ސުލްހައިގެ މޭޒަށް ހުރިހާ ޕާޓީތައް ގެނައުމުގެ ބޭނުމުގައި މިވަގުތު ތަހުޤީޤު ހިނގަމުންދާ މައްސަލައަކާއި ގުޅިގެން ނުވަތަ ހުކުމެއް ކޮށްގެން ޖަލުގައި ހުންނެވި އެއްވެސް ބޭފުޅަކު ދޫކޮށްލާފައި ބާއްވާ ސުލްހައިގެ މަޝްވަރާ ބައްދަލުވުމެއްގައި ޕީޕީއެމް ބައިވެރި ނުވާނެކަމަށް އެޕާޓީން ވިދާޅުވެއްޖެއެވެ.

ދާދި ދެންމެ ޕީޕީއެމްގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިކަން ހާމަކުރައްވާ އެ ޕާޓީގެ ނާއިބު ރައީސް އަދި ފޮނަދޫ ދާއިރާގެ މެންބަރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވީ، ސުލްހައިގެ ވާހަކަތަކަކީ ހަމައެކަނި ސަރުކާރާ އިދިކޮޅު ފަރާތަތަކާ ވާހަކަ ދައްކަން ހުޅުވާލާފައި އޮތް ފުރުޞަތެއް ނޫން ކަމަށެވެ.

ޕީޕީއެމް އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން - ވަގުތު އިމޭޖެސް

"އަޅުގަނޑުމެން ސަރުކާރަށް މި ގޮވާލަނީ، ޖަލުގައި ހުރި އެއްވެސް ކުއްވެރިއަކު، އެއީ ތުހުމަތުގައި ބަންދުކޮށްފައި ހުރި މީހެއް ކަމަށްވިޔަސް، ޝަރީއަތުގެ މަރުހަލާ ނިންމާފައި ޖަލުގައި ހައްޔަރު ކުރެވިފައިހުރި މީހެއް ކަމަށްވިޔަސް، މިކަމާ ގުޅުވައިގެން ދޫކޮށްލާފައި ބާއްވާ މަޝްވަރާ ބައްދަލުވުމަކަށް ޕީޕީއެމް ނުދާނެ." އަދުރޭ ވިދާޅުވިއެވެ.

ޕީޕީއެމް އިން މިކަން ހާމަކޮށްފައިމިވަނީ، ޝަތުރުތަކަކާއި އެކު ސަރުކާރާއެކު މަޝްވަރާ ކުރަން ތައްޔާރު ކަމަށް ގުޅިފައިވާ ސިޔާސީ އިދިކޮޅު ޕާޓީތަކުން ބުނެފިއިވަނިކޮށްކަން ފާހަގަ ކޮށްލެވެއެވެ.

އިދިކޮޅު ފަރާތްތަކުން މަޝްވަރާގެ މޭޒަށް އަންނަން ތައްޔާރުކަމަށް ބުނެފައިވަނީ، މަޝްވަރާ ކުރުމުގެ ކުރިން 1 ފެބްރުއަރީގައި ސުޕްރީމް ކޯޓުން ކުރި އަމުރު ތަންފީޒުކުރުމަށާއި، ފަނޑިޔާރުންނާއި ހައްޔަރުކޮށްފައިވާ އެހެން ފަރާތްތަށް ދޫކޮށްލުމާއި އެކު، މިހާރު ރާއްޖޭގައި އިއްވާފައިވާ ކުއްލި ނުރައްކަލުގެ ހާލަތު އުވާލުމާއެކު، މަޝްވަރާތަކުގައި ޔޫއެން އިން މީޑިއޭޓާއެއްގެ ރޯލު އަދާކުރާ ގޮތަށް ޝަރުތު ކުރުމަށްފަހު އެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. ޑިމޮކްރަޓިސްޓް

    ބަލަ ކުއްވެރިވެގެން ހުކުމް އިއްވާފަ ތިބި ވަކިބަޔަކު ދުލެއްނުކުރެވޭނެ### އެކަން އޮތީ އެހެންކަމަށްވަންޏާ، ޖަލުގަތިބި ހުރިހާކުއްވެރިންޖެހޭނީ މިނިވަންކުރަން### ކޮންކަހަލަ ސިކުނޑިއެއްތަ މިބައިގަނޑުގެ މިހުންނަނީ### ނުކުރެވޭނެ މިނިވަނެއް### ލާހިކެއްނޫންކުރާކަށް### ސަރުކާރާ އިދިކޮޅަށް ނުކުންނާނަން### ނިކަން ކޮށްބަލަ###

  2. ބޭނުމެއްނޫން

    ރަގަޅު އަހަރެމެން ތިމަޝްވަރާއަށް އެއްވެސް ކުއްވެރިއެއް ދޫކޮށް މައާފުދީގެން ކުރާމަޝްވަރާއެއް ބޭނުމެއްނޫން

  3. Anonymous

    ސަޅި

  4. ރައްޔިތުން

    .ޖައްބާރު ކަމާ ބޮޑާކަމާ ކިބުރުވެރިކަމާއެކު ޕާޓީތަކުގެ މީހުން ވައްތަރު ޖައްސާ ތަންބަލާކަށްނަުން ރައްޔިތުންބޭނުންވަނީ އެއްވެސް ޕާޓީއެއްގަ ނެތްމީހުން މި ހުރިހާ ކަމަކާ އެބަވިސްނައެވެ.

  5. ބޮލިހިލާ

    މަޝްވަރާ ނުފަށަނީސް އިދިކޮޅާއި ޕީޕީއެމުން ޖެހިއްޖެ އެއް ނޫން އިިދިކޮޅު އެމްޑީޕީން އެމެން ސުޕާރީ އާއި ކަޓް ބޮޑު ދެ ހުކުމޭ މެންނަށް ދީގެން އެމެން ހީކުރީ ބަތާހަރާމީ އުސޫލުން ކެނެރީގެ ނަޝީދަށް ރާއްޖޭގެ ރިޔާސީ އިންތިޚާބުގައި އޭނާ އަށް 2008 އަދި 2013 ގައި ވާދަ ކުރެވުނު ގޮތަށް ކުރެވޭނެ ކަމަށްތޭ ނުވާނެ އެކަމެއް އެކަން ޖެހޭނީ ހަނދާން ނައްތާލަން އެމްޑީޕީން. ރަންރީނދޫ ޓްވިޓަރޭ މެން ކެނެރީގެ ނަޝީދަށް ރިޔާސީ ކެންޑިޑޭޓް ކަން ހޯދާ ދޭން ނޫޅެ ތަމެން ދަގަ އޭނާ ގޮވައިގެން އެކަލޭގެ ކުރު ސޯޓް ބުރި އެއް ލައްވައިގެން ލައްގަޅޭ މައިން ލައްގަޅޭ މަށަށް ލައްގަޅޭ ރާއްޖޭގެ ވެރިކަން ކިޔަމުން ބޮލިހިލަން ހުޅުދޫ ދިގު ފަރަށް. ދަގަ ބޮލި ހިލަން މާތާހިރު ވާނެ އެއް ނޫންތޭ. ދަގަ ދަގަ ބޮލި ހިލަން. ބޮލިހިލާ ދޯ. ހެއިލޯ ޓްވިޓަރޭ ބޮލިހިލާ ދޯ. ހާއްހަހަހާހާހާ ހޮހޮހޮހޮހޮ..

  6. މަގޭ ހިޔާލު

    މަޖިލިސް މެމްބަރުންގެ ތައުލީމީ ޝަރުތުގައި އެންމެ ދަށްވެގެން ވެސް ޑިގްރީ ފެންވަރު ހުރުން ލާޒިމް ކުރާކަށް ނުވޭބާ.. މިހާރު ވިއްޔާ ލިޔަން ކިޔަން އެނގުނީމަ އެވީ ބޮޑު މުސާރަ ދީފާ މަތީ މަގާމުގަ ތިބެވޭ.. އަސްލު މަޖިލިސް މެމްބަރުން ރައަޔިތުންނަށް މިސާލު ދައްކަން ޖެހޭ ގޮތަކަށް ނޫން މިފެންނަނީ.. މިކަމަށް ހައްލެއް ލިބޭނެ ކަމަށް ފެންނަނީ ކިޔަވައިގެން ތިބި އެހެން މީހުންގެ އިހުތިރާމު ލިބިގަނަން ދަންނަ މީހުން މިފަދަ މަޤާމުތަކަށް އައްޔަނު ކުރީމަ ކަމަށް މަށައް ފެންނަނީ.. މަގޭ ހިޔާލު ????‍♀️

  7. މަހަށްދޭބަލަ

    މަޝްވަރާ ނުފަށަނީސް އިދިކޮޅާއި ޕީޕީއެމް ޖެހުނީއެއް ނޫނޭ މަޝްވަރާ ފަށަން އެމެން އެކިޔަނީ ފެބް އެކެއް ގައި ގައުމަށް ގައްދާރުވި ދެ ހުކުމޭ މެން 30 މިލިއަން ޑޮލަރު ކައްވާލައިގެން އެމެން ކުރި ދަ ނަހަލާލު އަމުރުގެ މައްޗަށް ރާއްޖެ ޑްރައިވް ކުރަންއޭ އެކަން އެގޮތަށް ނުވާނެ ކަން ކެނެރީގެ ނަޝީދަށް ވަރަށް ރީއްޗަށް ސާފު ކޮށް ދޭނަމޭ މަމެން ކެނެރީގެ ނަޝީދު ހީނުކުރާތި ތަމެން ނަށް އެކަނި ކަން ގޮތް ދޫނުކުރެވޭނީ ނުވާނެ މަމެންނާއި ޖެހި ތަމެން އެކައްޗަކަށް ވެސް. މަމެން ދުލެއް ނުދޭނަމޭ އިންޑިއާ ވެސް ޖެހޭނީ މަމެން ޕިންކީން ކުރިމަތީގައި ކުޑަ ކަކޫ ޖަހަން އަދި ލަންކާ ވެސް ޖެހޭނީ މަހަށް ދާން އިނގިރޭސިންނާއި އެމެރިކާ ދާން ޖެހޭނީ ގޮނޑު ހޮވަން ދާން. މަމެން މީ ހައިލެވެލް މަމެންނާއި އެކު ޗައިނާ ތިބި މަމެންނަށް އެއް ގޮތެއް ވެސް ނެހެދޭނެއޭ. އިންޑިއާ އެމްބަސޭ ދެން މަހަށް ދޭބަލަ. މަަހަށް މަހަށް މަހަށް ދޭބަލަ..

  8. ދިވެހިން

    ޖަލަށް ޙުކުމް ކޮށްފައިވާ އެއްވެސް ގައިދީއަކު
    ދޫނުކުރުމަށް ސަރުކާރަށް ގޮވާލަމެވެ މަޝްވަރާ
    ގައި ބައިވެތިވާން އެއްވެސް ސަރުތެއް ނޮއޮންނާނެއެވެ

  9. ރައްޔިތުން

    ސިޔާސީލީޑަރުން ދޫކުރަންޖެހޭނީޖަލުގައިތިބިއެހެންމީހުނާއެއްކޮށް