ރާއްޖޭގައި ހޭޓް ސްޕީޗް ނުވަތަ ނަފްރަތާއި ރުޅިވެރިކަން އުފެދޭ ގޮތަށް ވާހަކަދައްކާ ފަރާތްތަކާއި މެދު ސީރިއަސްކޮށް ފިޔަވަޅު އެޅުމަށް އެމްޑީޕީން ގޮވާލުމާ ގުޅިގެން ސަލަފް ޖަމިއްޔާ އިން މިއަދު ރައްދުދީފިއެވެ.

ސަލަފް ޖަމިއްޔާގެ ރައީސް އަބްދުﷲ މުހައްމަދު އިބްރާހީމް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރުޅިވެރިކަމާ ނަފުރަތު އުފެއްދުމުގެ ވާހަކަ ކުށްވެރި ކުރުމުގެ ނަމުގައި އެމްޑީޕީ ނެރުރު ބަޔާނަކީ އިސްލާމް ދީނަށާއި ކީރިތި ރަސޫލާ އަށް އެއްޗެހި ކިއުން ރާއްޖޭގައި އާންމުކޮށް އެއީ ކުށެއް ނޫން ކަމަށް ހެދުމަށްޓަކައި ނެރެފައިވާ އޮޅުވާލުމުގެ މުގައްދިމާއެއް ކަމަށެވެ.

އެމްޑީޕީގެ ބަޔާނުގައި ބުނީ ދީނީގޮތުން ޚިލާފު އުފެދޭ ކަންކަމާއި، މައްސަލަތަކުގައި ތިމާ ގަބޫލު ކުރާ ގޮތް ނޫން އެހެން ރައުޔަކަށް ބުރަވާ މީހުންނަކީ ލާދީނީ މީހުން ކަމުގައި ލޭބަލްކޮށް އެ މީސްމީހުންނާ މެދު ނަފްރަތާއި ރުޅިވެރިކަން އުފައްދަން ދޮގު ވާހަކަ ދައްކާ މުޖުތަމައު ފިތުނަ ކުރުމަކީ ގަބޫލު ކުރެވޭނެ ކަމެއް ނޫން ކަމަށެވެ.

ރުޅިވެރިކަން އުފައްދާ މީހުންނަށް ސީރިއަސްކޮށް ފިޔަވަޅު އަޅައިދީ: އެމްޑީޕީ

މީގެ އިތުރުން އެފަދަ ވާހަކަތައް ދައްކާ ރައްޔިތުންގެ މެދުގައި ރުޅިވެރިކަމާއި ނަފުރަތު އުފެއްދުމަށާއި މުޖުތަމައުގެ އަމަންއަމާންކަން ނަގާލާ މޭރުމުން ވާހަކަދައްކާ މީހުންގެ މައްސަލަތައް ސީރިއަސް މައްސަލަތަކެއްގެ ގޮތުގައި ބެލުމަށް ވެސް އެމްޑީޕީގެ ބަޔާނުގައިވެއެވެ.

ސަލަފްގެ ރައީސް ވިދާޅުވީ އިސްލާމީ ގައުމެއްގައި މުސްލިމުންގެ ދީނަށާއި، އެމީހުން އެންމެ ލޯބިވާ ފަރާތަށް ފުރައްސާރަ ކުރުމަށްވުރެ ބޮޑު ނަފުރަތަކާއި، ރުޅިވެރިކަމެއް ނުފެތުރޭނެ ކަމަށެވެ. އަދި އެމްޑީޕީގެ ލޮބުވެތި ޢާއްމު މެމްބަރުން، އެ ޕާޓީގެ އިސް ފަރާތްތަކުން ކުރަމުންދާ "ލާދީނީ އެޖެންޑާ" ހުއްޓުވުމުގެ ވަގުތު އަދިވެސް ނުޖެހޭތޯ ވިދާޅުވެ އޭނާ ވަނީ ސުވާލު ކުރައްވައިފައެވެ.

ކިޔުންތެރިންގެ ހިޔާލު

18 ކޮމެންޓް

  1. ސާބިތު

    ފުރަތަމަވެސް އަދަބު ލިބޭނީ މުޙައްމަދު ނަޝިދުއަށް އޭނަ އެއްމެ ފުރިހަމަ ގޮތުގައި ނަފުރަތާއއި މުޖުތަމަޢުގެ އަމާންކަން ނަގާލާ ވާހަކަ އެއްމެ ގިނައިން ދެއްކި އެކަކު އެއީ ނަޝީދު

    245
    4
    • ކޮމެންޓޭ ޓަރު

      ކޮމެންޓު ފޮނުވުމުގެ ކުރިން މިލިޔެފަ ފޮނުވެނީ ބުނަން ބޭނުންވާ އެއްޗެއްތޯ އަދި ކޮމެންޓު ހަމަޖެހޭތޯ އާއި ކެށެއް ނެތްތޯ ކުޑަކޮށް ބަލާލުން ރަނގަޅު. ޖުމްލަތައް ވަކިވާނެހެން ފުލްސްޓޮޕް ބޭނުންކޮށް ކިޔާމީހާއަށް ބަސްތަރުތީބުކޮށްގެން ޖުމްލަތަކުން ވާނުވާ ހޯދަން ނުޖެއްސުމުން ކަންނޭނގެ ކޮމެންޓުގެ މަގުސަދު ފުރިހަމަވާނީ...

      13
      67
  2. ރާވެރިބެ

    ޚިތަންމެ ރުޅިއަޔަސް އަދި ކޮންމެ ބަޔާނެެއް ނެރުނަސް ތީ ހަމަ ލާދީނީ އެމްޑީޕީ

    152
    4
  3. އަލިފް

    2023 ޔާން ... އިންޝާ ﷲ........

    99
    10
  4. ނަޝީދު

    އެމީހުން ރައްދުދޭނެ ނޫން އަނެއް ސިޔާސީ ޕާރޓީ ވިއްޔާ!

    26
    28
  5. އާދިލް

    އެމްޑީޕީ ކިތަންމެ ވަންވަން ޖެއްސިޔަސް އމޕ އަކީ ސެކިއުލާ ލާދީމީ އިސްލާމް ދީނާ ބީރައްޓެހި ފިކުރު ގެ މީހުން މަތިފޑިޔަށް ލާގެން ރައްޔިތުންގެ ލާރިން ގައުމު ހަލާކުކުރަމުން ގެންދަަކަމީނހުރިހާ ރައްޔިތުންނަަށް އިނގޭ ބޮޑުސިއްރު އ

    124
    5
  6. ފިޔަވަޅު

    ކެނެރީގޭ ނަސީދުއަށް ތިއަޅާފިޔަވަޅެއް އަޅާ

    53
    1
  7. Anonymous

    ސަލަފް ނޫނީ މިޤައުމުގައި ދީނީ ޕާޓީ އެއް ނެތީތޯ؟ ކޮބާތޯ އަދާލަތުމެން. އިލްޔާސް މެން ކީކޭ ތޯ ވީޅުވަނީ މިކަމާ މެދު

    55
    4
  8. ކޮކަޑި

    ކޮކަޑި ކައިގެން މީދާތަކެއްހެން މަަރަށްތެޅި ތެޅި އޮވާ މިގައުމުން ލާދީނީ ޔަހޫދީ ސެކިއުލާ ފިކުރު ފޮހެވިގެން ދަނިކޮށް ތި ގައްދާރުން ނިކުމެ ވާރޭފެންދީގެން ގަދަކޮށް ފާ ދެން ކޮން ވާހަކައެއްދައްކާކަށް މިގައުމާއި އިސްލާމްދީނަށް މިޖެހޭ ހުރިހާ ބަލާޔަކަލާ މުސީބާތެއް ޖެހެމުން މިދަނީ ތިކަހަލަގެ އްމިއްލަ އެދުމުން ފޯވެފަތިބި މުނާފިގުންގެ ހެދި މަދުބައެއް ގެ ސަބަބުން އިލްޔާސް އިޔާޒްކަހަލަ

    24
    5
  9. ބޯބުރި

    ތި ފުރޭތައިން ރައްދު ނުދޭނެ ކަމެއް އޮންނާނެތަ؟

    10
    33
  10. ތެދުބަސް

    ﷲ އާއި ވަކީލް ކޮށްލައިގެން ތިބުންނޫން ގޮތެއް މުސްލޮމުންނަކަށް ނެތް.މުސީބާތާއި ބަލާތަކުން ސަލާމަތް ކުރެއްވުމަށް އެދި ﷲގެ ހަޟުރަތަށް ދުޢާ ކުރުންނޫން ގޮތެއްނެތް.ﷲ ވޮޑިގެންވަނީ ކެއްތެރިންނާއި އެކު އަދި ދުޢާ އިޖާބަކުރައްވާ ކުޅަދުންވަންތަ ރަސްކަލާނގެ.

    46
  11. ޔޫސޭ

    އެމްޑީޕީން ﷲ ގެ ކޯފާއަށް ބިރުވެތި ވާންވީ ވަގުތު އައިސް، އަދިވެސް ނުޖެހޭތޯ؟

    10
  12. ާައަހުމަދު

    މިމީހުން މީހާދަ މޮޅުބައެކޭ މީހުން ބުނަން އުޅޭވާހަކަތަށް އެމީހުން ނުބުނަނީސް އެނގޭ.

    3
    9
  13. ޒާ

    ނަޝީދަކީ މިގައުމު ފިތުނަކޮށް ގައުމުގެ މީހުންގެ ބައިބައިކޮށް އިސްލާދީންނަށް ފުރައްސާރަކޮށް މުސްލިމުންނާ ދެކޮޅު މީހުން ގެނެސް ގައުމު ހަލާކު ކުރާ މީހާ. ދެން ކޮން ވާހަކައެއް ދައްކަނީ؟

    12
  14. މީގޮނު

    އިންސާނުންގެ ތެރޭން ފާޅުވެ ނިކުމެ ތިބި ދައްޖާލުން. އިންސާނިއްޔަތު ކަމުގެ މިންވަރެއް ވެސް ނުހުންނާނެ. މިމީހުންގެ ކިބައިން ރާއްޖެ ސަލާމަތް ނުކޮށް ދިވެހީންނަކަށް ކުރިއެރުމެއް ނެތް. އެއްފަރާތުގައި މިމީހުން. އަނެއް ފަރާތުގައި މާ ކަނޑު. މިކަމެއް ހައްލެއް ހޯދައި ދެވޭނީ ހަމައެކަނި އަންނިއަށް.

    2
    11
  15. ވަގު ޔާނު

    ސަލަފް ގަތަތީބީ ދިވެހިންގެތެރޭން އިސްލާމުން ދެންމިތިބީ ކޮންބެއްތޯ

    12
  16. ވަގު ޔާނު

    ސަލަފް ގަތަތީބީ ދިވެހިންގެތެރޭން އިސްލާމުން ދެންމިތިބީ ކޮންބެއްތޯ ތިމީހުންގެ ނަމުދެފަހަތައް މިހާ ބިން ކުރީގަ ނުކިޔަ

    10
  17. އަޙްމަދް

    ޖަމިއްޔަތުއް ސަލަފު އުވާ ނުލެވިގެން އުޅޭގޮތް ބަލަން އެބަޖެއެވެ!