ކުރީގެ ރައީސް މުހައްމަދު ނަޝީދު އަނެއްކާވެސް ސްރީލަންކާ އަށް ވަޑައިގެންފިއެވެ.

ނަޝީދު މިއަދު ލަންކާއަށް ވަޑައިގެންނެވީ އެމަނިކުފާނު ސިޔާސީ ހިމާޔަތް ހޯއްދަވައިގެން ހުންނެވި އިނގިރޭސިވިލާތަށް ވެސް ވަޑައިގަތުމަށްފަހު އެވެ.

ރައީސް ނަޝީދު މިއަދު މެންދުރުފަހު ލަންކާއަށް ވަޑައިގަތުމުން އެމަނިކުފާނަށް މަރުހަބާ ދެންނެވީ އެމްޑީޕީ ސަރުކާރުގެ ހާރިޖީ ވަޒީރު އަހްމަދު ނަސީމާއި އެމްޑީޕީގެ އިންޓަނޭޝަނަލް ތަރުޖަމާން ހާމިދު އަބްދުލް ޣަފޫރެވެ.

ޔޫރަޕްގެ ބައެއް ގައުމުތަކަށް ނަޝީދު ކުރެއްވި މިދަތުރުފުޅުގައި ޑެންމާކްގެ ބޮޑުވަޒީރު ލާސް ރަސްމުސެންއާ ބައްދަލުކުރެއްވި ކަން ހާމަކުރެއްވި ނަމަވެސް މިދަތުރުފުޅާ ގުޅޭ އިތުރު އެއްވެސް މައުލޫމާތެއް ނަޝީދާއި އަދި އެމްޑީޕީން ވެސް ހާމަކޮށްފައެއް ނުވެ އެވެ.

މިއަހަރު ރާއްޖޭގައި ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެ ކަމަށް ނަޝީދު ވިދާޅުވި ނަމަވެސް ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ގާޒީ އަބްﷲ މުހައްމަދު ހައްޔަރުކުރި މައްސަލާގައި ނަޝީދުގެ މައްޗަށް ދައުލަތުން އުފުލި ޓެރަރިޒަމްގެ ދައުވާ ސާބިތުވެ 13 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވާތީ އިންތިހާބުގައި ނަޝީދަށް ވާދަކުރެއްވުމުގެ ފުރުސަތު ގާނޫނީ ގޮތުން ވަނީ ބަންދުވެފަ އެވެ.

އދގެ އިންސާނީ ހައްގުތަކާ ބެހޭ ކޮމިޓީން ރައީސް ނަޝީދަށް އިންތިހާބުގައި ވާދަ ކުރެވެން ޖެހޭނެ ކަމަށް ނިންމާފައިވާއިރު މި ނިންމުން ބަލައި ނުގަންނަ ކަމަށް ސަރުކާރުން ވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

  1. މުހައްމަދު އަހުމަދު

    ޔާ ﷲ! ނަޝީދޭ ކިޔުނު ނުބައި އިންސާނާގެ ކިބައިން މި ދިވެހިރާއްޖެ ސަލާމަތް ކުރައްވައިފާދޭވެ. ާއިނބަ ސުވާމީންގެއީ މީނާގެ ހުރިހައި ނުބައި ނުލަފާކަން އެންމެނަށްވުރެން ބޮަޑަށް ދެނެވޮޑިގެންވާ އިލާހު.

  2. ޝިދާތާ

    ރަށު ކުދިންނާ އެކު ބޯލަން

  3. ރަނގަޅު

    ކަލޯމެނަށް ނަޝީދު ފެނުމުން ވަރަށްއަސަރުކުރޭދޯ؟

    • ިފހގފ

      އަސަރު ނުކުރާވަރެއްނޫންތާ ދޯ. އީ.ޔޫއޭ ކިޔުނު ދައްޖާލަށް މަދަދުވެރިވާ އޭޖެންޓު މިނުލަފާ ކަލޭގެއަކީ. އަހަރެމެން މުސްލިމުން ކުރާކަމެއްނޫން އެއްވެސް އިންސާނަކަށް ބަދުދުއާކުރުމަކީ. އެހެންވީމަ، ނުކުރެނީ. ﷲ މިނުލަފާ ޖާހިލު އިބިލީހަށްވެސް ތެދުމަގު ދައްކަވަން އިރާދަކުރެއްވި އިރަކު ތެދުމގުވެސް ދައްކަވާފާނެ. އަދި މިކަލޭގެ މިހުރި ނުބައިކަންމަތީ މަރުގަންނަވާވެސް ފާނެ. އަހަރެމެންގެ އަސަރަކީ، ރުޅި. ކަލޭމެން ތިވާ އެއްޖިންސުގެ ގުޅުމުގެ އަސަރެއް ﷲ ރަހުމަތުންއަހަރެމެންގެ ނެތް.

  4. ނަފުރަތު

    ކަލޯޔަކަށް ތިޔަށްވުރެ ކައިރިޔަކަށްނާދެވޭނެވިއްޔަ ދެން ލަަލަލާ.

    • Anonymous

      ލައްގަޅޭ ލައްގަޅޭ މައިންމަގަށް ލައްގަޅޭ. ވެރިކަން ލައްގަޅޭ ކިޔާލަކިޔާލާ ދިވެހިރާއްޖެއާ އެންމެ ކައިރިއަށް އާދެވޭނެ ހިސާބަށް އާދެވިފަތިހުރީ ބޮޑު ޝައިޠާނަށް.

  5. ނުރަބޯ

    ސިޙުރުވެރިން ހޯދަން ތޯއްޗެ.

    • Anonymous

      ވަރަށް ހީވޭ. މިކަލޭގެ ކުރާހާކަމެއް، ﷲ ގެ ހެޔޮ ރަހުމަތުން މިވަނީ، ނާކާމިޔާބުވެފަ. ﷲ ގެ ހެޔޮރަހުމަތުން، މިނުލަފާ އިންސާނާގެ ނުބައިކަމުން އަބަދުގެ އަބަދަށް ދިވެހިރާއްޖޭ ސަލާމަތް ކުރައްވާނދޭވެ. އާމީން ޔާރައްބަލްޢާލަމީން.

  6. Anonymous

    މިނުލަފާ ޣައިރުދީނުގެ މީހުންގެ އޭޖެންޓުގެ ނުބައި ކަމުން އަޅަމެންނާއި، މިމުސްލިމް ދިވެހިރާއްޖެ އަބަދުގެ އަބަދަށް ސަލާމަތް ކޮށްދެއްވާނދޭވެ. އާމީން.

  7. Anonymous

    މީނދަ އާދަމުގެ ދަރިޔާގެ ލޮލަށާއި، ދަތްތަކަށް ބަލާބަލަ. ހިތްޕަވާވަރު ނިޝާން އެއީވެސް.

  8. އިބްރާ

    އަންނި ލަންކާއަށްގޮސްފައި އިންޑިޔާއަށްވެސް ދާނެއެވެ. އަދި އޭގެފަހުން ޔޫރަޕްގެ ގައުމުތަކަށްވެސް ދާނެއެވެ. މުޅި ދުނިޔެ ކުޑަކުރިޔަސް މި އަހަރުގެ ރިޔާސީ އިންތިޚާބައި ބައިވެރިވުމުގެ ޗާންސެއް ނުލިބޭނެއެވެ.

  9. އާބިދާ

    އަހަރުމެނަށް ހެޔޮ ތިކަލޭގެ ޖަހައްނަމައް ދިޔަޔަސް