ރާއްޖޭގައިި 10 ދުވަސް ތެރޭގައި 30 ކޮޓަރީގެ ކަރަންޓީން ވަސީލަތެެއް ޤާއިމްކޮށްފިއެވެ.
އެވަސީލަތް ގާއިމްކޮށްފައި ވަނީ ވިލިވަރުގައެވެ.
ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން، ޓުއަރިޒަމް މިނިސްޓަރ އަލީ ވަހީދު ވިދާޅުވީ، ވިލިވަރުގައި ޤާއިމް ކުރި އެ ވަސީލަތަކީ ފެނަކަ އާއި އެމްޑަބްލިއުއެސްސީ އާއި އެސްޓީއޯއިން ގުޅިގެން ކަމަށާއި، އެ މަސައްކަތް ކުރީ ޓުއަރިޒަމް ޓްރަސްޓް ފަންޑުން ޚަރަދުކޮށްގެން ކަމަށެވެ.
"އެއީ ފެބްރުއަރީ 1 އިން ފެބްރުއަރީ 10 އަށް އަޅުގަނޑުމެން ނިންމާފައިވާ މަސައްކަތެއް. ސީދާ ރައީސްގެ އިސްނެންގެވުމުގެ މަތިން. އަޅުގަނޑު ދެކޭގޮތުގައި ރާއްޖެ ކަހަލަ ލިމިޓެޑް ރިސޯސެސް ހުރި ޤައުމެއްގައި ދިހަ ދުވަހުގެ ތެރޭގައި ހަމަ އެއްވެސް މީހަކު ބޯހިޔާވާނެ ތަނެއް ނެތް ރަށެއް އެއީ. އެންމެ ފުރަތަމަ އަޅުގަނޑުމެން އެ ރަށަށް ދިޔަ ދުވަހު އަޅުގަނޑުމެން ނިދީ އެރަށުގެ އަތިރި މަތީގައި." އަލީ ވަހީދު ވިދާޅުވިއެވެ.
އަލީ ވަހީދު ވިދާޅުވީ، ވިލިވަރުގައި 30 ކޮޓަރި ހިމެނޭއިރު، އެ ތަނުގައި ވޯޑުތައް ހަދަން ޖެހިއްޖެ ކަމުގައިވާނަމަ އެކަމުގެ ސްޕޭސްތައްވެސް ބަލާފައިވާނެ ކަމަށެވެ.
އަދި އެ ރިސޯޓް ތައްޔާރުކުރަން އެސްޓީއޯއިން ތަކެތި ނެގި ކަމަށާއި، އެތަނުގެ މަސައްކަތް 10 ދުވަހުގެ ތެރޭގައި ނިންމާލިއިރު، އެތަނުން ކޮންސްޓްރަކްޝަންއަށް ގޮސްފައި ވަނީ 2.1 މިލިއަން ރުފިޔާ ކަމަށް އޭނާ ވިދާޅުވިއެވެ.
މިދިޔަ އަހަރުގެ އޮޑިޓަށް ބަލާއިރު ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތް ކުރާ 37136 މުވައްޒަފުން އެބަތިބި ކަމަށާއި، އޭގެ ތެރެއިން 17609 މީހުންނަކީ ދިވެހިން ކަމަށާ އެ އެންމެންނަށް ބޭނުންވާ ވަރަށް ވުރެ ގިނައިން މާސްކް ރައްކާކޮށްފައިވާ ކަމަށް އޭނާ ވިދާޅުވިއެެވެ.
Ministry of Tourism @Motmv handed over the quarantine center built with the support of the tourism industry in K. Vilivaru to @NDMAmv today. With inter-agency collaboration this facility was built in a mere 10 days. ‘We can and we care’.#visitmaldives #SunnySideofLife pic.twitter.com/tfmP4HwsmW
— Ministry of Tourism (@MoTmv) March 8, 2020
އެގޮތުން ބައި ލައްކައަށް ވުރެ ގިނަ މާސްކް މިހާރުވެސް ޓުއަރިޒަމް މިނިސްޓްރީގެ ބެލުމުގެ ދަށުގައި އެބަ ހުރި ކަމަށާ، އެ މާސްކްތައް ދޫކުރާނީ އެންމެ ބޭނުންވާ ފަރާތްތަކަސް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
"ދަންނަވަން މިއުޅޭ ވާހަކައަކީ މާސްކް ބޭނުންވެއްޖެ ހާލަތެއްގައި، ގޮތް ހުސްވާ ހިސާބަކަށް މުވައްޒަފުންނެއް ނުދާނެ. އެ ޔަޤީންކަން އެ ބޭފުޅުންގެ މިނިސްޓްރީގެ ހައިސިއްޔަތުން އަޅުގަނޑު ދޭން ބެނުންވޭ. މިދުވަސް އަންނާނެ ކަން އަޅުގަނޑުމެންނަށް މާކުރިއްސުރެ އެނގޭ. ދުނިޔޭގެ ހުރިހާ ޤައުމުތަކަށް ކޮވިޑް 19 އަންނަމުން އެދިޔައީ." މިނިސްޓަރ ވިދާޅުވިއެވެ.
އަދި ރާއްޖޭ އިން ކޮވިޑް 19 އަށް ތައްޔާރުވާން ލިބުނު ފުރުސަތުގައި ވަރަށް ރަނގަޅަށް ރާއްޖެއިން ފިޔަވަޅުތައް އަޅާފައިވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
ބިދޭސީން ގިނަ ރަންބިސްއަޅާ ކުކުޅު
ބައިލައްކަ މާސްކްތަ ނޫނީ ބައި މިލިއަން ؟
ސާބހޭ ރައީސް
ވައިފައި ލިބޭތަ؟
30 ކޮޓަރި 2.1 މިލިއަން ރުފިޔާ އަށް ހަދަން ހަވާލުކުރި ކޮންޓްރެކްޓަރާއި ބައަދަލުކުރަން އަޑުބަރޭ ދިޔަތޯ؟ ލެޓްސް ބީ އަ ބިޓް މޯރ ކްލިއާރ! އައި މީން “ފައިންޑާރސް ފީ” ބަލާދިޔަތޯ؟
ޢެ މަސައްކަތްކުރީ ފުލުހުންގެ ޓްރޭނިންގް ބެޗެއް ގެންގޮސްގެން 24 ގަޑިއިރު މަސައްކަތްކުރުވައިގެން، ފެނަކަ، ސްޓެލްކޯ އެމްޑަބްލިއު އެސްސީ ކުރީ ފެނާ ނަރުދަމާ އާއި ކަރަންޓްގެ މަސައްކަތް، ބޫން...ބޫން.. ލާފަ މި ސައްކަތްކުރީ ފުލުހުންކަން ބުނަންވެސް ކަރާއަށް ނުކެރުނު.
އެންމެ ތީރީސް؟؟؟
މީތްކަމޯ 2.1 މިލިޔަނޭ އޭގެން ތިތަން ހެދޭވަރުވިތަ؟؟
ކޮޓަރީގަމުސްޙަފް ބަހައްޓާތި.
10 ދުވަސް ތެރޭ ޗައިނާއިން އަޅާނެ 100 އެނދުގެ ހޮސްޕިޓަލެއް
ނުރައްކާ ތެރި ބައްޔެއް ގެ މީހުން ބައި ތިއްބަން ތަންތަން ހަދާ އިރު ތިޔަ ތަނުގެ ދޮރުތައް ތި ހުރީ ލަ ކުޑިން ހަދާ ފައި. އެލްމިނިއަމް ނުވަތަ ފައިބަރުން ހެދީމާނޫންތޯ ކެމި ކަލް ބޭނުން ކޮށްގެން ޖަރާސީމް ނައްތާލަން ފަސޭހަ ވާނީ
އަދިއެވެސް ހުރިހާ މެޝިނަރީސްތަކާއެކު ޓާޝިއަރީ ހޮސްޕިޓަލް
ހަހަހާ ފަޅާލި ކަރައެއް.
ޗައިނާގައެޅި ހޮސްޕިޓަލަށްވުރެވެސް ކުރީގަ ތިއުޅެނީ.
އެތަން ކޮށްއިގެންތަ ކަލޭމެންް 10 ދުވަސް ތެރޭ ތި ތަނެއް ތި އެޅީ؟
އެތަން ކޮށްއިގެންތަ ކަލޭމެންް 10 ދުވަސް ތެރޭ ތި ތަނެއް ތި އެޅީ؟ ކަލޭމެން ތި ބުނާ އެންމެ ބޭނުން ވާ ބަޔަކީ ކޮބާތަ؟
މިކަމުގެ އަޑީގަވެސް ކޮންމެެވެސް ނުބައި ރޭވުންގަނޑެއްވާނެ، ރަނގަޅު ނިޔަތެއްގަ މިސަރުކާރު އެއްވެސް ކަމެއް ކުރާނެހެން ވަރަށް ހީ ނުވޭ