އިންޓަނެޓްގެ އަގަށް ލުޔެއް ހޯދައިދެއްވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

މިއަދު ހަވީރު ދަރުބާރުގޭގައި ކުރިއަށްގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ސާލިހު ވިދާޅުވީ، މި ދުވަސްވަރު އިންޓަނޭޓް ބޭނުން ކުރާ މިންވަރު ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށާއި، އެކަމަށް ރަނގަޅަށް ލުޔެއް ހޯދައިދޭން ޖެހޭކަމަށް އެމަނިކުފާނު ގަބޫލުކުރައްވާ ކަމަށެވެ.

"އިރާދަކުރެއްވިއްޔާ ކުރިއަށް އޮތް ދެތިން ދުވަހުގެ ތެރޭގައި މިކަމުގެ މައުލޫމާތު ރައްޔިތުންނަާއި އަޅުގަނޑުމެން ހިއްސާ ކުރާނަން". ރައީސް ވިދާޅުވިއެވެ.

މިކަމާއި ގުޅޭގޮތުން އިތުރު ތަފްސީލެެއް ރައީސް ދެއްވާފައެއް ނުވެއެވެ.

ކޮވިޑް-19 ފެތުރޭތީ ގިނަ ބަޔަކު ގޭގައި ތިބެގެން މަސައްކަތް ކުރަން ޖެހިފައިވާ އިރު، އިންޓަނެޓާއި މުވާސަލާތީ އެހެން ހިދުމަތްތައް ދޭ ކުންފުނިތަކުން ލުޔެއް ނުދޭ މައްސަލައިގައި ޓެލެކޮމިއުނިކޭޝަން އޮތޯރިޓީގެ ވެރިން ރައްޔިތުންގެ މަޖިލީހަށް ހާޒިރުކޮށް ދިނުމަށް ރައްޔިތުންގެ މަޖިލިހުގެ މެމްބަރަަކު ވަނީ ހުށަހަޅާފައެވެ.

ރާއްޖޭގެ އިންޓަނެޓުގެ ހިދްމަތުގެ އަގު ސަރަހައްދީ އެހެން ގައުމު ތަކާއި އަޅާ ބަލާއިރު ބޮޑުކަމަށް ގިނަބަޔަކު ގަބޫލުކުރެއެވެ.

އިންޓަނެޓްގެ އަގު ހެޔޮ ކުރުމަކީ ރައީސް ޞާލިހްގެ ރިޔާސީ ވައުދެކެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

 1. ޗާލު

  ރައީސް މިދަނޑިވަޅުގަ ނުކުރެވޭ ކަންކަން ކުރާނަމޭ ނުކިޔާތި. ރައްޔިތުން މިތިބީގޭގަ ވަރަށް ބޭނުން ކަމެއްތީ. އަނެއްކާ ތިހެން އިންޓަނެޓޭ އަގުހެވޭ ކިޔާތާ އަހަރެއްވެއްޖެ. ހަރާމްވީކަމެއް.

  17
 2. ހުވަދޫޫބައްޑާ

  ކޮން ދުވަހަކުންބާ؟ ރައްޔިތުން ގޭގަ މަޑުކުރުވާފަ އޭޕްރީލް ނުވަތަ މެއިގެ މެދެއްހާތާނގަ ކުރީމަ ކަމަކުނުދާނެ. ދެން ބޮޑެތިކަންތައް ކުރަން ވަގުތު ބޭނުންވާނޭ ނުކިޔާތި. ވެރިކަމުގެ ވައުދުތަކުގެ ތެރެއިން ވައުދެއް އެއީ. ހަނދާންނައްތާނުލާތި.

  11
 3. މުހުންމާ

  އިބުރާހީމު ތިޔަ އިންޓަނެޓަކީ ސްޕޮންޖްގަނޑެއް ކަހަލަ އެއްޗެއްތޯ؟ މިހެން މިބުނީ ތިޔަ އިންޓަނެޓާއި ފޯނާއި ދެންވެސް ހުންނަ މިބާވަތުގެ އެއްޗިއްސާއި ބެހޭ މިނިސްޓަރަކަށް ލައިފައި އެހުންނަ ފުވައްމުލަކު ސޮރުވެސް ދޭތެރެ ދޭތެރެއިން ބުނޭ މިކުޑަވަނީއޭ ކުޑަވަނީއޭ. އެސޮރު އެހެން ކިޔާލަކިޔާލައި ހުންނަތާ މިހާރު ދޮޅުއަހަރުވީ، އެސޮރު އެހެން ބުނާ ކޮންމެ ފަހަރަކު ހީވޭ ދެންމެ ދެންމެ ހަމަ މިކުޑަވީއޭ. އަނެއްކާ އިބުރާހީމުމެން ފިތާލީމައި ކުޑަވެފައި ދޫކޮށްލީމައި ބޮޑުވަނީތޯ؟ އެހެން ވަންޏާމު ދެން ތިޔާ ކުޑަ ކުރެވޭނީ އޮބިއަޅައިގެން ބަޔަކުމީހުން ހިފަހައްޓައިގެން ތިބެގެންނޫންތޯ. އެހެން ކަމަށްވަންޏާމު އެކަމަށް ކޮމިޝަނެއް ހަދައިގެން ނަމަވެސް ކުރަންވެއްޖެނޫންތޯ.

  12
 4. ކިނބޫ

  ބައްލަވާ ސިއްހީ މާހިރުން ލަފާ ދެއްވީތޯ އިންޓަނެޓް އަގުހެޔޮކުރަން؟ ކޮވިޑް 19 އާ ގުޅިގެން އަންނަ އިގްތިސާދީ ގޮންޖެހުންތަކުގެ ސަބަބުން ރައްޔިތުންނަށް ދިމާވާ ދަތިތައް ހައްލު ކުރުމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކާ މަޝްވަރާ ކުރަން ވިސްނަންތޯ އެހީމަ ވިދާޅުވީމެއް ނޫންތޯ ތިމަން ލަފާ ހޯދަނީ ސިއްހީ މާހިރުންގެ ފަރާތުންނޭ. އެހެންވެ އަހާލީ. މަބްރޫކޫ ޫ ޫ ޖަވާބު ޕްލީޒް!

  1
  2
 5. ތުރިޕުލްއެލް

  އެއްވެސްމީޑިޔާ އަކައް ދިރާގު ނުވަތަ އުރީދޫގެވާހަކައެއް ނުދެއްކޭނެ އަދިނުވެސްލިޔެވޭނެ އެވަރައް ފަންޑުކޮއްދޭތީ ނުލިޔަނީ ރައްޔިތުން ކެކިކެކިތިބެންޖެހޭނީ މީޑިޔާވެސް ހިންގަނީ މިދެފަރާތުން ފަންޑު ކޮއްގެން މިކޮމެންޓު ޖާހާލަންކެރޭނެބާ

 6. ބްރޯ

  ހެޔޮ ކުރާނެ ކަމެއްނެތް . ބެޭނުން ކުރަންވާނީ އެ ބޭނުންކުރެވޭ ފެންވަރުގެ މީހުން.

 7. ސަޓޯ

  މިއިބުރާހިމު ސާލިހު އަކީ އަސްލު ވަރަށް ވަގު މީހެއް.. ސަރުކާރު ބަންދުކޮއްގެން އެންމެން ގެއަށް ފޮނުވާލައިހެން އެހުންނަނީ އޭރުން އޯޓިއެއް ދޭކަށެއް ނުޖެހޭނު..ކޮންމެހެން ބަލި ފެތުރިދާނެތީކީއެއް ނޫން.. އިދިކޮޅު މީހުން އެއްޗެހި ކިޔާ ވަރުން ސިޔާސީ ބޭނުމަށް ހޮޓާތައްވެސް ބަންދުކުރީ.. 24 ގަޑިއިރު ފިހާރަ ހުޅުވާފަ މަގެއްގެ މަތިން ބަންގާޅިންނާއި ދިވެހިން މަދެއްވީކީ ނޫން... ނިކަން ދިވެހިންނަށް ހެޔޮއެދެންޔާ ކާފިއު އިއުލާންކޮއް ފިހާރަތައްވެސް ބަންދުކޮއްބަލަ

  2
  3
 8. އިބުރާހިމް

  އަބަދުވެސް ކޮންމެކަމެއް ވެސް ވާންޖެހޭ ކަމަށް ރައީސް ވަރަށް ފަސޭހައިން ވިދާޅުވެ ވައުދު ވާނެ، ދެން އެނިމުނީ ކަނޑުގަ އަޅާލި ރޮނގަކާ އެއްފަދަ ވާނެ. "ހިތާމައަކީ ނުވާވަރުގެ ދޮގު ވަޢުދު ވާތީ!"

 9. އަހުމަދު

  ޢިންޓަނެޓްގެ ޕެކޭެޖުތަކުގެ އަގު ކުޑަކޮއް ހެޔޮކުރިއަސް ވާނެ ފައިދާއެއް ނެތް. މިނިމަމް ސްޕީޑު މަތިކުރަން މިޖެހެނީ. (1 މިގަބިޓް ޕ ސެކަންޑް