ނޫސްވެރިންނަށް ކަމެއް ފޮރުވަން ބުނެފިއްޔާ ކޮވިޑް-19 އާއި ގުޅިގެން މައުލޫމާތު ފޯރުކޮށްދިނުމަށް ކަނޑައަޅާފައިވާ ތަރުޖަމާނުގެ މަޤާމުގައި ނުހުންނަވާނެ ކަމަށް މަބްރޫކް އަޒީޒް ވިދާޅުވެއްޖެއެވެ.

ދަރުބާރުގޭގައި މިއަދު މެންދުރު ބޭއްވި ނޫސްވެރިންގެ ބަައްދަލުވުމެއްގައި މަބްރޫކް އެފަދައިން ވިދާޅުވި ރާއްޖެއިން ކޮވިޑް-19 އަށް ދިވެއްސަކު ފައްސިވުމުން ސަރުކާރުން އެކަން ފޮރުވައިގެން އުޅޭ ކަމަށް ތުހުމަތު ކުރާތީ ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.

މަބްރޫކް ވިދާޅުވީ، އެއްވެސް މައުލޫމާތެއް ސިއްރުކުރުމުގެ އެއްވެސް ވިސްނުމެއް ނުގެންގުޅޭ ކަމަށެވެ.

"ތިބޭފުޅުންނަށް ކަމެއް ފޮރުވަން އަޅުގަނޑަށް އަންގާ ދުވަހު، އަޅުގަނޑެއް ނިއިންނާނަން މިތާކު. އެ ވިސްނުމެއް ސަރުކާރަކުވެސް ނެތް. އަޅުގަނޑުމެންނަށް ލިބިފައި ސީދާ ރައީސުލްޖުމްހޫރިއްޔާގެ ފަރާތުން އޮތް އިރުޝާދަކީ އަޅުގަނޑު ފުރަތަމަ ދުވަހުވެސް ތިބޭފުޅުންނަށް ދެންނެވިން، މި ބަލިން ސަލާމަތްވުމަށާއި އެކަމުން ދިމާވެފައި އޮތް ހާސްކަމުން އަރައިގަތުމަށް އަޅުގަނޑުމެންނަށް ސަރުކާރެއްގެ ގޮތުގައި ކުރެވޭނެ އެންމެ މުހިއްމު ކަމަކީ ވަގުތުން ވަގުތަށް ގަޑިން ގަޑިއަށް ތިބޭފުޅުންނަށް މައުލޫމާތު ފޯރުކޮށްދިނުމޭ." މަބްރޫކް ވިދާޅުވިއެވެ.

އަދި ކޮންމެ ދުވަހަކު ދެ ބުރަށް ނޫސްވެރިންނާއި ބައްދަލު ކުރައްވަނީ ކުރާނެ އިތުރު މަސައްކަތެއް ނެތިގެން ނޫން ކަމަށާ، ނޫސްވެރިންނާއި ބައްދަލުކުރަނީ މައުލޫމާތު ފޯރުކޮށްދިނުމުގެ ބޭނުމުގައި ކަމަށް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑުވެސް އަނެއްހެން ކުރާނެ ކަންތައް މަދުވެގެންނެއް ނޫނޭ ތިބޭފުޅުންނާއި ދުވާލަކު ދެ އިރު ބައްދަލު ކުރަނީކީ. ހަމަ މީގެ އިތުރުން ކުރާ އޮފީސް މަސައްކަތްތައް ވެސް ކުރަން ޖެހޭ. އެކަމަކު މިކަން ކުރަނީ މައުލޫމާތު ގަޑިން ގަޑިއަށް އަރުވަން. ދެން އަން ވެރިފައިޑް ތަނެއްގަ ތޯތޯކޮށް ދައްކާ ވާހަކައެއް ނަގައިގެން ބޮޑު ސިންގާ ކަމަކަށް ހަދައިގެން އެވާހަކަ ފަތުރަން ހަދައިގެން އިއްޔެގަ މާލެ އަށް ވީ ގޮތް ތިބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ." ރާއްޖެ ލޮކްޑައުން ކުރަން އުޅޭ ކަމަށްބުނެ ފެތުރި ވާހަކައަށް އިޝާރާތް ކުރައްވާ މަބްރޫކް ވިދާޅުވިއެވެ.

ދޮގު މައުލޫމާތު ފެތުރުމުގެ ސަބަބުން، މުޅި ރާއްޖެ ބިރުވެރިކަމަކާއި ކުރިމަތިލާން ޖެހޭ ހާލަތަށް ދުއްވާ ނުލުމަށް މަބްރޫކް އިލްތިމާސްކުރެއްވިއެވެ.

އިއްޔެވެސް މަބްރޫކް ވަނީ ކޮވިޑް-19 އާ ގުޅިގެން ދޮގު ހަބަރު ފަތުރާތީ އެކަމާއި ނުރުހުން ފާޅު ކުރައްވާފައެވެ. އެގޮތުން ކޮވިޑް-19 އާއި ގުޅިގެން ދޮގު މައުލޫމާތު ފަތުރާ މީހުންގެ ސަބަބުން މުޖުތަމައުގެ ހަމަޖެހުން ގެއްލޭ ހިސާބަށް ކަންކަން ގޮސްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

މަބްރޫކް ވިދާޅުވީ މީސް މީޑިއާގައި ސައްހަ ނޫން އެކައުންޓްތައް ހަދައިގެން މީހުންގެ ޒާތީ ސިއްހީ މައުލޫމާތު ހާމަކުރާ ކަމަށާއި އެކަން ކުރާ ފަރާތްތަކުން ކުރަމުން އެގެންދަނީ ގާނޫނީ ކުށެއް ކަމަށެވެ. މަބްރޫކް ވިދާޅުވީ އެފަދަ އަމަލުތައް ހިންގާ ފަރާތްތަކާއި މެދު ފިޔަވަޅު އަޅާނެ ކަމަށެވެ. އަދި ދޮގު މައުލޫމާތު ފަރުރާ ފަރާތްތަކުގެ ސަބަބުން ކޮވިޑް-19 ގެ އަލާމާތްތައް ހުރި މީހުން ދެނެގަންނަން ކުރާ މަސައްކަތަށް ވަރަށް ބޮޑަށް ބުރޫތަކެއް އަރަމުން އަންނަ ކަމަށެވެ. ދޮގު މައުލޫމާތު ފަތުރާ އެކައުންޓްތައް ފޮލޯކުރުން ހުއްޓާލުމަށާއި އެ ފަދަ ފަރާތްތަކުން ދޭ ދޮގު މައުލޫމާތު ހިއްސާކުރުން ހުއްޓާލުމަށް އޭނާ އިލްތިމާސް ކުރެއްވިއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

 1. ހުސޭނުބޭ

  ނޫނޭ! ކަލޭ ތި މަޤާމުގައި އެބަޖެހޭ ކޮންމެވެސް ހުންނަން! ކަލެޔަކީ ސަރުކާރުން ދޮގުހަދަން ފޮނުވާފައިހުރި ބޮޑު ދޮގު ގުޅިއެއް!

 2. އ. ޖ. އ

  މޭން ?

  1
  4
 3. ދަރަނި ދަންތުރަ

  މަބުރޫކޫ ކަލޭމެންގެ ރައީސް އެމް ޑީ ޕީ ގެ ރައީސް އެއީ 500ފޫޓުގެ ބޮޑު ދޮގަކަށް ފޫޅުކަނޑާފައި ހުރި މީހެއްކަށް މަބުރޫކަށް ނޭގެނީތަ؟ ރާ ތީވީގެ ހުރިހާ މުވައްޒަފުންގެ ހަށިގަނޑުން ދާހިއްލީމައި ފެން ނުކުއްނަހެން އެނުކުންނަނީ ދޮގުވާހަކައެއްނޫންތަ ކެނެރީގޭ ނަސީދުއާ އިންތިޔާޡު ފަހުމީ ނޭވާ ބޭރުކޮށްލާ ކޮންމެފަހަރަކު 32 ބިލިޔަން ދޮގުބޭރުވާ ކަމަށް އެބުނަނީ ފިނޭންސް މިނިސްޓަރ އަމީރު ނޫންތަ މިކަމަށް ހެކިވަނީ ޓުރޭޑު މިނިސްޓަރ ފައްޔާޒު ނޫންތަ ކަލޯ މަކުބުރޫކޫ....

 4. ދަރަނި ދަންތުރަ

  މަބުރޫކު އުމުރުން ކިހާދުވަހެއްވެއްޖެބާ؟ ކެނެރީގޭ ލާދީނީ ސޮރު ވެރިކަމުގައި ހެދީ 100ދޮގު ބަޔާންކޮށް އުމަރު ނަސީރު ނެރުނު ފޮތް މަބުރޫކު ކިޔާލަބަލަ ރޮޒޭ ވެސް އެފޮތް ކިޔާލާތި 2018 ގައި ރާ ޓީ ވީ އިން ގެނެސްދިން ހުރިހާ ރިޕޯޓެއްވެސް ތި ދެބޭފުޅުން އަލުން ބައްލަވާ ލައްވާތި ދޮގުހަދާކަން ކަށަވަރީ ﷲ ސުބުހާނަހޫވަތައާލާ ބާޢްވާލެއްވި އާޔަތްތަކަށް އީމާން ނުވާމީހުންނެވެ ، ކެނެރީގޭ ނަސީދު ، ސަހިންދާ ، އަޒުރާ ، ސުޖޫން ، ނޫރީން ، އެމްސީ ހަމީދު ، އާނިޔާ ، އިބޫ އަދިވެސް އަދިވެސް ރީދޫ އިސްސަފުގައި ބައިވަރު.....