މާދަމާ މާލޭގައި ބާއްވަނީ ބޮޑު މުޒާހަރާއަށް ތައްޔާރުވުމަށް ބާއްވާ "ވޯމްއަޕް" ކުރުމުގެ މުޒާހަރާއެއް ކަމަށާއި މާދަމާގެ މުޒާހަރާގައި ވީހައި ގިނަ ބައަކު ބައިވެރިވާން ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަޙްމަދު މަޚްލޫފް ގޮވާލައިފިއެވެ.

މ. ކުނޫޒުގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން މަޚްލޫފް ވިދާޅުވީ، މިހަރަކާތްތައް ގާނޫނީ އިމުގެތެރެއިން ކުރިއަށް ގެންދެވޭނަމަ ފުލުހުންގެ ފަރާތުން ހުރަސް ނާޅާނެކަމުގެ ޔަޤީންކަން ފުލުހުންގެ ފަރާތުން ލިބިފައިވާ ކަމަށާއި އެގޮތަށް ފުލުހުން އަމަލުކުރާނެ ކަމަށް ހީކުރައްވާ ކަމަށެވެ.

މަޚްލޫފް ވިދާޅުވީ މާދަމާ ބޮޑު މުޒާހަރާއެއް ބާއްވަން އިދިކޮޅު ފަރާތްތަކުން ކުރިން ނިންމި ކަމަށާއި ނަމަވެސް ބައެއް ކަންކަން ހަމަ ނުޖެއްސިގެން ފަހުގެ ތާރީހަކަށް އެ މުޒާހަރާ ވަނީ ބަދަލުކޮއްފައި ކަމަށެވެ.

"ބޮޑު މުޒާހަރާ ބާއްވަން ހަމަޖެހުމުން އެކަން ފުލުހުންނާއި ހިއްސާކުރާނަން ފުލުހުން އިންޓެލިޖެންސް ރިޕޯޓަކުން މައުލޫމާތު ހޯދަން ނުޖެހޭނެ" މަހުލޫފް ވިދާޅުވިއެވެ.

މަހްލޫފް ވިދާޅުވީ މާދަމާ ހަވީރު ފުލުހަށް ހާޒިރުވާން މިއަދު ޗިޓެއް ދީފައި އޮތުމުން އޭނާއަށް އެ އެއްވުމުގައި ބައިވެރިވެވަޑައި ނުގެންނެވޭނެ ކަމަށެވެ. އަދި އިދިކޮޅު ފަރާތްތަކުން މާދަމާ ރޭ މ. ކުނޫޒުގައި ޖަލްސާއެއް ބާއްވާނެ ކަމަށާއި އަދި 24 ވަނަ ދުުވަހު ވެސް ހަރަކާތްތަކެއް ހިންގާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"ކުނޫޒުގައި ބައްދަލުވުން ބާއްވަން ނިންމީ ބައްދަލުވުން ބާއްވާނެ ބޮޑުތަނެއް ނުލިބިގެން އެހެންކަމުން ކިތަންމެ ހަނިތަންކޮޅެއްގައި ވެސް ބައްދަލުވުން ބާއްވަން ނިންމީ" މަހުލޫފް ވިދާޅުވިއެވެ.

މަޚްލޫފް ވިދާޅުވީ އިދިކޮޅު ލީޑަރުން ބައްދަލުވުމުގައި ބައިވެރިވެވަޑައިގަންނަވާނެ ކަމަށާއި އަދި ރައްޔިތުންނަށް މުހިންމު މެސެޖުތަކެއް ބައްދަލުވުމުގެ ތެރެއިން ފޯރުކޮށްދޭނެ ކަމަށެވެ.

"24 ވަނަ ދުވަހު ބާއްވަން ތާވަލްކުރި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ކުރިއަށް ގެންދެވޭނެ އެކަމަށް މެންބަރުންނަށް ހިތްވަރުދިނުމަށްޓަކައި ވީހައި ގިނަ ރައްޔިތުން 24 ވަނަ ދުވަހު ހެނދުނު 9:00 އަށް ސޯސަންމަގުގައި ހުންނަ އެމްޑީޕީގެ އޮފީސްކުރިމައްޗަށް ހާޒިރުވުމަށް އެދެން" މަހުލޫފް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. ހުސެން

    މ\ަވެސް ދާނަން

  2. އަހުމަދު

    އަހަރެމެން ނުދާނަން ކާކު އަހަރެމެން ނަން ލިބޭ ގެއްލުމުގެ ޒިންމާވާނީ މަހުލޫފް ޒިންމާވާނެތަ. ދާނެ މީހަކު ނުވެގެން ގަޅޮޅު ގޭގެ އަށް ގޮސް އާދޭސް ކުރަނީ މުޒާހަރާއަށް ދާން މިއަދު ވެސް އަހަރެމެން ގެޔަށް އައިސް މަހުލޫފް އާދޭސް ކުރި. ނުދާނަން ، ނުދާނަން ، ނުދާނަން ލާރިވެސް ދޭން އުޅުނު.

  3. ޑިމޮކްރަޓިސްޓް

    ކަލޭ ޑްރާމާ ކުޅެން އޮތްތަނެއްނޫންމީ### ނިކަން ވާމްއަޕް ކޮށްދޭނަމޭ### ސައިތާނު ބޮޑުމުސީބާތެއްމީ މިގައުމަށް ޖެހިފައޮތް###

    • އައިމަން

      މާ ތާހިރުވާނެ މަސައްކަތްކޮށްގެން ހަލާލުފައިސާ ހޯދާފައި އަނބިދަރިންނަށް ކާންދޭން މަސައްކަތްކުރިޔަސް...

  4. Anonymous

    ވާރމްއަޕް މުޒާހަރާގައި މަހުލޫފުގެ ދުވަސް ނިންމާލާތި . އޭރުން މުޒާހަރާއަކައް ވާނީ. މާ ގައްޑާވެގަނެގެން ހިތުން އުޅޭ ދުއްޕާނެއް

  5. Anonymous

    ކޮން މުޒާހަރާއެއް ކުރެވޭނީ. ފޮޓޯއިންވެސް ހީވަނީ ދެފިޔަ ފައިބާފައިން ބަލި ކުކުޅެއްހެން

  6. ކޮރުފާ ދަރި

    ކަލޯ ތަނެއްގަ ހުޅުޖަހައިފިއްޔާ ހަނދާންކުރާތި. ކަލޭގެވެސް ގެ ހުންނާނެ. ތަނެއް ހަލަބޮލި ކޮށްފިއްޔާ ހަނދާންކުރާތި. ކަލޭގެވެސް އާއިލާއެއް އޮންނާނެ. މީ ކަލޭމެންގެ އެކަނި ގައުމެއްނޫން.

  7. ސެލް

    މިހާރު މީނަޔާހެދި ނޮހޮރުއްޕާނަކައް ވެއްޖެ

  8. ގުނބޯލިތައް

    ކަލޭ މަހަށްދޭ މަހޭ.

  9. ޙަމީދު

    މަހުލޫފު މަހަށްދޭބަލަ. ޥެރިކަމާހެދި ބޫތުކަނީ

  10. Anonymous

    މަހުލޫފު މަހަށްދޭބަލަ. ޥެރިކަމާހެދި ބޫތުކަނީ