ކޮވިޑް-19 ރާއްޖޭގައި ފެތުރުމުގައި އިހުމާލު ހިމެނޭ ކަމަށް ތުހުމަތު ކުރެވޭތީ ޖިނާޢީ ތަޙްޤީޤެއް ކުރުމަށް ޕްރޮސެކިއުޓަރ ޖެނެރަލް ހުސައިން ޝަމީމް ފުލުހުންނަށް އަމުރު ކުރައްވައިފިއެވެ.

ޕީޖީ އޮފީހުން ދެންމެ ވިދާޅުވީ ކުރެއްދޫ ރިސޯޓުގައި ކޮވިޑް-19 އަށް ޝައްކުކުރެވުނު މީހާގެ މަޢްލޫމާތު ކަމާބެހޭ އިދާރާތަކަށް ހާމނުކުރިކަމަށް ތުހުމަތު ކުރެވޭ މައްސަލައާއި އެމައްސަލައިގެ ވަށައިގެންވާ ކަންކަމުގައި ޖިނާއީ އެއްވެސް ކުށެއް ހިމެނޭތޯ ނުވަތަ ނޫންތޯ ބެލުމަށް ޖިނާއީ ތަޙްޤީޤެއް ހިންގުމަށް، ޤާނޫނުއަސާސީގެ 223 ވަނަ މާއްދާގެ (ޅ) ގެ ދަށުން ޕްރޮސިކިއުޓަރ ޖެނެރަލްއަށް ލިބިދޭ ބާރުގެ ދަށުން ފުލުހުންނަށް އަމުރުކުރައްވާފައިވާ ކަމަށެވެ.

ޤާނޫނު އަސާސީގެ 223 ވަނަ މާއްދާގެ (ޅ) ގައި ބުނެފައި ވަނީ ޖިނާއީ ކުށެއް ކަމަށް ތުހުމަތުކުރެވޭ ޢަމަލެއް އެއްވެސް ފަރާތަކުން ހިންގައިފިކަމުގެ ޝަކުވާއެއް ހުށަހަޅައިފިނަމަ ނުވަތަ މިނޫންގޮތަކުންވެސް މިފަދަ ކަމެއްގެ މަޢުލޫމާތު ލިބިއްޖެ ހިނދެއްގައި، އެ ކަމެއް ތަޙުޤީޤުކުރުމުގެ އަމުރު ނެރުން ރަނގަޅުކަމަށް ޕްރޮސެކިއުޓަރ ޖެނެރަލްއަށް ފެންނަ ކަންކަމުގައި އެ އަމުރު ނެރުމުގެ ބާރު ޕްރޮސެކިއުޓަރ ޖެނެރަލްއަށް ލިބިގެންވާ ކަމަށެވެ.

ކުރެއްދޫ ރިސޯޓްގައި ހުރެފައި އިޓަލީއަށް ގޮސް ހުއްޓާ ކޮވިޑް-19 އަށް ޕޮޒިޓިވްވި ފަތުރުވެރިޔާ މާލެ އައި ކަމަށާއި، އޭނާ އައިސް މަޑުކުރީ މާގިރި ހޮޓަލްގައި ކަމަށް ސަރުކާރުން މިއަދު ވަނީ ވިދާޅުވެފައެވެ. އޭނާ އާއި ބައްދަލުވެފައިވާ ކަމަށް ބެލެވޭ 15 މީހަކު އައިސޮލޭޓް ކޮށްފައިވާކަމަށް ވެސް ސަރުކާރުން ވަނީ ވިދާޅުވެފައެވެ.

ރާއްޖެ އިން މިހާތަނަށް ވަނީ ހަ މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައެވެ. އެއީ އިޓަލީވިލާތުގެ ހަތަރު މީހަކާއި އެހެން ދެމީހެކެވެ. އެދެމީހުންނަށް ކޮވިޑް-19 ޖެހިފައި ވަނީ ފުރައިގެން ދިޔަ އިޓަލީވިލާތުގެ މީހާ ގައިންނެވެ.

ކިޔުންތެރިންގެ ހިޔާލު

30 ކޮމެންޓް

 1. އަޑަފި

  އިޓަލީ މީހުން ރާއްޖެ އައުން މަނާ ނުކުރި ފަރާތްތަކާ މެދު ފުރަތަމަ ފިޔަޅު އަޅުއްވާށެެވެ.

  125
  3
 2. ތެދުބަސް

  ދުނިޔޭގަ ނުކުރާ ކަމެއް މިއޮތީ ކޮރޯނާ ވައިރަސް އާއި ޕީޖީ އިން ކުޅެލާފަ.އެޖެންޑާ 19 ނަވާރަވެސް ތަފާތު ކޮވިޑް 19 ވެސް މިފަހަރު ރާއްޖެ އަށް ތަފާތު.ދުނިޔޭގެ އާރިޖޯޑެއް ސޯއްލޭގެ ވެރިކަމުގައި.

  64
  2
 3. ދޮން މަރިޔަނބު

  ތިކަން ވާނީ ޖަމަލު ފޮޑިއަށް މި ޤައުމަށް ކޮރޯނާ ވައިރަސް ވައްދައި ފެތުރީ އެމްޑިޕީ ސަރުކާރުނ އަދި ކެނެރީގޭ ނަޝިދާ އޭނާގެ އައުވާނުން މީ ސުވާލު އުފެދޭންޖެހޭކަމެއްނޫން އިޓަލީގަ އެވަރަށް ވައިރސްފެތުރި މީހުން މަރުވަމުންދާއިރު އިޓަލީން ރާއްޖެއަށްމީހުން އައުން މަނާނުކޮށް އެމްޑިޕީ ސަރުކާރުން ބަލަން ތިބީ އަދި ވައިރަސް ވަނީމަވެސް އެކަން ސިއްރުކޮށް އެކަން ފެތުރޭނެ ހުރިހާ ކަމެއްކުރީ ފަތުރާފަ އެމީހާ ފޮނުވާލީ ކަނޑައެޅިގެން އެނގި ތިބެ ދެން މިކަމުގަ ތަޙްޤީޤަުކުރާނެ ތަނެއްނެތް މާސާފު މައްސަލައެއްމީ ތީ ރައްޔިތުންނަށް އިހުލާސްތެރިކަން ދެއްކުމަށް ޕީޖީ އެރުވި އަޑެއް ޕީޖީއަކީ މީޑިޔާގަ މަސްހޫރުކަން ހޯދަން ބޭޏުންވާ ބޭފުޅަކަށްވާތީ ޕީޖީއަށްވެސް އެމްޑިޕީ ސަރުކާރާ ދެކޮޅަށް އިންސާފު ޤާއިމުކުރާކަށްނުކެރޭނެ ހަމަ ހުސް އަނގަ ތަޅާނީ

  7
  1
 4. ނަމަ

  ދެން ޖިނާޢީ ތަޙްޤީޤެއް ކުރީމަ ރާކަނި މަސް ކެވޭނެބާ؟

  76
 5. އަސީ

  އިޓަލީގަ މިބަލިފެތުރުން އިތުރުވާންފެށީމަ ރާއްޖެއައް ފްލައިޓްތައްއިތުރުކުރީ މިކަމުގެޒިންމާވަނީކޮންބަޔއެއްތޯ ނިކަންކެރެނީވިޔާ މިކަންކުރިބަޔާކާމެދު ސަރިއްޔަތްހިންގާލަބަލަ.

  91
 6. ހުސޭނުބޭ

  ރާކަނިމަސް ކެވުނީމާވެސް އަދިވެސް ތި އުޅެނީ ރައްޔިތުން ލޮލުގައި އަދުންއަޅުވަންތަ؟ ކަރާ ޢަލީ ވަހީދާއި ބުއްޅަބެޔާ ޞާލިހްބޭ މިކަމުގައި ކުށްވެރިވާކަން ސާބިތު! ކެރެންޏާ އެމީހުންނާމެދު ފިޔަވަޅުއަޅާ!

  10
 7. ޑެއިލް

  އިދި ކޮޅުން ތި ކަން ހިލުވާނެތީ ޖެއްސި ސްޓަންޓެއް. ކޮންތަހުގީގެއް ކުރެވޭނީ. ތިބުނާ ތަހުގީގު ދާނީ ރާއްޖެދޫ ކޮށް ވާނުވާ ނޭނގޭ ހިސާބަށް. ހަބަރަ ކަށްވެސް ނާރާނެދެން އިތުރަ ކަށް. ޢަންނިއަށް ފިޔަވަޅު އެޅޭތަ.

 8. އެމަންޖެ

  ތިޔައީ ބޭކާރު ކަމެއްމިހާރު.

  51
  2
 9. ދަންނަ

  މިސަރުކާރާއި އަދި ފުލުހުންވެސް ބުނެފާނެ ތިޔަ ތަޙުޤީޤަށް ޙާޟިރުކުރަންޖެހޭނީ ކުރީގެ ރައީސް ޔާމީން ޢަބްދުލް ޤައްޔޫމޭ

  11
 10. މޫސާޅު

  ނުކެރޭނެ މޮޅުކަމެއްކޮއްލާނަމޭހިތާ ތިކަން ތިކުރީ އެހެންކަންތައްވެސް ދާހެން ތިކަންވެސް ދާނީފަނުފުލުން

  10
 11. Anonymous

  ސަރުކާރުގެ އެ އިސްވެރިން ގެ މައްޗަށް ކުރޭ

  53
 12. ދިއްގާ

  މީ ކޮރީނާ ބުއްޅަބޭ އަންގައިގެން އަބުރާ ސިޔާސީ ގޭސްގަޑެއް. އެއަށްވުރެ މާރަގަޅެއްބނުން މަޖިލިހުގަ މި ދައްކާ ވާހަކަ ތަހުގީގު ކުރަން ގޮވާލުން ގއ ހުއްދަ ނުދިނަސް.

  42
 13. ބާރީ

  ވައަރެސް ޖެއްސީ ސީދާ ބުނެފަ ޖައްސާނަމޭ. ބުއްޅަބޭ ތަހިގީގުކުރޭ

  46
  1
 14. ނަޝީދު

  އިޓަލީ މީހުން ރާއްޖެއައުން މަނާ ނުކުރަމިކީ ކޮންހަހަލަ ކުށެއްބާ؟؟؟

  50
 15. ޙަމަހަމަ

  ތިއީ ޑުރާމާއެއް. ތި ތަހުގީގުން ނިމޭނީ އިހުމާލެއް ނެތް ކަމަށް.

  52
 16. އެކްޓަރ

  މިއީ ރަގަޅު ނިންމުމެއް؛ ވަކިބަޔަކު މިކަން ސިއްރުކުރީތޯ ނުވަތަ ސިޔާސީހޮތުން ސަރުކާރުގެވތެރެއިން އެއްބަޔަކު އަނެއްބަޔަކު ބަދުނާމްކުރަން ކުރިކަމެއްތޯ ބަލަންޖެހޭ.
  އިޓަލީގައި ޖެނުއަރީ ފަހު ހަފްތާ ފެށިގެން ކޮރޯނާ ފެތުރޭކަން ރާއްޖޭގެ ކަމާއިބެހޭ ބޭފުޅުންނަށާއި ރ.އެކުލަވާލި ޓާސްކް ފޯސް އަށާއި ހެލްތް މިނިސްޓަރ އަށާއި އެޗްޕީއަށް އިގެންވާނެ. އަދި މިފަދަ ކޭސްތައް ރިސޯޓްތަކުން ސީރިއަސްކޮށް ނަގަންޖެހޭނެކަން އަންގާ އިމަރޖެންސީ ޕްލޭން ރިސޯޓްތަކަށް ހުންނަންޖެހޭނީ ފޮނުވިފަ، އަދި މިފަދަ ކޭސްއަކަށް ސަސްޕެކްޓް ކުރެވިއްޖެނަމަ އެމީހަކު ކޮންޓްރޯލްކޮށް އެކަހެރިކޮށް ކަމާއިބެހޭ ބޭފުޅުންގެ ލަފަޔާއި ސަރުކާރުގެ ބެލުމުގެ ދަށުން އެކަން ކުރަންޖެހޭ.ރާއްޖޭގައި ކޮރޯނާ ފެތުރުމުގައި ސަރުކާރުގެ ކަމާއިބެހޭ ޓާސްކް ފޯސް އާއި އެހެނިހެން ވެރިން ޒިންމާ ނަގަންޖެހޭނެ... ފެއިލްވި މީހުންގެ މަށްސަލަ މަޖްލިސްގެ ކޮމެޓީތަކުން ބަލަންޖެހޭ.. އަމީން ފެއިލްވެފައިވާކަމަށް މީގެ 2 ހަފުތާކުރިން އަދި އިއްޔެވެސް އެމްޕީ އަފީފް ވިދާޅުވި؛ މިއީ ރައްޔިތުން ކަންބޮޑްވާކަމެއް... ރައްޔިތުންނަށް އޮޅުވާލާ ފަރުވާ ކުޑަ ވަޒީރުން ގެޔަށްދޭ، ތިއީ ރައްޔިތުންގެ ވަޒީފާތަކެއް... ވެރިމީހާގެ ނުކުޅުން ތެރިކަން މާބޮޑް....

 17. ދަންނަ

  މިސަރު ކާރާއި އެމްޑީ ޙަމީދު ބުނެފާނެ މިތަޙްޤީޤަށް ކުރީގެ ރައީސް ޔާމީނު ޙާޟިރު ކުރީމާ ނިމުނީޔޯ

  11
 18. ކޮމެންޓްކުރާމީހާ

  ބަލާދެން ތަޙުޤީޤް ނުފެށެނީސް އޭގެ ރިޕޯޓް އޮންނާނީ ގ.ކެނެރީގޭ ނަޝީދުގެ އަތުގައި ކަމަށް

  10
 19. ަަމަށޭ

  ރާޖެ ގެންނާނަމޭ ކިޔާފަ ގެނައި ވައިރަސް އެއް މީ ..

  10
 20. ލާމު

  ކޯޓް ތަކުގެ މައްސަލަ އެވެ. ދާނީ މިލި އަނުންނެވެ.

 21. އަހްމަދު

  އެމްޑީއެން ގެމައްސަލައިގެ ޖިނާއީތަހުގީގެއް ހިންގަންގޮވާލަންކެރޭނެތަ؟

  13
 22. ބްރޯ

  ނަސިދާ ސާލިހުގެ އައިލީ މަސްލަހަތަށްޓަކާ އިޓަލީން މީހުން އައުން ނުހުއްޓުވި މަސްއަލަ ތަހުގީގު ކުރަންގޮވާލަން.

  10
 23. Anonymous

  ޝަމީމް، ޝަހިންދާގެ ޖިނާއީ ތަހުގީގެއް ހިންގަބަލަ،

  13
 24. Anonymous

  މަޝްހޫރުވާ ހިތްވެގެން ޖައްސާ ސްޓަންޓެއް

 25. އަހުމަދު ޒާހިރު

  އުއްޗު 2.5 ބިލިއަން ރިފިޔާއިން ޖޫރީމަނާ ކުރަންވާނޭ

  3
  1
 26. ކުރިމަގު

  ތިޔަފެށެނީ އެހެން ވައިރަހެއް ތިޔަ ވައިރަހުގައި ދާނީ އެމްޑީޕީ ފިޔަވައި ކޯލިސަނުގައި ތިބި އެހެންޕާޓީ ތަކުގެ ފަރާތުން އައިސްތިބި މިނިސްޓަރުންނާއި، ރިސޯޓް އޯނަރުންގެ ތެރެއިން އުއްޗު. އެހެން ކަމުން އެފަރާތްތަކުން ވަރަށް ބޮޑަށް ސަމާލުވާތި!

 27. ބްރޯ

  ތިޔަ ތަހުގީގަކީ އެހެން ކަމެއް ފޮރުވަން ކުރާ ކަމަކށް ނުވާނަމަ ފުރަތަމަ ތަހުގީގު ކުރަންވީ ޗައިނައަކީ އެންމެ ގިނައިން ރާއްޖެއަށް މީހުންއަންނަގައުމުކަމަށް ވެފާ ޗައިނާގަ ފެތުރެންފެށި ރޯގާ އިން ރައްކާތެރި ވުމަށް ޗައިނާ އިން މީހުންއައުން ހުއްޓުވިގޮތަށް ދެވަނައަށް މީހުންއަންނަގައުމު އިޓަލީން މީހުން އައުން ނުހުއްޓުވި ސަބަބު އެގެންޖެހޭނެ

  13
 28. ބޮލި މުލައް

  ކޮމިޝަނެއް ހަދަންއުޅޭ

 29. ކިނބޫ

  "ކޮވިޑް-19" 55 އަހަރަށް ޖަލަށްލުމަށާއި 55 ބިލިޔަން ޑޮލަރުން ޖުރުމާނާ ކުރާގޮތަށް ތި މައްސަލަ ބަލާތި

 30. ސަޓޯ

  ކަންތަކާ ޖެހުނީ... އަނެއްކާ އަނެއް ކޮމިޝަނެއް ހަދާނެ..ބޮޑު އިސްރާފެއް