އައިޑީކާޑުގެ މުއްދަތު ހަމަވެ، ގެއްލިފައި ވިއަސް ކާކުކަން އަންގައިދޭ އެހެން ލިޔުންތައް ބޭނުންކޮށްގެން ހިދުމަތް ދިނުމަށް ޑިޕާޓްމެންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަން (ޑީއެންއާރް) އިން އެދިއްޖެއެވެ.
ޑީއެންއާރުން ނެރެފައިވާ އިއުލާނެއްގައި ބުނެފައިވަނީ ރާއްޖޭގައި ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމުގެ ގޮތުން ސަރުކާރުން އަޅާފައިވާ ފިޔަވަޅުތަކުގެ ތެރެއިން އައިޑީކާޑު ހެދުމުގެ ހިދުމަތް މެދުކަނޑާލާފައިވާތީ އައިޑީކާޑު ނެތުމުން، އައިޑީކާޑު މެދުވެރިކޮށް ދެވޭ އެކިއެކި ހިދުމަތްތައް ނުލިބޭތީ ޝަކުވާ ހުށަހެޅިފައިވާ ކަމަށެވެ.
އެހެން ކަމުން ޑީއެންއާރުން ވަނީ އައިޑީކާޑުގެ ނަންބަރު ފެންނަ ލިޔުމެއް ދިނުމުން އައިޑީކާޑު ގެއްލިފައިވާ މީހުންނާއި އަލަށް އުފަންވާ ކުދިންނާއި މުއްދަތު ހަމަވެފައިވާ ކާޑު ގެންގުޅޭ މީހުންނަށް ހިދުމަތް ދިނުމަށް އެދިފައެވެ. އެގޮތުން އުފަންދުވަހުގެ ސެޓްފިކެޓް، ޕާސްޕޯޓް، ޑްރައިވިންގް ލައިސަންސް ނުވަތަ މި އަހަރުގެ މުއްދަތު ހަމަވެފައިވާ އައިޑީ ކާޑު ދިނުމުން ހިދުމަތް ފޯރުކޮށް ދިނުމަށް ޑީއެންއާރުން ވަނީ އެދިފައެވެ.
ޖޫން މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް މިގޮތަށް އަމަލު ކުރެވޭނެ ކަމަށް އެ އިއުލާނުގައި ވަނީ ބުނެފައެވެ.
ދިވެހިން އައިޑީކާޑު އެންމެ ގިނައިން ބޭނުންކުރަނީ އާސަންދައިގެ ކަންކަމަށެވެ. އައިޑީކާޑު ނެތް ހާލަތެއްގައިވެސް އެ ކުންފުނިން ހިދުމަތް ދެވޭނެ ގޮތެއް ދާދިފަހުން ވަނީ ހަމަ ޖައްސާފައެވެ. އެގޮތުން އައީޑީކާޑު މުއްދަތު ހަމަވިއަސް ހިދުމަތް ލިބޭނެއެވެ.
ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑަކީ މުއްދަތު ހަމަވާ ކާޑަކަށް ވެގެން ނުވާނެ! އެކާޑް ވާންވާނީ ބާވުމުން ބަދަލުކުރާ ކާޑަކަށް! އެކާޑުގެ މުއްދަތު ހަވަވާންޖެހެނީ އެމީހަކު މިދުނިޔެ ދޫކުރާ ދުވަހަކުން!! ނުވަތަ ދިވެހި ރައްޔިތުކަން ގެއްލޭ ސުވަހަކުން!! މިގޮތަށް މިކާޑު ބަދަލުކޮށްބަލަ!! މުއްދަތު ހަމަވާ ޑޭޓު ނުޖަހާ!!