ކޮވިޑް-19 އާ ގުޅިގެން ރައްޔިތުންނަށް ހިދުމަތްތައް ދިނުމަށް ސަރުކާރު އޮތީ އޯގާތެރިކަމާ އެކު ތައްޔާރަށް ކަމަށާއި ރައްޔިތުން ހިތްވަރާ އެކީގައި "ހިފަހައްޓާލުމަށް" ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު މިއަދު އެދިވަޑައިގެންފިއެވެ.
ރާއްޖޭގައި ކޮވިޑް-19 ފެތުރުނަ ނުދިނުމުގެ ގޮތުން ސަރުކާރުން ވަނީ ރައްޔިތުންނާ ގުޅުން ހުރި ވަރުގަދަ ފިޔަވަޅުތަކެއް އަޅައިފައެވެ. އޭގެތެރޭގައި ސަރުކާރުގެ ހުރިހާ އޮފީސްތަކަކާއި ސްކޫލްތަކެއް ބަންދު ކުރުމާއި ކަރަންޓީން ފެސިލިޓީގެ ގޮތުގައި 1000 އަށް ވުރެ ގިނަ ކޮޓަރި ހެދުން ހިމެނެއެވެ. އަދި ޒަރޫރީ ބޭނުންތައް ފިޔަވައި އިތުރު އެއްވެސް ބޭނުމެއްގައި މަގުމައްޗަށް ނުކުމެ ނޫޅުމަށް ކަމާބެހޭ ފަރާތްތަކުންނާއި ޑޮކްޓަރުން ވަނީ އިރުޝާދު ދީފައެވެ.
އަލީ ވަހީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރާއްޖޭގައި ގާއިމްކޮށްފައިވާ 10 ކަރަންޓީނު ފެސިލިޓީއަކުން 1،158 ކޮޓަރި (2،288 އެނދު) ހަދާފައިވާ ކަމަށެވެ. މިއީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ އިސް ނެންގެވުމަކަށް ކުރެއްވި ކަމެއް ކަމަށް ވެސް އަލީ ވަހީދު ވިދާޅުވިއެވެ.
އަލީ ވަހީދު ވަނީ 10 ކަރަންޓީ ފެސިލިޓީގައި ތިބޭ ޓޫރިޒަމް މިނިސްޓްރީގެ މުވައްޒަފުންގެ މައުލޫމާތުތައް ވެސް ހިއްސާ ކުރައްވައިފައެވެ.
ކަރަންޓީނު ފެސިލިޓީތަކުގެ މައުލޫމާތުތައް
- ވިލިވަރު، ބިޔާދޫ އައިލެންޑް ރިސޯޓް - އަލީ ހާޝިމް
(އެގްޒެކެޓިވް ޑިރެކްޓަރު) - 9555344
- ހުޅުލޭ އައިލެންޑް ހޮޓެލް - ފާތިމަތް ދިޔާމާ އިބްރާހިމް
(ކަސްޓަމާ ރިލޭޝަންސް އޮފިސަރު) - 9672767
- ވެލިދޫ އައިލެންޑް ރިސޯޓް - އިބްރާހިމް ފަރްހާދް
(ސީނިއާ ޕޮލިސީ ޑިރެކްޓަރު) - 9195719
- ފަން އައިލެންޑް ރިސޯޓް - އަލީ ރައްޒާން
(ސީނިއާ އެގްޒެކެޓިވް ޑިރެކްޓަރު) - 9777426
- މަލަހިނި ކުޑަ ބަނޑޮސް - މުހައްމަދު ޚުއްސާން
(ސީނިއާ ޕޮލިސީ ޑިރެކްޓަރު) - 7684940
- ދިއްގިރި ޓުއަރިސްޓް ރިސޯޓް - ތައްޔިބް ޝަހީމް
(އެގްޒެކެޓިވް ޑިރެކްޓަރު) - 7864363
- ހޮލިޑޭ އައިލެންޑް - އައްސަދް ރިޒާ
(ޑެޕިއުޓީ މިނިސްޓަރު) - 7779167
- އެނބޫދޫ ވިލެޖެ - މުހައްމަދު ސިނާން
(އެންވާރަމަންޓް އޮފިސަރު) - 9685119
- ރޯޔަލް އައިލެންޑް - އިބްރާހިމް ފިކުރީ
(އެސިސްޓެންޓް ޑިރެކްޓަރު) - 9997816
- ވަރު ބައި އެޓްމޮސްފެއާ - ގުސައްޔު އިބްރާހިމް މުހައްމަދު
(ކަސްޓަމާ ރިލޭޝަންސް އޮފިސަރު) - 9533394
Minivankan konmeves minvarakah hifahetti, thanehga madu kuran jehumuge 3 aharuge ihsaas vanee thajuribaa kurevifa. Gaaiythimaage meehunaa rattehinge alhaalumaa loabi eyee e vaguthuge hivvaru. Hivvaraaeku hifahattaalaa. Alhugandumen mithibee ogaatherikamaa eku #FlattenTheCurve https://t.co/xS1k1Ok1yE
— Ali Waheed (@ali20waheed) March 22, 2020
މި މައުލޫމާތުތައް އަލީ ވަހީދު ހާމަކުރެއްވުމަށް ފަހު، ދެން އޭނާ ކުރެއްވި ޓުވީޓުގައި ހަނދާން ކުރެއްވީ މާޒީއެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ތިން އަހަރެއްހާ ދުވަހު އަމިއްލަ އަށް އަރުވާލެވިގެން އިނގިރޭސި ވިލާތުގައި ހުންނަވަން ޖެހިވަޑައިގަތުމުން ކުރެވުނު އިހްސާސްތައް އަލީ ވަހީދު ހިއްސާކުރެއްވިއެވެ.
މެއި 1، 2015 ވަނަ ދުވަހު ސަރުކާރާ ދެކޮޅަށް ބޭއްވި ބޮޑު މުޒާހަރާއާ ގުޅިގެން އަލީ ވަހީދު ހައްޔަރުކޮށް، އޭނާގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ ކުރަން އުޅުނެވެ. އެކަމަކު، އަލީ ވަހީދު ދޫކޮށްލިތާ މާ ގިނަ ދުވަސްތަކެއް ނުވަނީސް، އޭނާ ވަނީ ރާއްޖެ އިން ބޭރަށް ފުރާވަޑައިގެންފައެވެ.
އިނގިރޭސި ވިލާތުގައި އަމިއްލަ އަށް އަރުވާލެވިގެން އަލީ ވަހީދާ އެކުގައި އުޅުއްވި ބޭފުޅުންގެ ތެރޭގައި ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމާއި ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ފަދަ ބޭފުޅުން ހިމެނިވަޑައިގަންނަވައެވެ.
ރާއްޖެ އިން ބޭރުގައި ގިނަ ދުވަސްތަކެއް ވަންދެން އުޅުއްވުމަށް ފަހު، އަލީ ވަހީދު އެނބުރި ރާއްޖެ ވަޑައިގަތީ ޔާމީންގެ ވެރިކަން ނިމުނު ފަހުންނެވެ.
އިނގިރޭސި ވިލާތުގައި އުޅުއްވި ދުވަސްތައް ހަނދާން ކުރައްވައި އަލީ ވަހީދު ވިދާޅުވީ މިނިވަންކަން ކޮންމެވެސް މިންވަރަކަށް ހިފެހެއްޓި ތަނެއްގައި މަޑު ކުރަން ޖެހުމުގެ ތިން އަހަރުގެ އިހްސާސް ތަޖުރިބާ ކުރެއްވިފައިވާ ކަމަށެވެ. އޭރުގައި ހިތްވަރަކީ ގާތްތިމާގެ މީހުންނާއި ރައްޓެހިންގެ އަޅާލުމާއި ލޯބި ކަމަށް އަލީ ވަހީދު ވިދާޅުވިއެވެ.
"ހިތްވަރާ އެކީގައި ހިފަހައްޓާލާ، އަޅުގަނޑުމެން މިތިބީ އޯގާތެރިކަމާ އެކު،" ރައްޔިތުންނަށް ދެއްވި މެސެޖްގައި އަލީ ވަހީދު ވިދާޅުވިއެވެ.
ރާއްޖެ އިން މިހާތަނަށް 13 މީހަކު ކޮވިޑް-19 އަށް ފައްސި (ޕޮޒިޓިވް) ވެފައިވާ އިރު، އޭގެތެރެއިން ތިން މީހަކު ވަނީ ރަނގަޅުކޮށްފައެވެ. އެކަމަކު، އެ ތިން މީހުންގެ ހާލަތު އަދިވެސް ގާތުން ބަލަމުންދެއެވެ. ބާކީ ތިބި 10 މީހުންނަށް ފަރުވާދެމުން އަންނަ އިރު، ފައްސިވި މީހުންގެ ތެރޭގައި ހިމެނެނީ މުޅިން ބިދޭސީންނެވެ.
ކޮވިޑް-19 ފެތުރުނަ ނުދިނުމަށް ސަރުކާރުން ވަނީ މުހިއްމު ފިޔަވަޅުތަކެއް އަޅައިފައެވެ. އެގޮތުން މާލެ ސަރަހައްދާއި ރިސޯޓުތަކުގެ މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދު ކުރުން މެދުކަނޑާލުމާއި ޕާކްތަކާއި މައިޒާންތައް ބަންދު ކުރުން ފަދަ ކަންކަން ހިމެނެއެވެ.
މީ 100 ދޭންޖެހޭ މީހެއް
100 ނެގެޓިވް
އޯގާތެރިކަމާއެކު ތިބީމަ ހިތްވަރާ އެކީ ހިފަހައްޓާލަން ވީ ކޯޗެއްގަބާ އަނެންކާ
އިނގިރޭސިންގެ ހިމާޔަތުގަ އެމީހުންގެ ފައިސާގަ ވެކޭޝަން ހަދާލަން އުޅެފަ އައިސް ނިކަމެތި ރަށްޔިތުން ވަޒީފާގެއްލި އާމްދަނީ ގެއްލި ގޮތް ހުސްވީމަ ޖެހޭ ހާލާ އެއްވަރު ކުރަންތަ ތިއުޅެނީ
ހެޔޮނުވާނެ މިބަލި ތިހާ ކޫލްކޮށް ނުނަގަބަލަ. ތަޖުރިބާލިބިފަ ތިބި އެތެއް ގައުމަކުން އެ ބުނަނީ ގައުމުތައް ލޮކްޑައުންކުރަން އެމީހުންގެ ތަޖުރިބާއަށްބަލާފަ. ތިހެން ކަމަކަށް ނެހެދި ގައުމުތައްކުން މިހާރު ބަލި އެއޮތީ ކޮންޓުރޯލުންނެއްޓިގެންގޮއްސަ. އޯގާތެރި ކަމުގެ ވާހަކަ ނުދައްކާ
ގެސްޓުން ގެނައުން ހުއްޓާލާށޭ !
ޢިޓްސް އޯލް ރެޑީ ލައިކް އަ މެލްޓިން ކޭންޑަލް. ޑޭބައިޑޭ.
ކޮން ހިތްވަރެ ކޭ ކިޔާ ކައް . ތި ޓުވަރިސް ޓުން ނެ ކާހެދި. މުޅިގައުމު ހުއްޓިޖެ. ސު ކޫލް ތައް ބަންދު. ކުދި ވިޔަފާރި ތައް ބަންދު . ސަރު ކާރު ބަންދު.
އެ ކަމަ ކު . އިއްޔެވެސް ރާއްޖެ އައީ އެންމެ 394 ގެސްޓުން.
ސަރު ކާރުން ރިސޯޓް ބޯއީން ކޮވިޑައް ވެދުމަށް އަރުވާގެން ލިބޭ ޑޮލަރަށް ވުރެ ދައުލަތުގެ ހަރަދު ބޮޑު. ވާގެއްލުން ބޮޑު. ވެރި ކަން ކުރަން ނޭގެނީ ވިއްޔަ. އިސްތިއުފާ ދީފަ. ގާބިލު މީހެ ކާ ހަވާލު ކޮއްބަލަ. ރައްޔިތުން ނައް މި ފުރާ ނުޖައްސާ.
ކޮން ހިތްވަރެ ކޭ ކިޔާ ކައް . ތި ޓުވަރިސް ޓުން ނެ ކާހެދި. މުޅިގައުމު ހުއްޓިޖެ. ސު ކޫލް ތައް ބަންދު. ކުދި ވިޔަފާރި ތައް ބަންދު . ސަރު ކާރު ބަންދު.
އެ ކަމަ ކު . އިއްޔެވެސް ރާއްޖެ އައީ އެންމެ 394 ގެސްޓުން.
ސަރު ކާރުން ރިސޯޓް ބޯއީން ކޮވިޑައް ވެދުމަށް އަރުވާގެން ލިބޭ ޑޮލަރަށް ވުރެ ދައުލަތުގެ ހަރަދު ބޮޑު. ވާގެއްލުން ބޮޑު. ވެރި ކަން ކުރަން ނޭގެނީ ވިއްޔަ. އިސްތިއުފާ ދީފަ. ގާބިލު މީހެ ކާ ހަވާލު ކޮއްބަލަ. ރައްޔިތުން ނައް މި ފުރާ ނުޖައްސާ.
ކޮން ހިތްވަރެ ކޭ ކިޔާ ކައް . ތި ޓުވަރިސް ޓުން ނެ ކާހެދި. މުޅިގައުމު ހުއްޓިޖެ. ސު ކޫލް ތައް ބަންދު. ކުދި ވިޔަފާރި ތައް ބަންދު . ސަރު ކާރު ބަންދު.
އެ ކަމަ ކު . އިއްޔެވެސް ރާއްޖެ އައީ އެންމެ 394 ގެސްޓުން.
ސަރު ކާރުން ރިސޯޓް ބޯއީން ކޮވިޑައް ވެދުމަށް އަރުވާގެން ލިބޭ ޑޮލަރަށް ވުރެ ދައުލަތުގެ ހަރަދު ބޮޑު. ވާގެއްލުން ބޮޑު. ވެރި ކަން ކުރަން ނޭގެނީ ވިއްޔަ. އިސްތިއުފާ ދީފަ. ގާބިލު މީހެ ކާ ހަވާލު ކޮއްބަލަ. ރައްޔިތުން ނައް މި ފުރާ ނުޖައްސާ.
ފަތުރުވެރިޔަކަށް ޖެހުނަސް ފަރުވާދޭން ތިބީ މިތާ ދިރިއުޅޭ ޑޮކްޓަރުންނާ ނަރުހުން .
އެމީހިންނަށް ވައިރަސް އަރައިފިއްޔާ ދެނޯ .
މުޅި ރާއްޖެ ލޮކްޑައުން ކުރަން ޖެހެ .
ފެތުރެން ފެށީމަ އޮންނާނީ މާ ލަސްވެފަ.
ރައްޔިތުންގެ އާދޭހަށް ބީރު ކަންފަތް ނުދީ .ވިސްނާ
ތަން ތަނަށް އަރާފަ ރައްޔިތުންނޭ ނުކިޔާ ތި ޓޫރިސްޓުން އަންނަ ދޮރު ބަންދުނުކުރެވިގެން ތިޔަ އުޅެނީ ފަހެ ކީއްވެތަ. މުހިއްމީ އެމީހުންތަ ނޫނީ ރައްޔިތުންތަ. ލިބޭ ޑޮލަރު ބޮޑި މަދުވާތީ އިރުކޮޅަކަށްވެސް މިއުޅެނީ މިކަން ކޮށްލަން ނުކެރިގެން. ދުނިޔޭގެ ހުރިހާ ޤައުމުތައް އާދޭސް ކުރާއިރުވެސް މިމީހުން ހަމަ ޑޮލަރު ލިބޭތޯ. ރައްޔިތުންނަށް ހެޔޮއެދޭ ބައެއްނޫނ ތީކީ.
ކަލޭ ތިހެން ނުބުންޏަސް އަހަރެމެން މިތިބީ އެގޮތުގަ. އަދި މި އަޑިގަނޑުން އަރައިގަނެވޭނެ ކަމުގެ ފުރިހަމަ އުންމީދުގަ. ކަލޭ ކޮންމެހެން ބުނާކަށް ނުޖެހޭ.
ކޮބާހޭ ވިލިވަރު ކަރަންޓީނު ފެސިލިޓީ؟ އެތަނަށް ވީގޮތެއް ކިޔައިދޭން ނުކެރިގެން ތިއުޅެނީ ކީއްވެހޭ؟
ވަރައް ސާފުކޮއް މި ބުނަނީ ތިމެސެޖަކީ އަހަރުމެން ގަބޫލުކުރާނެ މެސެޖެނޫން އަބި ދަރިން ހާލުގަޖައްސާފި ފިރިން ރިސޯޓުތަކުގަ ބަންދު ކޮއްލާފި ބަންގި ބަދަލުކޮއްލާފި މިސްކިއްތަ ފަޅުކޮއްލާފި މީތޯ އޯގާތެރިކަމަކީ
މިސްކިތްތަކަކީ މިބިމުގައިވާ ﷲގެ ގެކޮޅު އެތަންތަނަށް މުސްލިމުންއަރަނީ ވ ބޮޑަށް ސާފްތާހިރުވެގެން ޚާއްސަވެގެންވާ ގުނަވަންތަކެއްދޮވެގެން ސުވާލަކީ މިސްކިތްތައް ބަންދުކުރިއިރު ރާއްޖޭގެ ފުރަމާލޭގެ އެއްމެ މުޑުދާރު އަދި އެއްމެ ހާރުބާރުބޮޑު މަސްމާރުކޭޓު ސަރަހައްދު އެގޮތުގައި ދޫކޮށްލެވިފައެއޮތީ ކޮވިޑް 19 އާއި މިސްކިތްތަކާއި އޮތްގުޅުން ހަމަ ބޮޑުކަމުންތޯއެ؟
މިބަލި މިރާއްޖެ އައީ ހުޅަނގުގެ މީހުންގެ ފަލްސަފާއައް އެއްބާރުލުން ދޭމީހުން އުޅޭތީ ސަޢުދީގަވެސް މިހާރު ބަލި އެއޮތީ އތްނުފޯރާ ފަށުގަ
ސަރު ކާރައް ތިލިބޭ ޑޮލަރު ކޮޅެއް . މުޅި ގައުމުގެ ކުދި ވިޔަފަރިތަ ކާ . ހޮޓާތަ ކާ ސު ކޫލް ތަ ކާ އޮފީސް ތައް ބަން ދު ކޮއްފި. އެވަރުން ވެސް އިއްޔެވެސް އައީ 394 ފަތުރު ވެރިން.
މި ފަތުރު ވެރިކަން މަޑުޖައް ސާދަ. ގައުމު ހުޅުވާ ދަރިން ނައް ތައުލީމް ގެ ފުރުސަތުދީ.
ޑޮލަރު ޑޮލަރު. އެހެން ވިސްނުމެއް ނެތީތަ.
އަހަން ނަ ކީ ދަނޑު ވެރިޔެއް . އާންމު ކޮއް މުނރުބާ ވިއް ކަނީ މާލޭގެ ގާޑިޔާ ތަކުގެ ވެރިން ނަށާ ހޮޓާތަ ކައް. އެ ކަމު ތި ޓުވަރިސްޓުން ނެ ކާހެދި . މިގައުމު ގެ ވައިގެ މަގު ހުޅުވާފަ ބެހެއްޓުމުގެ ސަބަބުން . އާންމު ވިޔަފާރި ހުއްޓުމެ ކައް ތި ގެނެވެނީ. މިމަހު ކެނޑި ހުރިހާ ކުރުނބާ މިޖެހުނީ އު ކާލަން.
އަޅެ މިގައުމުގެ ރައީސަ ކު އެބަހުރިތަ،ހުރިނަމަ ރައްޔިތުން ނަށް އެމީހާގެއަޑެއްވެސް އިވޭނެ ދޯ އެއހެން މީހުން ކަރާ ފަޅާއިރު.
Thi dhin hivvarah varah bodah shukuriyaa.. Meega dhenves ragalhu vaan vee rahyithUn
ތިޔަ އޯގާތެރިކަން އެބަފެނެއެވެ. މަގުމަތީގަ އުޅެގެންވެސް ސަލާމަތެއްނެތެވެ. ގޭގަ ތިބެގެންވެސް ސަލާމަތެއްނެތެވެ. އެމީހަކު ދުއްވާ ސައިކަލެއް ކާރެއް ބާއްވާފައި ގެއަށް ވަދެތިބީމާވެސް ސްޓިކާ ޖަހައިގެން 750 ރުފިޔާ އަތުލާ ފެލަނީއެވެ.ވެހިކަލެއް ފެނިއްޖިއްޔާ ހުއްޓުވައިގެން ފައިސާ ކޮޅެއް ލިބޭނެ ގޮތެއް އޮތްތޯ ބަލަނީއެވެ. ގޭގާ ތިބޭނަމެވެ. ކުލި ފެން ކަރަންޓް ފޯނު ބިލް ދައްކާލަދޭށެވެ. އަދި ކާންބޯންވެސް ދޭށެވެ. އޭރުން ގޭގާތިބެން މާއަރާމެވެ.
މިސަރުކާރުގާ ޤުރުބާން ކުރެވޭ ކަންބަލި ތަކަކީ ރެސޯރޓު ބޯއީސް. އެއީ މިސަރުކާރު ގެނައުމަށް ކުރި މަސައްކަތުގެ އަގު ވަޒަން ކުރުމުގެ ގޮތުން. ސާބަސް އަލީ ވަހީދު.
ރައްޔިތުން ގުބޯ ނަހައްދަބަ.. ހައްތަހާވެސް ރިސޯޓްތަ ކުން ފައްސިވަނީ... މާލެއައްވެސް ބަލިޖެހިފަ ތިބި މީހުން އެރުވީ ވަރަށް ކޫލް ކޮށްފަ. އަދިވެސް ބޭރުމީހުން އެބައާދޭ.ރއްޔިތުން ބަންދު ކޮށްފަ ބޭރު ދިން މީހުން ބަލިފެތުރޭ ގައުމުތަ ކުން
އައީމަ ކާމަ ކުނުދޭ.. ހެޔޮނުވާނެ މިބަލި ތިހާ ކޫލް ނުނަގަބަލަ. ތަޖުރިބާލިބިފަ ތިބި އެތެއް ގައުމަކުން އެ ބުނަނީ ގައުމުތައް ލޮކްޑައުންކުރަން އެމީހުންގެ ތަޖުރިބާއަށްބަލާފަ. ތިހެން ކަމަކަށް ނެހެދި ގައުމުތައްކުން މިހާރު ބަލި އެއޮތީ ކޮންޓުރޯލުންނެއްޓިގެންގޮއްސަ.