ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ވިލިމާލެ ދާއިރާ އަށް ޕީޕީއެމްގެ ޓިކެޓުގައި ވާދަކުރައްވާ ނަހުލާ އަލީގެ ކެމްޕެއިން ޖަގަހަ އަށް ގެއްލުންދީ، އެތަނުގައި ބިއްލޫރިގަނޑު ރޭ ތަޅާލައިފިއެވެ.

ނަހުލާ މިއަދު ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ކެމްޕެއިން ޖަގަހަ އަށް ކޮންމެ މީހަކު ވިޔަސް ގެއްލުން ދިނުމަކީ ވަރަށް ދެރަ ކަމެއް ކަމަށެވެ. އަދި އޭނާ އަށް ކުރާ ފުރައްސާރައަކަށ،ް ރައްދު ކުރާ ބަހަކަށް ފަހަތަށް ނުޖެހޭނެ ކަމަށް ނަހުލާ ވިދާޅުވިއެވެ.

"ކުރާ ފުރައްސާރައަކަށް، ރައްދު ކުރާ ބަހަކަށް، ދައްކަން މަސައްކަތް ކުރާ ބިރަކަށް ފަހަތަށް ނުޖެހޭނެ. ﷲ ގެ ވާގިފުޅާ އެކު މި އިންތިހާބު ކާމިޔާބު ކުރާނީ ޕީޕީއެމް،" ކުރިން ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރުޕީ) ގައި ވެސް މަސައްކަތް ކުރެއްވި ނަހުލާ ވިދާޅުވިއެވެ.

ފުލުހުން ބުނީ ވިލިމާލޭގައި ހުންނަ ކެމްޕެއިން ޖަގަހައަކަށް ގެއްލުން ދިން މައްސަލައެއް ބަލަމުން އަންނަ ކަމަށެވެ. އަދި އެ ކަން ކުރި ކަމަށް ބެލެވޭ މީހަކު ވިލިމާލެއިން ހައްޔަރުކޮށްފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

 

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

 1. ދަންތުރަ

  ކީއްވެ ނަހުލާގެ ކެމްޕޭން ޖަގަހައިގެ ބޭރުގަ ޕީޕީއެމް ޖަހާފަ

  9
  2
 2. ޢަބްދުއްލާ

  ނަހުލާގެ ކެމްޕެއިން ޖަގަހައިގެ ބިއްލޫރިގަނޑު ތަޅާލައިފި

  37 މިނެޓް ކުރިން ( މާޗް 1, 2020 )

  ތީބޮޑު ޖަލްސާގެ ސައިޑްއެފެކްޓެއް.

  13
  1
 3. ރަދީފާ

  އެލެކްސަން ޝަރީފް ވޯޓުން ވައްކަންނުކޮށްފިނަމަ އިންޝާއަﷲ މިއިންތިޚާބުގެ 70 ޕަސެންޓް ގޮނޑި ޕީޕީއެމް ނަގާނެ! ރިޔާސީ އިންތިޚާބުގައިވެސް ރައީސް ޔާމީނަށް 70 ޕަސެންޓް ލިބުނު، ވޯޓުން ވަނީ ވައްކަންކޮށް އޮޅުވާލަފަ ޝަރީފް

  23
  2
  • Anonymous

   ނަސީދު ކޮންމެ އިންތިހާބަކާ ދިމާކޮށް އިންޑިއާއަށް ދަނީ އެކުޅި ކުޅެން.

   13
 4. ލެކްސިސް

  ނަހުލާ ހެދުން އަޅަނީ އިސްލާމްދީނުގައި އޮތް ގޮތަކަށް ނޫން! އެހެންހުރެ އިސްލާމްދީން ޙިމާޔަތްކުރަން ވާހަކަދެއްކީމާ މީހުން އެހައި ބަލައެއްނުގަންނާނެ! މިއުޅޭ އެލެކްސް އެކޭ އެއްގޮތް ކަމަށް މީހުން ހީކުރާނެ! އެހެން ނަމަވެސް މިކަހަލަ ނޭއްގާނީ ޢަމަލުތައް ހިންގުމަކީ ވަރަށް ބޭއަދަބީ ކަންކަން! އަހަރެމެން ދަންނަ އިސްލާމްދީނުގައިމިފަދައިން ޒާތްޒާތުގެ ބިރުދެއްކުމެއްނެތް! ހަސަދަވެރިނުވޭ! ޤައުމާއި އުންމަތުގެ ތަރައްޤީ އަށް އެންމެން މަސައްކަތްކުރައްވާ!

  3
  4
  • މޮޔައެނޮނިމަސް

   އިސްލާމް ދީނުގަ ޑިމޮކްރަސީ އޮވޭތަ.ބުނެބަލަ.ވޯތު ލުން އޮވޭތަ؟؟؟؟؟

   • ހަލާކު

    އެއްބަސް ވިޔަސް ނުވިޔަސް ރަސޫލާ ސައްލަ ﷲ ޢަލައިހި ވަސައްލަމަ ގެ ސުންނަތުގައި ވެރިޔަކު ހޮވާގޮތް ޑިމޮކްރަސީ އާ މާގާތް، ސަޢުދީ ފަދަ ޢަރަބި ޤައުމުތަކުގައި ކަންހިނގާ ޙުދުމުހުތާރު ޢާއިލީ ވެރިކަމަށްވުރެ! މިކަމާ ކުރިމަތުލާން ނުކެރުމަކީ އުންމަތުގެ ހަލާކު!

 5. ޓިނު

  ނަހުލާގެ އެބިއަލޫރި

 6. ފެށުނީދޯފަނާކުރުން

  ހަޖަމްނުވި އަސުރުމާ ތީކީ އާކަމެއްނޫން ތިކަންކުރާނެކަން މާކު ކުރީންވެސްއިނގޭ އެއީއޭ އަސްލު 0ޓޮލަރެންސް ޔަޤީންވާ ވާކަމަކީ އެފެނަން ފެށީއަދިކިރިޔާ އިންސާ ފާހަމަހަމަކަން އަދި މިނިވަކަންވެސް އެއީ އޭ އިބޫ އެބުނާހަމަހަމަ ކަމާ މިނިވަންކަމަކީ އަދިކައުންސިލް އިން ތިޚާބުކައިރިވި ވަރަކަ ކަށް ބޮޑުހުޅުން ޑިމޮކު ކުރަސީ ކަށަވަރުވެގެން ދާނެ އެމްޑީޕީގެ އަސްލު ބޮޑުހުޅުގެ މަންޒަރު ފެންނާނީ ފަހުން ތީއަދި ހަޖަމްނުވި ޖަލްސާގެ ކަންތައް ތިފެންނަނީ ތީއަދި ލާދީނީގެ ފެށުން ރައްޔަތުން މިފަހަރު އެންމެތަންފު ކެއްވެސްދޫދީގެން ނުވާ ވާނެ އީސީގައިތިބިވަގު ގުންނިންމާ ކޮންމެ ނިންމުމަކަށް ރައްޔަތު އަންހެނުން ވެސް ފިރިހެނުން ވެސް ޒުވާނުންވެސް ހަރުމީ ހުނާމުސްކުޅީން ވެސް މިފަހަރު ބޯނުލަބާތި ކޮންމެ ރަށަކުން ވޯޓު އޮޅުވައިލިޔަސް އެރަށެއްގައި ވޯޓުލިހުރި ރިހާމީހުން ފިސާރި ޖޯޝްގައި ކެރިގެން ތެދުވާތި މިފަހަރުކޮން މެމީހަކުވެސް އެމީހަކު ލިވޯޓު ކަށަވަރުކުރާތި ތިރައްޔަތުން ފަރުވާކު ޑަކޮށްއަޅައި ނުލާ ދޫކޮށްލައިފިނަމަ އެލާދީނީ ބައިގަނޑަށް އެވަގު އީސީޝަރީފު ވޯޓުތައްދަމައި ގަންނާ ނެރައްޔަތުން ވަރަށް ހޭލާހުޝިޔާރުވެގެން ތިބޭތި ނަމަނަމަ އެލާދީނީ ބައިގަނޑަށް ދޫނުދޭތި ނަމަނަމަ'

  11
 7. އ. ޖ. އ

  އަމިއްްލައަކަށް