ކޮވިޑް-19 ގެ ނުރައްކާތެރިކަމުން ސަރުކާރުގެ ގިނަ ތަންތަނެއް ބަންދު ކުރަމުންދާ އިރު މި ވަގުތަކީ ރައްޔިތުންގެ މަޖިލިސް މެމްބަރުން ފިލަންވީ ވަގުތު ނޫން ކަމަށާއި މިއީ ރައްޔިތުންނަށް ބޭނުން އެންމެ ބޮޑަށް ޖެހިފައިވާ ވަގުތު ކަމުގައި ރައްޔިތުންގެ މަޖިލީހުގެ މަކުނުދޫ ދާއިރާގެ އެމްޑީޕީގެ މެންބަރު މުހައްމަދު ރާއީ މިއަދު ވިދާޅުވެއްޖެއެވެ.

ކޮވިޑް-19 އާ ގުޅިގެން ރައްޔިތުންގެ މަޖިލިހުގެ ޖަލްސާތައް މުއްދަތެއް ނެތް ގޮތަށް މެދުކަނޑާލަން ނިންމާފައިވާތީ އެކަމާ ބެހޭ ގޮތުން މަޖިލިހުގައި ކުރިއަށް ދިޔަ ބަހުސްގައި ރާއީ ވިދާޅުވީ މިވަގުތު ދިވެހިން ގޮސް ގޭތެރެއަށް ވަދެ ފިލީމަ، އެއީ އެންމެ ރަނގަޅު ކަމެއްގެ ގޮތުގައި ދެކެވަޑައިނުގަންނަވާ ކަމަށެވެ. މިވަގުތު ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ވަޒީރުންނާއި ސިފައިންނާއި ސިއްހީ އެހީތެރިން ނުހަނު ބުރަކޮށް މަސައްކަތް ކުރަމުންދާ ކަމަށް ރާއީ ވިދާޅުވިއެވެ.

އެގޮތުން މިފަދަ ދަނޑިވަޅެއްގައި މަޖިލީހުން ކުރަން ޖެހޭ ހުރިހާ ކަމެއް ކުރަން ޖެހޭ ކަމަށް ވެސް ރާއީ ވިދާޅުވިއެވެ. އަދި އެންމެ ފަހު މީހެއްގެ ގޮތުގައި ރައްޔިތުންގެ ހައްގުގައި މަސައްކަތް ކުރައްވަން މަޖިލީހުގައި އިންނަވާނެ ކަމަށް ވެސް ރާއީ ވިދާޅުވިއެވެ. އަދި މިފަދަ ދަނޑިވަޅެއްގައި ސަރުކާރުން އަޅަމުންގެންދާ ފިޔަވަޅުތަކަށް ސަރުކާރާށާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް، ރާއީ ވަނީ ޝުކުރު ދަންނަވައިފައެވެ.

"މިވަގުތު ސަރުކާރުން ވެސް ބައެއް ކަންތައްތަކަށް ވަރަށް ހަރުދަނާކޮށް ވިސްނަން ޖެހޭ. އެގޮތުން ދަނޑުވެރިކަން ކުރާ ފަރާތްތަކާއި، މަސްވެރިކަމުގައި އުޅޭ ބޭފުޅުންނާއި، އަދި ރިސޯޓްތަކުގައި މަސައްކަތް ކުރައްވާ ބޭފުޅުންނާ ކުދި އަދި މެދުފަންތީގެ ވިޔަފާރިވެރިންނަށް ދެރަވާނެ ގޮތަކަށް ސަރުކާރުން ކަންތައްތަށް ނުކުރެއްވުމަށް ގޮވާލަން. މި ވަގުތަކީ ސަރުކާރަށްވެސް ނުހަނު ވަގުތެއްކަން އެފަރާތްތައް ވެސް އަދި ރައްޔިތުން ވެސް ދަންނަންވާނެ. އަދި ސަރުކާރަށް ވެސް އެބޭފުޅުންގެ އެއްބާރުލުން ބޭނުންވާނެ. ސަރުކާރުން ކަންތައްތައް ކުރަން ވަގުތުވެސް ނަގާނެކަން އެބޭފުޅުންވެސް ދަންނަންވާނެ." ރާއީ ވިދާޅުވިއެވެ.

ކޮވިޑް-19 ގެ ވަބާ ރާއްޖެ އިން ފޮހެލުމަށް ސަރުކާރުން ގިނަ މަސައްކަތެއް ކުރަމުންދާއިރު މާދަމާ އިން ފެށިގެން އަންނަ ހަފްތާގެ ބުރާސްފައްޗާ ހަމައަށް ސަރުކާރުގެ ހުރިހާ އޮފީސްތަކެއް ބަންދު ކުރަން ވަނީ ނިންމައިފައެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. ޓިނު

    ފަހަތަކައްވާ ނުޖެހޭ މިގައުމުގަ ޖަމާޢަތުގަ ނަމާދުކުރުމާ ހުކުރުކުރުން ހުއްޓުވީމަވެސް ފަހަތަކައްވާ ނުޖެހެވޭ ބަލަަގަ އަޅުކަމާ ހިސާބައް ދާންޖެހޭނީ މުޅިގައުމު ހުއްޓުވާފަ ޖަމާއަތުގަ ނަމާދު ކުރުން ހުއްޓުވި އިރު އެތަކެއްސައިޓް ތަކުގަ ބިދޭސިން މަސައްކަތު
    ( ކޮބާތަ ތިބުނާހާލަތަކީ) ނިކަން ސާފުކޮއްދީބަލަ

  2. ޙަސީނާ

    ޔެސް. މަޖިލިސް މެމްބަރުންގެ މުސާރަ ކުޑަކުރަމްވީ ވަގުތު މީ

    11
  3. ދަރަނި ދަންތުރަ

    އިދިކޮޅު ބަލިކުރާނި ކޮވިޑު 19 ޖައްސާފައިނޫންތޯ ކޮބައިތޯ އެ މެންބަރު އަނެއްކާ ރާއީ ތިހެންތިވިދާޅުވީ ދޫ އޮޅިގެންނޫންބާ ކޮބާ އަލީ އާޒިމް އަޑެއް ލައްވާލަ ބަލަ...

    12
    1
  4. މޫސަ

    ކަލޭ ބުނީ ދުނިޔޭގައި ބޮޑު ހަނގުރާމ،ައެއް ފެށޭކަށް ނޫޅެއޭ. ކޮވިޑް 19 އަކީ ނުރައްކާތެރި އެއްޗެއް ނޫނޭ. ތިޔަފާޑުގެ ވިޔާނުދާ މީހުންގެ ބޮޑާ ބަސްތަކުން މިޤައުމު ހަލާކުވެގެން މިދަނީ.

    11
    2
  5. ހުދުހުދު

    ބޭފުޅާގެ ދާއިރާގެ ރައްޔިތުންގެ ހާލު ބަލާލީ ކޮންއިރަކު ތޯ. ލަދު ކޮބާތޯ ތިހެން ކިޔަން

    3
    1
  6. އިޒަން

    އެއްގޮތަކަށްވެސް ފިލާނެ ކަމެއް ނެތް، އެމެމްބަރެއގެ ދާއިރާގެ ރައްޔިތުންނަށް މިއަރުގެ ޖަނަވަރީ، ފެބުރުވަރީ، މާރިޗު މަހުގެ މުސާރަތައް ބަހާލަންވީ ވަގުތުމިއީ، މިކަން ކުރެއްވުމަށް ހުރިހާ މަޖުލިސްމެމްބަރުންނަށް ގޮވާލަން.

  7. މީޒްލީ

    ކޮން އިރަކު ތޯ ތިޔަ ވިދާޅުވާ މެންބަރުން ނުފިލާ ތިބީ؟ ރައްޔަތުން ދެކެ ތިހާ ލޯބިވަންޏާ ތިޔަ ތަމުސީލު ކުރާ ކޮންމެ ދާއިރާއެއްގެ މެންބަރު ގެ އެއްމަހުގެ މުސާރަ ދާއިރާއަށް ޙަރަދުކުރަން ދޭންވީނު، އަދި މިހާރު ތިޔަ ނަގަމުންދާ މުސާރައިގެ %40 ކަނޑަންވީނު! ކެރޭނެތަ؟ އިރު އިރުކޮޅާ ރައްޔަތުންނޭ، ރައްޔަތުންނޭ ކިޔާ ނުގޮވާ!!!

  8. ހުސެން

    ކަލޭމެން ޤުރުއާނާ ސުންނަތަށް އަދި އިސްލާމްދީނަށް ޖެހީ ހަޖޫގެ ވިހަކަން ނުބައި ދޫ ތަކުގެ ނުބައި ކަމާ ނޭއްގާނީ ކަމުން މިއަދު މިކަންކަމާ ތަޢުބާ ވެ ޢާންމު ތައުބާ އަކުން ތައުބާ ވެ ރައްޔިތުންގެ ކިބައިން މާފަށް އެދެންޖެހޭ އަދި ދީނާ ގުޅުވައިގެން އިލާހީ ޟަރީއަތާ ގުޅުވައިގެން ތަފާތު ވާހަކަ ނުދެއްކުމަށް ނަސޭހަތްތެރިވަން،އަދި ކޮބާ މިކަުގެ ސީރިއަސް ކަން ކަލޭމެންނަށް ރޭކާލީ މާލަހުން،އިޓަލީ އީރާން ފަދަ ތަންތަނުން ވެސް ފިޔަވަޅު ތައް އެޅުން ލަސްވުމަކީ އެއީ ވަރަށް ބޮޑު ކުށެއް،ފެބުރުއަރީ މަހުން ފެށިގެން އިޓަލީ ފަތުރުވެރިން ގެނައުން މަނާކުރަން މާބޮޑަށް ލަސްވެއްޖެ.ދެން ނަމަ ނަމަ އަކުން ރިހައެއް ނުކެއްކޭނެ.ދެން ވެސް ވިހަ އަނގަ ނުތަޅާ އިސްލާހުވެބަލަ،ވެރިން އިސްލާހުވެ ނަމޫނާ ދައްކަވާ

  9. ޑަބިޔާ

    ތިކަހަލާ ޔަހޫދީ ވިސްނުން ހުންނަ މީހުންގެ ކިބައިން ސަލަަމަތް ވެގެން މިގައުމު ރަގަނޅު ވާނީ

    1
    1
  10. ބަބުޅާ އައިސަ

    ރާއީ ކަލޭކަންނޭނގެ އެންމެއަވަހަށް ގޮނޑިންފުއްމާލައިގެން ފިލަންދުވާނީ އެއީ އިދިކޮޅަށް ކޮވިޑުޖައްސާފަ ބަލިކުރަންބުނި ހަނދާނުން އިބުރަތެއް ހާސިލުވުމުން ދެންވެސް ﷲ ގެކިބަފުޅަށް ތައުބާވެ އަޅުކަމާއިގެން މަސްއޫލުވުން މުހިއްމު.

    1
    1
  11. Anonymous

    މީ ބުއްޅަގެ ގުނބޯތަ