ކޮރޯނާ ވައިރަސް ރާއްޖެއިން ފެނުމާއި ގުޅިގެން އަދި މިބަލީގެ އަސަރު ހުރިކަމަށް ޝައްކުކުރެވޭ ފަރާތެއް ށ.މިލަންދުވަށް އައިސް އުޅުނުކަމަށް މަޢުލޫމާތު ލިބިފައިވާތީ، މިލަންދޫ ޞިއްޙީމަރުކަޒާއި މިލަންދޫ އެހެނިހެން މުއައްސަސާތަކާއިއެކު، އެކުލަވާލެވިފައިވާ ޓާސްކް ފޯހުން، މިލަންދުވަށް އަރައި ފައިބާ ފަރާތްތައް ދެނެގަތުމަށް ނިންމައިފިއެވެ.

އެރަށު ސިއްހީ މަރުކަޒުން ނެރުނު ބަޔާނެއްގައި ބުނީ މިލަންދޫ ބަނދަރުން ލަފާ ފުރާ އެއްމެހައި ފަރާތްތައް ދެނެގަނެ އެފަރާތްތައް ވޭތުވެދިޔަ 10 ދުވަހުތެރޭ ގޮސްފައިވާ ޤައުމުތަކާއި އަރާފައިބައިފައިވާ ރަށްތައް ދެނެގަނެވޭނެ ކަމަށެވެ.

"އަދި މިލަންދުވަށް ރަށުންބޭރުން އަރާ އެއްމެހައި ފަރާތްތައް 07 ދުވަސް ވަންދެން ގޭގައި މަޑުކުރުމަށް އިލްތިމާސް ކުރަމެވެ. މިދުވަސްވަރު ކޮންމެހެން ރަށުން ބޭރަށް ދާންޖެހިއްޖެ ހާލަތެއްގައި ނޫނީ ރަށުންބޭރަށް ފުރައިގެން ނުދިއުމަށްވެސް މިލަންދޫ އެއްމެހައި ރައްޔިތުނަށް އިލްތިމާސްކުރަމެވެ. ވީމާ، އެއްމެހައި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި މިމަރުކަޒުން އަންގާ އެއްގުން ތަކަށް އެއްބާރުލުން ދިނުމަށް ގޮވާލަމެވެ." ބަޔާނުގައި ބުނެފައި ވެއެވެ.

ކޮރޯނާ ވައިރަސް ރާއްޖެއިން ފެނުމާއި ގުޅިގެން މިލަންދޫ ޞިއްހީމަރުކަޒުގައި އެޑްމިޓްކުރެވިފައިވާ ބަލިމީހުން ކައިރިޔަށް ޒިޔާރަތްކުރުން ވަނީ ވަގުތީ ގޮތުން މެދު ކަނޑާލާފައި ކަމަށް ވެސް އެރަށު ސިއްހީ މަރުކަޒުން ބުންޏެވެ.

އަދި މިލަންދޫގައި ހިންގާ ޓިއުޝަން ކިލާސްތަކާއި ޤުރުއާން ކިލާސްތައްވެސް ވަގުތީ ގޮތުން މެދުކަނޑާލުމަށް ސިއްހި މަރުކަޒުން ވަނީ އިލްތިމާސް ކޮށްފައެވެ. މީގެ އިތުރުިން މިދުވަސްވަރު މީހުން އެއްވެ އުޅޭ ތަންތަނަށް (ބަނދަރު، ޕާކުތައް) ގޮސް ނުއުޅުމަށް ވެސް އެމަރުކަޒުން ވަނީ އިލްތިމާސް ކޮށްފައެވެ.

ރާއްޖެ އިން ކޮވިޑް-19 ފެނިފައި ވީނަމަވެސް އަދި އާއްމުން ކަންބޮޑުވާން ޖެހޭ ކަމެއް ނެތް ކަމަށާއި، މިހާރެކޭ އެއްގޮތައް އާއްމު ދިރިއުޅުމުގައި ކުރިއަށް ގެންދިއުމަށް ސަރުކާރުން ގެންދަނީ ތަކުރާރުކޮށް އިލްތިމާސް ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

 1. މަނަސް

  ފޯކައިދޫގަ ހުރިމީހެއް ތިޔަރަށްވެސް އެކަމް ކަރަންޓީނޯ

  13
 2. ރާއްޖެތެރެ

  ޢެކަކަށްވެސް ޔަޤީންކަމެއް ނުދެވޭނެ. ޢެހެނަސް ﷲ ގެ އިރާދަފުޅާއި މިންވަރުފުޅުން އަވަސް ހައްލެއް ލިބިގެން ދާނެކަމަށް އުންމީދު ކުރެވިދާނެ. ﷲ އީ ހުރިހާކަމެއް މޮޅަށް ދެނެވޮޑިގެންވާ އިލާހް. ޔާ ﷲ އެންމެހާ މުސްލިމް އަހުންނާއި އުހުތުން މި ވަބާއިން ސަލާމަތްކުރަށްވާ އެބައިމީހުން ސާބިތުކަންމަތީ ލަހައްޓަވާ ނަސްރުދެއްވާށި. އާމީން

  61
 3. ފނކ

  ށައިނާ މީހަކު އެބަހުރި ތިރަސު ސަސޕެކްޓެ

 4. ނަފީސާ

  ތިރަށުން ތިނެންގެވި ހަރުދަނާ ފިޔަވަޅަށް މަރުހަބާ. އައްޑޫ ސިޓީއަށް އައިކަމަށް ބުނާ ކުރެއްދޫ ރިޒޯޓް މީހާއާ މެދު އެއްވެސް ފިޔަވަޅެއް ނާޅާ އަޑުތައް އެބައިވޭ.

  11
 5. ޛހ

  ނޮޅިވަ ރަމުގައިވެސް އެބައުޅޭ މީގެ ފަސް ދުވަސް ކު ރިން ކު ރެންދޫ ރިސޯޓުން އައިސްގެން އުޅޭ މިހެއް. ހަމަ އެއްވެސް ފިޔަވަޅެއް ނާޅަ. އެމީހާ މުޅި ރަށުގައި ދުއްވާނީ..