ރައްޔިތުން މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ މެންބަރު މުހައްމަދު މުސްތަފާ އަދިވެސް ހައްޔަރުކުރަން ނުވޭތޯ ރައްޔިތުން މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަދި ވިލިމާލޭ ދާއިރާގެ މެންބަރު އަހްމަދު ނިހާން ފުލުހުން އަރިހުން ސުވާލު ކުރައްވައިފިއެވެ.

މުސްތަފާ ރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އިންޑިއާ އަސްކަރިއްޔާ އިން ސީދާ ހަރަކާތަކަށް ނިކުމެއްޖެ ކަމަށެވެ. "ރައީސް ޔާމީން ގައުމު ދެކެ ލޯބިވަންޏާ މިހިނދުން މިހިނދަށް އިސްތިއުފާ ދެއްވާފައި، ނަރަކައަށް ވަޑައިގެންނެވުމަށް ގޮވާލަން" ކަމަށް ވެސް މުސްތަފާގެ ޓްވީޓްގައި ވިދާޅުވިއެވެ.

މުސްތަފާގެ ވާހަކަތަކަށް ރައްދު ދެއްވާ ނިހާން ކުރެއްވި ޓްވީޓެއްގައި ފުލުހުން ޓެގް ކުރެއްވުމަށް ފަހު ވިދާޅުވީ "އަބުރު ރައްކާތެރި ކުރުމާއި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ޤާނޫނުގެ ހަވަނަ މާއްދާ އާއި ނުވަ ވަނަ މާއްދާގެ ދަށުން ތިމަރަފުށީ މުސްތަފާ ހިފާ ހައްޔަރުކޮށް ދިވެހި ޤައުމުގެ ސަލާމަތައް ބުރޫ އަރާ ގޮތައް ކުރަމުންދާ ޓްވީޓްތައް ތަޙްޤީޤުކޮށް ޤާނޫނުލްއުޤޫބާތުގެ ދަށުން ފިޔަވަޅު އަޅާކަށް ނުވޭތޯ؟" އެވެ.

ނިހާން އިޝާރާތް ކުރެއްވި ޤާނޫނުގެ ހަވަނަ މާއްދާގައި ބުނެފައި އޮންނަނީ ފާޅުކުރާ ޚިޔާލަކީ ގައުމީ ސަލާމަތައް ނުރައްކާވާފަދަ ޚިޔާލަކަށް ވެގެން ނުވާނެ ކަމަަށެވެ.

އެޤާނޫނުގެ ނުވަ ވަނަ މާއްދާގައި ބުނެފައި އޮންނަނީ ގައުމުގެ ސިޔާދަތަށް ނުވަތަ އިސްތުޤްލާލަށް ގެއްލުން ލިބޭފަދަ ޚިޔާލުފާޅުކުރުން ނުވަތަ ޓެރަރިޒަމްގެ އަމަލަކަށް ހިތްވަރުދިނުމަށް ނުވަތަ ހަތިޔާރު ބޭނުންކޮށްގެން އުދުވާނީ ހަރަކާތެއް ހިންގުމަށް ގޮވާލައި ޚިޔާލުފާޅުކުރުމަކީ ޤައުމީ ސަލާމަތައް ނުރައްކާ ކުރުވާނެ ޚިޔާލުފާޅުކުރުން ކަމަށެވެ.

މުސްތަފާ ހައްޔަރުކުރަން ނިހާން ގޮވާލައްވާފައި ވާއިރު މުސްތަފާ ރޭ ކުރެއްވި ޓްވީޓްގައި ރައީސް ޔާމީން "އިސްތިއުފާ ދެއްވާފައި، ނަރަކައަށް ވަޑައިގެންނެވުމަށް ގޮވާލަން" ކަމަށް ވިދާޅުވުމުން ވަރަށް ގިނަ ބަޔަކު ދަނީ މުސްތަފާ އަށް ފާޑުކިޔަމުންނެވެ.

ތަފާތު ފޯރަމްތަކުގައި މުސްތަފާ އަށް ފާޑުކިޔަމުންދާ ފަރާތްކުން ބުނަމުން ދަނީ މުސްތަފާ ސިޔާސީ ގޮތުން ޚިޔާލު ފާޅުކުރެއްވި ނަމަވެސް "ނަރަކައަށް ވަޑައިގެންނެވުމަށް ގޮވާލަން" ފަދަ އިބާރާތްތަކެއް ބޭނުން ކުރެވިގެން ނުވާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

23 ކޮމެންޓް

  1. ކަމަނަ

    ތީވަޜައް ގޮތެއް ފޮތެއް ހަޔާތެއް ނެއް އިބުލީހެ

  2. ކަލޯ

    ހުރިހާމީހުން ހައްޔަރު ކޮށްފަ ޕިންކު ކުދިންއެކަނި މިރާއްޖޭގަ އުޅެންވީނޫން ނިހާން.

    • Anonymous

      މުސްތފާއަކީ އިންސާނުންގެ ޖަމާއަތުގަ ގެންގުޅޭ ވަރަށްވުރެ އަޙްލާޤު ނުބައި މީހެއް. ދުލުން ކިޔައި ނުބައި އެއްޗެއްސަކީ މުޖުތަމައެއްގައި ބަހުރުވަަ ހުންނަންވާ ވަރަށްވުރެ ނުބައިކޮށް ހުރި މީހެއް

    • ނުރަބޯ

      ތިޔަބުނީ ތެދެއް ގައުމުގަ އުޅެންވާނީ ގައުމަށް ވަފާތެރިން ރީނދޫ ބާޣީން ހަމަ ހިފާހައްޔަރު ކުރަންވީ.

  3. ރަންގޭ

    އެމްޑީޕީ މިއަކީ ޕާޓީ އެއްނޫނެވެ.މިއީ މީހުން ހަލާކުކޮށް މަގުފުރައްދާ ވައިރަހައް އިނގޭތޯ.މިކަމުން މިރާއްޖެ މިންޖުވާނެ ގޮތެއް ހޯދަން އެބަޖެހޭ

  4. ރައްޔިތުން

    .ހުރިހާވެސް ގާޒީންނާއި މަޖިލިސް މީހުންނަށްދީފައިވާ އިމްތިޔާޒުތައް. ޟަޖިލިސްގެ ގިނަމެމްބަރުން މިހިނދުން މިހިނދަށް އިސްތިއުފާދީ ގެއަށްދާން އެބަޖެހޭ.

  5. ފުވައްމުލައް

    މިއީ އެމްޑީޕީ އިން އިސްލާމްދީނަށް ގަސްތުގައި ފުރައްސާރަކުރުމުގެތެރެއިން ދިޔަ ވާހަކައެއް.

  6. Anonymous

    މުސްތަފާ ގޮވާލި ކުފުރުގެބަހެއް ނުލަފާޖައްބާރު ނިކަމެތި ކުރަށްވާ ދޫބަންދު ކޮއްދެއްވާންދޭވެ

  7. ގަންޖާ

    މުސްތަފާމެންނަކީ ގައުމަށް ގައްދާރުވާމީހުން. ގަންޖާ އަންނި

  8. ޟުހާން

    ޟުހާން ނަރަކަ ވަންތަ ވެރިޔަކާދިމާލަ ބަހެތް ބުނާކަ މުނާފިގުން ނުރުހުޭނެ

  9. ޟުހާން

    l ނަރަކަ ވަންތަ ވެރިޔަކާދިމާލަ ބަހެތް ބުނާކަ މުނާފިގުން ނުރުހުޭނެ

  10. Anonymous

    ޔާ ﷲ ނަޝީދަކީ އަޅުގަނޑުމެންނަށް ހުރި މުސީބާތެއްނަމަ މިކަލޭގެ ގެ ނުބައިކަމުން އަޅަމެންނާ މިގައުމާ މިދުނިޔެ ސަލާމަތް ކުރައްވާށިއެވެ. އާމީން

  11. Anonymous

    މި އިދިކޮޅުގެ ހަމައެކަނި ބޭނުމަކީ ދިވެހިންގެ ތަރައްގީ ހުއްޓުވާ ދިވެހި ރާޖެއަކީ ފަގީރު ސަލާމްޖަހާ އިންޑިޔާއަށް ބަރޯސާވާ ގައުމަކަށް ހެދުން

  12. Anonymous

    ދިވެހިން ވިސްނާ ފިކުރުކުރޭ. އިންތިހާބަށް6 މަހަށްވެފަ ހުއްޓަ އިންތިހާބުގެ ކަންތަކާ އުޅުމުގެ ބަދަލުގައި ގައުމު ގަލާކުގެ ތެރެއަށް މިވައްޓާލަނީ ކޮންކަމަކާ؟ ފުލުހަކަށް އަނިޔާވިއަސް ކޮންމެ ޕާޓީއެއްގެ މީހަކަށް އަނިޔާވިއަސް ހަމަ ދިވެހި ދަރިއަކަށް ލިބޭ ދެރައެއްނޫން؟ ސިޔާސީ މީހުން ބޭނުންވާނީ އެއްމެ ކަމެއް، އެޕާޓީއަކުން ބޭނުންވާ މީހަކު ވެރިއަކަށް ގެނައުން.

  13. Anonymous

    އިދިކޮޅުން ބޭނުންވަނީ ނަޝީދު ރިޔާސީ ކެންޑިޑޭޓަކަށް ހެދުމަށް. މިމީހުން ގަބޫލު ކުރަނީ ނަޝީދު ނޫން މީހަކަށް ރައީސް ޔާމީން ބަލިނުކުރެވޭނެކަމަށް. މަށަށް ނޭނގޭ އެއްޗަކީ، ޔާމީންކީ އެހާ ނުބައި މީގެއްކަމަށް ރައްޔިތުން ނުރުގޭ ވެރިއަކަށް ވަންޏާ އިދިކޮޅުން ބުޅަލެއް ދެއްކިއަސް އެއަށް ވޯޓުނުލާންވީ ކީއްވެކަން؟

  14. Anonymous

    މަބުނާނެ އިތުރު ވާހަކައެއްނެތް. ނަޝީދު ދޫވެގެންނުވާނެ. އެއީ ހަމ ދައްޖާލު. މުޅި ގައުމު ދުއްވާމާނެކަން ޔަގީން.

  15. ހދ

    އަދިވިސް މިނިހާން ހައްޔަރުކުރާކައްނުވޭތޯ މީނަޔާ އަދުރޭ އާރިފް އިންސާނުންތޯ؟؟؟؟

  16. އަބުރުފުޅު

    ވެރިކަން ވެއްޓުނީމާވެސް ނިހާނު ކިޔާނީ މިހާރުގެ ރައީސް ޔަމީނޭދޯ

  17. ޥަނާ

    ނިހާން ގެ ކޮއްކޮ ހައްޔަރު ކުރަނީ ކޮންއިރަކު؟ނިކަން ފިރިހެންވެ އޭނަ ހައްޔަރު ކުރަން ގޮވާބަލަ!!

  18. ޖހގ

    ރާއްޖޭގެ ހާލަތު މިހާ ގޯސް މިކުރަނީ ހަމަ އެކަނި ނަޝީދު ވެރިކަމަށް ގެންނަން. 4 ލައްކަ މީހުން މަރުވެގެންވެސް ލާދީނީ މީހަކު މިގައުމުގެ ވެރިކަމަށް ގެނައުމަށް މިކުރާ މަސައްކަތަކީ ކޮންބައެއްގެ ރޭވުމެއް

  19. ދޮންބެ

    ލޮބުވެތި ދިވެހި އެންމެހާމިސްލިމުންނަށް..... މިއަދު އެމްޑީޕީއަކީ ވެރިކަމުގެ ދާއިރާގައި ބިނާކުރަނިވި ފާޑުކިޔުމާއި ޚިޔާލުފާޅުކުރުމުގެ ބަދަލުގައި އަިސްލާމްދީނާދެކޮޅަށް މިގައުމުގެ މުސްލިމުންގެހިތުގަ ޝުއޫރުތައް އުފައްދާ އެކަމަށްހިތްވަރުދީ މީސްތަކުން މިކަމުގެ ތެރެޔަށް ހާނުވަމުންދާ ޝައިތާނީ ފިކުރެކެވެ.އޭގެ ބޭރުފުށުގައި ހިސާބަކަށް ތަރައްގީއާއި ތަމައްދުންގެ ކަންތައް ހިމަނާފައި ހުރިނަމަވެސް އެއީ ހަގީގަތުގައި އޭގެއަވާގައި މީސްތަކުންޖައްސާ ދިނިޔެއަށް މީސްތަކުންލަންބުވާ އާޚިރަތްމަތިން ގާފިލްކުރުވާ ބައެކެވެ.އަދި އިސްލާމްދީނުގެ ކަންކަމަށް ފާޅުގައި ދެކޮޅުހަދާ ދީނީ ވާޖިބުތައް ސިޔާސީކަންކަމުގެ ގޮތުގައި ދައްކާ މަޑުމަޑުން ދީނާފެޔައްގެންގޮސް މިއަދު އެކަންކަންގޮސްފައިވާ ހިސާބަކީ ﷲ އާއި އެއިލާހުގެ ރަސޫލާގެ ބަސްފުޅެއްވެސް ޕާޓީގެ ރައުޔާ މެނިފެސްޓޯއާޚިލާފަށް އޮތްނަމަ އިސްކުރެވިގެންދަނީ ޕާޓީއެވެ...މިއީ މިއަދު ނޭނގިތިބެ އެމްޑީޕީގެ އެތައްމެމްބަރުންނެއް ގޮސްފައިވާ ހިސާބެވެ...މިފަދަމީހުން ހަގީގަތުގައި އެއުޅެނީ އިސްލާމްދީނަށްކަމަށްބުނިނަމަވެސް އެބައިމީހުން އުޅެމުން އެދަނީ އެބއިމީހުންގެ ހަވާނަފްސަށެވެ..ހިތްއެދޭކަމެއް ދީނުގައި އައިސްފިނަމަ ގަބޫލުކުރަނީއެވެ..އަދި ނޭދޭ ކަމެއް އައިސްފިނަމަ ދޫކޮށްލަނީއެވެ....ހަމަ އެހެންމެ މިއަދު މުސްލިމެއްގެ މައްޗަށް ކާފަރަކު އިސްކޮށް މުސްލިމަކަށްވުރެން ބޮޑަށް ކާފަރަކު ދެކެ ލޯބިވުމާއި ކާފަރުންގެ އެހީއާެި މަދަދު ހޯދައި ދުނިޔޥީ ފައިދާއަށްޓަކައި މުސްލިމެއްގެ ދުވަސްދުއްވާލުމަކީ މާބޮޑު ކަމަކަށް ނުވެއެވެ..އެހެންކަމުން ހަގީގީ ދުޝްމަނުން އަދި ހަހަގީގީ ޓެރަރިސްޓުންނަކީ ފަހެ ކޮންބައެއްތޯއެވެ..ހަމަ އެހެންމެ އިސްލާމްދީނަށް ކުޑައިމީސްބަސް މިފަދަނުބައި ދުަލަކުން ނުކުންނައިރު އެތަކެތި އެއީ ވަރަށްމަޖާއެއްޗެއްކަމުގައި ހަދައި އެބަސްތައް ތަކުރާރުކޮށް އޭނާގެ ދިފާއުގައި ވަކާލަތުކުރަނީ ކޮތައްމީހުންތޯއެވެ...މިއަދު ދުނިޔެމަތީ މުސްލިމުންނަށް އޮޅުވާލައި ގަައްދާރުވެގެން ހުރެވިދާނެއެވެ..އެކަމަކު މާދަމާއެފަދަމީހާ ދައްކާނީ ފަހެ ކޮން އުޒުރެއްހެއްޔެވެ؟

    • ސީނު

      ތާއީދު

  20. އ.ޖ.އ

    ސިހުރު ހާހޫރަ ފަންޑިތަ ގަބޫލު ނުކުރާ މީހުން މުސްލިމުންނަށް ވެދާނެ ކަމާ މެދު ސުވާލު އެފެދޭ..