ރާއްޖެއިން ނުރައްކާތެރި ކޮވިޑް19 ފެނިފައިވާ މި ވަގުތަކީ މަޖިލީހުގެ ޖަލްސާތައް އޮންލައިންކޮށް ބާއްވަންޖެހޭ ފަދަ ހާލަތެއް ކަމަށް ދެކިވަޑައިނުގަންނަވާ ކަމަށް މާލެ ސިޓީ ކައުންސިލްގެ މޭޔަރު ކަމުގެ މަގާމަށް އަމިއްލަ ގޮތުން ވާދަ ކުރެއްވުމަށް ނިންމަވާފައިވާ އަލްހާން ފަހުމީ ވިދާޅުވެއްޖެއެވެ.

އަލްހާން މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިވަގުތަކީ ކޮންމެހެން މަޖްިލސް ޖަލްސާތައް އޮންލައިންކޮށް ބާއްވަންޖެހޭ ހާލަތެއް ކަމަށް ދެކިވަޑައި ނުގަންނަވާ ކަމަށާއި ސިޔާސީ ޝޯ ކުޅުން މި ދަނޑިވަޅުގައި މުހިއްމު ނޫން ކަމަށެވެ. އަދި ވިދާޅުވީ ކޮންމެހެން މަޖިލީހުން ނިންމަންޖެހޭ ކަމެއް ނެތް ހިނދެއްގައި މަޖިލީހުގެ ޖަލްސާތައް އޮންލައިންކޮށް ބާއްވަނީ ހުސް ބޭކާރު ހަރަދާ ގޮތް ދެއްކުމަށް ކަމަށެވެ.

މަޖިލީހުގެ ޖަލްސާތައް އޮންލައިންކޮށް ކުރިޔަށް ގެންދާއިރު މެންބަރު ތިއްބަވަނީ ގޭގައެވެ. ކޮވިޑް-19 އާ ގުޅިގެން މަޖިލީހުގެ ޖަލްސާތައް ކުރިއަށް ގެންދާނެ ގޮތެއް ނިންމުމަށް މިދިޔަ ބުރާސްފަތި ދުވަހު ވަނީ ބައްދަލުވުމެއް ބާއްވާފައެވެ.

މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދާއި، މަޖިލީހުގެ ކޮމިޓީތަކުގެ މުގައްރިރުންނާއި ސިޔާސީ ޕާޓީތަކުގެ ލީޑަރުން ބައިވެރިވެވަޑައިގެންނެވި ޖަލްސާގައި ފާސްކޮށްފައި ވަނީ އަންނަ ހަފްތާއިިން ފެށިގެން މެމްބަރުން ގޭގައި ތިއްބަވައިގެން މަސައްކަތް ކުރެއްވުމަށެވެ.

އެންމެ ފަހުން މަޖިލީހުގެ ޖަލްސާއެއް ބޭއްވީ މި މަހުގެ 16ވަނަ ދުވަހުއެވެ. އެ ޖަލްސާގައި މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ މިފަދަ ހައްސާސް ދަނޑިވަޅެއްގައި ރައްޔިތުންގެ މަޖިލިސް ބަންދުނުކުރެވޭނެ ކަމަށެވެ. އަދި ވިދާޅުވީ ކޮންމެހެން ބާއްވަން ޖެހޭ ޖަލްސާތައް ބާއްވާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. ތެދެއް

    ކޮންމެ މީހަކު ބުންޏަސް ރަނގަޅު ވާހަކައެއް ވާނީ ރަނގަޅު ވާހަކައަކަށް. ގައުމު މިހާލަތުގައި އޮތްވައި ބޮޑު ޚަރަދުކޮށްފައި އޮންލައިންކޮށް ޖަލްސާތައް ބޭއްވުމުގެ ބޭނުމެއް ނެތް. ސަރުކާރުން މިގެންދަނީ ފިސާރި ފުރިހަމައަށް މިހާލަތު މެނޭޖް ކުރަމުން. މީގެ އުދުޅި ދޭފަތް ބާނާފައި، ކޮސް އަނގަ ތަޅާފައި ސަޅިބައިސާ ކަޑާކަށް ބޮޑު ޚަރަދު ކޮށްފައި ޖަލްސާ ބޭއްވުމުގެ ބޭނުމެއް ނެތް.

    28
    7
  2. އަލިފުޅުބެ

    ކޮންމެހެން ނިންމަން ޖެހޭ ކަންކަންވެސް އެބަހުރި. ވީމާ، ޖަލްސާވެސް ބޭއްވެން އޮތްގޮތަކަށް ބާއްވައިގެން އެކަންކަން ނިންމަންޖެހޭނޫންތޯ؟ އެއްވެސް ބޭފުޅަކު އެކަމާ ދެކޮޅުވުން ރަނގަޅެއްނޫން.

    9
    20
  3. ޙަސަނާ

    ތިތާގެ ރައީސް އުޅެނީ އޭނާވަރުމީހަކުނެތްކަންދައްކާން އިއްޒަތް

    25
    4
  4. ނަމަ

    އަލްހާން ތިޔަކަހަލަ ވާހަކަ ދައްކާތީވެއޭ ކަލޭ މިފަހަރުވެސް މަޖިލިސް މެންބަރުކަން ރައްޔިތުން ނުދިނީ

    12
    9
  5. Anonymous

    ކޮބާހޭ ރ.ނަޝީދު އެމަނިކުފާނުގެ ޚަބަރެއްނުވަނީ ކީއްވެތޯ. ކަރަންޓީން ގައިތޯ ؟
    ޤައުމު ގެ ކޮންކަމެއްގައިވެސް ސޯލިޙަށް ވުރެ ކުރިން ބަސްފުޅު ވިދާވާޅު ބޭފުޅާ ގެ ޚަބަރެއްނުވާ ތީ ވ. ކަންބޮޑުވެ. އަލްޙާން ހެޔޮނުވާނެ ރ. ނަޝީދު ގެ ޙާލެއް އަންގާލަދެއްވައްޗޭ.

    9
    6
    • ޒީރޯހަސަން

      މީއާދައިގެ ރޯގާއެކޭ އެޝައިތޯނު ބުނެ އަނގަވިހަވީމާ މިހާރު އެއްޗެއް ބުނަން ނުކެރިގެން އެހުރީ .

      11
      2
    • ސަނާ

      މިކަމުގަވެސްފު ރަތަމަ ބަސް ބުނީ އޭނާއެއްނު ، ހަދާނެއް ނެތްތޯ ރަށަކުން މީހަކަށް މިބަލި ޖެހުނަސް ރަށަށް މީހުން އަ ރާފޭބުން މަނާކު ރާ ކަށްނުޖެހޭނޭ ބުނި ހަނދާނެއް ބުނިބަސް އިދިކޮޅަށް ދިމާވީމަ އިތު ރަށް އެއްޗެއް ބުނަން ނުކެ ރުނީކަމަށްވާނީ ތިމާއަށް މައުލޫމާތު ނެތް ކަންތަކުގަ އަގަހިމޭނުންލައިގެން ހު ރިއްޔާ ރަގަޅުވާނީ

  6. Anonymous

    އެއްކޮޅުން ޚަރަދުތައް ކުޑަކުރުމަށް ގޮވަނީ. ގައުމު އިނދަޖެހެނީ. އަނެއްކޮޅުން މަޖިލީހުގެ ރައީސް އަންގަނީ ގޭގައި ތިބެން ނުޖެހޭކަމަށް. ދެން މަޖުބޫރުވެގެން މަޖިލިސް ޖަލްސާތައް ބޭއްވޭގޮތް ނުވުމުން މިހާރު ކޮންމެ މެންބަރެއްގެ ގެއަށް އެންމެފަހުގެ ޒަމާނީ ލެޕްޓޮޕާއި ކޮންޕިޔުޓަރާއި އިންޓަރނެޓް އާއި ސަރުކާރުން ހޯދައިދީ ކޮންމެ މެންބަރެއްގެ ގޭގައި ވީޑިއޯ ކޮންފަރެންސް ބޭއްވޭނެ ސެޓަޕް ސަރުކާރުގެ ޚަރަދުގައި ހަދައިދީ ދަޢުލަތުން މިކުޅިވަރު ކުޅެންވެސް ބޮޑު ލާރިގަނޑެއް ކައިލާން އުޅެނީ. ކޮންމެ ގޮތަކުން ވިޔަސް ދަޢުލަތް ކައި ހުސްކުރެވޭތޯ ބަލަނީ. އަނެއްކޮޅުން ރައްޔިތުން ހަނާވަނީ.

    11
    1
  7. ާާާއަލްކާން

    ނުބެހޭ ކަމެއްނެތްދޯ!!

    2
    8