ރާއްޖޭގެ ކަނޑުގެ ސަރަހައްދުން މީގެ ކުރިން ބާނާފައިވާ ކަމަށް ރެކޯޑް ކުރެވިފައި ނުވާވަރުގެ ބޮޑު ކަންނެއްޔެއް ބާނައިފިއެވެ.

މިކަންނެލި ބޭނީ ލޭނު މަސްވެރިކަން ކުރާ ޓައިވާނުގެ ބޯޓަކުންނެވެ. މިކަންނެލި ބާނާފައި ވަނީ ރާއްޖޭގެ ހުޅަނގު ދެކުނުން 260 މޭލު ބޭރުން ކަމަށް މައުލޫމާތު ލިބެއެވެ. މިކަންނެލީގެ ބަރުދަނުގައި 231 ކިލޯ ހުރި ކަމަށް ވެއެވެ.

ރާއްޖޭގެ މަސްވެރިން އާންމު ގޮތެއްގައި ބާނައި އުޅެނީ 80 ކިލޯ އަށް ވުރެ ކުދި ކަންނެއްޔެވެ. މަސްވެރިކަމާއި ބެހޭ ތަޖުރިބާކާރުން ބުނާ ގޮތުން ކަންނެއްޔެއްގެ އެވްރެޖް ބަރުދަނަކީ 140 ކިލޯ އެވެ. ނަމަވެސް ބައެއް ހާލަތްތަކުގައި 450 ކިލޯ އަށް ވެސް ކަންނެލި ބޮޑުވެއެވެ.

މިކަންނެލި ކިރުވާފައި ވަނީ ރާއްޖެ އިން ބޭރަށް މަސް ބޭރުކުރާ "އޯޝަން ހަންޓާ" އަށެވެ. އޭ ކޮލެޓީގައި މިކަންނެލި މިހާރު ވަނީ ޖަޕާނަށް އެކްސްޕޯޓް ކޮށްފައެވެ.

މިކަންނެއްޔަކީ ރާއްޖޭގެ ރެކޯޑެއް ކަމެއް ނުވަތަ ނޫން ކަމެއް މުޅިން ކަށަވަރެއް ނުވެއެވެ. ނަމަވެސް ގިނަ މަސްވެރިންނާއި މަސްވެރިކަމުގެ ދާއިރާގެ ބޭފުޅުން ވިދާޅުވާ ގޮތުގައި މީގެ ކުރިން މިހައި ބޮޑު ކަންނެއްޔެއް ރާއްޖެ އިން ބޭނި ކަމުގެ އެއްވެސް މައުލޫމާތެއް ލިބިފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ސޯލް

    ކަންނެލީގެ އިސްކޮޅު ގަ ހުރި ވަރެއްވެސް ލިޔުމުގަ ފާހަގަ ކޮއްލެވުނުނަމަ އިތުރައް ފުރިހަމަވިސް.....

  2. ކަންނެލި ބޭބެ

    އާޅަ...ތިޔައީ ބްލޫފިން ޓޫނާ އެއް ތޯއްޗެ..?

  3. މުސްތާގު

    އަޖައިބްވޭ، ރާއްޖެއިންތޯ ޓައިވާނުންތޯ

  4. މި

    އަލްހަމްދުލިއްލާހި. މާޝާﷲ

  5. އަހުމަދު

    އެއީ ބްލޫފިން ކަންނެއްޔަކާ ވައްތަރީ.އެހާބޮޑު ޔެލޯފިން ކަންނެލި ނުހުރޭ.. ވަެަސް އަގުބޮޑު އެއްޗެއް.