ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ފުލުހަށް ހާޒިރުކުރީ އެމްއެމްޕީއާރުސީގެ ކޮރަޕްޝަންގެ އަސްލު މައްސަލަ އޮއްބާލާ، އެ މައްސަލައިގެ ކުށްވެރިން ފޮރުވަން ކަމަށް، އެމަނިކުފާނުގެ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ، ކުރީގެ ނައިބު ރައީސް ޑރ.މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެއެވެ.

ފުލުހުން ތަހުގީގު ކުރަމުންދާ ދެ މައްސަލައަކާ ގުޅިގެން އެމަނިކުފާނު ފުލުހަށް ހާޒިރުކޮށްފައި ވަނީ މިއަދު މެންދުރު ދޭއް ޖަހާކަން ހާއިރެވެ.

ރައީސް ޔާމީން ފުލުހަށް ހާޒިރުކުރުމަށް ފަހު އަނބުރާ މާފުށްޓަށް ޖަލަށް ގެންދިއުމުން، ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ޑރ.ޖަމީލް ވިދާޅުވީ، ރައީސް ޔާމީން ފުލުހަށް ހާޒިރު ކުރީ ކުރިންވެސް ދައުވާކޮށް ޝަރީއަތް ކުރި މަނީ ލައުންޑަރ ކުރުމުގެ ކުށުގައި ކަމަށާއި، ތަފާތު އިތުރު މައްސަލަ އެއް ފާހަގަ ނުކުރެވޭ ކަމަށެވެ.

އަދި ފުލުހުން މި މައްސަލައިގައި އަމަލު ކުރާ ގޮތަށް އެމަނިކުފާނު ވަނީ ފާޑު ވިދާޅުވިއެވެ. އަދި ރައީސް ޔަމީން އާއި ގުޅުން ހުރި އާ މައްސަލަ އެއް އުފައްދަން މަސައްކަތްކުރައްވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ޔާމީން ފުލުހަށް ހާޒިރު ކުރުމަށްފަހު އެނބުރި މާފުށި ޖަލަށް ގެންދަނީ - ވަގުތު އިމޭޖްސް: މުހައްމަދު އަފްޒަލް

" ދިވެހި ގައުމުގެ ހުރިހާ ރައްޔިތުންވެސް ޤަބޫލުކުރައްވާނެ މި މައްސަލަ އަކީ އެމްއެމްޕީއާރްސީގެ މައްސަލަކަމުގައި ޤަބޫލުކުރާ ކަމުގައި ވާނަމަ.، އެމްއެމްޕީއާރުސީގެ މައްސަލައިގައި ފައިސާ ލިބުނު އެމްޑީޕީގެ މެމްބަރުންނާއި އެހެން މެމްބަރުންވެސް އެބަ ތިބިކަން." ޑރ.ޖަމީލް ވިދާޅުވިއެވެ.

ޖަމީލް ވިދާޅުވީ، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ތަކުރާރުކޮށް ފުލުހަށް ހާޒިރުކޮށްގެން ސަރުކާރުން ހިންގާ އަމަލުތަކުން ސަރުކާރަށް އޮތް ތާއީދު ކުޑަވެ، ޕީޕީއެމްއަށް އޮތް މަޤްބޫލްކަން އިތުރުވާ ކަމަށެވެ.

ރައީސް ޔާމީން ފުލުހަށް ހާޒިރު ކުރުމަށްފަހު އެނބުރި މާފުށި ޖަލަށް ގެންދަނީ - ވަގުތު އިމޭޖްސް: މުހައްމަދު އަފްޒަލް

ރައީސް ޔާމީން މިއަދު ފުލުހަށް ހާޒިރު ވުމަށް އެންގީ ފެބްރުއަރީ 24 ގައި ކަމަށެވެ.

ރައީސް ޔާމީން މިހާރުވެސް ގެންދަނީ ފަސް އަހަރު ދުވަހުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންނެވެ. އެމަނިކުފާނު މައްޗަށް ކްރިމިނަލް ކޯޓުން ފަސް އަހަރު ދުވަހުގެ ޖަލު ހުކުމެއް އިއްވައި ފަސް މިލިއަން ޑޮލަރުން ޖޫޫރިމާނާ ކުރީ އެމަނިކުފާނުގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑަރިންގެ ކުށް ސާބިތު ވުމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

 1. ނަސީމު

  ރައީސް ޔާމީނުގެ ސާބިތުކަމަށް އައްސަރިރިބަހާސާބަސް އިބޫގެ ނުކުޅެދުމަށް އިތުރު10ބޮޅު

  63
  3
 2. ބޮޑުބެ

  #ރައީސްޔާމީންދޫކޮއްލާ

  7
  1
 3. ހުސޭނުބޭ

  ރައީސް ނަސީދުނަމަ ޖެހުނީހީ ނަގައިގަނެގެން ގެންނަން. މުޅިމާލޭގައި ދިރިއުޅޭ އެންމެނަށް އުދަގޫކުރަމުން ތަޅާކުދިންކޮޅު ދުވުނީސް

  6
  1
 4. 396ކުއް

  ކުށްސާބިތުވީތޯ ނޫނީ ކުރީތޯ ކުރުވީތޯ ވައްކަން ނުކުރާ އަމާނާތް ތެރިޔަކީ ކޮބައިތޯ؟؟؟!!!؟

  3
  1