ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ފުލުހަށް ހާޒިރުކޮށްފިއެވެ.

ފުލުހުން ތަހުގީގު ކުރަމުންދާ ދެ މައްސަލައަކާ ގުޅިގެން އެމަނިކުފާނު ފުލުހަށް ހާޒިރުކޮށްފައި ވަނީ މިއަދު މެންދުރު ދޭއް ޖަހާކަން ހާއިރެވެ.

ރައީސް ޔާމީންގެ އިތުރު މައްސަލައެއްގައި ފުލުހަށް ހާޒިރު ކުރާކަން އެމަނިކުފާނުގެ ގާނޫނީ ވަކީލުންގެ ޓީމްގެ ހިމެނިވަޑައިގަންނަވާ ޑރ މުހައްމަދު ޖަމީލް އަހުމަދު ވަނީ ކުރިން ވިދާޅުވެފައެވެ. އޭނާ ކުރިން ވިދާޅުވީ ރައީސް ޔާމީންގެ އިސްތިއުނާފުގެ ތެރެއިން ދައުވާ އަކީ ގާނޫނީ ބުރަދަނެއް ނެތް ސިޔާސީ ދައުވާއެއްކަން ސާބިތުވުމުން އިތުރު ކަންތައްތަކަކަށް ތަހުގީގަށް ހާޒިރުވުމަށް ރައީސް ޔާމީނަށް ފުލުހުން އެންގީ ފެބްރުއަރީ 24 ގައި ކަމަށެވެ.

ރައީސް ޔާމީން މިހާރުވެސް ގެންދަނީ ފަސް އަހަރު ދުވަހުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންނެވެ. އެމަނިކުފާނު މައްޗަށް ކްރިމިނަލް ކޯޓުން ފަސް އަހަރު ދުވަހުގެ ޖަލު ހުކުމެއް އިއްވައި ފަސް މިލިއަން ޑޮލަރުން ޖޫޫރިމާނާ ކުރީ އެމަނިކުފާނުގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑަރިންގެ ކުށް ސާބިތު ވުމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

 1. ނަސީރު

  ޔާމީން އަކީ ހަމައެކަނި މިޤައުމުގެ ރައްޔިތުންނަށް ކަމެއް ކޮށްދީފަ ހުރިމީހަކީ.

  110
  4
 2. علي وحيد ރަސްގެތީމު

  إنشاء الله ،މާތްﷲގެ އެއްކައުވަންކަން ހުރިހާ ކަމަކަށްވުރެ މަތިވެރި ، ތިޖަހަންއުޅޭ އުޅޭ ހުރިހާ ސަކަރާތެއްގެ އެފުށްމިފުށް ﷲދެނެވޮޑިގެންވޭ

  71
  1
 3. މާމޫން

  ޔާމީނަކީ މިގައުމުގެ ރައްޔިތުންގެ ފައިސާތަކެއް އަމިއްލަ އެކައުންޓްގައި ގަނޑު ކޮށްގެން ހުރި މީހެއް. ތަޙްގީގަށް ގެނައުމަކީ ހަމަ އެންމެ ރަނގަޅު ކަމެއް

  7
  92
 4. މުހައްމަދު

  މާމޫ މެންތިޔަތިބީ ރީދޫހުންޖެހި ވާނުވާނޭގިފާ.
  އެލާރިޔަކީ ވަގުއަދީބުއާ ޖަލޭމެންގެ ބޮޑުރޭވުމެއް.
  ބުރާބޗާ ކޮބާ މަހުލޫފު މެންބަޑުއަޅާލި ލާރިގަނޑު.
  ތަހުގީގު ކުރޭތަ

  73
  3
 5. މާމީ

  މި ހުރިހާކަމެއް އޮޅުވާލާ ސަރުކާރައް ރައީސް ޔާމީން ޖަލައްލައިގެން ކުރެވޭނެ އެއްވެސް ކަމެއް ނޮއޮންނާނެ

  16
 6. ހާލަތު

  ކޮބާހޭ މީހަކު ރަހީނުކުރި ޓެރަރިސްޓް 12 އަހަރަށް ޖަލަށް ހުކުންކޮށްފައި ވަނިކޮށް ފިލީ ކޮބައި ހޯރަ 10ޖަލަށް ހުކުން ކުރީ ކޮބި މިމީހުން ކޮބާބުރޯ ،25 އަހަރަށް ޖަލަށް ހުކުންކިރި ކޮބި މި ގައިދީން ޔާމިނު ކުރި ވަށްކަމެއް ޕޮލިހަކުންވެސް އެންޓި ކަރެކްސަނަކުންވެސް ތަހުގީގަކު ސާބިތެއް ނުކުރެ ނުވެ ބޮރޯ ވައްކަންކޮށް ހުކުންކޮށް ޖަލަށްލީމަ ޔާމިނުގެ ދުވަސް ދުއްވާލަން ބުރޯގެ ހެކިބަހަށް ހުކުންކުރީ އިސްލާމް ދީނުގަ މުޖުރިމުންނާ ކުއްވެރިންނާ ގައިދީނގެ ހެކިބަހަށް ސަރީ އަތް ނުކުރެވޭނެ މީ%100 މުސްލިމްގައުމެއް މިހާރު މިތަބަ މީހުންނާވެސް މިދުވަސް ކުރިމަތި ލާންޖެހޭނެ ކަން ހަނދާންކުރާތި

  19
 7. ގިރާވަރު

  މަހްލޫފުމެންކާލި ލާރިގަނޑުގެ ތަހުޤީގެއް ނުކެރޭނެ ހިންގާކައް އެމީހުން އެންމެޖެހިލުންވަނީ ރައީސްޔާމީންދެކެ އެހެންވެ އެމަނިކުފާނު ތަންތަނައް އެދަމަނީ މިމީހުންނައް އެނގޭ އެމަނިކުފާނަކީ އުސޫލުތަކަކާ ގޮތްތަކެއްގަ ހިފަހައްޓަވާ ބޭފުޅެއްކަން އެހެންވެ މިސަރުކާރު ރައީސްޔާމީންދެކެ ޖެހިލުންވވަނީ ރައީސްޔާމީނައްކުރާއަނިޔާ ހުއްޓާލާ އެމަނިކުފާނު ދޫކޮއްލާ #ރައީސްޔާމީން ދޫކޮއްލާ

  14
 8. ގަންޖާބޯ

  ކަލޯ ރައީސްޔާމީން ރައްޔަތުންގެ ލާރިގަނޑެެއް ބަނޑު އެޅިނަމަ ރައީސްޔާމީން އެކައުންޓެއްގައެއް އެލާރިޔެއް ނުހުރީސް ދޯ ރޔާމީންއަށް ވަގަށް ގޮވާމީހުންގެ ބީތާކަން މާބޮޑެއްނު އެއްވެސް މީހަކުވަގަށް ނަގާލާރި ޔެއް އެހާފަސޭހައިން ފެންނަގޮތަށް ބަހައްޓާ ތަ ރޔާމީންއަށް ވަގަށްގޮވާ ވަގުންތައް ހާދަގަމާރޭދޯ ގަމާރު ވިޔަސްިތިއީބޮޑުވަރު ލާދީނީ ރީނދޫ ވަގު ގުންޑާތައް ކަލޯ ކަލޭމެ ން އެހާބޮޑުވައްކަމެއް ކޮށް ޤައުމާދީން ހިމާޔަތްކުރެއްވި ނިކަމެތި އިންސާނަކަށް ތިދިން ބޮޑު އަނީގެބަދަލު ކަލޯމެން ކޮންމެވެސް ދުވަހަކުން ދެކެންޖެހޭ ނެހަދާކު ރާތި ނުބައި ނުލަފާޖައްބާރު އަނިޔާވެރީންގެ ނިމުން މާތްﷲއަނިޔާ ވެރިގޮ ތަކަށްދައްކަވާށި އާމީން