19:48

ކުދިން ހޯދުމަށް ޑައިވިން ރޮބަޓް ބޭނުން ކުރުން - ފޮޓޯ: އެމްއެންޑީއެފް

19:47

ކުދިން ހޯދުމަށް ޑައިވިން ރޮބަޓް ބޭނުން ކުރުން - ފޮޓޯ: އެމްއެންޑީއެފް

19:45

ކުދިން ހޯދުމަށް ޑައިވިން ރޮބަޓް ބޭނުން ކުރުން - ފޮޓޯ: އެމްއެންޑީއެފް

19:44

ކުދިން ހޯދުމަށް ޑައިވިން ރޮބަޓް ބޭނުން ކުރުން - ފޮޓޯ: އެމްއެންޑީއެފް

19:02

19:01

10:01

ގެއްލިފައިވާ ދެކުދިން ހޯދުމުގެ މަސައްކަތް މިއަދު ވެސް ފުލުހުން ކުރަމުން އަންނަ ކަމަށް ފުލުހުން ވިދާޅުވެއްޖެ.

އައްޑޫ ސިޓީ ހިތަދޫ ފުއްޓަރު ފަރާތައް މޫދަށް އެރި އުޅެނިކޮށް ގެއްލިފައިވާ އަލީ ފަހުމީ އާއި މަޔާމިން އަލީ ހޯދުމަށް ކުރަމުން ގެންދާ މަސައްކަތް އިތުރަށް ފުޅާކޮށްފިއެވެ.

ދެކުދިން ހޯދުމުގެ އޮޕަރޭޝަންގައި ބައިވެރިވުމަށް ސިފައިންގެ އިތުރު ޑައިވަރުން މިރޭ އައްޑުއަށް ދިއުމަށް ވަނީ ހަމަޖެހިފައެވެ. އޭގެ އިތުރުން ކަނޑު އަޑި ބެލުމަށް ހާއްސަ ރޮބޮޓެއް ވެސް ދެކުދިން ހޯދުމުގެ އޮޕަރޭޝަންގައި ބައިވެރި ކުރަން ވަނީ ނިންމާފައެވެ.

އެމްއެންޑީއެފްގެ ތަރުޖަމާން ކެޕްޓަން އިބްރާހިމް އާޒިމް މިއަދު ވިދާޅުވީ އެމްއެންޑީއެފްގެ ހުރި ހުރިހާ ވަސީލަތެއް ކުދިން ހޯދުމުގެ އޮޕަރޭޝަންގައި ބޭނުން ކުރާނަން ކަމަށާއި ކުދިން ހޯދުމުގެ އޮޕަރޭޝަން ހުއްޓުމެއް ނެތި ކުރިއަށް ގެންދާނެ ކަމަށެވެ.

ސިފައިންގެ އިތުރުން ފުލުހުންނާއި އާންމުން ވެސް ގެންދަނީ ދެކުދިން ހޯދުމުގެ އޮޕަރޭޝަންގައި ބައިވެރި ވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ފެންނަނީ

    ގެއްލުނު ދެ ކުދިން ހޯދަން ޑައިވިން ރޮބަޓެއް ބޭނުން ކުރަނީ ނަމަ ތީގެއިން އެދޭހަ ކޮށްދެނީ ތިޔާ ދެކުދިން ތިބޭނީ ކަނޑުއަޑީގައި މަރުވެފައި ކަމަށް ނޫންތޭ. އަދި ވެސް ރާއްޖެތެރޭ މީހުން ސިސްޓަމެޓިކް ކޮށް ލިވިންގް ސްޓޭންޑަރޑް އެރޭންޖް ކޮށްގެން ދުނިޔޭގެ އުސޫލު ތަކަށް ތަބާވެގެން އުޅެން ދަސްކުރުން އެއީ ކުރަން ޖެހޭނެ ކަމެއް ކަން މަމެންނަށް މި އިންސިޑެންޓް ދިރާސާ ކުރާ އިރު ޕްރިއިންސިޑެންޓް ސީން ތަކުން ފެންނަނީއޭ މަމެން ބުނަން ނެތީމު ދޯ.

  2. ާައަހުމަދު

    ކަލޭ ތީބޮޑު ގަމާރެއް

  3. ޢައިޝާ

    ޜާއްޖެތެރެ އޭ ކިޔާއިރު ހީވަނި މިމީހުން މީ ރާއްޖޭންބޭރުގަ ތިބި މީހުންހެނަ.ރާއްޖޭގެ ކޮންމެ ރަށެއްގެ މީހުންނަކީވެސް ރާއްޖެ ތެރޭގަ އުޅޭމިހުންނޭ. ޚ.މާލެ ވީމަހީވަނީ މަތިންފޮނުއްވާފަ ތިބިބަޔެއްހެން..ވ ވެދުން

  4. ޭއިއްބޭ

    ބޭކާރު ކޮމަންޓުނުކޮށް... ކުދިން ފެނުމަށް ދުއާ ކޮށްބަ....،