ޓޮއިލެޓް ޕޭޕަރުގައި ތެޅުމަކީ ރައްޔިތުންގެ "ގައިގައި ތެޅުން" ކަމަށް ރައްޔިތުންގެ މަޖިލިހުގެ ނައިފަރު ދާއިރާގެ މެމްބަރު އަދި ޕީޕީއެމްގެ ނައިބު ރައީސް އަހުމަދު ޝިޔާމް ވިދާޅުވި މައްސަލައިގައި އެމްޑީޕީގެ މެމްބަރުންގެ ފާޑު ކިއުން ޝިޔާމަށް މިއަދު އަމާޒުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލިހުގެ ޖަލްސާގައި ޝިޔާމް ވިދާޅުވީ ކޮވިޑް-19 އާ ގުޅިގެން ރާއްޖެ ނުރައްކާތެރި ހާލަތެއްގައި އޮތް އިރު، ސަރުކާރުގެ ބޭފުޅުން ކުރައްވާ ކަމަކީ "ކާފަރުން ބޭނުން ކުރާ ޓޮއިލެޓް ޕޭޕަރުގައި" ކޮޅުފައިން ތެޅުން ކަމަށާއި ޓޮއިލެޓް ޕޭޕަރުގައި ތެޅުމުން ކަންކަން ހާސިލް ނުވާނެ ކަމަށެވެ.

ޝިޔާމް އެގޮތަށް ވިދާޅުވީ ސަރުކާރުގެ އިސް މަގާމުތަކުގައި ތިއްބެވި ބޭފުޅުން "#ސްޓޭއެޓްހޯމްޗެލެންޖު" ގައި ބައިވެރިވެޑައިގަތުމުންނެވެ. އެ ޗެލެންޖުގައި އޮންނަނީ ޓޮއިލެޓް ޕޭޕާ ރޯލެއް ނުވަތަ ޓިޝޫ ރޯލެއް ބޭނުންކޮށްގެން ވީހާވެސް ގިނަ ވަގުތު "ޖަގްލް"ކުރުމެވެ.

"އަޅުގަނޑުމެންގެ އިސްލާމް ދީނާއި ބީރައްޓެހި މީހުން ނަޖިހުން ތާހިރުވާން ވެގެން ގެންގުޅޭ ޓިޝޫ ރޯލް ހުރިހާ އެންމެން ވެގެން ކޮޅުފައިން ތެޅިއަކަސް އަދި މި މައްސަލައެއް ހައްލެއް ނުވާނެ. ނަސީބަކުން މަނިކުފާނަށް އެކަމެއް ކުރެވޭ ގޮތެއް ނުވި. މަނިކުފާނު ވެއްޓިވަޑައިގަތީ. ނަމަވެސް އަޅުގަނޑަށް އެނގޭ މަނިކުފާނަށް އެއީ އާ ކަމެއް ނޫންކަން ވެއްޓި ވަޑައިގަތުމަކީ." ރިޔާސަތުގައި އިންނެވި މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދަށް އިޝާރާތް ކުރައްވައި ޝިޔާމް ވިދާޅުވިއެވެ.

ޝިޔާމްގެ ވާހަކައިގެ މެދު ތެރެއިން އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަދި މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ވަނީ ނިޒާމީ މައްސަލައެއް ނަންގަވައިފައެވެ. އޭނާ ވިދާޅުވީ ޓޮއިލެޓް ޕޭޕަރުގައި ތަޅަން ޝިޔާމަށް ވެސް އެނގިވަޑައިގަންނަވާނެ ކަމަށެވެ.

އެ ވާހަކަތަކާ ގުޅިގެން ޝިޔާމް ވިދާޅުވީ ޓޮއިލެޓް ޕޭޕަ ރޯލްގައި ތެޅުމުން ދައްކުވައި ދެނީ ދިވެހި ރައްޔިތުންގެ ގައިގައި ތެޅުމަށް ކަމަށެވެ.

"އަޅުގަނޑު ގަބޫލު ކުރާ ގޮތުގައި ޓޮއިލެޓް ރޯލުގައި ތަޅާ ގޮތް އެ ދައްކުވާދެނީ ދިވެހި ރައްޔިތުންގެ ގައިގައި ތަޅާ ގޮތް ކަމުގައި އަޅުގަނޑުމެން މި ގަބޫލުކުރަނީ މިއަދު." ޝިޔާމް ވިދާޅުވިއެވެ.

ޝިޔާމް އެހެން ވިދާޅުވުމުން ޝިޔާމްގެ ވާހަކަ މެދުކަނޑާލެއްވުމަށް ފަހު ރައީސް ނަޝީދު ވަނީ ޓޮއިލެޓް ޕޭޕައަކީ ކާފަރުން ބޭނުން ކުރާ އެއްޗެއް ކަމަށް ވިދާޅުވުމަށް ފަހު އޭގައި ތެޅުމަކީ އެއީ ރައްޔިތުންގެ ގައިގައި ތެޅުން ކަމަށް ޝިޔާމް ވިދާޅުވުމުން ސުވާލު އުފައްދަވައިފައެވެ.

"މެމްބަރު ވިދާޅުވީ ކާފަރުން ބޭނުން ކުރާ ޓޮއިލެޓް ރޯލެއްގައި ކޮޅުފައިން ތެޅި ވާހަކަ. ދެންމެ ވިދާޅުވީ ޓޮއިލެޓް ރޯލް ރަމްޒު ވަނީ ދިވެހި ރައްޔިތުންނަށް ކަމަށް. އެހެންވީމަ ކޮންމެވެސް އެއްގޮތަކަށް ވިދާޅުވާން ޖެހޭނީ،" ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވުމަށް ފަހު ޝިޔާމް އަށް ފުރުސަތު ދިނުމުން، މެމްބަރު އާޒިމް ވަނީ ޝިޔާމްގެ އެ ވާހަކަތަކާ މެދު ނުރުހުން ފާޅުކުރައްވާފައެވެ.

"ރައީސް، ދިވެހި ރައްޔިތަކާ މެދު އެހެނެއް ވިދާޅެއް ނުވެވޭނެ،" އާޒިމް ވިދާޅުވިއެވެ.

ޝިޔާމްގެ ވާހަކަ ނިންމަވާލެއްވި ފަހުން ބިލެތްދޫ ދާއިރާގެ މެމްބަރު އަހުމަދު ހަލީމް ވަނީ ޝިޔާމްގެ ވާހަކައިގައި އިތުރުފުޅު ހައްދަވާފައިވާ ކަމަށް ފާހަގަކުރައްވާ އެކަމަށް ފާޑު ވިދާޅުވެފައެވެ. އަދި ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފްވެސް ވަނީ ޝިޔާމްގެ ވާހަކަތަކާއި ގުޅިގެން ނިޒަމީ މައްސަލަ ނަންގަވައިފައެވެ.

"މެމްބަރުގެ ވާހަކައިގައި ވިދާޅުވި މި ސަރުކާރުން ރައްޔިތުންގެ ގައިގައި ތަޅާ އަނިޔާ ކުރާ މަންޒަރު ދައްކުވައިދޭ މަންޒަރުތަކެކޭ އެއީ ޓޮއިލެޓް ރޯލްގައި އެ ތަޅާތަން އެ ފެންނަ މަންޒަރަކީ. ދިވެހި ސަރުކާރުން ކާކު ގައިގަތޯ އެހެން ޖެހީ އަޅުގަނޑު ސުވާލުކޮށްލަން ބޭނުން ކަމެއް. ކަނޑައެޅިގެން ބޮޑެތި ދޮގު ހަދާ އޮޅުވާލަން މަސައްކަތް ކުރައްވާތީ އެހާ ބޮޑެތި އޮޅުވާލުންތައް އޮޅުވާ ނުލެވޭނެ ކަމަށް،" ހަސަން ވިދާޅުވިއެވެ.

އެއަށް ފަހު ކެލާ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް އާއި ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސެއިން ޝަހީމް ވެސް ވަނީ ނިޒާމީ މައްސަލަ ނަންގަވައި ޝިޔާމްގެ ވާހަކައަށް ރައްދު ދެއްވައިފައެވެ.

" އެ ބޭފުޅުންނަށް އެހެން ފެންނަނީ އެއީކީ މައްސަލައެއް ނޫން ކަމަށް އަޅުގަނޑު ދެކެނީ. އެ ބޭފުޅުން ޕޯޑިއަމްގައި އެބަ ވިދާޅުވޭ، ކުރީގެ ރައީސް ޔާމީނަކީ ރާނީ އެއްކަމަށް. އަދި މާވަށު ދާއިރާގެ މެމްބަރު ސައީދު އެބަ ވިދާޅުވޭ ރައީސް ޔާމީނަކީ ފިނިފެންމަލެއް ކަމަށް. އެހެންވީމަ އެ ބޭފުޅުންނަށް އެއްޗެހި ފެންނަ ގޮތާއި މީހުން ފެންނަ ގޮތް ވަރަށް ތަފާތު އަޅުގަނޑުމެން އެހެން ދިވެހިންނާ." ޝަހީމް ވިދާޅުވިއެވެ.

ޝަހީމްގެ އެ ވާހަކަތަކަށް ފަހު ރައީސް ނަޝީދު ވަނީ އިނގިރޭސި ހަރުބަހެއްގެ މާނައިގައި ރީތިކަން ހުއްޓިފައި އޮންނަނީ ބަލާ މީހާގެ ނަޒަރަށް ކަމަށް ބުނާކަމަށް ވިދާޅުވެފައެވެ. އަދި އެ މައުޟޫގައި އިތުރު ނިޒާމީ މައްސަލައެއް ނުދެއްވާނެ ކަމަށް ނަޝީދު ނިންމެވިއެވެ.

ކިޔުންތެރިންގެ ހިޔާލު

18 ކޮމެންޓް

  1. ކުނިބުރި

    މީ ގުއި ފޮހޭ ގުރޫޕް ގެ ޓްރެންޑް މިހާރު

    28
    1
  2. އަލް މަބުރޫޚު ----

    މީ ބައެއް! ލޮލީ ކަލޭ މާދަމާ ކުއްލި މައްސަލަ އެއްގެ ކޮތުގައި ޓޮއިލެޓު ރޯލު މައްސަލަ މަޖިލީހަށް ވައްދާނެ

    19
    1
  3. ބީ ޖޭ ޕީ އަންނި

    ކާފަރުންނޭ ކިޔައިގެން އެއްޗެއް ބުނެފި.... ޔަގީނުން ވެސް ބީ ޖޭ ޕީ ޕާޓީ މީހުންނަށް ކެތެއް ނުވާނެ

    37
    1
  4. ހިތާމަހުރި

    ބޭކާރު އިސްރާފް ނުކޮށްބަލަ.... ޓޮއިލެޓް ޕޭޕަރު އިސްރާފް ތި ކުރަނީ.... ހުސް ބޭކާރު ހަރަދު... ލާރި ގިނަ ވެގެން ބޭކާރު އިސްރާފް ކުޅިވަރު ކުޅޭނަމަ ހާލުގަ ޖެހިފައިވާ އާއިލާތަކަށް އެހީވެދީބަލަ....

    32
    2
  5. ނާނު

    މީދެން ކޮންފަދަ ނޮހޮރު އްޕާނެ އް ތިޔަ ޖަލްސާ ތަކަކީ މިހާރަކަށް ބޭނުން ކަމެ އްނޫން ސަރުކާރުގެ އޮފީސްތަ އްވަނީ ބަންދުކޮޢްފަ އެއ އީ ރަ އްޔިތުންނަށް ޚިދުމަތްދޭ ތަން ތަން އެކަމުން ރަ އްޔިތުންނަށް އުނދަގުލެ އް ނުވޭ ދެން ކަން ދެ އްކުމަށް ކޮން ޖަލްސާތަކެ އއް ބާ އްވާކަށް ބު އްޅަބޭ އުޅޭނީ ހަމަ ކޮށްފަ ނުކުރާނެ ކަމެ އްވެސް ނޭންގިގެން ، ޔައ އުމި އްޔާގަ ލިޔަން ބޭނުންވީ ކަންނޭގެ ބު އްޅަބޭގެ ރަ އީސްކަމުގަޔޭ ފުރަތަމަ ވީޑި އޯ ކޮންފަރެންސް
    މެދުވެރިކޮށް މަޖްލިސްގެ ޖަލްސާ އެއ އް ބޭ އްވީ އެހެންނާފަހެ މީދެން ކޮންފަދަ ކަމެ އް

    25
    2
  6. މުބީނު މާރނީ

    ނަޝީދު ވިދާޅުވި، "ބިއުޓީ އިސް އިން ދި އައީސް އޮފް ދަ ބިހޯލްޑަރ" ގެ މާނަ އަކީ ކުރުކޮށް ބުނާނަމަ އެކި މީހުންނަށް ރީތިވާނީ އެކި އެއްޗިއްސެވެ. އެ އެއްލެއްވީ ސައީދު އަށް ގަލެއް. އޭގެ މާނަ އަކީ ވަކި ވައްތަރެއް ކަމުދާ މީހެކޭ ސައީދު އަކީ !

    9
    1
  7. ނަން

    ޝިޔާމު ކަލޭ ކިޔާނެއްޗެހި ހުސްވީތަ؟ ޓޮއިލެޓު ޕޭޕަރަކީ ކާފަރުން އެކަނި ބޭނުން ކުރާ އެއްޗެއްތަ؟ ދިވެހިން ބޭނުން ނުކުރަނީތަ؟؟

    9
    31
    • އަލީ

      އާނ... އަހަރުމެން ގެންގުޅެނީ މުސްލިމް ޝަވަރު ކިޔާ އެއްޗެއް. ތިޔަ އަހަރުމެން ބޭނުން ނުކުރަން.

  8. ކާފޫރު

    ކާފަރުން ބޭނުންކުރާ ކާފަރު ޓޮއިލެޓް ޕޭޕަރުގައި އިއްޒަތްތެރިން ތަޅުއްވަނީ އަނެއްކާ އެވެރިންގެ ގޮތަށް ބަދަލުވެގެންބާ؟ ކާފަރު އެއްޗެއް ރާއްޖެއަށް އެތެރެކުރިޔަ ނުދޭން ތިޔަ މަޖިލީހުން ގާނޫނެއް ފާސްކުރަން ވެއްޖެއެއް ނޫންތަ.

    13
    3
  9. ނައީމް

    ސިޔާމް ތިޔާބުނީ ހަމަތެދު މިފަހަރު އަތަކުންނެއްނޫން ފައިން ނިކަން ބަލަންތިބޭތި ދެންވާގޮތް ތާކުން ތާކުނުޖެހޭ މަޖިލީހެއް މިހާތަނަށް އެންމެ ނާގާބިލް މަޖިލިސް ޖަޖަޖަަޖަޖަޖސަަސް

    24
    5
  10. އިއްބެ

    ނައިފަރު ދާއިރާގެ މެމްބަރަކީ ބުއްދި ސަލާމަތުން ހުރި މީހެއްބާއޭ ހިތަށް އަރާ...
    ޓޮއިލެޓް ޕޭޕަރުގައި ފައިންތެޅުމަކީ ކާފިރުންނަށް ކުރި މަލާމާތެކޭ ވެސް ބުނެވިދާނެ ނޫންތޯ
    ނޫނީ ފެން އިސްރާފް ކުރާ ހިދުގަ ބުނެވޭނެ އެއީ މުސްލިމުންނަށް ކުރާ ޖެއްސުމެކޭ އެއިންނޭ ފާހާނަކޮށްގެން މުސްލިމުން ސާފުވަނީ....

    ޓޮއިލެޓް ޕޭޕަރ ގައި ފައިންތެޅުމަކީ ގޯސްކަމެއް ކަމުގަވީ ކިހިނެތްތޯ؟
    ގައިމު އެއީ ފައިސާ ދީފަ ގަނެފަ ހުރި އެއްޗެއް ވިއްޔާ..
    ވިއްކުން ޙަރާމް އެއްޗެއްވެސް ނޫން،
    އެކަން ބެންކޮކުން ގަންނަ އަންހެން ކުދިން ޙަރާމޭ ބުނި މީހާގެ ފޮޓޯ ފަހަތުގަ ޖަހައިން ތިކަހަލަ ވާހަކަ ދެއްކީމަ މިއަދު ތިމާގެ ވިސްނުން ރަގަނޅުތޯ ސުވާލް ކޮށްލަން ޖެހޭ

    އެވާހަކަ ދެއްކި އިރުގަ ހެވިފަ އިނީ

    10
    21
    • ހަޖމް

      ކަލޯ ވިސްނަބަލަ ކަލޭ ބެންކޮކޭ ކިޔާއިރު ކަލެޔަށް ނުކެރޭނެ ލާދީނީ ސެކިއުލާ ފިކުރުގެވާހަކަ ލިޔާކަށް ހަޖަމް ކުރޭ މިހާރުގެ ސަރުކާރަކީ ލާދީނި ސެކިއުލާ ފިކުރުގެވމީހުން ތިބި ބައގަނޑެއް އިންޑިޔާގެ އަޅުވެތިކަމުގަ މިގައުމު މިއޮތި ބީޖޭޕީ ޕާޓިން އަނގައިގެން ޕީސްޓީވީ މީޑިޔާނެޓުން ކަޑާލި މި ސީދާ ސެކިއުލާފިކުރު

      10
  11. ހުސާމް

    ކަމެއްވާއިރައް ސަރުކާރުން މިބުނަނީ އިންޑިޔާ އެހީތެރިވާނެޔޭ އެންޑީ ޓީވީ ބަލާބަޔަކައް ފެންނާނެ އިންޑިޔާގެ ހާލަތު އަމިއްލަގައުމުގެ ކަންކަންހަމަޔަކައް އަޅުވާފަބަޔަކައް ކަމެއްކޮއްދެވޭނީ

  12. ސާބަސް

    ކަލޯ ކަފަރުންނާ ޔަހޫދީ ގެރި ބުޑިސްޓުންނާ ބެހިފިޔާ މިވެރިން ވަރަށް އަސަރުކުރާނެ މީލާދީނީ ބައިގަޑެއް ކޮބާ މޑއނ ކިޔާ ލާދީނީ ހައްދުފަހަނަ އަޅާފައިވަ ބަގަޑު ނެރުނު ރިޕޯޓަށް ދެކޮޅަށް އެއްޗެއް ބުނަން ނުކެރުނު އާލާތްގަޑެއް ތީ ސާބަހޭ ސިޔާމް ތީ މިގައުމާ ދީންދެކެ ލޯބިވާ ބަތޮލެއް އެންމެ ތަންފުކެއްވެސް ދޫނުކުރާތީ ﷲއިރާދަފުޅުން ތި ބައިގަނޑު ތެޅި ތެޅި ހަލަކުވެގެން ދާނެ ސާބަސް ސިޔާމް

  13. ޙުސެން

    ޜައީސް ނަޝީދު ވިދާލުވި އިގިރޭސި ހަރުބަހަކީ އިސްލާމް ދީނުގައި އޮންނަގޮތެއްނޫން ކަން ހަދުމަފުޅުކޮށް އަރުވަން.

  14. ދެރަކަމެއް

    ޓޮ އިލެޓް ޕޭޕަރވެސް އިސްރާފުކުރުން ބު އްދިވެރި ކަމަކަށް ނުވާނެ.

  15. ހަސަދު

    އެއްމިލިއްން ޑޮލަރު އަމިއްލަ އެކައުންޓަށް ޖަމާ ކުރެއްވުން އެއީ ދިވެހިންގެ ކަރުގައި ހުފުން ކަމަސް ބެލެވޭނީ.

  16. ދެރަކަމެއް

    ޓޮ އިލެޓް ޕޭޕަރވެސް އިސްރާފުކުރުން ބު އްދިވެރި ކަމަކަށް ނުވާނެ. ބު އްދިސަލާމަތުން ޤަ އުމުގެ ހުންގާނުގަ އި ހި އްޕަވަ އިގެން ތި އްބެވި ....