ހީ އެންޑް ޝީ މޯލްޑިވްސް އިން އިންތިޒާމުކޮށްގެން މިއަހަރު ބޭއްވި " ޓޮޕް މޮޑެލް މޯލްޑިވްސް 2018 " ގެ ފަހު ބުރުގައި ނިވާކަން ކުޑަ ހެދުންތަކެއް ބޭނުންކޮށްފައިވާތީ އެ މައްސަލަ ބަލަމުން ދާާ ކަމުގައި އިސްލާމިކް މިނިސްޓްރީއިން ވިދާޅުވެއްޖެއެވެ.
އެގޮތުން އިސްލާމިކް މިނިސްޓްރީގެ ކޯޑިނޭޓަރ ވިދާޅުވީނިވާކަން ކުޑަ ހެދުން ބޭނުން ކުރި މައްސަލަ އިސްލާމިކް މިނިސްޓްރީއާއި މޯލްޑިވްސް ޕޮލިސް ސާވިސް ގުޅިގެން ބަލަމުން ގެންދާ ކަމަށެވެ.
ޓޮޕް މޮޑެލް މޯލްޑިވްސްގެ ބައެއް ބައިވެރިން ނިވާކަން ކުޑަ ހެދުންތަކުގައި ހަރަކާތްތެރިވާ ވީޑިއޯއެއް މިދިޔަ ހަފްތާގެ ތެރޭގައި މީސް މީޑިއާގެ ވައިގައި ހިފައިފައި ވާއިރު ގިނަ ބައެއް ދަނީ އެ ވީޑިއޯގައި ޓޮޕް މޮޑެލް މޯލްޑިވްސްގެ ބައެއް ބައިވެރިން ނިވާކަން ކުޑަ ހެދުން ބޭނުންކޮށްފައިވާތީ އެކަމާ ނުރުހުން ފާޅުކުރަމުންނެވެ،
ޓޮޕް މޮޑެލް މޯލްޑިވްސް އަކީ އަދާރަން ހުދުރަންފުށި މޯލްޑިވްސް އިން ސްޕޮންސާ ކޮށްގެން ކުރިއަށް ގެންދިޔަ މުބާރާތެކެވެ
އަދި އަވަސް ތިމައްސަލަ ބަލަން ?
ލޭޓް އިޒް ބެޓަރ ދޭން ނެވަރ
ތި ރިސޯޓްގެ ހުއްދަ ބާޠިލްކުރޭ !
ޒިނޭ އާ ގާތްވުން ވެސް ޙަރާމް، ޒިނޭއަށް މަގުފަހިވާ ކޮންމެ ކަމެއް އެބަޖެހޭ ހުއްޓުވަން. މިއީ ކޮންމެހެން މުސްލިމަކަށް ވީމައެއް ނޫން، އިންޑީއާގަވެސް ރޭޕް ނުހުއްޓުވިގެން އެއުޅެނީ، ކޮންމެ ގޮތަކުންވެސް މިކަންތައް އެބަޖެހޭ ހުއްޓުވަން. ލާދީނީ މީހުން ވެސް ނޭދޭނެ އެމީހުންގެ ދަރިންނަށް އެއިޑޫސް ފަދަ ބަލިތައް ޖެހޭކަށް.
ތެެދެއް
ސޫރަތް17 އާޔަތް 32
އިސްލާމީ ގައުމުތަކުގައި މޮޑެލް ކުރާ މީހުން މިއުޅެނީ ކީއްވެބާާ؟؟؟؟؟؟؟؟؟؟
އަޅެ މަށަށް މިކަމުގެ ހަގީގަތް ކިޔައިދީބަލަ
އިސްލާމީ ގައުމުތަކުގައި އިސްލާމް ދީނަށް ފުރައްސާރަކޮށް، މަލާމާތް ކޮށް ހަދާފަދައިން. އަދި އެފަދައިން ކަންކުރާމީހާ އަށް ތާއީދުކޮށް ތަޢުރީފުކޮށް ހަދާ ފަދައިން.....!!!!
ދުނިޔޭން މޮޔަވަނީ ،، ޔޫރަޕަށްދާންވީނު މިތާމޮޑެލް ކުރާނެކަމެއްނެތް ތާހިރު ސިފަރީތި ބައެއްނަމަ ކިހާވަރެއްހުރީސްބާ ރާއްޖޭގަތިބި އެންމެ ހުތުރު އަންހެނުންތިއީ 0000000000000000000000000000000000000000000000000000000000000000
ހަ ހަ މަތާއީދު ރީތިކަމެއް ހުރިނަމައެއްނު މޮޑެލް އޯ ... ނަރަކައިގެ އަޑީގަ މޮޑެލް ކުރަންޖެހުނީމަ ތާހިރުވާނެ !!!!
މިހާރު މިތުބެނީ ނަމުގަ މުސްލިމުން. މިއީ މިގައުމުގެ ހާލަތު. ކިޔެވި ކިޔެވި ހެން ހަޔާތްކުޑަ ވަނީ
މަގު މަތީގައި ކުޑަ ހެދުން ލައިގެން އުޅޭ މީހުންގެ މައްސަލަ އާމެދު ރައްޔިތުން ބުނަނީ ކީކޭ ބާ
ބަލަ އެކަމަށް ރޫހީ ލީޑަރު ލަންކާގައި ހުންނަވައިގެން ވަނީ މަރުޙަބާ ވިދާޅުވެފައެއްނު.
ރޫހީ ލީޑަރު މަރުހަބާ ކިޔުމަށްވުރެ ތިކަމެއް ބާއްވަން ހުއްދަދިން މީހުންގެ ނުބައިކަން ވަކި ކުޑަތަ ބޭފުޅާ. ބޭފުޅާމެން ތި ވިސްނަނީ ސިޔާސީ ފިކުރުން. އޭރުން ވާގޮތަކީ ގޮވެނީ ގުދޯ ގުދޯ. ވަރަށް ވެދުން.
ޙަބޭސް
ާސަަޅި???
ތަމެން ހާދަ މޮޑެލް އިންނާއި ވައްތަރެއް ނޫނޭ މަމެން ބުނަން ނެތީމު ދޯ. މަމެންނަށް ހީވަނީ ރިސޯރޓަކަށް ކުނި ކަހަން ގޮސްފައި އައި ބަޔެއް ހެންނޭ ބުނަން މަމެން ނެތީމު ދޯ.
ކޮބާ ހަށިގަނޑުގައި ކަލަރ ޕެއިންޓަކުރި މަސްޢަލަ އަދިވެސް ބަލަނީތަ؟ އެމަސްޢަލަގޮތަށް މިމަސްޢަލަވެސް ބަލާނެކަން ޔަގީން މިއީ 2018 ވޯޓަށް އަޅުވާ އަނދުނެއް ނޫންނަމަ ކަލަ ޕެއިންޓަކޮށް ބަރަހަނާކޮށް ތިބި މަސްޢަލަވެސް ބެލީސްތާ
ދައްކާ ވާހަކައާ އަމަލާ މިތާ ދިމާވި ދުވަހެއްނެތް.
އެހެންވެ އަންނިޔަށް ތާއީދު ކުރަނީ ގިނަދިވެޒުވާނުން އިސްލާމްދީނެއް ބޭނުމެއްނޫ ސަބަބަކީ ފާހިސުކަންކަން ފާޅުގަ ނުކުރެވޭތީ މީތެދު
ކޮމެންޓް ކުރާމީހުން ހީވަނީ ސަހަރާތެރޭގައި އުޅޭ ބައިގަނޑެއްހެންް... މިއީ 21 ވަނަ ގަރުނޭ... ލޯހުޅުވައި ހޭއަރާބަލަ... ލޮލް
މަހސައްކަތް ކޮށް އާމްދަނީ ހޯދައި ފަގީރުކަމުން އަރައި ގަނެބަލަ.. އޭރަށް ދަރިނަށް ރަނގަޅު ތަރުބިއްޔަތާއި ތައުލީމު ހޯދައިދެވި އާއިލާ ވެސް ރަނގަޅުހެޔޮ ބަދަލުތަށް އައިސް، ހަމަޖޭހޭ ހެޔޮވިސްނުން ލިިބި، ޖަނަވާރުންގެ ވިސްނުމާއި އުސޫލު ދޫކޮށް، އަބަދު ސޯޝަލް މީޑިއާގައި ތިގޮތަށް މީހުންގެ ނެތިމޮށެ ނެގެޓިވް ކޮމެންޓް ކުރާނެ ވަގުތާއި. ހިޔާލުވެސް ނާންނާނެ...
މީ 21 ވަނަ ގަރުނަކަސް އަހަރެމެންނަކީ އިސްލާމްދީނަށް ނިސްބަތްވާ މުސްލިމުން.ޒަމާން ބަދަލުވިޔަސް އިސްލާމްދީނުގަވާ ހަމަޔާއި އުސޫލުތަކަކީ ހުރިހާ ޒަމާނަކަށް ގުޅޭގޮތައް ބައްޓަންވެފަވާ އުސޫލުތަކެއް.ހަރާން ހަލާލް ވަނީ ކަނޑައެޅި ބަޔާންވެފަ.ހަލާލް ގޮތުގަ ހޯދާއެއްޗެއްމެނުވީ ﷲ ގަބޫލުނުކުރައްވަވާ.ތިޔަ ސިފަކުރާ ސަހަރާތެރޭ އުޅުނު މީހުންގެ ހެޔޮކަން އެތައްގުނައެއް އިތުރު.އިސްލާމްކަމުގެގޮތުންނާއި އީމާންކަމުގެ ގޮތުންނާއި ރިވެތި އަޚްލާޤުގެގޮތުންވެސް.21 ވަނަ ގަރުނަށް އެޅިއިރު ތަޢުލީމާއި ތަހުޒީބާއި ތަމައްދުނުގެ ގޮތުން ކުރިއަރާފަވީނަމަވެސް މިއަދު ހަޤީޤީ މުސްލިމުވަންތަކަން މުސްލިމުންގެގައިގަވެސް މިމުޖުތަމަޢުގަވެސް ނެތޭ ބުންޏަސް ދޮގަކަށް ނުވާނެ.މިއަދު މިފެންނަނީ ނަމުންް މުސްލިމް.އަމަލުން ޤައިރުމުސްލިމުންގެ ގޮތުގަ.މުސްލިމެއްގެ ހައިސިއްޔަތުން ލަދުވެތިވޭ މިހިރަމިހިރަ ކަންކަން ފެނުނީމަ.މިއަށްވުރެ ބޮޑަށް ލޯހުޅުވި އެކަމަކު ހިތްތައް ކަނުވެ ބުއްދި ހަފުސްވެފަވާ ޒަމާނެއް ނުދެކެން.....
ޢަޅެ ހަމަ އެހެންތަ .. ބުލޫ
ހަމަ އެއްބަސް
ކޮން ޓޮޕް މޯލްޑިވްސްއެއް ހެއްޔެވެ. ކޮން މޮޑެލެއް ހެއްޔެވެ. އަހަރެމެންނަކީ ޖުސްލުމުންނެވެ. ކިތައްމެ ކުރަން ބޭނުންވިޔަސް ނުކުރެވޭނެ ކަންތައް ހުންނާނެއެވެ. އަދި ކިތަންމެ ކުރަން ބޭނުން ނުވިޔަސް ކުރަން ޖެހޭކަންތައް ހުންނާނެއެވެ. އަހަރެމެންނަށް އޮތީ ކެތްތެރިކަމާއި އެކު މާތްﷲ އެންގެވި ގޮތުގެ މަތީން ހެޔޮ ޢަމަލުކުރުންމަތީ ދެމި ތިބުމެވެ. އޭރުން އާޚިރުގައި އޮތީ މާތްވެގެންވާ މަތިވެރި ސުވަރުގެއެވެ.
ބޮޑީ ބިލްޑް މުބާރާތޯ؟؟ އޭތި އޯކޭ؟؟
ތިޔަކަހަލަ ކަންތަކާ ދިވެހިން މާ އާވެގަނެގެން ތެޅޭތީ ވަރަށް ލަދުގަނޭ ތީ ކީ މިތަނަށް އާކަމެއް ކަށް ވިޔަށް ދުނިޠޭގައި ތަރށްގީ ވެފަހުރިތަންތާގައި އަބަދުމެ ހިނގާ އިވެންޓް ދިވެހިންނަކީ ގުއި ނުފެނިގެން އުޅޭ ކާޅުތަކެއް ހަހހަަހ
އަތެއްޔޭ ކުޑަކުދިންތަކެއްތީ ތި ހެން ނަހަދާ ފުކެއްބޮޑުވަރުތީ
އަދި ނުވޭނުން މައްސަލަ ބަލާކަށް ?
ތިތަނަކު ނެތް މޮޑެލައަށް ޝަރުތު ހަމަވާ އެއްވެސް މީހެއް. ވަރަށް ހަޑި. ޗީޗީޗީ.
އެއްވެސް މީހަކަށް އެއްވެސް ފިޔަވަޅެއް އަޅާކަށް ނުކެރޭނެ.
މައްސަލަ ބަލަ ބަލައި ތިބެންޖެހޭނީ.
މަގުމަތީގަ ހެޔޮދޯ އޮރިޔާމުން އުޅުނަސް އެޔަކީމައްސަލައެއްނޫން. ވަރަށް ރަނގަޅު....
ހެހެހެ ރީތިބައެއްވެސް ނޫނޭ، ބޯހަލާކު
މިމީހުންގެ ބަލަދުވެރިންނާއި، ގާތްތިމާގެ މީހުން ކޮބާބާ؟ އަހަރެންގެ ދުއާ އަކީ ތެދުމަގު ދައްކަވާ ފުރިހަމައަށް އިސްލާމްދީނަށް އިޚްލާސްތެރިވުން...
ރާއްޖެއަށް އަންނަ ގެސްޓުން ކައިވެނި ނުކޮން އެއްކޮޓަރީގައި ނިދަނީ މިވެސް ޒިނޭ އަށް މަގު ފަހިވާ ކަމެއް މިކަންވެސް ހުއްޓުވާ
އެމީހަކު އުޅޭނެގޮތް، ލާނެ ހެދުމެއް އިނގޭނީ އެމީހަކަށް.. އަހަރުމެނަކާ ވާ ކޮންކަމެއް.. މިހާރު ވެސް ގިނައިން ފެންނަނީ ބުރުގާ އަޅައިގެން އޮރިޔާމާ އުޅޭ ކުދިން..
މުސްލިމުންގެ މިސާލަކީ އެއްހަށިގަނޑެއްގެ މިސާލު.އެހަށިގަނޑުގެ ގުނަވަނެއްގަ ވޭންއަޅާއިރު އެކަމުގަ މުޅިހަށިގަނޑު ބައިވެރިވާ ފަދައިން ތިމާގެ އަމިއްލަނަފްސައް ހެޔޮއެދޭގޮތައް އަނެއް މުސްލިމް އަޙާއަށްވެސް ހެޔޮގޮތްވުމަށް އެދެންޖެހޭ.މުސްލިމަކު ހެޔޮކަމެއް ކުރިޔަސް އެމީހަކަށް އެކަމުގަ އެހީތެރިވެ ވާގިވެރިވާފަދައިން ނުބައިކަމެއް ކުރިޔަސް އެކަންކަމުން އޭނާ ސަލާމަތް ކުރުމަށް ކުރެވެން އޮތްގޮތަކަށް މަސައްކަތްކުރަންޖެހޭ.މީ މާތްﷲއާއި ކީރިތި މާތްރަސޫލާ މުހަންމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަ މުސްލިމުންނަށް އަންގަވައިދެއްވި ރިވެތި އުސޫލު.ޝައިތޯނާ ކެނޑިނޭޅި މަސައްކަތްކުރަނީ އަހަރެމެން މަގުފުރައްދަން.އެކަންކަމާ ދެކޮޅަށް،މަސައްކަތް ކުރަންޖެހޭ.
އެންމެން ރުޅިއައިސްގެންވެސް މީހުންގެ ސިފަތަކަށް ފާޑު ނުކިޔަމާ އިންޝާﷲ.
މަރުވެދާނީ ﷲ ނަހީކުރެއްވި ހުރިހާ ފާފައެއް ކޮށްފައި ތޯއްޗެއް. ތިމާމެންގެ ސޫރު ލޯގަނޑެއް ކުރިމަތީ ތިބެ ބަލާލާފައި ލަދު ނުގަންނަކަން.
ޔާ ﷲ މި ކުދިންނަށް ހެޔޮ ވިސްނުން ދެއްވާށި.
ތި މައްސަލަ ކޮންމެހެން ވެސް ބަލަން ވާނެ،
ހީވަނީ އަލަށް ވެގެން އުޅޭކަމެއްހެން ސާބަސް ދޯ
އެއް ކަމެއް ވެސް ނުކުރެވޭނެ ދާނީ ބޮނޑުނަގުލައް، މާޒީގަވެސް ވަނީއެހެން
ކޮންމެ ކަމެއްގައި ހައްދެއޮންނާނެއް ..... އެކަމަ އަރާ ގަތުން މޮޔަކަމެއް .....ކަމެއް ހާސލް ކުރަން ނިޔަތުގައި ރަނގަޅު ގޮ ހިޔާލު ކުރޭ
ފިލްމް ކުޅެން ކޮންމެ މީހަކު ކޮންމެވައްތަރަކަސް ހެދުންއެޅިއަސް ޢިސްލާމިކް މިނިސްޓްރީއަށް ކަމަކަށްނުވޭ އެހެންވީރު މިކަން މިހެން ދިޔަޔަސް ފާޑު ވިދާޅުނުވިއްޔާ ރަނގަޅުވާނެ
މޮޑަލް ކުރާ މީހުންނޯ.. ދޭބަލަ ފެންވަރަން..
މޮޑެލްއޭ؟؟؟ ތިފެންނަނީ މޮޑެލުން؟؟ ހިނިގަޅާގަޅާ މީހަކު ހަލާކުވެދާނެ! ތިޔާ މީހުން ވައްތަރީ ބިޑިކާތަކަކާ...ހެހެެހހެ
ފުރަތަމަ މިނަމުގަ ހުއްދަ ދިނީކާކު
ފުރަތަމަ ނިވާކަން ކުދަހެދުން އަޅައިން މަގުމަތީގައި އުޅޭމިހުންނާއި މެދު ފިޔަވަޅުއަޅާ ތަހުގީގު ކޮއްބަލަ...
ފުރަތަމަ މަތީ މަޤާމުގައި ތިއްބެވި ކަނބަލުން ދޯ؟
މިނިވަން 50 ގައި ޓިންކަރބެލް އައުޓްފިޓް ގެ މައްސަލަ ޔޯ؟؟؟؟؟؟؟؟
މަގުމަތިންވެސް، ސަރުކާރުގެ ރަސްމީގަޑީގައި އޮފީސްތަކުން އަދި ރަސްމިްޔާތުތަކުންނާއި އިސްތިހާރުތަކުންވެސް ތިވަރަށް ފެންނަން ނުހުންނަ ދުވަހެއް ނުދޭ. ޢެކަން ބަލަންޖެހަެނީ ކޮންބައެއް؟