ރާއްޖޭގައި ކޮވިޑް-19 ފެތުރުން ހުއްޓުވަން ކަރަންޓީން ކުރަން ޖެހޭ މީހުންނަށް ހާއްސަކޮށް، ސަރުކާރަށް ތިން ރިސޯޓު ދެއްވުމަށް ނިންމެވީ އެއްވެސް އަގަކާ ނުލައި ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލިހުގެ މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް މިރޭ ވިދާޅުވެއްޖެއެވެ.

ރާއްޖޭގައި ގާއިމްކޮށްފައިވާ 10 ކަރަންޓީނު ފެސިލިޓީއަކުން 1،158 ކޮޓަރި (2،288 އެނދު) ހަމަޖެއްސި އިރު، އޭގެ ތެރޭގައި ގާސިމްގެ ރިސޯޓުތައް ހިމެނެއެވެ. އެއްވެސް އަގަކާ ނުލައި ސަރުކާރަށް ދޫކޮށްލި ތިން ރިސޯޓަކީ ފަން އައިލެންޑް ރިސޯޓާއި ހޮލިޑޭ އައިލޭންޑް ރިސޯޓާއި ރޯޔަލް އައިލެންޑް ރިސޯޓެވެ. ގާސިމްގެ އަނެއް ދެ ރިސޯޓު ކަމަށްވާ ޕެރަޑައިސް އައިލެންޑް ރިސޯޓާއި ސަން އައިލެންޑް ރިސޯޓު އަދި ދޫކޮށްލާފައި ނުވާ އިރު، އެ ދެ ރިސޯޓުގައި މިހާރު ވެސް ފަތުރުވެރިން އެބަތިއްބެވެ.

ސޯޝަލް މީޑިއާގައި މިވަގުތު އެންމެ ގަދަ އަށް ފެތުރެމުން އަންނަ އެއް ވާހަކައަކީ ކަރަންޓީނު ކުރަން ޖެހޭ މީހުންނަށް ހާއްސަކޮށް ގާސިމް ތިން ރިސޯޓު ދެއްވީ ފައިދާ އާއި މަންފާ ލިބޭ ގޮތަށް ކަމަށެވެ. އެކަމަކު، ސޯޝަލް މީޑިއާގައި ދެކެވޭ އެ ހުރިހާ ވާހަކަތަކެއް ގާސިމް ވަނީ ދޮގު ކުރައްވައިފައެވެ.

ގާސިމްގެ ފަން އައިލެންޑް ރިސޯޓު.

ވީޓީވީ އަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި ގާސިމް ވިދާޅުވީ ސިޔާސީ ބޮޑު ކުޅިގަނޑަކަށް މިކަން ހަދައިގެން އުޅުމަކީ ވަރަށް ދެރަވަރުކޮށް ހިނގާ ކަމެއް ކަމަށެވެ. އަދި ހިތާމައަކީ މިދަނޑިވަޅުގައި ވެސް އެކި ބާވަތުގެ ވިސްނުން ހުރި މީހުން ދިވެހިންގެ ތެރޭގައި އުޅޭތީ ކަމަށް ގާސިމް ވިދާޅުވިއެވެ.

ގާސިމް ވިދާޅުވި ގޮތުގައި، ކަރަންޓީނު ފެސިލިޓީގެ ގޮތުގެ ރިސޯޓުތައް ދޫކޮށްލުމަށް ފުރަތަމަ އެދިވަޑައިގެންނެވީ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދެވެ. އޭގެކުރިން، ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ފޯން ކޯލެއް މިސްވެފައި އޮތް ކަން ގާސިމް ފާހަގަކުރެއްވިއެވެ.

އެހެންވެ، ކަރަންޓީން ކުރާ މީހުން ބޭތިއްބުމަށްޓަކައި ރިސޯޓުތައް ސަރުކާރަށް ދޫކޮށްލަން ތައްޔާރަށް ހުންނެވި ކަން ދެ ބޭފުޅުންނަށް ވެސް އެންގެވި ކަމަށް ގާސިމް ވިދާޅުވިއެވެ. ގާސިމް ވިދާޅުވި ގޮތުގައި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ކުރަން ޖެހުނު ކޮންމެ ކަމެއް ކުރައްވަން އަދިވެސް ހުންނެވީ ތައްޔާރަށެވެ.

ގާސިމް ވިދާޅުވީ އަލީ ވަހީދާ އެކު ކުރެއްވި މަޝްވަރާތަކުގައި ފަން އައިލެންޑްގައި ހުރި ކޮންމެ ކޮޓަރިއަކަށް 750ރ. ދޭން ސަރުކާރުން ބޭނުންވި ކަމަށެވެ. އެކަމަކު، މިއީ އިންސާނިއްޔަތަށްޓަކައި ކޮށްދެއްވާ ކަމެއްގެ ގޮތުގައި ނިންމަވާފައި "އެއްވެސް އިތުރު ޗާޖެއް" ނުކުރާ ގޮތަށް ނިންމެވި ކަމަށް ގާސިމް ވިދާޅުވިއެވެ.

ގާސިމްގެ ހޮލިޑޭ އައިލެންޑް ރިސޯޓު

ގާސިމް ވިދާޅުވި ގޮތުގައި ކަރަންޓީން ކުރާ މީހުން ބޭތިއްބުމަށް ސަރުކާރަށް ދިން ތިން ރިސޯޓުގައި ހުރި ކޮޓަރިތަކުގެ އަދަދު 400 އާ ގާތް ކުރާނެއެވެ.

"އެކަމަކު، ދެންނެވިން އަޅުގަނޑުމެން އަތުގައި ހުރި ކާބޯތަކެތި ހުސްވީމަ، ކުރެވޭނެ ކަމެއް ނެތޭ. މިއަދު މިއުޅެނީ އެއްވެސް ލާރިއެއް، އެއްވެސް ދިމާލަކުން، ބޭންކަކުން ވެސް ނުލިބިގެންނޭ. އަޅުގަނޑުމެން މީހުންނަށް ދޭން ޖެހޭ ޕޭމަންޓުތައް ނުދެވި މިތިބީ ލާރި ނެތިގެން،" ގާސިމް ވިދާޅުވިއެވެ.

ގާސިމް ވިދާޅުވީ ރިސޯޓުތަކުގައި ހުރި ކާބޯތަކެތި ހުސްވަންދެން، ކަރަންޓީން ކުރާ މީހުންނަށް ދޭނެ ކަމަށެވެ. ކާބޯތަކެތި ހުސްވީމަ، ސަރުކާރުން އެހީތެރިވެގެން ކަރަންޓީނުގެ މުއްދަތުގައި ތިބޭ ބަޔަކަށް އެ ތަކެތި ދޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވެސް ގާސިމް ވިދާޅުވިއެވެ.

"އަޅުގަނޑު ބޭނުމެއް ނޫން، ސަރުކާރުން ކިތަންމެ ކުޑަ އެއްޗެއް ވެސް، ބޮޑު އެއްޗެއް ދެއްވިޔަސް، މީގެ ބަދަލުގައި،" ވިލާ ގްރޫޕްގެ ޗެއާމަންކަން ކުރައްވާ ގާސިމް ވިދާޅުވިއެވެ.

ވިޔަފާރީގެ ދާއިރާގައި ސާޅީހަކަށް އަހަރު ހޭދަކުރައްވާފައިވާ މަޝްހޫރު ވިޔަފާރިވެރިޔާ ގާސިމް ވިދާޅުވީ ކަރަންޓީނު ކުރަން ޖެހޭ މީހުން ބައިތިއްބަން ރިސޯޓުތައް ދެއްވީމަ، މިކަން ސިޔާސީކޮށްގެން އުޅޭތީ އެކަމާ ހިތާމަ ކުރައްވާ ކަމަށެވެ. ރަށްތައް ދިނުމުގައި ސަރުކާރާ އެކީގައި ހެދި އެއްވެސް ޑީލެއް ނޯންނާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ގާސިމް އިބްރާހިމް ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ – ވަގުތު އިމޭޖްސް: އަމީން ފަހްމީ
ގާސިމް އިބްރާހިމް ނޫސްވެރިންނާ ވާހަކަ ދައްކަވަނީ. – ވަގުތު އިމޭޖްސް: އަމީން ފަހްމީ

"އަޅުގަނޑު ދަންނަވާނީ މިވަގުތަކީ ސިޔާސީ ގޮތުން މަންފާއެއް ހޯދުމަށް ދިވެހި އެއްވެސް ރައްޔިތަކު މަަސައްކަތް ކުރަންވީ ވަގުތެއް ނޫން. ހެޔޮ ނުވާނެ އެކަން ހުއްޓާލާ،" މި މުސީބާތުން ސަލާމަތް ކުރަން މާތް ﷲ އަށް ދުއާ ދަންނަވަން ނަސޭހަތްތެރިވެވަޑައިގަންނަވަމުން ގާސިމް ވިދާޅުވިއެވެ.

ގާސިމް ވިދާޅުވި ގޮތުގައި މިވަގުތަކީ ސަރުކާރުގެ އެންގުންތަކަށް ފުރިހަމަ އަށް އެއްބާރުލުން ދޭންވީ ވަގުތެވެ. އަދި އެމީހަކަށް ވެވެން އޮތް އެހީތެރިކަމެއް ވުމަކީ ކޮންމެ ފަރުދެއްގެ މައްޗަށް މިވަގުތު ލާޒިމް ކަމެއް ކަމަށް ވެސް ގާސިމް ވިދާޅުވިއެވެ.

"އަޅުގަނޑަށް ﷲ ދެއްވާފައި އޮތް ތަނަވަސްކަމުގެ ތެރެއިން އަޅުގަނޑަށް ދެވެން އޮތް މިންވަރެއް އަޅުގަނޑު މިދެނީ،" ގާސިމް ވިދާޅުވިއެވެ.

ގާސިމް ވިދާޅުވި ގޮތުގައި ސަން އައިލެންޑާއި ޕެރަޑައިސް ދެވެން ނެތީ، މިވަގުތު އެ ރަށުގައި ފަތުރުވެރިން ތިބީމަ އެވެ. އަދި އެ ދެ ރަށް ދޭން ޖެހޭ ހިސާބަށް ރާއްޖޭގެ ކަންކަން ނުދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވެސް ގާސިމް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

43 ކޮމެންޓް

 1. ދައުލަތް

  ސޭޓާ ސޭޓު މޮޅުވާހަކަ ނުދައްކަ،،މާ ހިތްހެޔޮ މީހަކަށް ނުހެދި އަމިއްލަ މުވައްޒަފުންނަށް ހާލުގަ ޖެހުނު ދުވަހު ކަނޑާލާ ގެއަށް ފޮނުވާނުލާ އެމީހުންނަށް މުސާރަދީ ވަޒީފާ އިއާދަކޮށްބަލަ. ކޮންކަހަލަ ވިޔާނުދާ ކަމެއްތިހިރީ! އަދު ވެރިކަން ކުރަން ފޫގަޅައޭއެބަ ހަޔާތްކުޑަވެގެން އަމިއްލަ މުވައްޒަފުންނަށް ހެޔޮނޭދޭމީހަކަު ކޮންތައްޔިތަކަށް ހެޔޮވާނީ. ސޭޓް ބަލާ ބަދަލުގެ ގޮތުގަޔާ ރަށްތަށް ސަރުކާރަށް ކުއްޔަށްދީގެން ހަބޭހަށް މިލިޔަނުން ރުފިޔާ ނެގޭތޯ. އަދިވެސް ޤައުމަށްޓަކާ ދީނަށްޓަކާ އޭކިއާފަ އަނގަހުޅުވާތި އިންސާނިއްޔަތުކަމެއްނެތި ތިމާ ތިހިސާބަށް ގެނެސްދިން މުއަށްޒަފުން ބިކަކޮށްއެއްލާލި ބޮޑުސޭޓާ.

  105
  21
 2. ހުސޭނުބޭ

  އަޅުގަނޑު ބޮޑު އެއްޗެއްވެސް ބޭނުމެއްނޫން! 4 ފަޅުރަށާއި 6 ފަޅު ބޭނުމީ އެއްވެސް ބަދަލަކާނުލާ! ހިލޭ ދިން އެއްޗެތީގެ ބަދަލުގައި ހަމަ ހިލޭ ދޭ އެއްޗެއްގެ ގޮތުގައި!

  87
  12
  • ދައުލަތް

   ހިލޭ؟ ޢެއްވެސް އެއްޗެއްހެޔޮ! މިކަން ނިމުނީމަ ބާރަ ފަޅާ ތޭރަ ފަޅުރަށް ފެންފޮދަކާ ނުލާ ދިރުވާލާފަ ރައްޔިތުންނަށް ބަނޑު ދައްކާލާނަން. ބޮޑު ސޭޓު.

   80
   7
 3. އައްޑޫ ލެއި

  ޤާސިމް އިބްރާހީމް ގެ އަގުވައްޓާލަން ބަޔަކު ކޮންމެ ވާހަކައެއް ދެއްކި ނަމަވެސް ޤާސިމް އިބްރާހީމަކީ ހިންހެޔޮ އޯގާތެރި ދީލަތި ރައްޔތުން ދެކެ ލޯބިވާ އަގު ނުކުރެވޭފަދަ ޚިދްމަތް ތަކެއް ރައްޔިތުންނައް ކޮށްދެއްވަވާ ބޭފުޅެއް

  44
  107
  • ާައައިސް

   އަސްލުވެސް

   10
   33
 4. ށީޒާ ށީޒާ

  ޤާސިމް ގެ މަސައްކަތުގަ ބަ ރަކާތް ލައްވާށި އާމީން

  27
  18
 5. ޙިޔާާްްޅް

  ގާސިމްގެ ރިސޯޓްތައް ސަރުކާރައް ދިނީ ޓެކްސް ކަޑާލަން އެއްބަސް ވެގެން

  46
  2
 6. ޙިޔާާްްޅް

  ގާސިމްގެ ރިސޯޓްތައް ސަރުކާރައް ދިނީ ޓެކްސް ކަޑާލަން އެއްބަސް ވެގެން.

  37
  1
 7. އެކްޓިވިސްޓް

  އަމިއްލަ އެދުމެއްނެތި ޤާސިމް އެއްވެސް ކަމެއް ކޮށްދީފާނެކަމަށް މިހާރު މިރާއްޖޭގެ ރައްޔިތުންނަށް ޤަބޫލުކުރަންދަތި ހިސާބަށް ޤާސިމްގެ ފަރާތުން ރައްޔިތުންވަނީ ކަންކަން ތަޖްރިބާކޮށްފަ. ވިޔަފާރި ރިކަވަރީ އަށްދޫކުރުމަށް ހަމަޖެހިފައިވާ 2.5 ބިލިއަން ރުފިޔާއިން 2 ބިލިއަން ރުފިޔާ ޤާސިމްގެ ވިޔަފާރިތަކަށްދިނުން އެއީވެސް ލައްކަ ބޮޑުވަރެއްނުން. ފައިސާނެތިގެން މުސާރަނުދެވިގެން އުޅޭވާހަކަ އެއޮތީ އޭގެ އިޝާރާތަކަށް ވެދާނެއެވެ

  42
  2
 8. އަހުމަދު އަހުމަދު މުހައްމަދު

  އޭ ގާއްޓޭ މިފަދަ ހައްސާސް ދަނޑި ވަޅެއްގައި ވިލާ ކޮލެޖްގައި ކިޔަވާ ދަރިވަރުންނަށް ލުޔެއް ދެއްވުން ކީއްތޯ މިހާރު 5000 ވަރަކަށް ރުފިޔާ ދައްކަން ޖިހޭ ކުދިންނަށް 2 މަހެއްގެ ފީ ކަނޑާލަ ދިނަސް ނުވަތަ ކުޑަ ކޮށްލަ ދެއްވިޔަސް ވަރަށް ބޮޑު ދަރުމަ ވެރި ކަމަކަށް ވާނީ ﷲ ވޮޑިގެންވަނީ އިހްސާންތެރިވާ މީހުންނާ އެކުގައެވެ އަދި ހަމަ އެގޮތަށް ތިބޭފުޅާ ގެ މުވައްޒަފުންގެ ގޮތުގައި މަސައްކަތް ކުރާ ކުދިން ނަށްވެސް މުސާރަޔާ އިނާޔަތް ތައް ދެއްވާ އެއީ ރަށްފުށުގެ ނިކަމެތިންގެ ދަރިން ދިވެހި ރާއްޖޭގެ ގާރޫނަށް ވެވަޑައި ނުގަންނަވާ ރައްޔިތުންނަށް އެހީވެ ދެއްވާ

  36
 9. ްައަހްމަދު

  ސޭޓާ ސިޔާސީކުރަނީކީނޫން ސޭޓުގެނިންމުންއައިގޮތުން ރައްޔިތުންނައްލިބުނު ސޮކެއްގެސަބަބުން އެވާހަކަދެއްކެނީ ސޭޓުފުރަތަމަވެސްނިންމީ ހުރިހާމުއައްޒިފުން ނޯޕޭލީވްއެއްގަދޫކޮށްލަން ސޭޓަކަށްއޭރުނުވިސްނުނު އެމީހުންއެގޮތައްދޫކޮށްލީމަ މިވަގުތު އިތުރުދިމާއަކުން ވަޒީފާއެއްނުލިބޭނެކަމާ ކުރިއައްމިއޮތް ރަމްލޯންމަހުގަ އެމީހުންތަހައްމަލްކުރަންޖެހޭނެ ނިކަމެތިދުވަސްތަކެއް އެކަމުންރައްޔިތުންނައް ސޭޓުގެއިންސާފުފެނިއްޖެ

  38
 10. ާއަހުމަދު

  އައްޑޫ ގަމުގައި ހުރި ތެޔޮތާގީއާއި ތެލަށް ވީގޮތް އެގޭމީހަކު އެބަހުރިތަ

  22
  1
 11. ޑެއިލް

  ކޮންމެވެސް ގޮތަކަށް ބޮޑު ފައިދާއެއްނެތި ތިކަމެއް ގާސިމެއް ނުކު ރާނެ. ހިލޭ ލިބޭ އެހީތައް ވައްދާނެ ދޮ ރުތަކެއް އަލީ ވަހީދާއި އިބޫ ތައްޔާ ރުތިކު ރީ. ނޫނީ ކުލި ނުދައްކާގޮތްވުން ނޫނީ ބޮޑުލޯނެއް ހޯދުން. އަލީ ވަހީދަކީ މިހާ ރު ގާސިމްގެ އާއިލީ މީހެއް ވަ ރަށް ހިތްހެޔޮވާނެ ގާސިމަށް ނުކު ރެވޭ ކަންކަންވެސްކޮށްލަދޭނެ.

  27
 12. ފެކްޓް

  ސިޔާސީ ކުރާނެ މިހާގެ ނިޔަތް ޚަރާބު ކަން މީހުނަށް އެގެންޏާ! އެއް ހިރަ ކުން އެތައް ކަށްޓެއް ހެރޭ މީހެއް ކަން އަމިއްލައަށް ނޭގުނަސް އެހެން މީހުނަށް އެނގޭ!
  ތި ކަން އެބައެނގޭ މި ހާދިސާ ދިމާވުމާއެ ކު މުވައްޒަފުންނާމެދު ޢަމަލު ކުރިގޮތުންވެސް! މިހާރު ތިވާނީ ޔަޤީންވީ ކަމަށް ދެން އިތުރަށް އެއްޗެއް ލިބެންއޮތީ މި ބަލިން ސަލާމަތްވެ ދުނިޔޭގަ ހުރެވިގެން ކަން. އެދުމެއްނެތި ވެދުމެއް ނު ކުރާނެ އަޅެއް. ލަނޑަޔާ.
  އަޅާއާއި މިބައިމީހުންނަށް ހެޔޮ ވިސްނުން ދެއްވައި ސީދާ މަގަށް މަގު ދައް ކަވާށި!

  24
  1
 13. ޭލާރިބަނޑު

  1158 އެނދުހަދަނީ މީހުން ގިނަވެގެންތަ. 13 ވެސް ނެގެޓިވް. ތީހަމަ އަލީ ވަހީދު ގާސިމުގެ ހިތްހަލާލު ހޯދަން ކު ރާކަމެއް. މިފަހަ ރު ބޮޑު އެއްޗެއް ލިބޭނެ.

  27
  1
 14. ނުރަބޯ

  ތިހެން ކިތަންމެ އެއްޗެއް ކިޔަސް ތިކަމުން ކަލެއަށް ކޮންމެވެސް މޮޅުތަކެއް ނުވާނަމަކަ ތިކަމެއް ނުކުރާނެ. އަހަރެމެންނަށް އާބައެއް ނޫން ތިއީކީ

  28
 15. ތިޔަރެސް

  ހެޔޮނުވާނެ މިދަޑިވަޅުގައިވެސް ފިތުނަވެރި، ދޮގު ވާހަކަ ފަތުރަނީ އެއްވެސް ޖެހިލުމެއްނެތި. ﷲ ތައާލާ ބައްލަވާ ވޮޑިގަންނަވާކަން ހަދާންނައްތާ ލަނީތޯ؟ ހަސަދަވެރިވިޔަސް ބޮޑުވަރު ކޮމެންޓް ކުރެވިދާނެ ދޮގުވާހަކަ ފެތުރިދާނެ އެކަމަކު ޤާސިމަށް އުނިވާނެ އެއްޗެއްނެތް. މާދަމާ އެފަދަމީހުން ދޭނީ ކޮންޖަވާބެއްބާ؟

  5
  14
 16. ތިޔަރެސް

  ހެޔޮނުވާނެ މިދަޑިވަޅުގައިވެސް ފިތުނަވެރި، ދޮގު ވާހަކަ ފަތުރަނީ އެއްވެސް ޖެހިލުމެއްނެތި. ﷲ ތައާލާ ބައްލަވާ ވޮޑިގަންނަވާކަން ހަދާންނައްތާ ލަނީތޯ؟ ހަސަދަވެރިވިޔަސް ބޮޑުވަރު

  1
  12
 17. ބޫ

  ހެޔޮނިޔަތުގަ ކޮށްދެއްވި ކަމަކަށްވާނަމަ ނިހާޔަތަށް ޝުކުރުވެރިވަން، ނަމަވެސް މާދަމާ ތިކަމަށް ކަލަ ގޮވައިނަމަ .....

  18
 18. މާމިގިލީ މީހާ

  މާމިގިލީ ދާއިރާ ހިސޯރުކޮއްގެން އުޅޭނެ ވަރަށް ފަގީރު ކުއްޖެއް. މާމިގިލީ ރައްޔިތުން މި ކުއްޖާޔަށް، އެހީވާން ފަންޑުފޮއްޓެއް މާމިގިލީގަ ބެހެއްޓުން ރަނގަޅު. މިކަލޭގެ 5 ރިސޯޓާ އެޔާޕޯޓެއް އޮވެޔޯ، އެކަމު މުވައްޒިފުނަނައް ދެނެ އެއްޗެއް ނެތް. ކަލޭ އަގަކާ ނުލައި، ރިސޯޓްތައް ސަރުކާރަށް ދޭނެތަ. ކަލޭޔާ ކަރަޔާ ރާވައިގެން ސަރުކާރުން ބޮޑު ލާރިގަނޑެއް ކައިލާން ތިޔަ އުޅެނީ. މިހާރު ކަލޭގެ ރިސޯޓްތަކަށް ގެސްޓުން ނާންނާތީ..

  19
  1
 19. މާމިގިލީ މީހާ

  މާމިގިލީ ދާއިރާ ހިސޯރުކޮއްގެން އުޅޭނެ ވަރަށް ފަގީރު ކުއްޖެއް. މާމިގިލީ ރައްޔިތުން މި ކުއްޖާޔަށް، އެހީވާން ފަންޑުފޮއްޓެއް މާމިގިލީގަ ބެހެއްޓުން ރަނގަޅު. މިކަލޭގެ 5 ރިސޯޓާ އެޔާޕޯޓެއް އޮވެޔޯ، އެކަމު މުވައްޒިފުނަނައް ދެނެ އެއްޗެއް ނެތް. ކަލޭ އަގަކާ ނުލައި، ރިސޯޓްތައް ސަރުކާރަށް ދޭނެތަ. ކަލޭޔާ ކަރަޔާ ރާވައިގެން ސަރުކާރުން ބޮޑު ލާރިގަނޑެއް ކައިލާން ތިޔަ އުޅެނީ. މިހާރު ކަލޭގެ ރިސޯޓްތަކަށް ގެސްޓުން ނާންނާތީ...

  19
  2
 20. ގާދިރު

  ކަލަ ގޮވުމުގެ އައްޕަ ،،، ސާބަސް ކަލެޔަށް..

  25
 21. އެޑަމްބެ

  ގަބޫލުކުރަންޖެހޭ ހަގީގަތަކީ، މިއަދު ގާސިމް އޭނާގެ ރިސޯޓުތައް ގުރުބާން ކުރީތީ އެތައް އެތައް މީހެއްގެ ފުރާނަ ފަހަރުގައި މި ސަލާމަތްވާން މަގު ފަހިވަނީ، ކަރަންޓީނު ކުރާނެ ތަންތަން ލިބިގެން. ކޮންމެ ސަބަބަކާއި ނޫނީ މަގުސަދަކާއި ހެދި ކަމުގައި ވިޔަސް، އަހަރެމެން އެއްމެން ގާސިމް އަށް މި ފުރުސަތު ފަހި ކޮއްދިން ކަމައްޓަކާ ދުއާ އާއި ޝުކުރު ރައދުކުރުން ހައްގުވޭ! މި ދެއްވި ޚިދުމަތަށް އޅުގަނޑުގެ ނަމުގަޔާއި އާއިލާގެ ނަމުގައި ޝުކުރު އަދާ ކުރަން. އަދި މާތް ރަސްކަލާންގެ ގާސިމް އަށް ހެޔޮ ޖަޒާ އާއި އިތުރު ތަނަވަސްކަން ދެއްވާށި. ހުރިހާކަމެއް މޮޅަށް ދެނެވޮޑިގެންވާނީ މާތް ރަސްކަލާނގެ! ހުރިހާ ދިވެހިންވެސް ރާއްޖެ ސަލާމަތް ކުރުމަށް ދުއާ ދަންނަވާ! އަދި ދުނިޔޭގެ އެތައް މުސްލިމުންނަކާއި ގައިރު މުސްލިމުން މި ބަލިމަޑުކަމުން ސަލާމަތް ކޮއްދެއްވާތޯ ދަންނަވާދީ. ވ ސަލާމް ހުރިހާ ކިޔުންތެރިންނަށް.

  3
  15
 22. އޭރާ މިހާރު

  މަބުނީ 5 ރިސޯޓް އޯކޭ، އެވަރުން ނުވީމަ ވަނީ ސިޔާސި ކުޅިގަނޑުގެ ތެރެއަށް ވަދެ ނެއްފެން ވަރުން އުޅެންދިމާ ކުރީ ދެންތިއްބެވި ސިޔާސި ވެރިންވެގެ ބައެއް ބޭފުޅުން ތިބޭފުޅާގެ ނާތަހުޒީބު ކަމުގެ ފައިދާ ތައް ދަމައި ގަތީ ނާޖާއިޒު ކަމުގަ... ބަޣާވާތް ވެސް ކުރައްވަން ކަލޯ ފެލައިލީ ދެންއާސް އިނދެ ޖެހެން ފެށީމަ ފެލަންފެށީ އަމިއްލަ މުއައްޒަފުންގެ ހައްގުތައް އެންމެ ފަހުން ބިކަވާން ފެށީމަ ވެސް ބިރުން ތެޅިގަންފަ މި ކިޔަނީ އަޅުގަނޑު އަތަކު ލާރިއެއް ނެތޭ، އަދިވެސް މިސްރާބު ހުރީ އަމިއްލަ އެދުން އިސްކުރުމުގަ. ގައްދާރު ކަމުގަ މުދާހޭދަ ކުރާ މީހަކަށް މުއައްޒަފުންނަކަށް ވެސް ރައްޔިތުންނަށް ވެސް ދެވޭނެ ހެވެއް ނޯންނާނެ. ބަހާ އަމަލުން އިހްލާސްތެރި ވެއްޖެ ނަމަ އަދިވެސް ކުރިޔަށް ދެވިދާނެ.

  17
 23. ތެދުވެރިޔާ

  ﷲ ގަންދީ ހުވާ ކޮށްފަ ނުބުނީމަ އެގިއްޖެ ތީދޮގެއްކަން

  18
 24. ނޯ

  މިފަހަރު ކީއްވެތަ ﷲގަންދީ ހުވާކޮށްފަ ނުބުނީ ތީގެތެދު ދޮގު އެނގެނީ ކިހިނެއް އިތުބާރު ގެއްލިފަ ތިބޭބަޔަކު ދައްކާއެއް ވެސްވާހަކައެއް ޤަބޫލެއް ނުކުރެވޭނެ!

  17
 25. ޞޮނިބެ

  ގަާސިމަކިީ މަކަރުވެރިއެއް ރިސޯޓުގަޓިބި މުއަޒަފުން ބަލިީގެ ތެރެއަށް ފަށްތަާލަާ މިީނަގެ އަންބޮޑިބޮޑުކުރަނިީ

  24
  1
 26. ސަން އައިލެންޑް ސްޓާފުން

  ފު ރަތަމަ ތިމާގެ މުވައްޒަފުން ނައް މުސާ ރަ ދީބަލަ ..ތިމާ މުއްސަނދި ކޮއްދިން ކުދިން އެތިބީ މުސާ ރަ ނުދީ ފޮނުވާލާފާ. އެންމެ ދެ ރަ ވެގެން . ސާވިސް ޗާޖު ..އެއީ ގެސްޓުން އަތުން އެކުދިން ނައް ބަހަން ނެގި ފައިސާ. އެވެސް ކާލީ. ފު ރަތަމަ ދަ ރަނި އަދާކު ޭ.ރ

  26
  2
 27. ﷲއަށްބިރުވެތިވޭއަނިޔާވެރިންދުރައްދޭ

  ގާސިމްއިބް ރާހިމުއާދިމާލަށް އިނގިލިދިއްކޮށްލެވޭނެ އެއްވެސް މީހެއް މުސްސަންޖެ މި ރާއްޖެއަކުނުހުންނާނެ އެމަނިކުފާނަކީ މި ރާއްޖޭގެ ލޮބުވެތި ރައްޔަތުންނަ ތައުލީމާ ސިއްހަތާ ސިއްހީދާއި ރާއްއިން މީހުންއުފެދެއްވި ގުނާއަގުނުކު ރެވޭހިދުމަތްތަކެ ކޮށްދެވުންމަތީ މިއަދާހަމައަށް ﷲހުގެވާގިފުޅާއެކު ދެމިހުންނެވި ބޭފުޅެއް މިގައުމުގަ މުސްސަދި ކަންލިބިފައިވަނީ ގާސިމް އެކަނިތޯ ދެންތިބިމީހުންނަ ފައިސާލިބެނީ އެމީހުންގެ މަތިވެ ރި އަމިއްލަބާ ރު ވެ ރިކަމުންތޯ ފަގީ ރުންނައްޓަކާ އެމަނިކުފާގެ މިލުކިއްޔާތުން ހަ ރަދުކޮށްދެއްވާތީވެ ﷲއެމަނިކުފާނުގެ މުދާމިއަދާހަމައަށް ލެހެއްޓެވިއްކަމަޓަކާ ﷲސުހާނަޙޫވަތައާލާޙަޝު ރަަތަ ހަމުދާސުކު ރުދަންނަވަން

 28. އަލްޖިބްރާ

  ޤާސިމްގެ އަގުވައްޓާލަން ބަޔަކު ވާހަކަ ދައްކަނީއޭ ގޮވާއިރު ، ޤާސިމެއް ނޫންތަ އޭނާގެ ރިސޯރޓްތަކުގައި ތިބިމުވައްޒިފުން މުސާރަ ނުލިބޭގޮތަށް ރިސޯރޓް ތަކުން ބޭރުކުރީ ؟ތިޔަ މީހާއަކީ މިޤައުމުގެ ހަލާކޭ ބުނަން ޖެހެނީ މިހެންވެގެން ! މީނައަކީ ހަމައެކަނި މީނަގެ އަމިއްލައެދުމައިގެން ކުރިއަށް ދާ މީހެއް ! އެކަމުގެ ނަތީޖާ އޭނާއަށް ﷲ ދައްކަވާނެ !

  9
  1
 29. ޕަރމަނެންޓް ޑެސްޓިނޭޝަން

  ތިއީ އަލުން އަވަސް މުއްދަތެއްގައި ފަތުރުވެެރިކަން ނަގަހައްޓަން ކުރާ ކަމެއް. މި ޕޭންޑެމިކުން ސަލާމަތް ވެގެން އަލުން ރިސޯޓު އޯނަރުންގެ ޖީބަށް ޑޮލަރު ވަންނާނީ ވެސް ކުރިއެކޭ އެއްގޮތަށް.

 30. ބީރު

  މީ މިހާތަނައް ދުށް އެންމް ބޯހަ ރު އެނމެ ނުވިސްނޭ .
  ރައްޔިތުންގެ ފުރާނަ އަށްވުރެ ތހިމާމެން އެކަކު އަނެކަކައް ބަހާނެ ޑޮލަރު ކޮޅަކަށް އިސްކަންދޭ ސަ ރުކާރެއް .

  އެހެން ނުނަނަމަ މިހާރު އެއާޕޯޓް ބަންދު ކޮއްފީސް.

 31. ގާބެ

  ކަންކަން ކޮއްދީދަ ކަލަ ގޮވުމަކީ ވަރަށް ދެރަކަމެއް.. އެކަމް މިވެސް ރަނގަޅު ޔުނިވަރސަލް އަށްވުރެ. އެމީހުން ކިތައް ރިސޯޓް ދީފިބާ؟

  3
  2
 32. އީގަލް

  ބޮޑު އެއްޗެއް ބޭނުމެއްނޫން ދެތިން މިލިއަން ޑޮލަރު މަހަކު .............ސާބަސް ގައުމުގެ ބޮޑުން

 33. ޙަސަން

  ޢެމް ޑީ ޕީ ގެ ގުނޑާއިން އަބަދުވެސް ދިފާޢުކުރެވޭތޯ ބަލާނެ އެމީހުންގެ އަނިޔަވެރިކަން އެކަންކުރަނީ އެހެންމީހުން ދޮގުވާހަކަ ދައްކައި ކަނޑު ފައްތަން އެގޮތުން މިފަދަ ޚުޠޫރަތްތެރި ވަޤުތުވެސް ބައްލަވާ އެއުޅޭ ހުތުރު ގޮތް މިއީ އަންނި ދެމުން އެދާ އިރުޝާދަކީ އަދި ނަސޭޙަތަކީ،
  ކިހާ ދެރަ!

  4
  1
 34. މުހައްމަދު

  ބަލަ ތިން ރިސޯޓުގައި ތިބި މުވައްޒަފުން މުސާ ރަނުދީ ގެއަށް ފޮނުވާލާފަ ކަ ރަންޓީނު ފެސީލިޓީ އަކައް ތިން ރިސޯޓު ދޫކޮށްލާ ހިސާބަކަށް އަދި ނުދެޔޭ ގާސިމާ. ކޮބާ މުވައްޒަފުންގެ ހައްގު.

 35. ވިލާ

  ރައްޔިތުންނަށްޓަކައި ރިސޯޓްތައް ދެވޭއިރު، މުވައްޒަފުންނަށްޓަކައި މުސާރަދީބަލަ ނިކަން. މީހުން ނުކަނޑާ، މި ހާލަތުން އަރައިގަނެވޭންދެކަ ހުރިހާ މުވައްޒަފުންނަށް އުޅެވޭނެގޮތް ހަދާދީބަލަ ނިކަން

  5
  1
 36. ނައީމް

  ހުރިހާމުވައްޒިފުންނަށް ޕޭލީވްދެއްވާ އިންސާނިއްޔަތަށް ޓަކާ ހަމައެކަނި އިންސާނިއްޔަތުކަންހުރީ ސަރުކާރަށް މީ ކާކުދަންނަ އިންސާނިއްޔަތެ ސަރުކާރު ސަރުކާރު ފޮރުވިފައިވާ ކަމެއްވާނެ ނޫނީ މުވައްޒަފުންނަށް ޕޭލީވް ދެއްވާފަ ފޮނުވާލާ

 37. މާމީ

  ކޮންމެ ކަމެއް ގާސިމް ކުރިއަސް ގާސިމްގެ ޕާރޓީ އަކައްވެސް ގާސިިމަކައްވެސް އެއްވެސް ވޯޓެއް ނުދޭނަން،،

  10
 38. އަޙްމަދު

  ދީލަތި ވާން ކިތަންމެ ގިނަ ރިސޯޓެއް ސަރުކާރަށް ހިލޭ ދިނަސް ތިމާ ކާރީގާމަސައްކަތް ކުރާ މީހުންނާ ދޭތެރޭ ގޯސްކޮށް ކަންކުރަންޏާ އެކަންކަން މީހުން ބަލެއެއް ނުގަންނާނެ. މިދަނޑިވަޅު ސަރުކާރަށް ރައްތައް ދިނުމަކީ ރަނގަޅުކަމެއް. 2008 އިން 2019 ގެ ނިޔަލަށް މަނިކުފާނު ރިސޯޓްތައް ރަނގަޅުގޮތުގައި ހީންގާ ސިޔާސީމީހުންނާއި ކަންކަމަށް ބޭކާރު ލާރި ޙަރަދު ނުކޮށް ފަހައް ރައްކާކުރިނަމަ ތިބޭފުޅާގެ މުވައްސަފުންނަށް މިހާރު އެދިމާވިގޮތް ނުވާނެކަން ކަށަވަރު! އަދި އޭގެ ސަބުން 2023 ގެ ރިޔާސީ އިންތިހާބު ފަސޭހަކަމާ އެކު ކާމިޔާބު ކުރެވޭނެ ކަމީ ޝައްކެއް އޮތްކަމެއް ނޫން! ނަމަވެސް ސިޔާސީ މީހުންނާއި ކަންކަމުގެ ސަބަބުން ތިޔަ ގެއްލެނީ އަބުރު އަދި ވިޔަފާރި ދަނީ ދަށަށް!

 39. އަބޫބެ

  ޤާސިމް އެއްޗެއް ބޭނުން ނުވާކަން އެނގޭނީ ރަނގަޅަށް ބެލީމާ، ރިޒޯޓު ހުއްޓާލި އިރު ބާކީ ހުރި ކާބޯތަކެތި ކަރަންޓީން ފެސިލިޓީގައި ތިބި މީހުން ބޭނުންކުރަން ހިލޭ ދިންނަމަ ތިޔަކަން އެނގުނީސް. ރިޒޯޓު ލޭންޑް ރެންޓް އެމުއްދަތަށް ނުނަގާނަމަ ތިޔަކަން އެނގުނީސް، ސަރުކާރުން ލޯނު ލިބިއްޖިއްޔާ މުވައްޒަފުންނަށް މުސާރަ ދޭނަމޭ ނުބުނިނަމަ ތިޔަކަން އެނގުނީސް. ތިޔައީ ވިޔަފާރިވެރިއެއް. ކުރާ ކޮންމެކަމެއްވެސް ތިޔަކުރަނީ ހަމަ ވިޔަފާރިއަށް. ދަރުމައަކަށް ނޫން.

 40. ޖާބިރު

  ބަދަލުގެ ގޮތުގަ ފަހުން ނަގާނެ ހައެކަސަތޭކަ މިލިޔަން ރުފިޔާ

 41. މާލެ

  ގާސިމުއަށް ކިތަން މެ ފާޑެއް ކިޔަސް އެވަރުގެ ކަންކަން ކޮށްދީފަ ހުރި މީހަކު މިގައުމުގަ ނެތް. ހުރިނަމަ އެބަޔެއް ގެ ވާހަކަ ލިޔަން ވީ އޭރުން މާރަނގަޅު ވާނެ ހުރިހާމީހުނަށް ވެސް އެމީހަކު އެނގޭނެ. މިހުން ގެ ގޯސް ވާހަކަ ލިޔަން އެނގޭފަދައިން ރަނގަޅު ވާހަކަ ތަށްވެސް ލިޔަން ދަސް ކުރަނޖެހޭ. ހިތުހުރި ކޮމެންޓެއް މިލިޔެވޭނީވެސް ބަޔަކު މިގައުމަށް ގެނައި މިނިވަ ންކަމެއް ގެ ސަބަބުން އެކަމުގަ ވެސް އެންމެ ކުރީގަ ހުރި އެކަކު އެއީ ގާސިމު. ގާސިމުގެ ވަހަކަ ނުދސްކާ ތިމާމެން ސަރުކާރަށް ކަމެން ކޮށްދިނުން މާރަނގަޅު ވާނެ. ގާސިމެން އަހަރުމަނަކަށްމިދިޔަ 40އަހަރުވީއިރުވެސް ނުހުށްޓުވުނު.ކުރެވުނުކަމަކީ ހިތުހުރި އެއްޗެއް ކިޔުން،

  2
  6