00:45

ސްވިޒަލޭންޑުން އިތުރު 752 މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެ. ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި އެގައުމުން 1،020 މީހަކު ވަނީ ފައްސިވެފަ. މިހާތަނަށް ސްވިޒަލޭންޑުން ޖުމްލަ 10،987 މީހަކު ވަނީ ފައްސިވެފަ

00:15

23:46

23:31

23:04

22:48

22:29

22:23

21:58

21:35

21:28

21:04

ކޮވިޑް-19 އާއި ގުޅިގެން ކޮންމެ ރެއަކު ބާއްވަމުން އަންނަ ނޫސްވެރިންގެ ބައްދަލުވުން މިރޭ ނޯންނާނެ ކަން އެޗްޕީއޭ އިން ވަނީ އަންގާފައި. ނޫސްވެރިންގެ ބައްދަލުވުން ދެން އޮންނާނީ މާދަމާ މެންދުރުފަހު.

20:50

20:13

އަޒަރްބައިޖާނުން ކޮވިޑް-19 ޖެހިގެން އިތުރު މީހަކު މަރުވެއްޖެ. އެއާއެކު އެގައުމުން މަރުވި މީހުންގެ އަދަދު މިވަނީ ދެއަކަށް އަރާފަ

20:12

ލިތުއޭނިއާއިން ކޮވިޑް-19 ޖެހިގެން އިތުރު 2 މީހަކު މަރުވެ، އެގައުމުން މި ބަލީގައި މަރުވި މީހުންގެ އަދަދު 4 އަށް އަރައިފި

20:11

އިރާގުން ކޮވިޑް-19 ޖެހިގެން އިތުރު މީހަކު މަރުވެ، އެގައުމުން މަރުވި މީހުންގެ ޖުމްލަ އަދަދު 29 އަށް އަރައިފި

20:10

ޑޮމިނިކަން ރިޕަބްލިކުން އިތުރު 80 މީހަކު ކޮވިޑް-19 އަށް ފައްސިވުމާއެކު، އެގައުމުން މި ބައްޔަށް ފައްސިވި މީހުންގެ އަދަދު މިހާރު މިވަނީ 392 އަށް އަރާފަ

20:09

ޑޮމިނިކަން ރިޕަބްލިކް އިން ކޮވިޑ-19 ޖެހިގެން އިތުރު 4 މީހަކު މަރުވެއްޖެ، އެއާއެކު އެގައުމުން މަރުވި މީހުންގެ އަދަދު މިހާތަނަށް މިވަނީ 10 އަށް އަރާފަ.

20:06

ކޮވިޑް-19 ޖެހިގެން ޗިލީ އިން އިތުރު މީހަކު މަރުވެއްޖެ. މިހާތަނަށް އެގައުމުން މި ވަނީ މި ބަލީގައި 3 މީހަކު މަރުވެފަ

19:45

މިއަދު މިހާތަނަށް މުޅި ދުނިޔެއިން 854 މަރު، 17236 މިހުން ފައްސި

19:45

19:44

ލައޮސް އިން އިތުރު 1 ފައްސި، ފައްސިވި މީހުންގެ ޖުމްލަ އަދަދު 3

19:44

ނޭޕާލުން އިތުރު 1 ފައްސި، ފައްސިވި މީހުންގެ ޖުމްލަ އަދަދު 4

19:43

ޒެމްބިއާއިން އިތުރު 9 ފައްސި، ފައްސިވި މީހުންގެ ޖުމްލަ އަދަދު 12

19:43

ޔުގެންޑާއިން އިތުރު 5 ފައްސި، ފައްސިވި މީހުންގެ ޖުމްލަ އަދަދު 14

19:42

ޓޯގޯއިން އިތުރު 3 ފައްސި، ފައްސިވި މީހުންގެ ޖުމްލަ އަދަދު 23

19:42

ޖަމައިކާއިން އިތުރު 4 ފައްސި، ފައްސިވި މީހުންގެ ޖުމްލަ އަދަދު 25

19:42

މަކާއުއިން އިތުރު 1 ފައްސި، ފައްސިވި މީހުންގެ ޖުމްލަ އަދަދު 30

19:41

ނައިޖީރިއާއިން އިތުރު 2 ފައްސި، ފައްސިވި މީހުންގެ ޖުމްލަ އަދަދު 46

19:41

މައުރީޝިއަސްއިން އިތުރު 6 ފައްސި، ފައްސިވި މީހުންގެ ޖުމްލަ އަދަދު 48

19:40

ފަލަސްތީނުން އިތުރު 2 ފައްސި، ފައްސިވި މީހުންގެ ޖުމްލަ އަދަދު 62

19:40

ޔޫކްރޭނުން އިތުރު އިތުރު 1 މަރު، މަރުވި މީހުންގެ ޖުމްލަ އަދަދު 4

19:39

މަލްޓާއިން އިތުރު 19 ފައްސި، ފައްސިވި މީހުންގެ ޖުމްލަ އަދަދު 129

19:39

ވިއެޓްނާމުން އިތުރު 7 ފައްސި، ފައްސިވި މީހުންގެ ޖުމްލަ އަދަދު 141

19:39

އަލްބޭނިއާއިން އިތުރު 23 ފައްސި، ފައްސިވި މީހުންގެ ޖުމްލަ އަދަދު 146

19:38

އުތުރު މެސެޑޯނިއާއިން އިތުރު 29 ފައްސި، ފައްސިވި މީހުންގެ ޖުމްލަ އަދަދު 177

19:38

ކުވޭތުން އިތުރު 4 ފައްސި، ފައްސިވި މީހުންގެ ޖުމްލަ އަދަދު 196

19:37

ކްރޮއޭޝިއާއިން އިތުރު 36 ފައްސި، ފައްސިވި މީހުންގެ ޖުމްލަ އަދަދު 418

19:37

ބަހްރައިނުން އިތުރު 27 ފައްސި، ފައްސިވި މީހުންގެ ޖުމްލަ އަދަދު 419

19:37

އިންޑިއާއިން އިތުރު 40 ފައްސި، ފައްސިވި މީހުންގެ ޖުމްލަ އަދަދު 606

19:36

ފިލިޕީންސްއިން އިތުރު 3 މަރު، މަރުވި މީހުންގެ ޖުމްލަ އަދަދު 38

19:36

ރަޝިއާއިން އިތުރު 163 ފައްސި، ފައްސިވި މީހުންގެ ޖުމްލަ އަދަދު 658

19:36

އައިސްލޭންޑުން އިތުރު 89 ފައްސި، ފައްސިވި މީހުންގެ ޖުމްލަ އަދަދު 737

19:35

އިންޑޮނޭޝިއާއިން އިތުރު 3 މަރު، ޖުމްލަ 58

19:34

19:34

ކޮވިޑް-19 ޖެހިގެން ގާނާއިން އިތުރު 1 މަރު، އެ ގައުމުން މި ވައިރަސް ޖެހިގެން މަރުވި މީހުންގެ އަދަދު ވަނީ 3 އަށް އަރާފައި. އެ ގައުމުން އިތުރު 15 މީހަކު ވަނީ މި ވައިރަސްއަށް ފައްސިވެފައި، ފައްސިވި މީހުންގެ ޖުމްލަ އަދަދު 68

19:33

ކޮވިޑް-19 ޖެހިގެން މިސްރު އިތުރު 1 މަރު، އެ ގައުމުން މި ވައިރަސް ޖެހިގެން މަރުވި މީހުންގެ އަދަދު ވަނީ 21 އަށް އަރާފައި. އެ ގައުމުން އިތުރު 40 މީހަކު ވަނީ މި ވައިރަސްއަށް ފައްސިވެފައި، ފައްސިވި މީހުންގެ ޖުމްލަ އަދަދު 442

19:32

ކޮވިޑް-19 ޖެހިގެން ފިންލޭންޑުން އިތުރު 2 މަރު، އެ ގައުމުން މި ވައިރަސް ޖެހިގެން މަރުވި މީހުންގެ އަދަދު ވަނީ 3 އަށް އަރާފައި. އެ ގައުމުން އިތުރު 88 މީހަކު ވަނީ މި ވައިރަސްއަށް ފައްސިވެފައި، ފައްސިވި މީހުންގެ ޖުމްލަ އަދަދު 880

19:32

ކޮވިޑް-19 ޖެހިގެން ސައުދި އަރަބިއްޔާއިން އިތުރު 1 މަރު، އެ ގައުމުން މި ވައިރަސް ޖެހިގެން މަރުވި މީހުންގެ އަދަދު ވަނީ 2 އަށް އަރާފައި. އެ ގައުމުން އިތުރު 133 މީހަކު ވަނީ މި ވައިރަސްއަށް ފައްސިވެފައި، ފައްސިވި މީހުންގެ ޖުމްލަ އަދަދު 900

19:31

ކޮވިޑް-19 ޖެހިގެން ރޯމޭނިއާއިން އިތުރު 1 މަރު، އެ ގައުމުން މި ވައިރަސް ޖެހިގެން މަރުވި މީހުންގެ އަދަދު ވަނީ 13 އަށް އަރާފައި. އެ ގައުމުން އިތުރު 112 މީހަކު ވަނީ މި ވައިރަސްއަށް ފައްސިވެފައި، ފައްސިވި މީހުންގެ ޖުމްލަ އަދަދު 906

19:31

ކޮވިޑް-19 ޖެހިގެން ޕޮލެންޑުން އިތުރު 3 މަރު، އެ ގައުމުން މި ވައިރަސް ޖެހިގެން މަރުވި މީހުންގެ އަދަދު ވަނީ 13 އަށް އަރާފައި. އެ ގައުމުން އިތުރު 56 މީހަކު ވަނީ މި ވައިރަސްއަށް ފައްސިވެފައި، ފައްސިވި މީހުންގެ ޖުމްލަ އަދަދު 957

19:29

ޗެކް ރިޕަބްލިކުން އިތުރު ދެ މަރު، ޖުމްލަ 5

 

 

19:28

ޗިލީން އިތުރު 220 ފައްސި، ފައްސިވި މީހުންގެ ޖުމްލަ އަދަދު 1142

19:27

ކޮވިޑް-19 ޖެހިގެން ޑެންމާކުން އިތުރު 2 މަރު، އެ ގައުމުން މި ވައިރަސް ޖެހިގެން މަރުވި މީހުންގެ އަދަދު ވަނީ 34 އަށް އަރާފައި. އެ ގައުމުން އިތުރު 124 މީހަކު ވަނީ މި ވައިރަސްއަށް ފައްސިވެފައި، ފައްސިވި މީހުންގެ ޖުމްލަ އަދަދު 1715

19:27

ކޮވިޑް-19 ޖެހިގެން މެލޭޝިއާއިން އިން އިތުރު 2 މަރު، މިއަދު މިހާތަނަށް އެ ގައުމުން ތިން މަރު، ޖުމްލަ މަރި 19

19:26

ކޮވިޑް-19 ޖެހިގެން ބްރެޒިލް އިން އިތުރު 1 މަރު، އެ ގައުމުން މި ވައިރަސް ޖެހިގެން މަރުވި މީހުންގެ އަދަދު ވަނީ 47 އަށް އަރާފައި. އެ ގައުމުން އިތުރު 27 މީހަކު ވަނީ މި ވައިރަސްއަށް ފައްސިވެފައި، ފައްސިވި މީހުންގެ ޖުމްލަ އަދަދު 2274

19:23

ކޮވިޑް-19 ޖެހިގެން ބެލްޖިއަމްއިން އިތުރު 56 މަރު، އެ ގައުމުން މި ވައިރަސް ޖެހިގެން މަރުވި މީހުންގެ އަދަދު ވަނީ 178 އަށް އަރާފައި. އެ ގައުމުން އިތުރު 668 މީހަކު ވަނީ މި ވައިރަސްއަށް ފައްސިވެފައި، ފައްސިވި މީހުންގެ ޖުމްލަ އަދަދު 4937

ކޮވިޑް-19 ޖެހިގެން ސްވިޑެން އިން އިތުރު 2 މަރު، އެ ގައުމުން މި ވައިރަސް ޖެހިގެން މަރުވި މީހުންގެ އަދަދު ވަނީ 42 އަށް އަރާފައި. އެ ގައުމުން އިތުރު 2362 މީހަކު ވަނީ މި ވައިރަސްއަށް ފައްސިވެފައި، ފައްސިވި މީހުންގެ ޖުމްލަ އަދަދު 35353

ކޮވިޑް-19 ޖެހިގެން ޕޯޗުގަލްއިން އިތުރު 10 މަރު، އެ ގައުމުން މި ވައިރަސް ޖެހިގެން މަރުވި މީހުންގެ އަދަދު ވަނީ 43 އަށް އަރާފައި. އެ ގައުމުން އިތުރު 227 މީހަކު ވަނީ މި ވައިރަސްއަށް ފައްސިވެފައި، ފައްސިވި މީހުންގެ ޖުމްލަ އަދަދު 2526

ނޯވޭއިން އިތުރު 29 ފައްސި، ފައްސިވި މީހުންގެ ޖުމްލަ އަދަދު 2971

19:17

19:15

ކޮވިޑް-19 ޖެހިގެން އޮސްޓްރިއާއިން އިތުރު 2 މަރު، އެ ގައުމުން މި ވައިރަސް ޖެހިގެން މަރުވި މީހުންގެ އަދަދު ވަނީ 30 އަށް އަރާފައި. އެ ގައުމުން އިތުރު 277 މީހަކު ވަނީ މި ވައިރަސްއަށް ފައްސިވެފައި، ފައްސިވި މީހުންގެ ޖުމްލަ އަދަދު 5560

19:14

ކޮވިޑް-19 ޖެހިގެން އިނގިރޭސިވިލާތުން އިތުރު 11 މަރު، އެ ގައުމުން މި ވައިރަސް ޖެހިގެން މަރުވި މީހުންގެ އަދަދު ވަނީ 433 އަށް އަރާފައި. އެ ގައުމުން އިތުރު 660 މީހަކު ވަނީ މި ވައިރަސްއަށް ފައްސިވެފައި، ފައްސިވި މީހުންގެ ޖުމްލަ އަދަދު 10537

19:12

ކޮވިޑް-19 ޖެހިގެން ސްވިޒަލޭންޑުން އިތުރު 27 މަރު، އެ ގައުމުން މި ވައިރަސް ޖެހިގެން މަރުވި މީހުންގެ އަދަދު ވަނީ 149 އަށް އަރާފައި. އެ ގައުމުން އިތުރު 660 މީހަކު ވަނީ މި ވައިރަސްއަށް ފައްސިވެފައި، ފައްސިވި މީހުންގެ ޖުމްލަ އަދަދު 10537

19:11

ކޮވިޑް-19 ޖެހިގެން ޖަރުމަނުން އިތުރު 22 މަރު، އެ ގައުމުން މި ވައިރަސް ޖެހިގެން މަރުވި މީހުންގެ އަދަދު ވަނީ 181 އަށް އަރާފައި. އެ ގައުމުން އިތުރު 2362 މީހަކު ވަނީ މި ވައިރަސްއަށް ފައްސިވެފައި، ފައްސިވި މީހުންގެ ޖުމްލަ އަދަދު 35353

18:53

ޕްރެސް ކޮންފަރެންސް ނިންމާލައިފި.

18:50

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް: ކާގޯ ފްލައިޓުތަކެއް ހަފްތާއަކު ދެ ދުވަހެއް ވަރު ބޭއްވުމަށް މިދަނީ މަސައްކަތް ކުރަމުން.

18:49

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް: ކެފޭތަކާއި ރެސްޓޯރަންޓުތައް އަދި ނުހުޅުވާ ހަފްތާއެއް ވަންދެން ބަލާނަން.

18:47

18:41

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް: މުސާރަ ކުޑަކުރާކަށް ނޫޅެން. މުސާރަތައް ދޭނަން. މަޝްރޫއުތައް މަޑުޖައްސާކަށް ނުނިންމަން.

18:40

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް: މި މަސް ނިމެންވާ އިރަށް ކޮވިޑް-19 ޖެހިފައިވާ މީހަކު ނެތް ނަމަ، (ބަލި ޖެހިފައިވާ މީހުން ރަނގަޅުވެގެން) އޭޕްރީލް މަސް ނިމެން ވާއިރަށް ސައުތު އީސޓްް އޭޝިއާ އަށް ފަތުރުވެރިކަމުގެ މާކެޓު ހުޅުވާލެވޭނެ. މިހާރު ވެސް ގިނަ އަދަދެއްގެ ބުކިންސްތައް އެބަ އާދޭ.

18:32

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް: ސިޔާސީ މަގާމުތަކަށް މީހުން އައްޔަން ކުރުން ވަގުތީ ގޮތުން ހުއްޓާލާފައި އޮތީ. އިތުރު ބުރައެއް އުފުލުމަކީ ދައުލަތުގެ ބަޖެޓަށް ބުރަ ބޮޑުވާނެ ކަމެއް. މިވަގުތަށް ވަނީ މަޑުޖައްސާލާފައި.

18:30

ޕެންޝަން ފަންޑުގައި ހުރި ފައިސާ ރައްޔިތުންނަށް ބޭނުންކުރެވިދާނެތޯ ސުވާލު ކުރުމުން ރައީސް ވިދާޅުވީ، އެ ހިޔާލު ވަޒީރުންގެ މަޖިލިހަށް ހުށަހަޅުއްވާނެ ކަމަށް. ޕެންޝަން ފައިސާ އާ ކުޅެވޭނީ ގާނޫނަކުން ފާސްކޮށްގެން ކަމަށް ވިދާޅުވި.

18:27

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް: އަޅުގަނޑުމެން މަސައްކަތް ކުރަންވީ. ހީވާގި ކެރޭ ބަޔަކަށް ވާންވީ. ބޭރު މީހުން އަދާކުރާ ވަޒީފާތަކަށް ނުކުންނަންވީ. އޭރުން ރާޢްޖޭގެ އިގްތިސާދަށް ބޮޑު ބަދަލުތަކެއް އަންނާނެ.

18:26

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް: އާމްދަނީ ހިފެހެއްޓޭނީ ވަޒީފާތަކަށް މީހުން އަހުލުވެރިކޮށްގެން. ސަރުކާރުގެ އެބައޮތް މީހުން ބިނާ ކުރުމުގެ ސިޔާސަތު. އަހަރެއްގެ ތެރޭގައި ވަކި ވަރެއް ނެރެން އަމާޒުކޮށްފައިވާނެ. އޭރުން ޑޮލަރު ބޭރުވާ ވަރު ވަރަށް ބޮޑު ތަން ކުޑަތަންވާނެ. މަހެއްގެ މައްޗަށް 300 މިލިއަން ޑޮލަރު، ބޭރު މީހުން އެބަ ފޮނުވާ. މި ހިފެހެއްޓިއްޖެނަމަ، ވަރަށް ބޮޑު ފައިދާއަކަށް ވާނީ.

18:15

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވީ އިދިކޮޅު ފަރާތްތަކާ ވާހަކަ ދައްކަވާ ކަމަށް. މީގެ ދެ ދުވަސް ކުރިން ޕީއެންސީގެ ރައީސް އަބްދުﷲ ރަހީމް އަބްދުﷲ ދެ ފަހަރު ގުޅުއްވި ކަމަށާއި އެ ކޯލްތައް މިސްވި ކަމަށް ވިދާޅުވި.

18:12

ރައީސް އަބްދުﷲ ޔާމީން މިނިވަން ކުރަން ގަސްދު ކުރޭތޯ ނޫސްވެރިއަކު ސުވާލު ކުރުމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވީ ވަކި މީހަކަށް ވަކި ގޮތެއް ނޯންނާނެ ކަމަށާއި އަމަލުކުރައްވާނީ ގާނޫނުގައި އޮންނަ ގޮތަށް ކަމަށް.

18:11

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް: އައިއެމްއެފްގެ ލޯނެއް ނަގާކަށް އަދި ނުވިސްނަން.

18:07

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް: މާލެ އަށް ބަލި ފެތުރިއްޖެ ނަމަ، ކޮންޓްރޯލް ކުރަން ވަރަށް އުނދަގޫ ވާނެ.

18:07

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް: މާލެ އަށް ބަލި އަޔަ ނުދިނުމަށް ހާއްސަ ސަމާލުކަމެއް އެބަދެން. ރަށްރަށަށް ވެސް ބަލި ފެތުރުނަ ނުދޭން ހާއްސަ ސަމާލުކަމެއް އެބަދެން. ކޮންމެ ރަށެއްގައި ޓާސްކް ފޯހެއް ވަނީ ހަދާފައި. ކާޑުގެ ބާވަތްތަކުގެ ސްޓޮކްގެ މައުލޫމާތު ކޮންމެ ރަށަކުން ހޯދަމުން މިދަނީ. މަދުވާ މިންވަރު ފޮނުވަމުން މިދަނީ. އެއްވެސް ރަށަކަށް އިހުމާލު ނުވެ، މިކަމުގައި އެހީތެރިކަން ފޯރުކޮށްދޭނަން.

18:06

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް: އަޅުގަނޑުގެ ސިއްހީ ހާލަތު އަދި ރަނގަޅު. އަޅުގަނޑު ހުންނާނީ ރައްޔިތުންނާ އެކީގައި. ރައްޔިތުންނަށް ވާގޮތެއް ވާން. އަޅުގަނޑުގެ ސަލާމަތާއި ރައްކާތެރިކަމަށް އަޅާނެ ފިޔަވަޅަކީ ރައްޔިތުންގެ ސަލާމަތާ ރައްކާތެރިކަމަށް އަޅާނެ ފިޔަވަޅު.

17:58

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް: ހާލަތު އެންމެ ގޯސް ވިޔަސް، ކަންތައް ކުރާނެ ގޮތުގެ ޕްލޭން އެންމެ ފުރަތަމަ ދުވަހުން ފެށިގެން އެބަ އޮތް. އައިސީޔޫ ފެސިލިޓީ އާއި އައިސޮލޭޝަނަށް ވެސް ބޭނުންވާ ކެޕޭސިޓީ ތައްޔާރުކުރަމުން އެބ ަދަން. މިހާތަނަށް ވަނީ 2000 އަށް ވުރެ ގިނަ ކަރަންޓީނު ފެސިލިޓީ ގާއިމުކޮށްފައި.

17:51

ރައީސް ވިދާޅުވި ގޮތުގައި މިކަމުން އަރައިގަންނަން މަހެއް ބޭނުންވާނެ. ޗައިނާގެ ވޫހާން ސިޓީން މިސާލު ނެންގެވި.

17:51

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް: މި އެޅި ފިޔަވަޅުތަކުން މިކަމުން އަރައިގަނެވިދާނެ. މިކަމުގައި ފަރުވާކުޑަކޮށްގެން ނުވާނެ.

17:49

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް: އަޅުގަނޑުވާނީ ލޯންތަކާ ބެހޭ ގޮތުން މަޝްވަރާ ކުރުމަށް ޗައިނާގެ ރައީސް އަށް ސިޓީއެއް ފޮނުއްވާފައި. އަޅުގަނޑު އުންމީދު ކުރަނީ ލުއި ގޮތްތަކެއް ހަމަޖެހިގެންދާނެ.

17:46

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް: އެއްވެސް މީހަކު ވަޒީފާ އިން ވަކިނުކޮށްދިނުމަށް އެދެން. އަޅުގަނޑުމެން އެހީ މިދެނީ މި ބޭނުމުގައި.

17:45

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް: މިހާތަނަށް 50 ރިސޯޓުގެ އޮޕަރޭޝަން ވަނީ ސަސްޕެންޑްކޮށްފައި. ކުރިއަށް އޮތް ދެ ހަފްތާ ތެރޭގައި އެހެން ހުރިހާ ރިސޯޓުތަކާއި ހޮޓާތަކެއް ބަންދުވާނެ. މިގަޑީގައި މިކަން އެބަ ކުރަން ޖެހޭ. އަޅުގަނޑުމެންނަށް މިކަން ކުރެވިއްޖެ ނަމަ، އަޅުގަނޑުމެންނަށް ފެންނަނީ އުޖާލާކޮށް.

17:44

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް: މިކަމުން އަރައިގަނެވޭނީ ދުނިޔެ މަސައްކަތްކޮށްގެން، އެއް ބަޔަކު އަނެއް ބަޔަކަށް އެހީވެގެން. އެކަމަކު މީގެ އުންމީދު ގެއްލުވާލާކަށް ނުވޭ. މިއުޅެނީ ފައިނޭންޝިއަލް ކްރައިސަސްއެއް އައިސްގެން ނޫން. ފައިސާ އެބަހުރި. ބައްޔެއް ފެތުރިގެން މިދަނީ. މިކަމުން އަރައިގަތުމާ އެކީގައި ވަރަށް ބޮޑެތި ބަދަލު އިގްތިސާދަށް އަންނާނެ. މި އަހަރުގެ ފަހު ކުއާޓަރުގައި އިގްތިސާދީ "ބޫމް" އެއް އަންނާނެ ކަމަށް ތަޖުރިބާކާރުން ބުނޭ. އަޅުގަނޑުމެންނަށް މަންޒަރު ފެންނަނީ ރިސޯޓުތައް ފުރިގެންދާ ތަން.

17:41

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް: މިވަގުތު ބުނެވިދާނެ މިއޮތީ ލޮކްޑައުންއެއްގައި. އެ ނޫން ގޮތެކޭ ބުނެވޭ ކަށް ނެތް. އަޅުގަނޑުމެން މިތިބީ ތައްޔާރަށް. އަސާސީ ހިދުމަތްތައް ދަތިވިޔަ ނުދީ ރައްޔިތުންނަށް ފޯރުކޮށްދޭނަން.

17:40

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް: ހުރިހާ ފަރާތްތަކަށް އެބައޮތް މިކަމުގައި ބައިވެރިވާން. ވަކި ކުލައަކަށް ވަކި ޕާޓީއަކަށް ވަކި ރަށަކަށް ބެލުމެއް ނެތް. މިއީ ހުރިހާ ރައްޔިތުން ގުޅިގެން މަސައްކަތް ކުރަންވީ ވަގުތު. ވޮލަންޓިއަރުންނަށް ހުޅުވާލާފައި އޮތީ. ނޯޓު ކުރަމުން މިދަނީ.

17:37

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް: ޑޮލަރު ޝޯޓޭޖެއް ނެތި ކުރިއަށް އޮތް ހަތަރު ވަރަކަށް މަސް ދުވަހު ކުރިއަށް ދެވޭނެ. މިއީ މާ ދުރަށް ވިސްނުން ގެންދެވޭ ފަދަ ހާލަތެއް ނޫން. މިއީ އެއްވެސް ބަޔަކު ތައްޔާރުވެ ތިބި ކަމެއް ނޫން. މިއަށް ވުރެ މާ ބޮޑެތި ގައުމުތަކުގެ އިގްތިސާދު ވެސް އެ ދަނީ ފުނޑެމުން. މިކަމާ ކުރިމަތިލުމަށް ތައްޔާރުވެގެން ތިއްބައެއް ނޫން މިކަންވީ. ކޮންމެ ބަޔަކު ދަނީ ހާތަލާއި ވަގުތާ ޖެހޭ ފިޔަވަޅު އަޅަމުން.

17:35

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް: އަޅުގަނޑުމެންގެ އަދިވެސް ވިސްނުން ހުރީ ލޯން ނަގަން ބޭރުން. ކަރަންސީ ސްކޯޕް އެރޭންޖްމަންޓަކަށް ދިއުމަށް ފުރުސަތު އެބަހުރި. އިންޑިއާ އިން ދިން ކްރެޑިޓް ފެސިލިޓީ އަދި ބޭނުން ކުރަން ނުފަށަން.

17:34

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވީ ރާއްޖެއިން ބޭރުގައި ތިބި ގެނައުމަށް މަސައްކަތް ކުރަމުންދާ ކަމަށް. އެގޮތުން ނޭޕާލް، މެލޭޝިއާ، ސްރީލަންކާ ފަދަ ގައުމުތަކުގައި ތިބި ދިވެހިން އެމަނިކުފާނު ފާހަގަކުރެއްވި،

17:33

ވޯލްޑް ބޭންކުން ރާއްޖޭގެ ކޮވިޑް ފަންޑަށް 10 މިލިއަން ޑޮލަރު ވަނީ ދީފައި.

17:31

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް: މި ދުވަސްވަރު ކުއްޔަށް އުޅޭ މީހުންނަށް ލުއި ދޭން ކުލި ރެގިއުލޭޓް ކުރަން އެބަ ވިސްނަން.

17:31

17:31

17:31

17:30

17:28

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް: އެމްއެމްއޭގެ ގަވަރުނަރު ވަނީ ހުރިހާ ބޭންކްތަކަކާ ބައްދަލުކޮށްފައި. ސަރުކާރުން އެދޭ ގޮތް ވަނީ ހުށަހަޅާފައި. އަޅުގަނޑު އުންމީދު ކުރަނީ އެއްބާރުލުން ދެއްވައި ރައްޔިތުންނަށް ދިމާވެފައިވާ ދަތި އުނދަގުލުން ސަލާމަތް ކުރަން އެހީތެރިވާނެ ކަމަށް.

17:26

ރައީސްގެ ވާހަކަފުޅަށް ފަހު، ނޫސްވެރިންގެ ސުވާލުތަކަށް ހުޅުވާލައިފި.

17:26

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް: މިއީ އެންމެން އެއްބައިވާންވީ ވަގުތު.

17:25

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް: އިތުރު 10 މަސް ދުވަހަށް ވާ ވަރަށް ހަނޑުލާއި ހަކުރު އަދި ފަސް ދުވަހަށް ވާވަރަށް ފުށް ގެންނަން އެސްޓީއޯ އިން ވަނީ ނިންމައިފަ.

17:25

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް: އޭޑީބީ އާއި އޯޕެކް އަދި އޭއައިބީ ފަދަ ބޭންކްތަކާ މިދަނީ މަޝްވަރާ ކުރަމުން. އެސްޓީއޯ އިން ކާޑުގެ ބާވަތްތައް ވިއްކާފައި ހުރި ގޮތަށް ބަލާއިރު، ކޮންމެ ރަށެއްގައި އިތުރު އެއް މަސް ދުވަހަށް ބޭނުންވާ ކާޑު ހުންނާނެ. އެސްޓީއޯ އިން މަސައްކަތް ކުރަނީ ތެލުގެ ބާވަތްތައް ދަތިކަމެއް ނެތި ލިބޭނެ ކަމުގެ ޔަގީންކަން އެސްޓީއޯ އިން ދެއްވާ.

17:23

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް: ސްޓޫޑަންޓް ލޯން ދައްކަން ޖެހޭ 4000 އަށް ވުރެ ގިނަ ދަރިވަރުން އެބަތިބި. އެ ލޯން ދެއްކުން ހަ މަސް ދުވަހަށް ފަސްކޮށްދިނުމަށް ވަނީ ނިންމާފައި.

17:22

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް: ސަރުކާރުން ގަސްދު ކުރަނީ ދަނޑުވެރިން އުފައްދާ ތަކެތި އެސްޓީއޯ މެދުވެރިކޮށް ތާޒާ ކަންމަތީ ރައްޔިތުންނާ ހަމައަށް ފޯރުކޮށްދިނުމަށް ޓްރޭޑިން ޕްލެޓްފޯމެއް ތައާރަފް ކުރުމަށް.

17:21

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް: އިންޓަނެޓަކީ މިހާރު ވަރަށް ގިނަ އިން ބޭނުން ކުރާ އެއްޗެއް. އެއަށް އައި ބަދަލުތައް ކުރިއަށް އޮތް ދެ ތިން ދުވަހު އިއުލާން ކުރާނަން.

17:20

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް: 2.5 މިލިއަން ރުފިޔާގެ އިގްތިސާދީ ޕެކޭޖެއް ވަނީ ތައްޔާރުކޮށްފައި. ލޯންތަކަށް އެދުމުގެ ފުރުސަތު އަންނަ ހަފްތާގައި އިއުލާން ކުރެވޭނެ. ރާއްޖޭގެ ހުރިހާ ގޭބިސީއެއްގެ އޭޕްރީލް މަހުގެ ކަރަންޓު ބިލް 40 ޕަސަންޓު އަދި ފެން ބިލުގެ 30 ޕަސަންޓު ކުޑަ ކުރެވޭނެ.

17:19

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް: ބޭންކް އޮފް މޯލްޑިވްސް އިން ދޫކޮށްފައިވާ ލޯނުތައް ދެއްކުން ހަ މަސް ފަސްކޮށްދޭން ވަނީ ނިންމާފައި. ފުރަތަމަ ހަ މަސް ފަހުން ދައްކާއިރު އިތުރު 20 ޕަސެންޓް ކުޑަވާނެ.

17:18

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް: ރިސޯޓުތަކާއި ގެސްޓްހައުސްތަކަށް ބީއެމްއެލްގެ ފައިސާ އިން 308 މިލިއަން ރުފިޔާ ދޫކުރުމަށް ވަނީ ނިންމާފައި، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކާއި ދަނޑުވެރިކަމަށް އެޗްޑީއެފްސީ އަށް ދައްކަން ޖެހޭ ލޯންތައް ދެއްކުން ވަނީ ފަސްކޮށްދީފައި.

17:17

ޕޮޒިޓިވްވި 13 މީހުންގެ ތެރެއިން މިހާތަނަށް ރަނގަޅުނުވެ ތިބި އަށް މީހުންގެ ތެރެއިން އިތުރު ތިން މީހަކު ރަނގަޅުވެއްޖެ ކަން ރައީސް އިއުލާން ކުރައްވައިފި.

17:17

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް: މިކަމުގެ ސަބަބުން ފަތުރުވެރިކަމަށް ބޮޑެތި ގެއްލުންތަކެއް އެބަ ލިބޭ. ވިޔަފާރިތަކަށް ގެއްލުން އެބަ ލިބޭ. އިގްތިސާދަށް ގެއްލުން އެބަވޭ. ސަރުކާރުން މަސައްކަތް ކުރަނީ އާންމު ރައްޔިތުންނަށް ލިބޭ ގެއްލުންތައް ކުޑަކުރުން.

17:16

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް: މި ބަލި އަޅުގަނޑުމެންގެ ތެރޭގައި ނުފެތެރޭނެ ކަމަށް ނިންމަންވީ ވަގުތެއް ނޫން. ރާއްޖޭގެ އެކިކަންކޮޅުތަކުގައި މި ބަލި ދަނީ ހަލުވިކަމާ އެކީގައި ފެތުރެމުން. ދުނިޔެއިން ބަލި ކޮންޓްރޯލް ނުވަނީސް ރާއްޖެ އަށް މި ބަލި ނާންނާނެއޭ ދެންނެވޭކަށް ނެތް. މިކަމުގައި އެޅި ފިޔަވަޅުތަކުގެ ނަތީޖާ ރަނގަޅު.

17:14

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް: އިތުރު އެއް ހަފްތާއަށް ސްކޫލްތަކާއި އޮފީސްތަކާއި ކޮލެޖްތަކާއި ޔުނިވަސިޓީތައް ބަންދު ކުރަން ވަނީ ނިންމާފައި. މި މަހުގެ 27 އިން ފެށިގެން އޮން އެރައިވަލް ވިސާ ދިނުން ހުއްޓާލަން ވަނީ ނިންމާފައި.

17:14

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް: ތިޔަބޭފުޅުން ކޮށްދޭންވީ ކަމަކީ ބޭރަށް ނިކުމެވަޑައިގެން ނުގެން ގޭގައި މަޑުކޮށްދިނުން. މިއީ އެންމެންގެ ސަލާމަތާއި ރައްކާތެރިކަމަށް އަޅަން ޖެހޭ ފިޔަވަޅުތަކެއް. އަދި އިތުރު ފިޔަވަޅުތައް މިދަނީ އަޅަމުން.

17:12

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު: ރައްޔިތުންގެ ފަރާތުން ލިބެމުންދާ އެއްބާރުލުމަށް ޝުކުރު ދަންނަވަން. އަދި ނޫސްވެރިން ކުރައްވާ ބުރަ މަސައްކަތްތައް އިހްލާސްތެރިކަމާ އެކީގައި ފާހަގަ ކުރަން. ޗައިނާގައި ބަލި ފެތުރެން ފެށުމާ އެކު، ޖެނުއަރީން ފެށިގެން ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅަމުން، ހާލަތާ ގުޅޭ ގޮތަށް ކަންކަން ބަދަލު ކުރަނީ ސިއްހީ ތަޖުރިބާކާރުންގެ ލަފައާ އެއްގޮތަށް.

17:11

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް: މިއަދު އެންމެ ފުރަތަމަ ބޭނުންވަނީ ރާއްޖޭގައި މި ބަލި ފެތުރުނަ ނުދިނުމަށް ސިއްހީ ހިދުމަތްތެރިން ކުރާ މަސައްކަތަށް އެބޭފުޅުންނަށް ޝުކުރު ދަންނަވަން.

17:10

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ދެއްވާ ޕްރެސް ކޮންފަރެންސް ފަށައިފި.

16:25

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ދެއްވަވާ ޕްރެސް ކޮންފަރެންސެއް ކުޑައިރުކޮޅެއްގެ ތެރޭގައި ދަރުބާރުގޭގައި ފެށޭނެ. މިއީ ކޮވިޑް-19 އާ ގުޅިގެން އެމަނިކުފާނު ނޫސްވެރިންނާ ބައްދަލު ކުރައްވާ ފުރަތަމަ ފަހަރު. އެމަނިކުފާނު ކުރިން ވަނީ މި ބައްޔާ ގުޅިގެން ގައުމާ މުހާތަބް ކުރައްވާފައި.

16:24

16:13

15:46

15:37

15:36

15:36

https://twitter.com/VaguthuOnline/status/1242754613310177280?s=19

14:52

14:04

14:02

13:19

ނޭޕާލްގައި އިތުރު އެކެއްގެ ގައިން ބަލި ފެނިއްޖެ. މިހާތަނަށް ތިން މީހެއްގެ ގައިން އެ ގައުމުން ބަލި ފެނިފައިވޭ.

13:18

މަޑަގަސްކަރަ އިން އިތުރު ދެ މީހެއްގެ ގައިން ބަލި ފެނިއްޖެ. މިހާތަނަށް 19 މީހެއްގެ ގައިން ބަލި ފެނިފައިވޭ.

13:18

އަފްގާނިސްތާނުގައި އިތުރު އެކަކު ބަލި ޖެހިގެން މަރުވެއްޖެ. މިހާތަނަށް ދެ މީހަކު މަރުވެފައިވޭ.

13:17

އޮމާންގައި އިތުރު 15 މީހެއްގެ ގައިން ބަލި ފެނިއްޖެ. މިހާތަނަށް 99 މީހެއްގެ ގައިން ބަލި ވަނީ ފެނިފައި.

13:16

ޔޫކްރެއިންގައި އިތުރު 11 މީހެއްގެ ގައިން މި ބަލި ފެނިއްޖެ. މިހާތަނަށް 113 މީހެއްގެ ގައިން ބަލި ވަނީ ފެނިފައި.

13:15

ސާބިއާގައި އިތުރު އެކަކު ބަލި ޖެހިގެން މަރުވެއްޖެ. މިހާތަނަށް ހަތަރު މީހަކު ވަނީ އެ ގައުމުން މަރުވެފައި.

13:15

ޗެކް ރިޕަބްލިކްގައި އިތުރު 103 މީހަކު ބަލި ޖެހިގެން މަރުވެއްޖެ. މިހާތަނަށް 1،497 މީހުންގެ ގައިން ބަލި ފެނިފައިވޭ.

13:14

މެލޭޝިއާގައި އިތުރު އެކަކު މަރުވެއްޖެ. މިހާތަނަށް 17 މީހަކު ވަނީ މަރުވެފައި.

13:14

އިސްރާއީލްގައި އިތުރު ދެ މީހަކު މަރުވެއްޖެ. މިހާތަނަށް ފަސް މީހަކު ވަނީ މަރުވެފައި.

13:14

އޮސްޓްރޭލިއާގައި އިތުރު 106 މީހަކަށް ބަލި ޖެހިއްޖެ. މިހާތަނަށް 2،423 މީހުންގެ ގައިން ބަލި ފެނިފައިވޭ.

13:04

ނޯވޭގައި އިތުރު އެކަކު ބަލި ޖެހިގެން މަރުވެއްޖެ. މިހާތަނަށް 13 މީހަކު ވަނީ މަރުވެފައި. އިތުރު ދެ މީހެއްގެ ގައިން ބަލި ފެނުނު އިރު، 2،868 މީހުންގެ ގައިން ބަލި ވަނީ ފެނިފައި.

13:03

އޮސްޓްރިއާ އިން އިތުރު ދެ މީހަކު ބަލި ޖެހިގެން މަރުވެއްޖެ. މިހާތަނަށް 30 މީހަކު ވަނީ މަރުވެފައި. އިތުރު 85 މީހެއްގެ ގައިން ބަލި ފެނިފައިވާ އިރު، މިހާތަނަށް ބަލި ޖެހުނު މީހުންގެ އަދަދު ވަނީ 5،368 މީހުންނަށް އަރާފައި.

13:02

ސްވިޓްޒަލެންޑުން އިތުރު ދެ މީހަކު މަރުވެއްޖެ. މިހާތަނަށް 132 މީހުން ވަނީ މަރުވެފައި. އިތުރު 14 މީހެއްގެ ގައިން ބަލި ފެނިފައިވާ އިރު، މިހާތަނަށް 9،891 މީހުންގެ ގައިން ބަލި ފެނިފައިވޭ.

12:58

12:16

ކޮވިޑް-19 ޖެހިގެން މީހުން މަރުވި ގައުމުތަކާއި، ބައްޔަށް މީހުން ފައްސި (ޕޮޒިޓިވް) ވެފައިވާ އަދަދު

އެމެރިކާ
- ހަތަރު މީހުން މަރު، ޖުމްލަ 784 މަރު
- 35 ފައްސި، ޖުމްލަ 54916

ދެކުނު ކޮރެއާ
- ހަ މީހުން މަރު، ޖުމްލަ 126 މަރު
- 100 ފައްސި، ޖުމްލަ 9137

އިސްރާއީލް
- އެކަކު މަރު، ޖުމްލަ 04
- 100 ފައްސި، ޖުމްލަ 2030

މެލޭޝިއާ
- 173 ފައްސި، ޖުމްލަ 1796

ޕާކިސްތާން
- 28 ފައްސި، ޖުމްލަ 1000

ތައިލެންޑް
- 107 ފައްސި، ޖުމްލަ 934

ދެކުނު އެފްރިކާ
- 155 ފައްސި، ޖުމްލަ 709

އިންޑިއާ
- 26 ފައްސި، ޖުމްލަ 562

މެކްސިކޯ
- އެކަކު މަރު، ޖުމްލަ 05 މަރު
- 38 ފައްސި، ޖުމްލަ 405

އަރްމޭނިއާ
- 16 ފައްސި، ޖުމްލަ 265

ހަންގޭރީ
- އެކަކު މަރު، ޖުމްލަ 10 މަރު
- 39 ފައްސި، ޖުމްލަ 226

ބަލްގޭރިއާ
- 02 ފައްސި، ޖުމްލަ 220

ކެމްބޯޑިއާ
- 02 ފައްސި، ޖުމްލަ 93

ވެނެޒުއޭލާ
- 07 ފައްސި، ޖުމްލަ 91

ކަޒަކިސްތާން
-07 ފައްސި، ޖުމްލަ 79

އުޒްބަކިސްތާން
-05 ފައްސި، ޖުމްލަ 55

ބަންގްލަދޭޝް
-01 މަރު، ޖުމްލަ 05 މަރު

ޕެރަގުއޭ
-01 މަރު، ޖުމްލަ 03 މަރު
- 10 ފައްސި، ޖުމްލަ 37

ހޮންޑިއުރަސް
- 06 ފައްސި، ޖުމްލަ 36

ބޮލީވިއާ
- 03 ފައްސި، ޖުމްލަ 32

ޖެމެއިކާ
- 04 ފައްސި، ޖުމްލަ 25

ނިއު ކެލެޑޯނިއާ
- 02 ފައްސި ޖުމްލަ 12

އެލް ސަލްވެޑޯ
- 04 ފައްސި، ޖުމްލަ 09

ފިޖީ
- އެކެއް ފައްސި، ޖުމްލަ 05

11:52

10:21

09:48

08:07

02:25

މިހާރު ދުނިޔޭގައި ފެތުރެމުންދާ ކޮވިޑް-19 ޖެހިގެން ފާއިތުވެދިޔަ 24 ގަޑިއިރު ތެރޭގައި އެކަނިވެސް ޖުމްލަ 2،098 މީހަކު ވަނީ މަރުވެފަ. އަދި ޖުމްލަ 38،876 މީހަކު ވަނީ މި ބައްޔަށް ފައްސިވެފަ

02:04

ބްރެޒިލްއިން ކޮވިޑް-19 އަށް އިތުރު 277 މީހަކު ފައްސިވެއްޖެ. މިހާތަނަށް ޖުމްލަ 2،021 މީހަކު އެގައުމުން ވަނީ ފައްސިވެފަ

02:03

ބްރެޒިލްއިން ކޮވިޑް-19 ޖެހިގެން އިތުރު 12 މީހަކު މަރުވެއްޖެ. މިހާތަނަށް ޖުމްލަ 46 މީހަކު އެގައުމުން ވަނީ މަރުވެފަ.

01:44

ބޮސްނިއާ ކޮވިޑް-19 ޖެހިގެން އިތުރު މީހަކު މަރުވެއްޖެ. ވޭތުވެދިޔަ 24 ގަޑިއިރު ތެރޭގައި އެގުމުން މި ބަލީގައި 2 މީހަކު ވަނީ މަރުވެފަ. މިހާތަނަށް ޖުމްލަ 3 މީހަކު އެގައުމުން ވަނީ މަރުވެފަ.

01:42

އެމެރިކާއިން ކޮވިޑް-19 ޖެހިގެން އިތުރު 2 މީހަކު މަރުވެއްޖެ. ވޭތުވެދިޔަ 24 ގަޑިއިރު ތެރޭގައި އެގުމުން މި ބަލީގައި 131 މީހަކު ވަނީ މަރުވެފަ. މިހާތަނަށް ޖުމްލަ 684 މީހަކު އެގައުމުން ވަނީ މަރުވެފަ.

01:32

އެމެރިކާއިން ކޮވިޑް-19 އަށް އިތުރު 478 މީހަކު ފައްސިވެއްޖެ. ވޭތުވެދިޔަ 24 ގަޑިއިރު ތެރޭގައި އެގުމުން މި ބައްޔަށް 9,144 މީހަކު ވަނީ ފައްސިވެފަ. މިހާތަނަށް ޖުމްލަ 52,878 މީހަކު އެގައުމުން ވަނީ ފައްސިވެފަ

01:31

އެމެރިކާއިން ކޮވިޑް-19 ޖެހިގެން އިތުރު 8 މީހަކު މަރުވެއްޖެ. ވޭތުވެދިޔަ 24 ގަޑިއިރު ތެރޭގައި އެގުމުން މި ބަލީގައި 129 މީހަކު ވަނީ މަރުވެފަ. މިހާތަނަށް ޖުމްލަ 682 މީހަކު އެގައުމުން ވަނީ މަރުވެފަ.

01:16

އެމެރިކާއިން ކޮވިޑް-19 އަށް އިތުރު 892 މީހަކު ފައްސިވެއްޖެ. ވޭތުވެދިޔަ 24 ގަޑިއިރު ތެރޭގައި އެގުމުން މި ބައްޔަށް 8،666 މީހަކު ވަނީ ފައްސިވެފަ. މިހާތަނަށް ޖުމްލަ 52،400 މީހަކު އެގައުމުން ވަނީ ފައްސިވެފަ

01:15

އެމެރިކާއިން ކޮވިޑް-19 ޖެހިގެން އިތުރު 7 މީހަކު މަރުވެއްޖެ. ވޭތުވެދިޔަ 24 ގަޑިއިރު ތެރޭގައި އެގުމުން މި ބަލީގައި 121 މީހަކު ވަނީ މަރުވެފަ. މިހާތަނަށް ޖުމްލަ 674 މީހަކު އެގައުމުން ވަނީ މަރުވެފަ.

00:58

ލިތުއޭނިޔާއިން ކޮވިޑް-19 ޖެހުނު އިތުރު މީހަކު މަރުވެ، މަރުވި މީހުންގެ ޖުމްލަ އަދަދު 2 އަށް އަރައިފި

00:57

ޕެރޫ އިން ކޮވިޑް-19 ޖެހުނު އިތުރު ދެމީހަކު މަރުވެ، އެގައުމުން މިހާތަނަށް މަރުވި މީހުންގެ އަދަދު 7 އަށް އަރައިފި

00:56

ކޮވިޑް-19 ޖެހިގެން ރޯމާނިޔާ އިން އިތުރު 3 މީހަކު މަރުވެއްޖެ. މިއަދު އެކަނި އެގައުމުން މިވަނީ 4 މީހަކު މަރުވެފަ. މިހާތަނަށް ރޯމަނިއާ އިން ކޮވިޑް-19 ޖެހިގެން 11 މީހަކު ވަނީ މަރުވެފަ

00:39

ކޮވިޑް-19 ޖެހިގެން މިސްރުން އިތުރު މީހަކު މަރުވެއްޖެ. އެއާއެކު އެގައުމުން މަރުވި މީހުންގެ އަދަދު މިވަނީ 20 އަށް އަރާފަ

00:35

މިހާރު ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 ޖެހިގެން މެލޭޝިޔާއިން އިތުރު މީހަކު މަރުވެއްޖެ. އެގައުމުން މިއަދު މިހާތަނަށް ދެމީހަކު މިވަނީ މަރުވެފަ. މޭލޭޝިޔާއިން މިހާތަނަށް ޖުމްލަ 16 މީހަކު ވަނީ މަރުވެފަ

00:34

ތުރުކީން އިތުރު 343 މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެ. އެއާއެކު އެގައުމުން މިހާތަނަށް ފައްސިވި މީހުންގެ އަދަދު މިވަނީ 1،872 އަށް އަރާފަ

00:33

ތުރުކީން ކޮވިޑް-19 ޖެހިގެން އިތުރު 7 މީހަކު މަރުވެއްޖެ. އެއާއެކު އެގައުމުން މި ބަލީގައި މަރުވި މީހުންގެ އަދަދު މިވަނީ 44 އަށް އަރާފަ.


ކޮވިޑް-19 ކޮންޓްރޯލް ކުރަން ބައެއް ގައުމުތަކުން އަޅާފައިވާ ފިޔަވަޅުތަކުން ނަތީޖާއެއް ނުނިކުމެ، މީހުން މަރުވާ އަދަދާއި ބަލި ޖެހޭ މީހުންގެ އަދަދު އެއްވެސް މަޑުޖެހުމެއް ނެތި މައްޗަށް އެބަދެއެވެ.

ބަލި ޖެހުނު މީހުންގެ އަދަދު މިހާރު 414661 އަށް އަރައިފިއެވެ. އޭގެ ތެރެއިން 18552 މީހުން މަރުވެއްޖެއެވެ. 108293 މީހުން ބަލިން ރަނގަޅު ވެފައި ވާއިރު 287244 މީހުން މިހާރު ވެސް ދަނީ ބަލީގެ ވޭން ތަހައްމަލް ކުރަމުންނެވެ.

މިއަދު މިހާތަނަށް 2045 މީހަކު ވަނީ ކޮވިޑް-19 ޖެހިގެން މަރުވެފައެވެ. މިއަދަކީ އެއް ދުވަސް ތެރޭގައި އެންމެ ގިނަ މީހުން މަރުވި ދުވަހެވެ. މިއަދު 52 ގައުމަކުން މީހުން މަރުވެފައި ވެއެވެ. އެހެންކަމުން މިއަދަކީ އެންމެ ގިނަ ގައުމުން މީހުން މަރުވި ދުވަސް ވެސް މެއެވެ. މިއަދު 35879 މީހަކު ފައްސި (ޕޮޒިޓިވް) ވެފައި ވެއެވެ. މިއަދަކީ އެއް ދުވަސް ތެރޭގައި އެންމެ ގިނަ މީހުންނަށް ބަލި ޖެހުނު ދުވަހެވެ.

މިއަދު ވެސް އެންމެ ބޮޑަށް ގޯސް ވެފައި ވަނީ އެމެރިކާ އާއި ޔޫރަޕްގެ ގައުމުތަކުގެ ހާލަތެވެ.

މިއަދު ލިބުނު އިތުރު ޚަބަރުތަކަށް ބަލާއިރު ޔޫއޭއީގައި ހުރި ދިވެއްސަކު ކޮވިޑް-19 އަށް ފައްސިވި ޚަބަރު މިރޭ ލިބިފައި ވެއެވެ.

ރާއްޖެ އިން ކޮވިޑް-19 ގެ އަލާމާތްތައް ހުރި މީހުން ޓެސްޓް ކުރުމުގެ މަސައްކަތް މިހާރުވެސް ކުރިއަށް އެބަދެއެވެ.

ކޮވިޑް-19 އާއި ގުޅޭ އިތުރު ޚަބަރުތައް "ވަގުތު" ބްލޮގް އިން ފެންނާނެއެވެ.

 

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އަޙްމަދު

    އާދައިގެރޯގާޖެހިގެން މިވަރަައް މީހުން މަރުވޭތަ

    14
    1
  2. ދުނިޔެ

    ޢަހަރެންގެ 33 އަހަރުގަ ..މިއޮތީ ދުނިޔޭގެ ނިމުން އަންނަ އިރު އޮންނަގޮތުގެ ކުޑަ މިސާލެއް....ވިސްނަބަލަ....