ކޮވިޑް-19 އާ ގުޅިގެން ރާއްޖެއިން އޮން އެރައިވަލް ވިސާ ދިނުން ހުއްޓާލަން ނިންމަވާފައިވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ވިދާޅުވެއްޖެއެވެ. އޮން އެރައިވަލް ވިސާ ދިނުން ހުއްޓާލުމަށް ނިންމުމާ ގުޅިގެން މީގެ ފަހުން، ބޭރު ގައުމެއްގެ އެއްވެސް މީހަކަށް ރާއްޖެ އަށް އެތެރެއެއް ނުވެވޭނެއެވެ.
ދަރުބާރުގޭގައި މިއަދު ހަވީރު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ސޯލިހު ވިދާޅުވީ ރާއްޖެ އިން އޮން އެރައިވަލް ވިސާ ދިނުން ހުއްޓާލުމަށް ނިންމާފައި ވަނީ އަންނަ ހުކުރު ދުވަހުން ފެށިގެން ކަމަށެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި ކޮވިޑް-19 އާ ގުޅިގެން ސަރުކާރުން އަޅާފައިވާ ފިޔަވަޅުތައް ރަނގަޅެވެ. އެފަދަ ފިޔަވަޅުތައް އަޅުއްވަނީ ސިއްހީ ހިދުމަތްތެރިންގެ ލަފަޔާއި އިރުޝާދުގެ މަތިން ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ ދިވެހިންގެ ތެރޭގައި ކޮވިޑް-19 ބަލި ނުފެތުރޭނެ ކަމަށް މިވަގުތު ނިންމެން ނެތް ކަމަށެވެ. ދުނިޔޭގެ އެކިކަންކޮޅުތަކުގައި ބަލި ހަލުވިކަމާ އެކު ފެތުރެމުން އަންނަ އިރު، އެ ބަލި ކޮންޓްރޯލް ނުވަނީސް ރާއްޖެ އަށް ބަލި ނާންނާނެ ކަމަށް ދެންނެވެން ނެތް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
"މިކަމުގެ ސަބަބުން ފަތުރުވެރި ކަމަށް ބޮޑެތި ގެއްލުންތަކެއް އެބަ ލިބޭ. ވިޔަފާރިތަކަށް ގެއްލުން އެބަ ލިބޭ. އިގްތިސާދަށް ގެއްލުން އެބަވޭ. ސަރުކާރުން މަސައްކަތް ކުރަނީ އާންމު ރައްޔިތުންނަށް ލިބޭ ގެއްލުންތައް ކުޑަކުރުން،" ރައީސް ވިދާޅުވިއެވެ.
ރައީސް ސޯލިހު ވިދާޅުވީ މިއީ ހުރިހާ އެންމެން ގުޅިގެން މަސައްކަތް ކުރަންވީ ވަގުތު ކަމަށެވެ. އަދި މިއީ ވަކި ކުލައަކަށް އޮތް ކަމެއް ނޫންކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ ރާއްޖެ މި އޮތީ ލޮކްޑައުންއެއްގައި ކަމަށެވެ.
"މީގެ 24 ގަޑިއިރު ފަހުން މީހަކަށް ރާއްޖެ ނާދެވޭނެ. އެހެންވީމާ، މިއީ ލޮކްޑައުންއެއް. ނަމަވެސް ރައްޔިތުންނަށް ފޯރުކޮށްދޭން ޖެހޭ ހިދުމަތް ފޯރުކޮށްދޭނެ. ސަރުކާރު މި އޮތީ ހަމަ ތައްޔާރަށް ރައްޔިތުންނަށް ހިދުމަތް ކުރަން،" ރައީސް ސޯލިހު ވިދާޅުވިއެވެ،.
ކޮވިޑް-19 ސަބަބުން ވިޔަފާރިތަކަށް ލިބުނު ގެއްލުންތައް ކުޑަ ކުރުމަށްޓަކައި ސަރުކާރުން ކުރަމުން އަންނަ މަސައްކަތްތަކާއި ގުޅޭ ގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ ރިސޯޓުތަކާއި ގެސްޓުހައުސްތަކަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ފައިސާ އިން 308 މިލިއަން ރުފިޔާ ދޫކުރުމަށް ނިންމާފައިވާ ކަމަށެވެ. އަދި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކާއި ދަނޑުވެރިކަމަށް އެޗްޑީއެފްސީއަށް ދައްކަން ޖެހޭ ލޯންތައް ދެއްކުން ފަސްކޮށްފައިވާ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
"ސްޓިމިއުލަސް ޕެކޭޖެއް އަޅުގަނޑުމެން ވިޔަފާރިތަކަށް ރިސޯޓްތަކަށް ވިސްނުމުގެ ބޭނުމަކީ ދިވެހިންގެ ވަޒީފާތައް ހިފެހެއްޓުން. އެންމެން އެކީގައި މަސައްކަތްކޮށްގެން އަޅުގަނޑުމެންނަށް ހައްލެއް ހޯދޭނެ. އަޅުގަނޑުމެން މި ބަލަނީ ސަރުކާރުން ލޯނު ދޫކޮށްގެން މުވައްޒަފުން ވަކިނުކޮށް ވޭތޯ ބެލުން. އަޅުގަނޑު ވިޔަފާރިވެރިންނަށް ގޮވާލަނީ އާންމުންނަށް ދަތި ނުވާނެ ގޮތަށް ކަންކަން ކުރެއްވުން. ބޭސިކް ސެލެރީ ލިބޭނެ ވަރު ކޮށްދޭން،" ރައީސް ސޯލިހް ވިދާޅުވިއެވެ.
ރައީސް ސޯލިހު ވިދާޅުވީ މިކަމުން އަރައިގަނެވޭނީ މުޅި ދުނިޔެ މަސައްކަތްކޮށް، އެއް ބަޔަކު އަނެއް ބަޔަކަށް އެހީވެގެން ކަމަށެވެ. ރައީސް ވިދާޅުވީ މިއުޅެނީ ފައިނޭންޝިއަލް ކްރައިސިސްއެއް އައިސްގެން ނޫން ކަމަށެވެ. މިކަމުން އަރައިގަތުމާ އެކުގައި އިގްތިސޯދަށް ބަދަލުތަކެއް އަންނާނެ ކަމަށާއި މިއަހަރުގެ ފަހު ކުއާޓަރުގައި އިގްތިސޯދީ "ބޫމް" އެއް އަންނާނެ ކަމަށް ތަޖުރިބާކާރުންނާ ހަވާލާ ދެއްވައި ރައީސް ވިދާޅުވިއެވެ.
ގަވަރުނަރު ހުރިހާ ބެންކެއްގެ މެނޭޖަރުންނާ ބައްދަލުކުރިއޯ ލޯނުތަކަށް ލުއެއް ހޯދަދޭން. އަޅެފަހެ މެނޭޖަރަށް ކޮންކަމެއްތަ ކޮށްދެވޭނީ؟؟
ލޮކްޑައުންގައޯ މިއޮތީ. ދުނިޔޭގެ އެހެން ގައުމުތަކުންވެސް މިގޮތަށް ލޮކްޑައުން ކުރަން ދަސްކުރަން ވެއްޖެއެއްނު.
އެއް ސުވާލު ތަކުރާރު ކޮށްގެން ރީނދޫސް ރަތަށް. އެކަމަކު އިންކަމް ޓެކްސް ނަގާ ތާރީޚާއި މިނިމަމް ރިޒާވް ރިކުއަރމެންޓަކީ ކޮބައިކަން ނޭނގުނީމަ ދެން އެއް ސުވާލެއް 50 ފަހަރުވެސް ކުރަންވީނު. ބަލަ ވެރިކަން ފެށެނީ ރައްޔިތުން ކިބައިންނެއްނު ދެން ކީއްކުރަން ސުވާލު ކުރަންވީމަ ތެދުވަންވީކީ. ބޭނުން ގޮތަކަށް ހުރެ ސުވާލު ކުރުމުގެ ހައްގު ނެތީތަ؟ ކޮބާ އެއްކަލަ ވަރުގަދަ މިނިވަންކަން.
ދުނިޔޭގެ ހާލަތު އޮތްގޮތުން މީހުން އައުން ހުއްޓާލީމަ ދެން ތިހެން ކިޔާ. ތިހާވަރަކަށް ބަޔަކު ފަޟީހަތް ވާނީ. ލަދުން ސަލާމަތްވާން އެއްފެކޭ ކިޔަން އެބަޖެހޭތާ.
ބައްޔެއްނު ކަލޭމެންގެ އަމަލާއި ބަސް ދިމައެއްނުވޭ ކޮބާ ކަނޑުމަގުން އެތެރެވާ މީހުން؟
ކަލޭމެންގެ ސިކުނޑި ހަމައެކަބި ނޫސްތަކުގެ ސުރުހީއަށް ތަބާވާ ހިނދަކު ތިޔަ ޒާތުގެ ސުޗާލު ކުރާނެ...މީހުން އެތެރެވުން މަނަލޭ ކޮން އިރަކު ސަރުކާރުން ބުނީ؟؟ އޮން އެރައިވަލް ވިސާ ދިނުން ހުއްޓާލިވާހަކަ ސަރުކާރުން ބުނީ..
ރާއްޖެ މިއޮތީ ލޮކްޑައުންގައޭ ރައީސްމީހާ ބުނި އަޑު ހަމަ ނީވުނީ؟ އަނެއްކާ އެއީ ކާއެއްޗެއްގެ ވާހަކަބާ!
ބަލަ ކޮއްކޯ.. ކަނޑުމަގުން އަޔަސް ޖައްވުން އަޔަސް ގައުމަކަށް އެރޭނީ ވިސާއެއް އޮވެގެން.. ދުރާލާ ވިސާ ހޯދަން ޖެހޭ ފަރާތްތައް ފިޔަވައި އެހެން ފަރާތްތަކުން (މިސާލަކަށް ޓުއަރިސްޓުން) ގިނަ ގައުމުތަކަށް އަރަނީ ކުރު މުއްދަތަކަށް ދޫކުރެވޭ އޮން އަރައިވަލް ވިސާ އެއްގައި.. ދެން އެ ވިސާ ދޫކުރުން ހުއްޓާލީމަ ޤަވައިދުން އެއްވެސް މަގަކުން ގައުމަށް ބޭރުމީހުން އެތެރެއެއް ނުވާނެ. ތަންދޮރު ނޭނގިތިބެ ގަދަކުޑޭ ހެދިފަ ހޯބޯ ލެއްވީމަ ތިމާގެ ރޮދިކަން މީހުންނަށް އެނގި ބޭޒާރުވުން ނޫން ކަމެއް ނުވާނެ.
ރައީސް އަށް ދަންނާވާލަން އޮތީ ނޭޕާލް ވަރަށް ގޯސްވެދާނެ ކަމަށް ތިޔަ ވިދާޅުވީ ކޮންކަމަކަށް ބޭސް ކޮށްފައިތޯ؟
ބަޔަކު ހަޅޭއްލަވައިގެން ނަމަވެސް އަދި އެހެން ޤައުމުތައް ލޮކްޑައުން ކުރީމަ ނަމަވެސް ތިޔަވަރު ކޮށްލަދިންކަމަށްޓަކައި ސޯލިޙް ރައީސަށް ޝުކުރިއްޔާ. މާލަހުން ނަމަވެސް ފިޔަވަޅެއް އެޅިއްޖެ. ދަނޑު ވެރިކަމުގެ މަސައްކަތް ފަށަން ވީ.މަބްރޫކަށާއި އަމީނަށް ވެސް ޝުކުރު ޙައްޤު
އަދި އެންމެން ގޭގަ ތިބޭއިރު އަޑުގަދަ ގަރާޖު ތަކާއި އިމާރާތް ތެޅުމާއި ގުންގުރޭޓު މަސައްކަތް ހުއްޓުވާލައިގެން ނޫނީ ގޭގައި ތިބެވޭ ވަރެއްނޫން! ޕްލީޒް
އަދި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެ ބަލި ހަލުވިކަމާއި އެކުގައި ފެތުރެމުން އަންނަ ކަމަށާއި
?
ލިޔުމުގެ ކުށެއް ކަންނޭގެ
މަވެސް މިތަންކޮޅު ކިޔާފައި ސިހުނު. އެކަމު ފަހުން ކޮންފަރެންސް ބަލާފަ އިނގުނީ ވަގުތުން ލިޔަން އުޅެފައި އެވަނީ "ރާއްޖޭގެ" ބަދަލުގައި "ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އެ ބަލި ހަލުވިކަމާއެކު ފެތުރެމުން އަންނަ" ކަމަށް. ވަގުތުން ޚަބރު ލިޔާއިރު އިތުރަށް ޗެކު ކޮށްލަންވާނެ ދޯ ބުނަން ބޭނުންވި އެއްޗެއްތޯ ލިޔެވުނީ...
ހާދަހާ އިހްލާްޞްތެރިބސަރުކާރެއް!! އަންނާނެ ފްލައިޓެއް ޖައްސާނެ ގައުމެއް ނެތުމުން ހާލަތުގެ ލޮކްޑައުންއަކަށް ދިއުމުން އަނގައިން ލޮކްޑައުން. މައްކާރުންގެ ހާއްޔެއް މިސަރުކާރަކީ.
ބޭންކެއްގެ ނުޗަތަ ފަިނޭންޝަލް ިނެސްޓިޓިއުޝަނެއްގެ ވެބ ޕޭޖުން ތިމައުލޫމާތުތައް ކަސްޓަމަރސް އަށް ނާންގާނަމަ ތިހެން އަރާ ބިރަކާނުލާ ދޮގުހަދާ މީހުން ދައްކާވާހަކަ ގަބޫލުކުރާނީ ކިހިނެއް؟
ރައްޔިތުންގެ ސަލާމަތަށްޓަކައި އެތައް ބަޔަކު ރާއްޖެއަށް އަންނަން ތިއްބަ އަދި ޓޫރިސްޓު ބުކިންގތައް އެތައް ހާހެއް ހުއްޓާ ލޮކްޑައުންމިކުރީ. ރައްޔިތުން އެންމެ އިސް ކުރާ ސަރުކާރު. ސޯލިހޫ ކަލޭކަހަލަ ނުބައިނުލަފާ ދޮގުވެރި ވެރިއެއް މިފަދަ ޖާހިލު ގައުމަކަށް ރަނގަޅުވާނީވެސް.
މިސަރުކާރުގެ ބޭފުޅުން ކަންތައް މިކުރަނީ ވަގުތު ފާއިތުވެ ނޭވާހޮޅިޔަށް އެޅުމުން. ހީވަނީ މިބައިގަނޑު ތައުބާވެސްވަނީ ނޭވާހޮޅިޔަށް އެޅުމުންހެން. ހުސް ފިރްއައުނުން
ކ19މެނިފެސްޓޯ ޢިބޫނެރެގެން ރިސޯޓކުދިން ހަނާވަނީ!!! ހުއްޓުވަން ޖެހުނު ވަގުތު ގެސްޓުން އައުން ނުހުޓުވާ މިއަދައް 14 ހަމަވީ އަނެއްކާ އަނެއް 14 ދުވަސް މިޖެހީ މިކަމުން ހީވަނީ މިއީ ބަލާވެރިކަމެއްހެން އަހަރުމެން މިތާ މިގޮތައް އެރެއިވަލްއެއް ނާންނަތާ މިހާރު 15ދުވަސް އެކަމުވެސް އަނެއްކާވެސް 14 މޮޔަވެދާނެ މީހަކު.
މާލެ ބަންދުކޮށްފައި ދެން ބޭ ރުން ރާއްޖެއަށް މީހުންވަންނަ ތިންދޮ ރާށި ބަންދުކު ރީމަ ރަގަޅުވާނެ. ޢެއީ ވީ. ޢައި އޭ، އައްޑޫ ގަން އަދި ހަނިމާދޫ. ޢޭ ރުން ރާއްޖޭގައި ބަލިފެތު ރުމަކީ ވަ ރަށް ދު ރުކަމެއް.
ވަރަށް ރީތި ތިކުރިކަންތައް. ހަފަރާތް ބެދުނީމަ ވާނެ އެއްޗެއްވީމަ މަޖުބޫރުވީދޯ ކަލޯ ތިކަން ކުރަން. މިހާރު ހުންނާނީ ރަގަޅަށް ރައްޔިތުންނަށް ހެޔޮއެދެވިފައި. 0 ޓޮލޮރެންސްގެ ދަށުން
ބީޖޭޕީ ބޮޑުސަރުކާރުން ލޮކްޑައުން ކުރީމަ ބިޖޭޕީގެ ކުޑަސަރުކާރުން ލޮކް ޑައުންކުރީ ކޮބާހޭ އިންޑިޔާއިން ގެނާ 15 ޖާސޫސުން ހިންދޫންގެ ހައްދުފަޖަނަ އަޅާފައިވާ
ގައްދާރުން މިހާރު ކޮބައިތަ ވަޒަންވެރިވީތަ
ކަނޑު މަގުން ބޯަޓްތައް މިހާރުވެސް ބަރާބަރަށް ގެންނަ ކުން ފުނި އެބހުރި މުވައްޒަފުން ނުރައްކަލަށް ފޮނުވާފަ އެވަރުންވސް ސަރުކާރަކަށް ނުފެނޭ އަދި އަމިއްލަ ކުންފުނިތައް ބަންދު ކުރަން ގޮވާލާންވީނު ގޭގަ ބޭތިއްބުން ތިހާ މުހިންމިއްޔާ....ސަރުކަރުން ޑިޕްލޮމެޓިކް ހުއްދަދީފަޔޯ މި ކުންފުންޔަށް އޮތީ
އަދިވެސް އައްނަ ހުކުރު ދުވަހުން ފަށައިގެއްނޯ.. ކިހާ ދެރަ ކަމެއް މީ ދެން.. އަދިވެސް ލާރި ފޮދެއް ލިބޭތޯ ދޯމި ހިތްވަރު ކޮއްލީ.. ތަން ތަނުން ދޭހާ ލާރި ބޮނޑިތައް ކޮބާތަ.. އެއީ ހަމަ ރައްޔިތުންގެ ލާރި.. މަބުރޫކް ވެސް ނުޖެހޭ އަރާ އިންދެގެން ކިޔާކައް ކޮންމެ ކަރަންޓީން ކުރާ މީހަކައް 5000 ރުފިޔާ ދެޔޭ.. ބަލަގަ އެއީ ހަމަ ރައްޔިތުންގެ ލާރިއޭ..
މި އެޅި ފިޔަވަޅަށް ޝު ކުރު ދަންނަވަން. އެ ކަމަ ކުވެސް އަދި ހައްލެތް ނެތް. ރެޒިޑެންސް ވިސާގަ އުޅޭ ފުދޭވަރަ ކަށް ރާއްޖޭގަ އިންވެސްޓް ކޮށްފަ ތިބޭ ބޭރު ފަރާތްތައް، އެބޭބޭ ފުޅުން އަންނާނެ ޕްރައިވެޓް ޖެޓްތަ ކުގަ އެބޭބޭފުޅުންގެ އާއިލީ ގޮވައިގެން ... މި މަ ކަމާ ދޭތެރޭ ސަރު ކާރުން އެއްވެސް ވަރަ ކަށް ވިސްނަވާފަ އެބަވޭތޯ؟؟
ކުރަން ޖެހިއްޖެ ކަމެއް
6 މަސްދުވަހުގެ އިންޓަރެސްޓް ވާގޮތުގެވާހަކޮބައި އިންޓަރެސްޓް އަރަމުން އަރަމުން ގޮސް ލޯނުއޮންނާނީ އަތްނުފޯރާފަށުގައެވެ. އަވަހަށްމިއަށްވާގޮތްސާފުކޮދިނުންއެދެން
ކޯޓް އިން ކޮއްފައިވާ ހުކުކަށް ދައްކަން ޖެޙޭ ފައިސާ ދައްކަން ޖެހޭ... އެކަމު... ތަންތަން ބަންދު ކުރުމާއި ގުޅިގެން އަޅުގނޑުގެ މުސާރަ ނުލިބޭގޮތަށް ވަނީ އންގާފައި... ކޮން ފަރާތަކުން ތޯ އަޅުގަނޑަށް އިންސާފް ލިބޭނީ؟
މިތިބަ ދިވެހިންނަ ކީ ހަޖަމު ނުވާ ބައެއް..
ޢިންޑިއާ ބަންދު ކުރީމަ ތިހެން ބުނަން ކެރުނީ
މެލޭޝިއާ ގެ ހުންނަ އެންބަސީން އޮވެޔޯ އެތާއުޅޭ ދިވެހީންގެ ހާލު ބަލަން ވައިބަރ ގުރޫޕެއް ވެސް ހަދާފަ އެކަމަކު އެންބަސީން އެތާއުޅޭ މީހެއްގެ ޙާލު ބަލާވެސް ނުލާ . ޜައީސް މީހާ އަށް ސަލާމް
ކަލޭމެން މީގަ ދުނިޔޭގެ އެހެން ގައުމުތަކުން ރާއްޖެވަށާ ތަޅުއަޅުވައިފި ޖެހިނަމަ މާ ރަނގަޅުވިސް. ދޮރެއް ތަަޅުނުލާ ދޮރުފަތައް ވަށައިގެން މޮހޮރުޖަހާ ތަޅުލީމަ ދެން އެދޮރު ތަޅުލުމުގެ ބޭނުމަކީކޮބާ
ޥެރިކަމަށް އައިފަހުން ރީތި އަންހެން ކުދިން ލައްވާ މޫނުގަ ފުށްޖަހާ ޖަހާ މޫނު ކުލަ ތަންކޮޅެ އަލި ވެއްޖެ. ޢުފާވެރިކަމެއް
ލޮކްޑައުންގައޯ މިއޮތީ. ދުނިޔޭގެ އެހެން ގައުމުތަކުންވެސް މިގޮތަށް ލޮކްޑައުން ކުރަން ދަސްކުރަން ވެއްޖެއެއްނު.
ރައީސް އަށް ބުނެލަން އޮތީ ކުދި މެދު އަދި މަތީފަންތީގެ އެއްވެސް ވިޔަފާރިއަކަށް އެއްވެސް ލޯނެއް މިވަގުތުދޭނެކަމެއްނެތޭ. ސަރުކާރުން ލޯންޕެކޭޖް ތިދެނީ ހިތުން އެވިޔަފާރިތަކުގައި ތިބި މުވައްޒިފުންގެ މުސާރައަށް ބަދަލެއްނާންނާނެކަމަށް ހީކޮށް ކަމަށް ވަންޏާމު އެއީ ކުއްހީއެކޭ. މިހާރުވެސް ރާއްޖޭގެ ވަރަށް ގިނަ ރިސޯޓުތަށް ބަންދުކޮށްފި. މުވައްޒިފުންގެ މުސާރަ ކުޑަކޮށްފި. އެކަން ސަރުކާރަކަށްނޭގޭ އެނގޭނެގޮތެއްވެސްނެތް ބެލޭނެ ގޮތެއްވެސްނެތް. އެހެންވީމައި އަނެއްކާވެސް ދިވެހި ރައްޔިތުންގެ ފައިސާ އެ ވިޔަފާރިވެރިނަށް ދިނުމަކީ ބޭކާރުކަމެއް. އެމީހުން ތިފައިސާ ބޭނުންކުރާނީ ރިސޯޓު މަރާމާތުކުރުމަށާއި ރިސޯޓުގެ މެނޭޖަރުންނާއި ހެޑްއޮފްޑިމާޓްމަންގައި ތިބޭ ސީނިއަރ މީހުންގެ މުސާރައާއި އިނާޔަތްތަށް ހަމަޖެއްސުމަށް. އާދައިގެ ސްޓާފުންނަށް އޮންނާނީ ހަމަ ދެރަގޮތް.
މިތަނަށް ބަޔަކު އާދޭބާ؟
ލޮކްޑައުން ކުރިއިރު ބޭރު ގައުމުތަކުގައި ރާއްޖެ ނާދެވިފަ ތިބި މީހުންނަށް އަޅާލުމެއް ނެތް ދޯ...