ރާއްޖެ އަށް ބޭނުން ވެފައިވާ ބޭސް އިންޑިއާ އިން އިއްޔެ ރާއްޖެ ގެނެސްދީފައި ވާތީ، ރައްޔިތުން މަޖިލީހުގެ ކުރީގެ ނައިބު ރައީސް ރީކޯ މޫސާ މަނިކު އިންޑިއާ ސަރުކާރަށް ޝުކުރު އަދާކުރައްވައިފިއެވެ.

މޫސަ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މުޅި އިންޑިއާ އެއްގަމާ ވައިގެދަތުރުފަތުރު ބަންދުކޮށްފައި އޮތަސް ރާއްޖެއަށް ބޭނުންވާ ގިނަ އަދަދެއްގެ ބޭސް މިރާޖެއަށް ފޯރުކޮށްދިނީތީ ވަރަށް ޝުކުރު ދަންނަވާ ކަމަށެވެ. "އިންޑިއާ ޗައިނާ ވިޔަސް އަޅުގަނޑުމެން ރައްޔަތުންނަށް އެހީތެރިކަން ފޯރުކޮށްދޭ ފަރާތްތަކަށް ޝުުުރުއަދާކުރަންވީ." މޫސަ ވިދާޅުވިއެވެ.

ކޮވިޑް-19 ފެތުރުން ހުއްޓުވުމަށްޓަކައި ތިން ހަފްތާއަށް އިންޑިއާ ފުރަބަންދު (ލޮކްޑައުން) ކުރުމުން، އެ ގައުމުގައި ތާށިވެފައި ހުރި އެސްޓީއޯގެ ބޭސްތައް އިންޑިއާ އާއި ރާއްޖޭގެ އަސްކަރިއްޔާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގެ ދަށުން ރާއްޖެ ގެނައީ އިއްޔެގެ ވަގުތެއްގައެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ބޭއްވި ރަސްމިއްޔާތެއްގައި، މި ބޭސްތަކާ ހަވާލުވެވަޑައިގަތީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދެވެ. މި ބޭސްތައް ހަވާލުކޮށްދެއްވީ އިންޑިއާ އިން ރާއްޖެ އަށް ކަނޑައަޅާފައިވާ ސަފީރު ސަންޖޭ ސުދީރެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަމުން މިނިސްޓަރު ވިދާޅުވީ، ދުނިޔެ އެއްކޮށް ކަހަލަ ގޮތަކަށް ފުރަބަންދު ކުރުމުން އިމްޕޯޓަށް ބަރޯސާވާ ރާއްޖެ ފަދަ ގައުމުތަކަށް ގެއްލުންވާ ކަމަށެވެ. ނަމަވެސް އިންޑިއާ އިން މިދަނޑިވަޅުގައި ފޯރުކޮށްދެމުން ގެންދާ އެހީތެރިކަން މިނިސްޓަރ ފާހަގަ ކުރެއްވެވިއެވެ.

"ރާއްޖެ ފަދަ އެކްސްޕޯޓަށް ބަރޯސާވެފައިވާ ގައުމަކަށް މިއީ ވަރަށް ދަތި ވަގުތެއް. އަސާސީ ބޭނުންތަކަށް ބޭނުންވާ ތަކެތި އަޅުގަނޑުމެން މި އެތެރެ ކުރަނީ ބޭރުން. ކަނޑު މަގުންނާއި ވައިގެ މަގުން، މީގެ ތެރޭގައި ވެސް ވައިގެ މަގުން އެކަނި ގެނެވޭ ފަދަ ތަކެތި ހިމެނޭ،" މިނިސްޓަރު ވިދާޅުވި އެވެ.

އިއްޔެ ރާއްޖެ ގެނައީ އެސްޓީއޯ އިން މީގެ ކުރިން އޯޑަރުކޮށްފައި ހުރި 6.2 ޓަނުގެ ބޭހެވެ. މިއީ ހިތުގެ ބައްޔާއި އާރްތަރައިޓިސް، ކިޑްނީ އަދި ކެންސަރު ފަދަ ބަލިތަކަށް ފަރުވާ ދޭން ބޭނުންވާ އަސާސީ ބޭސްތަކެކެވެ. އެސްޓީއޯ އިން މި ބޭސްތައް އޯޑަރު ކުރީ، ކޮވިޑް-19 ފެތުރެން ފެށުމުގެ ކުރިންނެވެ. ނަމަވެސް އިންޑިއާ ފުރަބަންދު ކުރުމުން އެކިި ސިޓީތަކުގައި އެ ބޭސްތައް ހުރީ ތާށިވެފަ އެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. މުގައްދަރު

    ތިޔަ މީހާޔައް ޖެހޭނެ ސުކުރު އަދާކުރަން އިންޑިއާއިން މިތަން ހިފަން ބާރްދޭގުރޫޕް މީހުން ކިޔާނީ އެއްލަވަޔެއް ލަނޑަޔާ ވާނީ ހަމަ ލަނޑަޔާ

    22
    5
  2. ލަނޑާ

    ރަނގަޅު ވާހަކައެއް!

    12
    2
  3. މޫސަބޭ

    މޫސަމެން ތިހެންބުނީމަ ހައިރާންވެއްޖެ! ޢިންޑިޔާ މިހާތަނަށް ކަމެއްކޮށްފީފައޮތީ ބަދަލެއްގެ އިންތިޒާރިގައި ، ތީކަމުގެ އަޑިވެސް އަދި އެނގޭނެ، ޑޮކެްޓަރުންވެސް ދިނެއްނު ، މިލިޓަރީ ބައެއްކަން ފަޅާއެރީމަ އަނެއްދުވަހު ފުރާފި ،

  4. ކޮތަރު

    ރާއްޖެއަށް އެހީގެ ތަކެއްޗާއި ބޭސް ގެންނަނީ ހަނގުރާމަމަތީ މަތިންދާބޯޓުގަ. ނޭޕާލް، ބޫޓާން، އަފްޣާނިސްތާނަށް ތަކެތި ގެންދަނީ މަނަވަރުގަ. ހެ ހެ ހެ. އަޅުވެތި ކުރަމުން މިހިރަދަނީ. މާކުރިން އޯޑަރކޮށްފަ ހުރި ބޭހޯ.

  5. ކާފަބޭ2020

    އަޅުގަނޑުގެ ސުވާލަކީއެއީ ހިލޭސާބަހަށްދިން ބޭސްތަކެއްތޯ ނުވަތަގަނެފަހުރިބޭސްތަކެއް ހިލޭ ގެނެސްދިނީތޯ ނުވަތަދެކޮޅުޚަރަދުދޭގޮތަށް ގެނަސްދިނީތޯ ކޮން މެގޮތެއްވިއަސް ދެސަރުކާރަށް ޝުކުރުއަދާކުރަން ޝުކުރިއްޔާ!

  6. ބަބުޅާއައިސަ

    ރީކޯމޫސާ ތިޔަބޭފުޅާ ޝުކުރުދެންނެވީ ދެފުއްފެނިގެންބާ ހަމަޔަގީނުންވެސް އެއީ އެދުމެއް މިކަމުގެސަބަބުން ރާއްޖެއަށް އިންޑިއާގެ ނުފޫޒު ފޯރާނެކަން ކަށަވަރު ފަހުން ނުރޯތި.