ރާއްޖެ އިން ނޮވެލްކޮރޯނާ ވައިރަސް ނުވަތަ ކޮވިޑް-19 ފެނުމާ ގުޅިގެން ލޯކަލް ކައުންސިލް އިންތިހާބު ފަސް ކުރެވެން އަދި ނެތް ކަމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް މިއަދު ވިދާޅުވެއްޖެއެވެ.
ލޯކަލް ކައުންސިލް އިންތިހާބަށް އެކުލަވާލި އެޑްވައިޒަރީ ކޮމިޓީގައި ޝަރިފް ވިދާޅުވީ އިންތިހާބު އިތުރަށް ލަސް ކުރެވެން ނެތް ކަމަށެވެ. އިންތިހާބު ލަސްކޮށްފި ނަމަ، ދެން އިންތިހާބު ބާއްވަން ޖެހޭނީ ރޯދަ މަހުގެ ފުރަތަމަ ދިހައެއްގެ ތެރޭގައި ކަމަށް އޭނާ ވިދާޅުވިއެވެ. އިންތިހާބު ލަސްކުރުމުގެ ނުވަތަ ކަނޑައެޅިފައިވާ މުއްދަތަށްވުރެ އެއްވެސް ދުވަހެއް އަވަސް ކުރުމުގެ ބާރެއް ގާނޫނުން ކޮމިޝަނުން ނުލިބޭ ކަމަށް ވިދާޅުވިއެވެ.
"އިންތިހާބު ލަސް ކުރުމުގެ ގާނޫނީ ބާރެއް އިލެކްޝަންސް ކޮމިޝަނަކަށް ނޯވޭ. އިންތިހާބު ލަސްކުރުމުގެ ގާނޫނީ ބާރެއް ނޯވޭއޭ އަޅުގަނޑު މި ދަންނަވަނީ ކަނޑައެޅިފައިވާ ތާރީހަށްވުރެ ލަސްކުރުމުގެ. ގާނޫނުގައި ކަނޑައެޅިގެން އެބަ އޮވޭ މިހާރު ތިބި ކައުންސިލްގެ މުއްދަތު ހަމަވުމުގެ ތިރީސް ދުވަހުގެ ކުރިން އިންތިހާބު ބާއްވައިގެން ނިންމަން ޖެހޭ ކަމަށް،" ޝަރީފް ވިދާޅުވިއެވެ.
ޝަރީފް ވިދާޅުވީ މިހާރު ކަނޑައެޅިފައިވާ މުއްދަތަކީ ކައުންސިލްތަކުގެ މުއްދަތު ހަމަވުމާ ދޭތެރޭގައި އޮންނަ 30 ދުވަހުގެ ކުޑަ ދުވަސްކޮޅެއް "ބްރީތިން ސްޕޭސް" ގެ ގޮތުގައި ދޫކޮށްފައި ހަމަޖެހިގެން އިންތިހާބު ބޭއްވުމަށް ކަނޑައަޅާފައިވާ މުއްދަތެއް ކަމަށެވެ.
މިހާރު އޮތް ގޮތުން ދެވަނަ ބުރެއް ބާއްވަން ޖެހުނު ކަމުގައިވީ ނަމަވެސް، ރޯދަ މަހާ ދެމެދުގައި އޮތް ވަގުތު ކޮޅުގެ ތެރޭގައި އިންތިހާބު ބާއްވައި ނިމޭނެ ކަމަށް ކަމަށް ޝަރީފް ވިދާޅުވިއެވެ.
ލޯކަލް ކައުންސިލް އިންތިހާބު ބޭއްވުމަށް ހަމަޖެހިފައި ވަނީ އަންނަ މަހުގެ ހަތަރު ވަނަ ދުވަހެވެ. އިންތިހާބަށް ތައްޔާރުވުމުގެ މަސައްކަތް ސިޔާސީ ޕާޓީތަކާއި އަމިއްލަ ގޮތުން ވާދަކުރައްވާ ކެންޑިޑޭޓުން ވަނީ ކެމްޕެއިން ފަށައިފައެވެ.
އޭ ރުންތާ އެނަށްކާވެސް ލާ ރިގަނޑުލިބި އިންޑިޔާ ބާނާއިން މަކަ ރުހަދާ މުސްސަދި ވެވެވީ..ގަނޫނު ކޮންމެ ގޮތަކަށް އޮތަސް ވަ ރިހަމަ މި އުޅެނީ ބޮޑު ބަލިމަޑު ކަމެއް ފެތު ރޭތި..ދެންވެސް ގާނުނެ ތަވީދެ ނުކިޔަ ތި ފަސް ކު ރޭ ތީކީ އިލާހި ގަނޫނެ ނުން ތި ބަދަލްކު ރޭވެނެ..ގާނުނާ ގައިވާދަކި އެ ރެއްގެ ހާލަތަށް ރިޔާޔަށް ކޮށް ބަދަލް ކު ރޭވެނު.. ރައްޔުތުންގެ ފު ރާނަ މުހިންމި ސިޔާސި މީހުން ގެ އަންބޮޑި ބޮޑު ކު ރުމަށް ވު ރެން..
ކަލޭމެން ކިހިނެތްތަ ވެގެން ތިއުޅެނީ؟ ކަލޭމެން އިންތިހާބު ބޭއްވިޔަސް އަހަރެމެން ރައްޔިތުންގެ 80% ރައްޔިތުން ނުނިކުންނާނަން ވޯޓްލާކަށް. ކަލޭމެންތިބޭ އިންތިހާބް ބާއްވައިގެން. މީހަމަ އަޖައިބެއްކަހަލަ ނުބައި ނުލަފާ ރައްޔިތުންގެ ރައްކާތެރިކަމެއް ބެލުމެއްނެތް ނުބައި ބައެއް ދައުލަތުގެ އިދާރާތަކުގައި ތިބި ގައުމެއް. މިކަން އިންތިހާބް ބާއްވަބަލަ ކިތައް ޕަސަންޓް ވޯޓްލާން ދޭތޯ ބަލަން؟ ކަލޭމެން ލަދުގަންނަވާލާނަން އަހަރެމެން މީކަލޭމެން ހެއްދިހާގޮތަކަށް ހެދޭނެ ބައެއްނޫން ކަލޭމެން ހައެއްކަ ސަތޭކަ މީހުން ވޯޓުލައިގެންތިބޭ ބަނޑުފުއް މައްޗައް ޖަހައިގެން.
%80 މީހުން ވޯޓްލާން ނުނިކުންނާނަމޭ އެންމެ ފަރުދަކަށް ނުބުނެވޭނެ، ޤާނޫނީ ގޮތުން ބަޔަކަށް ލިބިފައިވާ ޙައްޤެއް އެއީ
ހާލަތު ބަދަލުނުވަނީސް އިންތިހާބް ބާއްވަބަލަ ކިތަށް ޕަސަންޓް ވޯޓްލާން ދޭތޯބަލަން. ތިޔައުޅެނީ މިނާޒުކު ވަގުތު އިންތިހާބް ބާއްވައިގެން އިންތިހާބް ހިލާލަން. ލަދުގަތްބަލަ ރައްޔިތުން ބިރުވެރިކަމެއްގަ ތިބިއިރު އިންތިހާބޭ ކިޔާފަ އަނގަ ހުޅުވަން
ކަލޭ މިހާރު 80% ވޯޓް ކާލަންތަ ވިސްނައިގެން ތިހުރީ
މިހެން ގައުމުގެ ހާލަތުއޮށްވަ ހަމަ ނުނިކުންނާނެ ރައްޔިތުން ވޯޓްލާކަށް. އެހެނެއްނޫން ސިޔާސީ މީހުންގެ ޕަޕެޓުން އެމީހުން ދަށުވެފަތިބި މަދު ބަޔަކު ނުނިކުންނާނެއެކޭނޫން.
މަ ނުދާނަން ވޯޓުލާކަށް ތިހެންވިއްޔާ
ޢިންތިހާބު ފަސްކުރާނީ ކަލެއަށް އެބަލި ޖެހުމުން އެކަނިތަ؟
މިފަހަރު އިންތިޚާބު ނިމޭއިރު ސްޓާރ ޗިނަމާ ހިންގި ތަނުގަހަދާ ބިލްޑިންގ ގަނެވޭވަރު ވާނެދޯ؟
??
ފަސްކުރެވެން ނެތިއްޔާ އެހެންވިއްޔާ އަވަސްކުރޭ.
ބޭއްވިޔަސް ނުބޭއްވިޔަސް މަށެއްވެސް މަށަށްވީމީހަކުވެސް ވޯޓުލާކަށްދިޔަކަނުދޭނަން..
އަމުދަކުން ތި ބައިގަނޑަކަށް ވޯޓެއް ނުވެސްދޭނަންމެ...
އީސީ ސަރީފޫ އިންތިހާބު ވާނެ ބާއްވަން ކޯފާ 19 ޖެހިފަ ތިބި މީހުންވެސް ގެނެސްގެންވެސް ވޯޓް ލާންވާނެ. އެހެންނޫނީ މިރާއްޖެ އެންމެނަށް ކޯފާ 19 ޖެހުންގާތް. ސަރީފް އަށްވެސް ކޯފާ 19 ޖެހިފަ ހުރިހެން ހީވޭ.
ހުރިހާ ދިވެހި ނިކަމެތިންނަށް ބަލި ޖައްސާ މަރާލާފައި ދޮން ކުދިންނާ އެކުގައި ގައުމުގައި ހަން ފަތުރާ ދޮން ކުދިންނާ ކެނެރީގޭ މީހުންނާ އެމީހުންގެ އައުވާނުންގެ ސުވަރުގެއަކަށް ގައުމު ހަދަން އުޅޭ ކަހަލަ މަންޒަރެއް ސިފަ ވަނީ
އީސީ ސަރީފޫ އީސީ ސަރީފޫ އީސީ ސަރީފޫ ކީކޭތަ ތިޔަކިޔަނީ