ހުތުބާ ކުރުކޮށް، ހުކުރު ނަމާދުގައި ކުރު ސޫރުތްތައް ކިިޔަވަން އިސްލާމިކް މިނިސްޓްރީން އަންގައިފިއެވެ.
"ވަގުތު" އަށް މައުލޫމާތު ދެއްވަމުން އިސްލާމިކް މިނިސްޓްރީގެ މީޑިއާ އޮފިޝަލް އިސްމާއިލް އަފްރާހް ވިދާޅުވީ ހުކުރު ނަމާދުތައް ކުރުކުރަން އަންގާފައި ވާނީ މީހުން އެއްވެ އުޅުން ވީހާވެސް ބޮޑަށް ހުއްޓުވުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން ކަމަށެވެ.
އެގޮތުން އެނަމާދު ކުރުކުރުމުގެ ގޮތުން އާންމުކޮށް ކިޔަވަމުން އަންނަ ސޫރަތްތަކަށްވުރެ ކުރު ސޫރަތްތަށް ކިޔެވުމާއި، ހުތުބާ އެހެން ހަފްތާތަކަށްވުރެ ކުރުކުރުމަށް އަންގާފައި ވާނޭ ކަމަށް އިސްމާއިލް ވަނީ ވިދާޅުވެފައެވެ.
އިސްމައިލް އިތުރަށް ވިދާޅުވީ އެ މިނިސްޓްރީ އިން ނިންމާފައި ވަނީ ވަކި މުއްދަތެއް ނެތް ގޮތަށް ހުކުރު ނަމާދުތައް ކުރުކުރުމަށް ކަމަށެވެ.
"އެއްވެސް މުއްދަތެއް ނެތް ގޮތަށް ނަމާދު ކުރުކުރުމަށް އަޅުގަނޑުމެން މިހާރު ވާނީ އަންގައިފައި. އެހެން ނަމަވެސް ގައުމުގައި މިހާރު މިއޮތް ހާލަތު ބަދަލުވެ އާންމު ހާލަތަށް ރުޖޫއަ ވުމުން އަޅުގަނޑުމެން އަލުން އާންމުކޮށް ކުރާ ދިގުމިނުގައި ހުކުރު ނަމާދު ކުރުމަށް އަންގާނަން" އިސްމާއިލް ވިދާޅުވިއެވެ.
ރާއްޖޭގައި މިހާރު މި ބައްޔަށް ފައްސިވެފައި ތިބި އަށް މީހަކު އެބަތިއްބެވެ. އެކަމާއި ގުޅިގެން ސްކޫލްތައް ހުޅުވުންވެސް ވަނީ ވަގުތީގޮތުން މަޑުޖައްސާލާފައެވެ. ރާއްޖޭގެ ކަމާބެހޭ ފަރާތްތަކުން ވިދާޅުވަމުން އަންނަ ގޮތުގައި މިހާރު މިއޮތް ހާލަތުން އަދި ކޮންޓްރޯލް ކުރެވޭނެ ކަމުގެ ޔަގީންކަން ވަރަށް ބޮޑެވެ. އެހެން ނަމަވެސް ކޮންޓްރޯލް ނުކުރެވި މި ބަލި ފެތުރިގެން ގޮސްދާނެ ކަމަށްވެސް ގައުމު އޮތީ ތައްޔާރަށް ކަމަށް އެފަރާތްތަކުން އަންނަނީ ބުނަމުންނެވެ.
އެކަމަކުވެސް 10ފޫޓް 10ފޫޓްއިން ވިޔަސް ސަފު ހަދާފަވެސް ވޯޓް ލެވޭތޯ ބަލާ
މި ބޭފުޅާއަށް ބުނެވެނީ ނަމާދުގެ ވާހަކަ އެކަނިތޯ ބުނަންވީނު މިސްކިއްތައް މިހާރު ބަންދޭ. އައްނި ގެ އައުވާނެއް.
ބަލީގެ އަސަރު ހުންނަ މީހުނާއި އެކްސް ޕޯސްވަނީ ހުކުރުނަމާދުގަ އެކަންޏެއްނޫން! ބައެއް މިސްކިތްތަކުގައި ޖަމާއަތުގަ ފަސް ނުވަތަ ހަސަފްހާ އެބަކިޔަވަ! ޢެ ޢެކްސްޕޯސްވުން މިނިމައިޒް ކުރަންނުޖެހޭބާ! ޖަމާއަތުގަ ނަމާދުކޮށް ނިމޭއިރު އެއްގަޑިއާއި ދޮޅުގަޑި ދެމެދު ހޭދަވޭ!
އެކްސްޕޯސްއޭކިޔާއިރު އިންތިހާބު ބާއްވާ. އެތައްއިރެއް ވަންދެން ކިޔޫގައި މަޑޫކޮށްލިޔަސް އެކްސްޕޯސްނުވޭ ދޯ؟ އިސްލާމްދީނުގެ ދެވަނަ ރުކުނަށް ތިހާ ނަފްރަތުކުރިޔަސް ތިއީ ބޮޑުވަރު.
މިހާރު ކަންތައްތިދުއް ވާލީމާމައްޗަށް މިހާރުން މިހާރަށް ލާދީނީ ސަރުކާރު ހުއްޓުވާ އެހެން ނޫނީ ކޮވިޑް19 އަކުން ސަލާމަތެއްނެތް!
ލާދީނީވުމެެއް ނޫން ދުލުކުރީގަ ތިޔަ ނޫންއެއްޗެއް ލިޔެވިފަ ނެތީމަ ވާގޮތް..ރައްކާތެރިކަމުގެ ޢަމަލުތައް.. ކުޑަކުއްޖަކު ރޯއަޑު އިވުންވެސް ކީރިތި ރަސޫލާ (ސ.އ.ވ) ނަމާދު އަވަސްކޮށްލައްވައި ކުރުކޮށްލެއްވި ކަން ސާބިތުވޭ. މިހާލަތުގަ މާ ޢައުލާކަން ބޮޑު.. އިސްލާމީ ބޮޑެތި ޤައުމުތަކުން ހުކުރު ނަމާދު ޖަމާއަތުގަ ކުރުން ހުއްޓާލާ އުމުރާއަށްވެސް މީހުނަށް ނުދެވޭ ގޮތް ހެދީ. ސިޔާސީ ކުރާތި ކޮންމެ ކަމެއް..
އިލެކްޝަން ފަސްނުކުރެވޭތަ؟ ކުރުކޮށް ވޯޓް ނުލާ މަޖިލީހުން ނިއްމަން ވީނުން... މިސްކިތުން ފެތުރޭ ބަލިއެއްތަ މީ؟؟؟
ޚުތުބާ ދިގުކޮށް މިސްކިތުގައި ގިނަ ވަގުތު ހޭދަކުރޭ، މިސްކިތުން ގޮވަނީ ސަލާމަތަށް، ވައިރަސް މިސްކިތުގައި ނޮއޮންނާނެ..އެއީ ﷲ ގެ ކޮޅު. ﷲ ސބވތ އެކާގެއަށް އަޅުކަންކުރާ ސޯލިހު އަޅުން ރައްކާ ކުރައްވާނެ.... މިސްކިތުން ހިމާޔައް ހޯއްދަވާ....
މިފަދަ ހާލަތެއްގައި ރަނގަޅުކަމެއް، ނަމަވެސް ވަޒީފާ އަދާކުރާ ވަގުތުވެސް ކުރުކުރުމަކީވެސް ވަރަށް މުހިއްމު ކަމެއްކަމުގައި ދެކެން...
ރަނގަޅު މިހާލަތުގަ ނަމާދު ޖަމާއަތުގަ ކުރަންޖެހޭނީ ވިހާ ވެސް ކުރުކޮށް
ނަމާދުތައްކުރުކޮށް އިންތިޚާބުގެ ވަގުތު ދިގުކުރާތަ
މިދިޔަ 3 ހުކުރުގަވެސް ސޫރަތްތައް ކިޔެވީ އެންމެ ކުރު ސޫރަތް ސޫރަތުލް ކައުސަރު ސޫރަތުލް އިޚްލާސް ހުކުރު ޚުތުބާ ކުރުކޮއްލީމަ ރަނގަޅުވާނެ އެހެންނޫނަސް ނަމާދައް ނަމާދު ކުރުމައް ބަދަލު ގެންނާކައް ނުޖެހޭ ﷲ އެންގެވި ގޮތައް ހުރިހާ ކަމެއް ކުރީމަ ނިމުނީ ﷲ އަންގަވާފަ ވަނީ ދިރިއުޅުމައް ނުވަތަ ޢާމްދަނީ ހޯދުމައް މަސައްކަތް ކުރާވަގުތެއް ކަމުގައި ދުވާލު ލައްވައިފީމެވެ.
ހުކުރު ހުތުބާ އަވަސް ކުރަން ލަދުހަޔާއްކޮބާ ލާދީނީ ސަރުކާރު. ކޯފާ’19 ނަމާދު ކުރަނިކޮއް ޖެހިދާނެކަމެއް އެހާ ތޯހިރު ކަންމަތީ ﷲ އަށް އަޅުކަން ކުރަންތިބޭއިރު. ހިލޭއަންހެނުނާ ފިރިހެނުން އެއްވެއުޅުމަށް މަނާކުރަން ގޮވާލަން ނުކެރިގެން ތިއުޅެނީ. ބޮޑުއިބިލިސް އަންނި، ސޯލިހް މަރެއްނުވާނެ
މި ހާލަތުގައި ހުކުރު ސަސްޕެންޑް ކުރެވޭނެ ކަމަށް ވެސް ޝައިޚު ޙުސައިން ރަޝީދުމެން ފަދަ މާއްދިއްޔަތުގެ އަޅުން ފަތުވާ ދީފާނެ. މިސްކިތަކީ ނުރައްކާތެރި ތަނެއްކަމަށް ދައްކާން މަސައްކަތް ކުރާނެ ކަމެއް ނެތް. އެތަނަށް ދަނީ ސާފުތާހިރު ވެގެން. ޢަމުދުން ހުކުރަށް ދަނީ ސާފުތާހިރުވެގެން. އެއީ ﷲގެ ގެކޮޅު. އެތަނުގައި ވަނީ އަމާންކަމާއި ޙިމާޔަތް. މިސްކިތަށް ދިޔުން އެއީ ބިރުވެރިކަމެއް ކަމަށް ހަދާން މަސައްކަތްކުރާ މީހުންނަށް ހަލާކު ހުރި! މިސްކިތުގައި ތިބޭ ވަގުތު އިތުރުކުރައްވާ ﷲ އަށް ދުޢާ ކުރައްވާ! ތައުބާވެ އަސްތަޣުފާޜުކުރައްވާ! ސާފުތާހިރުކަމަށް އިސްކަން ދެއްވާ! އަތް ނުދޮވެ އަނގަޔާއި ލޮލާއި ނޭފަތުގައި އަތްޕުޅުނުލައްވާ! އިރާދަކުރެއްވިއްޔާ ﷲ ތިމާ ޙިމާޔަތްކުރައްވާނެ.
ވިސްނާ ކަލޭމެން ހުރިހާމީކުން ތިގެންގުޅޭ ފައިސާ އަކީ އެންމެ ގިނައިން އަތްނުދޮވެ ވިއްކާވިޔާފާ ރިކުރާތަންތަނަށް ގެން ގޮސް ގެނަސްހަދާ ފައިސާ ސޭޓުންގެ ވަތްގަނޑު ތަކުން އެދޭފައިސާގައި ކިތައް މީހުނަށް އަތްލެވިފައި ހުނާނެތޯ
ވިސްނާ ކަލޭމެން ހުރިހާމީކުން ތިގެންގުޅޭ ފައިސާ އަކީ އެންމެ ގިނައިން އަތްނުދޮވެ ވިއްކާވިޔާފާ ރިކުރާތަންތަނަށް ގެން ގޮސް ގެނަސްހަދާ ފައިސާ ސޭޓުންގެ ވަތްގަނޑު ތަކުން އެދޭފައިސާގައި ކިތައް މީހުނަށް އަތްލެވިފައި ހުނާނެތޯ
ސުބުހާނައްﷲ....ހުކުރު ދުވަހާއި ހުކުރު ދުވަހުގެ މާތްކަން ނަގާލަނީތަ...ހުކުރުދުވަހަކީ ދުއާކުރުމައް އެންމެ ރަގަޅު އެއްދުވަސް. ޙުކުރު ދުވަހުގެ ދެ ބަންގި ދޭތެރޭގައި ކުރާ ދުއާ އިޖާބަކުރައްވާނެކަމަށްވެސް ވޭ...މުސްލިމުންގެ ގޮތުގަތިބެ ކުރަންހެޔޮވެގެންވާ ވަރުގެ ކަމެއްނޫން...ލާދީނީ ސަރުކާރު ހޮވީމަ ވ ރީއްޗެއްނު...ތި ބައެއްގެ ސަބަބުން ރާއްޖެ ހަލާކުގެ ތެރެއައް ވެއްޓިގެން ހިގައިދާނެ ކަމުގެ ބިރުބޮޑު...ކޮބާތަ ދީނީ އިލްމުވެރިން...ޝޭހުން...އަގަ ހުޅުވަންވެސް ނޭގިފަ ތިބީތަ ނޫނީ އަގަ ބަންދުކޮށްފަތަ ތިބީ....10ފޫޓު ކީއްކުރަން 20ފޫޓު ދުރުގަ ތިބެ ވޯޓު އަޅަންދާށޭ ބުންޏަސް މަށެއް ވާ ނުދާނަން ތި ވޯޓު އަޅާކަށް...
އެއޮތީ ބަންދު ކޮށްފަ. މުޅި ތަނުގައި ވައިރަސް.
ލާދީނީ ބައިގަނޑު ބިރުގަންނަނީދޯ ތިމާމެނަށް ކުރެވިފައި ހުރިނުބައި ކަމެއްގެ ބޮޑުކަމާއޭ ބިރުވެސް ގަންނާނެތާ ކުރި ނުކަނުބައިކަން ތަކާ ކުރަމުންދާނުބައި ކަން ތައްއެންމެކައިރިންﷲ ބައްލަވައި ވޮޑިގެން ވާކަން ހަމަކަށަވަރު!
ނޯ ހޮސްޕިޓަލް، ނޯ ނަމާދު ބަޓް ސްޓިލް ވޯޓިންގް، އެނގި ނުލައްވަނީތޯ ކިތައް މީހުންގެ ފުރާނަ ނުރައްކަލަށް ވައްޓާލާނެކަން
ރިސޯޓްތައް ވަގުތީގޮތުން ހުއްޓާލާފަ ޓޫރިސްޓުން ނޫނީ ބޭރު ގައުމުތަ ކުން އަންނަ މީހުހުން ރާއްޖެއަށް އެތެރެ ނު ކުރަންވީ، އަދި ނަމާދުތައް ދިގުވެސް ކޮއް ދުއާވެސް ދިގު ކޮއް ކުރަންވީ
ކެމްޕެއިން ޖަލްސާތަށް ފުލުފުލު ގަ ބޭއްވުން އޯކޭ ދޯ..ލާދީނީ ސަރުކާރު ވަރަށް އުފާވާނެ ހުކުރު ނަމާދު ކުރުކޮއް މިސްކިތަށް ނާރަން އަންގަންބޭނުންވެފަތިބޭބަޔެއް
ޢަދި ބައެެއް މީހުން ބޭނުންވާނީ ފިތިބާރުވެގެން ހުންނަށް... ހުވާ މަށަށް ހާދަ އުނދަގޫވޭ
މިސްކިތުން ތިވައިރަސް ނުފެތުރޭނެ މިސްކިތުގައި ތިބެގެން ހެޔޮދުއާކޮށް މިކަމުންސަލާމަތް ކުރައްވާތޯ ދުއާކުރަން ގިނަވަގުތު މިސްކިތުގައި ހޭދަކުރޭ ﷲ އަށް ބިރުވެތިވޭ ވައިރަހުގެ އަސަރު ނުކުރާ ހުރިހާ އެއްމެން މިސްކިތްތަކަށް ޖަމާވެ މިބަލިމަޑުކަމުން މިންޖުކުރައްވާތޯ ދުއާކުރޭ ﷲ އަހަރެމެއްނަށް ރައްކާތެރިކަން މިންވަރުކުރައްވަނީ
އޮފީހަށް ގޮސް އެންމެން އެކުގައި ކިންމެ މަކެއްވެސް އޯކޭތަ؟
މިހާރުއްސުރެ ރަސްމީކޮށް ސަރުކާރުން ހަމަ ޖައްސައިގެން ޖަމާއަތުގައި ދަމުނަމާދުކޮށް ދުއާ ދަންނަވަން ފެނޭ.
ނާރާށޭ ބުނަން ނުކެރޭނެ ވިއްޔާ އެންމެންނަށް ޖެހުނަސް. ތިޔަށް ވުރެން ބަލިފެތުރޭ ހާއްޔެއް ކޮބާ؟
މި އެއްޗެއް ފެތުރެން ހެދީމާ އެންމެ ފުރަތަމަ ވެސް ބުނީ މިސް ކިތައް ނުދާށޭ، ދެން އެ ހެޔޮ ގެސްޓުން ކޮންމެތާ ކުން ކިތަންމެ ވަރަ ކަށް އަޔަސް.އަހަރެމެން އަމިއްލަ ރަށުގަ ނެތް އެއްވެސް ތާ ކަށް ދެވޭ ކަށް، އެމީހުން ހުރިހާތަނަ ކު އުޅެނީ.އެ ކަމަ ކު ވެސް އެމީހުން އައުން ހުއްޓުވާ ކަށް އަދިވެސް ނޫޅޭ. މިވަގުތު މި ކަންތައް ތައް ނުހުއްޓުވާ ކިހިނެއް ކޮންޓްރޯލް ކުރާނީ.
ދެން ނޭނގެ ބުނާނީ ނަމާދު ނު ކުރާށޭ ނޫން ކަމއްވެސް.މިމީހުން މި ކަހަލަ ކަންތައް ކުރާތީއޭ އެއްޗެހި ބުނަން ޖެހެނީ.ބޯޯހަލާ ކު!