ނޮވެލްކޮރޯނާ ވައިރަސް ނުވަތަ ކޮވިޑް-19 ރާއްޖެ އިން ފެނުމާ ގުޅިގެން ކަމާބެހޭ ފަރާތްތަކުން ދެމުންދާ އިރުޝާދުތަކާއި އެއްގޮތަށް އަމަލުތައް ބެހެއްޓުމަށް ޕްރޮފެސަރު ހަސަން އުގައިލް މިއަދު ގޮވާލައްވައިފިއެވެ.
އުގެއިލް ފޭސްބުކުގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މި ވައިރަހުން ރައްކާތެރިކަން ހޯދުމުގައި އެންމެ ކުރި އަރައި، ގިނަ ބައެއްގެ ސަމާލުކަން ހޯދާފައި ވަނީ ސިންގަޕޫރުން ކަމަށާއި ސިންގަޕޫރަށް މިފަދަ ބޮޑު ކަމެއް ހާސިލްވެފައި ވަނީ އާންމުން ކަމާބެހޭ އިދާރާތަކުން ދިން ހުރިހާ އިރުޝާދުތަކެއް ގަބޫލު ކުރުމުން ކަމަށެވެ.
އެހެން ކަމުން ރާއްޖެއިން ވެސް މިވަގުތު އަޅަންވީ އެންމެ މުހިންމު އެއް ފިޔަވަޅަކީ ކަމާބެހޭ އިދާރާތަކުގެ އިރުޝާދުތައް ގަބޫލް ކުރުން ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.
ރާއްޖެ އިން މިހާތަނަށް 13 މީހަކު ކޮވިޑް-19 އަށް ފައްސި (ޕޮޒިޓިވް) ވެފައި ވެއެވެ. އޭގެ ތެރޭގައި ހިމެނެނީ މުޅިން ވެސް ބިދޭސީންނެވެ.
ރާއްޖެ އިން ކޮވިޑް-19 އަށް ފައްސިވި ގިނަ މީހުންނަކީ އިޓަލީވިލާތުގެ ރައްޔިތުންނެވެ. ރާއްޖެ އަށް އިޓަލީވިލާތުން ފަތުރުވެރިން އައުން މަނާ ކުރީ އިޓަލީވިލާތް މެދުވެރިވެގެން ވަރަށް ގިނަ ގައުމުތަކަށް ކޮވިޑް-19 ފެތުރުނު ފަހުންނެވެ.
ކޮވިޑް-19 އާއި ގުޅިގެން ސަރުކާރުން މިހާރު ވެސް ވަނީ ގިނަ ފިޔަވަޅުތަކެއް އަޅައިފައެވެ. އެގޮތުން ބައެއް ގައުމުތަކުން ރާއްޖެ އަށް މީހުން އައުން މަނާ ކުރުން ހިމެނެއެވެ. އަދި ރިސޯޓްތަކުގެ މުވައްޒަފުން 14 ދުވަސް ވަންދެން ރިސޯޓުން ނުފޭބުމަށް ވަނީ އަންގާފައެވެ.
މީގެ އިތުރުން މާލެ އާއި ހުޅުމާލެ އަދި ވިލިމާލޭގެ އެއްވެސް ތަނަކަށް އެއްވެސް ފަތުރުވެރިޔަކު ގެނައުން ވަނީ މަނާ ކޮށްފައެވެ.
މީ ކޮން އުޤެއިލް އެއްތޯ.. ނޫސްތަކުގެ ފަލަސުރުޚީއަށް އަރުވާން ނުޖެހެއެވެ. މިކަހަލަ ދެއުޅިއެއް ނުވާ މީހުން.......
އަހަރެމެން ކާރީ މީހަކު ނުބުންޏަސް މިތިބީ ހޭލުންތެރިވެ ރައްކާތެރިވެގެން!ކޮންމެހެން ޕްރޮފެސަރަކަށް ނުވއަސް އަހަރެމެންގެ ހޭލުންތެރިކަން ކުޑައެއްނޫން!ހޭލުންތެރިވެ ރައްކާތެރިކަމުގެ ފިޔަވަޅު އަޅަންވީ ސަރުކާރުން!ސަރުކާރު ހޭލުންތެރިވާން ގޮވާލަންފެނޭ!
ބޯގޯސް ހިސާބުހަދަން ދަންނަ މީހަ ކު މިރާއްޖޭގަ އެބައުޅެޔޯ އެއީ ތެދެއްތޯ.
ތިދައްކަނީ ސިންގަޕޫރު ސަރުކާރުގެވާހަކަ!އުގައިލުއަށް ތިއުޅެނީ އޮޅިގެން!މިރާއްޖޭގަ މިއޮތީ ސިންގަޕޯރ ސަރުކާރު ކަހަލަ ސިވިލައިޒްޑް ޕްރޮފެޝަނަލް ސަރުކާރެއްނޫން!އެއަށްވުރެ ނިކަމެތި އަމިއްލައެދުންބޮޑު ސުންޕާ ސަރުކާރެއް!ރައްޔަތުން ރޮއިހޭރިގަތީމަނޫނީ ކަހާތަންހިރުވާނުލާނެ!އެހެންވީމަ މިސަރުކާރު ދިފާއުކުރާމޭރުމަކުން މިސަރުކާރާ ސިންގަޕޯ ސަރުކާރާ އެއްފަދަނުކުރޭ!
ތިހެންބުނާއިރު ހީވަނީ ދިވެހި ރައްޔަތުން ކަމާބެހޭ ފަރާތްތަކުގެ އިރުޝާދަށް ބޯނުލަނބާ ޓުއަރިސްޓުންނާއެކު މަޖާނަގަނީހެން!ބަލަ ހުދު ދިވެހި ރައްޔިތުން މިޖެހެނީ ކަމާބެހޭ ފަރާތްތަކަށް ދަންނައާ އާދޭސްކުރަން ޓުއަރިސްޓުން ނުގެންނާށޭ ޑޮލަރަށްވުރެ މުހިއްމީ ފުރާނައޭ!ކަމާބެހޭ ފަރާތްތަކުން އެތިބެނީ ސިއްރުކޮށްގެން ތައްޔާރޭ ތައްޔާރޭ ހާސްނުވާށޭ ކިޔާލަކިޔާލާ ރައީސް ޔާމީން މިދަނޑިވަޅުގަވެސް ދަމާ ކޯޓަށްހާޒިރުކޮށް ރިވެންޖު ނެގުމުގަ އަވަދިނެތި ނުވިތާކަށް ފުލުހުންނާވެސް ޖައްސާލައިގެން އުގެއިލަކަށް ނުފެނޭތަ
އަދިވެސް ރައްޔިތުންދޯ ބޯނުލަނބައިގެން މިއުޅެނީ!ތިބޭފުޅާ ތާއިދުކުރާ ނުކުޅެދޭ ސަރުކާރުގެ އިހުމާލެއްނުފެނޭތަ!އެމީހުންގެ ނާގާބިލުކަމެއް ނުފެނޭތަ؟ ކެރެންޏާ ސަރުކާރަށް ގޮވާލަބަލަ ސިންގަޕޫރު ސަރުކާރުގޮތަށް ހޭލުންތެރިވެ ތަހުޒީބުވެބަލާށޭ! ގައުމަކަށް ލޯތްބެއްނެތް ނާތަހުޒީބު ނުކުޅެދޭ ސަރުކާރަކަށް ކިހިނެތްތޯ ޓަސްލާފަ އިޙްލާސްތެރިކަމެއްކުރެވޭނީ! އިންޑިއާއަށް ވިކިހުސްވެފަ އެއޮތީ!
ޝުކުރިއްޔާ އުޤެއިލް. މިޤައުމުގެ ވެރިކަމުގައި ސިންގަޕޫރު ކަހަލަ ފަންނީ ވެރިއަކު ހުރިނަމަ އިޓަލީއާ ތަންތަނުގައި ގަދައަށް ބަލިފެތުރެ ނިކޮން ފަތުރުވެރިން ނުގެނައީސް. ފިޔަވަޅު އެޅުން މިހާރުވެސް ލަސްވެއްޖެ. ބަލި ފެތުރެން ފަށައި ފިއްޔާ އުޤޭލް ހެދި ހިސާބު އެތައް ގުނައަކަށް އިތުރުމަކީ ވެސް ގާތްކަމެއް. ސޯލިޙޫ ބުނާ މީހަކަށް ނުބަލާ ބުނާ އެއްޗަކަށް ބަލާ. ނޫނީ އިސްތިއުފާދީ. ރައްޔިތުން ގެ ރައްކާތެރި ކަން ކަށަވަރެއް ނޫން މިޙާލަތުގައި
ދެއިރު ދެދަޅައަށް ރައީސް ޔާމީން ކޯޓަށް ދަމާ އިންޑިއާ ސިފައިން އެކިނަންނަމުގަ ރާއްޖެ ގެނެސްބައިތިއްބާފަ ފުލުހުންނަށް ނޮހޮރޮއްޕާންކޮށް ދީނަށްހަޖޫޖެހުން ކަމަކީ!ސިންގަޕޫރު ސަރކާރުންއުޅެނީ އެހެންތަ!އެހެންވީމާ ކަމާބެހޭވެރިން ގުދަށް ތިއްބާ ރައްޔަތުން ސީދަލަށް ސަފުއެތުރިއަސް ކުރާނެކަމެއްއެބައޮތްތަ؟
ސަމަންދަރޫ އުޤޭލަކީ މިޤައުމުގެ ފަޚްރެއް. މީޒާތީވާންވީ ދަނޑިވަޅެއް ނޫން ރަންކޮޅާ. މިބަލީގެ ނުރައްކާ ތެރިކަން ތާކު ހިމޭނުން އިނދެގެން ސިކުނޑިން ރަނގަޅަށް ވިސްނާ ބަލަ. އުޤެއިލް ހެދި ހިސާބު އެތައް ގުނައެއް މަތިވުން ވެސް މިތާ ކަންތައްތައް ހުރި ގޮތުން ފުރުސަތު އެބައޮތޭ. ﷲ އެފަދަ ގޮތެއް މެދުވެރި ނުކުރައްވާ އަޅަމެންގެ ރާއްޖޭއިން އަދި މުޅި ދުނިޔެއިން ވެސް ބަލި މަޑުކަން ފިއްލެން ދުޢާއަކީ
އާމިނަގެއާދޭސް އެހެންވިއްޔާ އަނގަ ލޮކުޑައުން ކުރުން ބުއްދިވެރި.
ބޭފުޅާ މިއޮތީވާ ސަރުކާރެއް ރައްޔިތުން އަތުގުޅާގެން ހޮވާފަ! މިއީ ހާދަ ގާބލް ހާދަ ކަންކަންކުރެވޭ ހާދަ ރައްޔިތުނަށް ހެޔޮއެދޭ ހާދަ އިންސާފުވެރި ހާދަ ނަޒާހަތްތެރި ސަރުކާރެކޭ!އިޓަލީވިލާތުން އެކަކު ކޮވިޑަށް ޕޮޒިޓިވް ވެލާއިރަށް އިޓަލީ ޓުއަރިސްޓުން ބޭންކޮއްލީ!ކޮވިޑް ފެނުނު އެއްވެސް ގައުމަކުން ރާއްޖެ ނާދެވޭގޮތައް އެންމެ ފުރަތަމައިނުން ހަދައިފި!ކިހާ ހޭލުންތެރިތޯ!ސިންގަޕޯ ސަރުކާރަށްވުރެވެސް މާކުރީގަނޫންތޯ މިއުޅެނީ!އިންޑިއާ ކީއްކުރަން އެއްވެސް ގައުމެއްގެ މިލިޓަރީބަޔަކުވެސް މިގައުމަކުނެތް މިހާރަކު!
ކީކޭބުނާނީ!މިސަރުކާރެއް ނޫންތަ ތިބުނާ އިރުޝާދުތަކަށްބޯލަބަންވީ!
އޭ މރ.މަމޮޅު! ކަލޭ ވެއްޖެނު މިރާއްޖޭގެ ކަންކަމާ ބަސްނުބުނެ ހުންނަން. ވިލާތުގަ އަރާމުގަ ދިރިއުޅެމުން އަހަރެމެން ނިކަމެތިންގެ ދިރިއުޅުމަށް ބަސްނުބުނެ ހުރުން ވަރަށްބޮޑަށް އެދެން. ވަކި ރޮނގަކުން ބުރިފެސަރަކަށް ވުމަކީ ތިމާއަށް ދުނިޔޭގަ ލެއްވި ހުރިހާކަމަކަށް ބަސްބުނެވޭ ވަރަށް ކަންކަން އެނގުމެއްނޫން. މިއަދު ދިވެހިން ތިބީ ތަންދޮރުފިލާފަ.
މިީނަ މާ އަނގަ ފުޅާވެގެން މިއުޅެނީ ކިހިނެއް ވެގެން. ސީދާ ރޯނު އެނދުރެއް!
އުގައިލް ތިއީ ލަންކާ މީހެއްތަ؟ ކޮންމެހެން އުގައިލަކު ގޮވެލިފައްޗެއް ގޮވާކަށްނުޖެހޭ އަހަރުމެނަށް މައުލޫމާތު ރާއްޖޭގެ ސިއްހީ ފަރާތްތަކުން ފޯރުކޮށްދޭ