ގުގުރާނެ ކަމަށް ލަފާކޮށް ރާއްޖޭގެ މޫސުމާއި ބެހޭ ގައުމީ އިދާރާ (މެޓް) އިން ހުވަދު އަތޮޅަށް ހުދު ސަމާލު އެވެ.

މިއަދު މެންދުރު ފަހު މެޓް އޮފީހުން ނެރުނު ސަމާލުގައި ބުނެފައި ވަނީ، މިއަދު 15:45 އާއި 19:00 ދެމެދު އެ އަތޮޅުތަކަށް ގުގުރުން އެކަށީގެންވާ ކަމަށެވެ.

ކުރިއަށް އޮތް 24 ގަޑިއިރު މޫސުން ކުރިއަށް ލަފާކޮށް މެޓް އޮފީހުން ބުނެފައި ވަނީ، ދެކުނުގެ އަތޮޅުތަކަށް ކެރީގެ އަސަރު ކުރާނެ އަދި ގުގުރުން އެކަށީގެން ވާ ކަމަށެވެ،

ނަމަވެސް އެހެން ހިސާބު ތަކުގެ މޫސުން އާންމު ގޮތެއްގައި ރަނގަޅު ވާނެ ކަމަށް މެޓް އޮފީހުން ވިދާޅުވެފައެވެ. އަދި އުތުރާއި އިރުއުތުރުން، ގަޑިއަކު 03 މޭލާއި 13 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަަމަށްވެސް މެޓް އޮފީހުން ވިދާލުވެފައި ވެއެވެ.

އަދި ރާއްޖޭގެ ކަނޑުތައް މަޑު ވާނެ ކަމަށްވެސް މެޓް އޮފީހުން ވިދާޅުވިއެވެ.