުއްވި ނަމަވެސް، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސޯލިހާއި ރައީސް ނަޝީދުގެ ގުޅުން ރަނގަޅު ނޫންކަމާއި، ދެބޭފުޅުންގެ މެދުގައި ވަރަށް ބޮޑެތި ޚިޔާލު ތަފާތުވުންތަކެއް އެބަހުރި ކަމުގެ އަޑުތައް ދަނީ ދުވަހެއް ދުވަހަކަށް ގަދަވަމުންނެވެ. އަދި ރައްޔިތުންގެ މަޖިލީސް ތެރެއިންވެސް ރައީސް ސޯލިހަށް ވަރަށް އިހާނެތިކޮށް މެމްބަރުން އެއްޗެތިގޮވާ އިރުވެސް ނަޝީދު ރިޔާސަތުގައި އިންނަވާމެ، އެކަން ހުއްޓުވަން އުޅުއްވާ ތަނެއްވެސް ނުފެނެއެވެ.

ކިޔުންތެރިންގެ ހިޔާލު

29 ކޮމެންޓް

  1. މާމީ

    ފިލާ ތިބެގެން އިބޫ އަށް ނުވާނެ ކިއަކިއާ ތިއަ ތިބެނީ ގައުމު ވިއްކާ ހުސްކުރާ ވާހަކަ ނޫސްތަކުގަ އަބަދުވެސް އުމަރުވެސް 2023 ހައް ފައިނަގާގެން އުމަރާ 2023 ވާއިރައް މިދާގޮތައް ދަނީނަމަ ރާއްޖެ ހީވާގޮތުން މުސްލިމުން ކޮންމެދުވަހަކު މަރަމުންދާ ގައުމެއްގެ ހިޔާވަހިކަމުގެ ދަށުގަހެން ހީވަނީ އުމަރާ މިހިސާބުން ވެސް ގައުމާ ރައްޔިތުނާ ދޭތެރެ ވިސްނާ ފިކުރު ކޮއްބަލަ ތިތިބީ ނިދާފަ

    23
  2. Anonymous

    އުމަރު ބުންޏަސް ޙަގީގަތްވާނީ ހަމަ ހަގީގަތަކަކަށް، އުމަރުގެ ވާހަކައިގަ ގައުމު އަލުން އުދުއްސާލަންވެއްޖެކަމަށް ބުނުމުން އެބައިނގޭ ބާރު ސްޕީޑުގަ އުދުހެމުންއައި ގައުމެއް ހުއްޓުމަކަށް އައިސްފައި ވަނީކަންވެސް

    21
  3. ޙަސަނާ

    ކަލޯއުމަރާ އިބޫ އައް އެމަގާމުދިނީ ނަސީދޭ ނަސީދުވެސްހީނުކުރޭ އިބޫ މިވަރުގަމާރުމީހެއްކަމައް ނަށިދުއައްމާރަގަޅުވީސް މިފުރުސަތު ކޮއްކޮ އީވާއައްދެވިނުނަމަ މިހާރުވެސް އަވަސްވީގޮތުން ހިތްތަކުގެރައީސް ވެރިކަމާހަވާލުވާންވީ އޭރުން މިތާގަ އެމީހަކު އިޅޭނެދީނަކައް ހަމަޖެހިގެން އުޅެވޭނީ އެެއީ ނަސީދު އަކި ވެސް ޝެކިއިލާ ބޭފުޅަކައްވާތީ....އިބޫ އިސްތިއުފާ...

    11
    1
  4. ކާފަބޭ2020

    އެއީ ބަހައްޓާފަހު ރިނިވާފަތްގަޑެއްކަން ނޭގުމަކީ އުމަ ރުގެގަމާ ރުކަމޭވެސްބުނެވިދާނެ! ނަމަވެސްތިޔަބުނީ ކަންއޮތްގޮތް ރައިއްޔަތުންގެ ވިސްނުންހު ރީއަމިއްލަޖީބަށްއެއްޗެއްލެވޭތޯބެލުން ޤައުމުސަލާމަތަށްއެދިގޮވާގޮވުން އަޑުއިވޭނީ ޤައުމިއްޔަތަކީކޮބައިކަން ދަންނަބަޔަކަށް !ޤައުމުގެއެކިސަ ރަހައްދުތަކުން ބިންތައްވަކިބަޔަކަށް ދެމުންދާއި ރު އެއީ ޤައުމަށް ރައްކާތެ ރިކަމެއްބާ؟

    15
    2
  5. ހުވަދޫ ޑޮކް

    ދެންތިޔަ ވިދާޅުވާ އެންމެ ހީވާގި އެންމެމުރާލި އެންމެ ހިންގުންތެރި ލީޑަރީ އުމަރުކަމަށްތަ؟ އުމަރު ކީއްވެތަ ތިހާވަރަކަށް އެމްޑީޕީ އާއި ޚާއްސަކޮށް ރައީސް ނަޝީދާއި ގެޅިގަނެގެން ތިޔަ އުޅެނީ !! ނިކަން ހިތްވަރެއް ހުރެއްޖިއްޔާ ނުކުމެ ވެރިކަމާއި ހަވާލުވެ ދަޢުލަތް ހިންގުން އެއްވަނަ ގިޔަރަށް ބަދަލު ކުރައްވައި ދިވެހިރައްޔިތުންނަށް ހެޔޮވެރިކަމެއް ކޮށްދޭންވީ ނޫންތޯ ؟ އުމަރަކީ ހުސްއަނގަތަޅާ ޖަމަލު ފޮޑި ޖަހާ ސިޔާސީ ރޯނު އެނދުރު ލީޑަރެއް!! އުމަރަށް ކުރީގެ ރައީސް ޔާމީން ސަލާމް އެބަބުނޭ އުމަރާރާރާރާ !!!!

    3
    15
    • ލަލަލާ

      ކިހިނެތްތޯ ބުރިޖު އަޅާނީ، ކޮބާތޯ އޭގެ އިންޖިނޭރަކީ..؟ ކެނެރީގޭ ނަސީދާ ގެޅިގަނެގެން އުޅެންޖެހޭ ސަބަބުތަކުގެ ތެރޭގައި އެކަލޭގެއަކީ ވަސްވާސްދީގެން ހަމައިގާ ތިބޭ ރައްޔިތުން ހަމަމަގުން ކައްސުވާލާ މީހެއް..

  6. 19 ނަވާރަ

    އުމަރު ތިހެން ވިދާޅުވިޔަސް ރައްޔިތުން ބުނަނީ ރައީސް އިބޫއަށް މިކަންވާނޭ. އެކެއްގެ ހިޔާލަށްވުރެ ގިނަ ފަރާތްތަކުގެ ހިޔާލު ރަގަޅުވާނެނު. މިހާރު އެބައިގޭ ދިވެހިންނަކީ ނުވިސްނެބައެއްކަން.

    20
  7. Anonymous

    ޢުމަރާ ދޫންޏާ އެބަރަނގަޅުވޭ.
    ސަތޭކަ އިގެ ވާހަކަފުޅެއް.

    18
  8. އައިން

    ހ. ޔެނިސީ މުޙައްމަދު ރިޔާޒު މިޤައުމުގެ ރައީސަކަށް ގެންނަން ޖެހުނަސް ތިޔަ ދެއުޅިއެއްނުވާ ހުދުވަލެއް މިޤައުމުގެ ރައީސަކަށް ނުގެންނާނަން.

    2
    17
  9. ވިސްނާލުމަށް އެދެމޭ

    އުމަ ރުއަށް ސިޔާސީކަންކަން ނޭގެޔޭ މީހުންބުނަނީ ބުނަންވެގެން.. މިގައުމަށް ބޭނުންވާ ލީޑަ ރުއެއޮތީ ޖަލުގަ.އެލީޑަ ރު ޖަލަށްލީ ތިސިޔާސީ އެއްމެން ބޭނުންވެގެން.ތިއެއްމެން ހީކު ރީ އެލީޑަ ރު ޖަލަށްލުމުން ތިމާމެންގެ ސިޔާސީކެ ރިޔަ ރު ނިކަންފޮނިކޮށްލިބޭނެކަމަށް އެކަމަކު ކަންވީބއެގޮތަކަށްނޫން.. ރައްޔިތުންނަ ވިސްނިއްޖެ މިގައުމުގަ ރައްޔިތންނަ ކަމެކޮއްދެވޭނީ އެލީޑަ ރަށްކަން..އެލީޑަ ރަކީ ރޔާމީން..އުމަ ރަށް ކުއްވެ ރިން ޓެގް އަޅުވައިގެން މަތަކު ރެވިދާނެ އެކަމަކު ގައުމުގެ އިގްތިސޯދެ ތަ ރައްގީއެ އިޖުތިމާއީ އަދާލަތުގެ އެހެންކަންތައްތަ ފު ރިހަމަ ނުކު ރެވޭނެ..އަނގައެއޮތަސް ބަތެނުކެވޭނެ..އަތެއް އޮތަސް ބަތެނުކެއްކޭނެ.ބަތަކެއްކުމަށްވެސް ކެއުމަށްވެސް މަ ރުހަލާތަކެ ކަޑައްތުކު ރަންޖެހޭ އެކަމެވއު އުމަ ރަކަށް ނުވާނެ..ދެންވެސް ބޮޑުނުކަޑާ ހިއްވަ ރެހު ރިނަމަ ރޔާމީނާއެކުތެދުވެ އެއްބައިވެގެން ގައުމުގެ ކަންތައްތަ ހައްލުކު ރަން ޕޕމ އާ ގުޅޭ..އިންޑިޔާއިން މުޅިގައުމު ހިސޯ ރުކޮށް ނިންމިއި ރުވެސް ގަދަބަސް ބުނެބުނެ ތިހުންނަނީ... ރޔާމީން މިނިވަންކު ރަން ސަ ރުކާ ރަށް ބާ ރުއަޅާ..

    15
    • ހައްޕުނޑު ލީޑަރު

      ތިޔަބުނާ ލީޑަރާ ބައިވެގެން ބުރޯމެން ދައުލަތް ދަވާލައިގެން ދިޔައީ ލީޑަރަށްވެސް ބައި އަޅާފައި. އެހެންވީމާ ޖަލުގައި އޮތީ ލީޑަރު ކަމަށް ކުފޫ ހަމަވާ މީހެކޭ ބުނެވޭކަށް ނެތް.

      1
      4
    • ކައްޕަޅި ލީޑަރު

      އޮޑިޓާ ޖެނެރަލް ނިޔާޒްގެ ވާހަކަ އަޑުއަހާ އެދެއްކި ވާހަކަތަކުގެ ހަގީގަތް ބަލާލުމުގެ ހިތްވަރެއް ތިޔަބުނާ ލީޑަރުގެ ނެތެއްނު.

      1
      1
  10. މާރިޔާ

    އެހެންވީމާއެމީހަކީ ޔާމިންކަން ޔަގީންވެއްޖެ އިންޝާﷲ 2023

    15
    1
  11. ކޮމޮލިކާ

    ގައުމަށް ހޮވާނެ ލީޑަރު ކަނޑައަޅަނީ އުމަރުތަ ނޫނީ ރައްޔިތުންތަ އުމަރާ ނަމަނަމަ ކުރިން އުޅުނުފާޑަށް އުޅެން ހިތައް ނާރުވައްޗޭ ދެން

    11
  12. ނަމަ

    އުމަރު އެވެސް ޖެހިލުމެއް ނެތި މައިބަދަ ވެސް ބިންދާލަން ކެރޭ ކަހަލަގެ ހަރުދަނާ ލީޑަނުންތަ؟

    1
    7
  13. ބީރުބޮލުވަޒީރު

    އުމަރާ އިބޫސޯލިހަށް ނުވާނެކަން އޭނަ ގަބޫލް ކުރާނަމަތާ އުމަރު ބުނީމަ އަޑުއަހާނީ'

    13
  14. ހެޔޮ އެދޭ

    ސަތޭކައިގެ ވާހަކައެެއް.

    14
  15. އިޤުބާލު

    މިޤަވްމު ކުރިޔަސް ގެންދަން ބޭނުންނަމަ ހުރިހާ ރައްޔިތުން ރައީސް ޔާމީން ޚިޔާރުކުރޭ! އެކަންއޮތީ ޔާމީނަށް ރައްޔިތން ދެއްވި އެންމެ ފަސްއަހަރުން ދައްކާފަ!

    13
    2
  16. ހަވާއިބް

    ކަލެއަށް ވެދާނެދޯ. އެހެން ހީވާކަހަލަ. ކަލޯ ކަލެއަކަށް ބަޔަކު ނުއުޅޭ މިޤައުމުގެ ވެރިކަން ދޭކަށެއް. ދެންވެސް ހަރުގަނޑުން އެރޭތޯބަލާ.

    5
    3
  17. މެންދަން ފަތިސް

    ކޯލިސަނުން އައި ސަރުކާރެއް އަންނި ބުނާއިރަށް ރޫޅާލަންވެއްޖެއްޖާ އިބޫގެ ހަމަ ހަގީގަތުވެސް ނެތް ހަރުދަނާ ކަމެއް. ކޯލިސަންގެ ބައެއް މެންބަރުންގެ މެދުގައި މައްސަލަ އުޅުމަކީ މުޅިކޯލިސަންގެ މައްސަލައެއްކަމަށް ދެކެންޏާ އެމް.ޑީ.ޕީ ނޫނީ އަދި އެހެން ބައެއްވިއަސް އެދެކެވެނީ މުޅިން ގޯސް ނަޒަރަކުން. ކޯލިސަން ނިކަމެތި ވުމަކީ ވެރިކަންވެސް ނިކަމެތިވުން. އެމް.ޑީ.ޕީ އިން ވެރިކަމާ ބައްދަން އުޅޭ އުޅުމާ އެއްކޮޅައް އަރުއްވާ އެމަގުން މަސައްކަތް ކުރުމަކީ ވެރިކަން ހީނަރުވެ އިހުނަށްވުރެ ބަލިކަށި ވެގެންހިގައިދާނެކަމެއް. ކޯލިސަންގެ ގުޅުން ބަދަހިވާނެ މަގަށް ކަކަން ތަރުތީބު ކުރެއްވުން ބުއްދިވެރި ކަމިގައި ދެކެމެވެ.

    7
    1
  18. Anonymous

    ކުރުކޮށް ބުނާނަމަ މީ ދިވެހިންގެ އަމިއްލަ އުމުރުން ނަގާލި 5 އަހަރު. ރައީސް ޔާމީނު ފަތުއަޑު ކިޔާފައި ދިވެހިރާއްޖެ ކުރިއަރާ އިންޑިއާއަށް ގޮންޖަހާފައި ތަރައްގީ ހާސިލްކުރަމުން ދަނިކޮށް ގައުމަށް ގެންލުން ދިން މީހުން މިހާރު ތިބީ އިތުރު މާޔޫސް ކަމެއްގައި.

    12
  19. ދިވެހި މީހާ

    ޛަޑިބުރި ޠަކެތްދީފަ އުމަރު ދެންަައަރަން ވީނުން ވެރިކަމަށް

  20. އ. ޖ. އ

    ހަރުގަނޑެއް ދިނީމަ ވެދާނެ

    2
    3
  21. މުހައްމަދު

    އުމަރާ ކަލޭ ކީއްވެގެންތަ ޔާމީނުއަށް ނުހައްގުން މިއަނިޔާވެރި ސަރުކާރުން ދީގެންމިއުޅޭ އަނިޔާގެވާހަކަނުދައްކަނީ...
    ކަލޭހިތުގެ އަޑިން އެއަނިޔާ ގަބޫލުކޮށްގެންހުރިހެން ހާދަހީވޭ.

  22. މލ

    އިބޫސޯލިހަކީ އާރެއްބާރެއް ނެތް ރައީސެކެވެ ކަން ކުރަނީ
    މަޖިލީސް ހިސޯރުކޮށްގެން އިން ކަލޭގެއެވެ ވައްކަމާއި ފަސާދަ މުޅި ގައުމުގައި ޢާއްމުވެ އެއީ ގާނުންކަމަށްވެސް
    މިހާރުވެއްޖެއެވެ ކަމެއްގޯސްވެއްޖެއްޔާ އެއީ ކުރީސަރުކާރެވެ
    މުއައްސަސާއެއްފޭލް ވެއްޖެއްޔާ އެއީ ކޯލިޝަނެވެ މަކުރި
    ކަމެއް ނެެތެވެ މަ މިހިންގަނީ ނުހަނު މޮޅަށެވެ މަށަކީ ދެބޯބުރާންޗެއްކަމަކު ހުރިހާކަމެއްމަޖިލިސްތެރެއިން މަ ބަލަމެވެ.

  23. ނަޖްވާ

    މާނައަކީ އުމަރަކީ އޭތަ އެންމެ ޤާބިލު އެންމެ ހިންގޭ ލީޑަރަކީ! ޖޯރު ހުރީމަ ގުންފައިޖަހާފަ ބާރުބާރަށް ދެކޮޅަށް ދުވިޔަސް އެއީ ހިންގެނީކީ ނޫން! މީހާގެ ސިނކުޑީގެ އެވަރުގެ ތެއްކަމާ، މަޑުމައިތިރިކަންވެސް ހުންނަންޖެހޭ ވިސްނުމާއި އެކު ކަންކަން ކުރުމަށް!

    1
    1
  24. علي وحيد

    ޢުމަރު އުމަރަށްވެސް ދަންނަވާލަން އޮތީ ތިހުރިހާކަމެއް އުމަރަށްވެސް އެނގޭއިރު ވެރިކަމާއި ޕާޓީގެ ރައީސް ކަމާއި ،މިކަންކަމާއިގެން އުޅުމުގެ ބަދަލުގައި ،މިގައުމުން އަޅުގަނޑު މެނައް ފެނުނު އެންމެ މުރާލި ހީވާގި ކެރޭ ހިންންތެރި ކަންކުރެވޭވަރުގެ ވެރިޔަކުލިބުނީމަ އެ މީހެއްގެ ފަހަތުން މަސައްކަތްކޮށް ވެރިކަމަށް އަންނަން މަސައްކަތްކޮށްބަލަ އެއީ رئيس عبدالله يامين عبد القيوم ،

  25. علي وحيد

    ތިހެން ފިލާއިނދެ ހާލިތެރެބިސް އެޅިޔަސް ތިބިސްދަރިމައެއްނުވާނެ ތިބިސްދަރިވާނީ ޕީޕީއެމް ފަހަތަށް އަރާ ،ލާދީނިއްޔަތާ ދެކޮޅަށް މަސައްކްކޮށް މިގައުމު އުދުއްސާލުއްވި ރައީސް ، ރައީސް އަބްދުﷲ ޔާމީން ވެރިކަމަށް ގެނެވޮގެން. إنشأالله ،2023 ރައީސް އަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމު

  26. ދަވާލި19

    އުމަރާ އެމީހަކީ ޔާމީނު ނޫން ދެންކާކުތަ ނިކަން ބުނެބަލަ