ކޮވިޑް-19 އާ ގުޅިގެން އިޖްތިމާއީ ގައިދުރުކަން ފަރިތަކުރުމަށް އެތައް ބަޔަކު ގޭގައި ތިބެން ޖެހުމުން ކުރިއަށް ވުރެ ބޮޑަށް މީސްމީޑިއާގައި މީހުން ހޭދަކުރާ ވަގުތު އެތައް ވަގުތެއް ގިނަވެގެން ދިޔައެވެ. ބައެއް މީހުން ފޫހިފިލުވުމަށް ކުރަނީ އެކިއެކި މަސައްކަތްތަކެވެ.
ގިނަ ބަޔަކު މީސްމީޑިއާގައި މަޖާ ގޭމްތައް ކުޅުމާއި ސަމާސާކުރުމާއި ހެއްވާ ކަންތައްތަކުގައި ޝާމިލްވެ އުޅޭ އިރު، އެ ޗެލެންޖުތަކުގެ ތެރެއިން ދިވެހިންނާ މުސްލިމުންގެ އަގީދާގެ ކުލަ ފެންނަން ބޭނުންވި ބަޔަކު ވެސް ތިއްބެވެ.
ކުޑަކުދިންނާއި، ޒުވާނުންނާއި ހަރު އުމުރުފުރާގެ މީހުން ވެސް ވަނީ މި ޗެލެންޖުގައި ބައިވެރިވެފައެވެ.
https://www.facebook.com/mohamed.shameem.587/videos/10156778163031577
އަދި ބައެއް ވަޒީރުންނާއި ކުރީގެ މެމްބަރުންނާއި، މަޝްހޫރު އެތައް ބަޔަކު މި ޗެލެންޖްގައި ބައިވެރިވިއެވެ.
ޤުރުއާން ކިޔެވުމުގެ ވީޑިއޯތަކުން މުޅި މީސް މީޑިއާ ފުރިފައި ވާއިރު ގިނަ މީހުންގެ ހިތްތަކުން ޖާގަ ހޯދި އެކަކަކީ ގއ. މާމެންދު އަށް އުފަން މުހައްމަދު ޝަމީމް އަބްދުލް މުހްސިނެވެ. އޭނާ ވެސް ޝަހީމްގެ ޗެލެންޖްގައި ބައިވެރިވިއެވެ.
މިދިޔަ ހޮނިހިރު ދުވަހު ފޭސްބުކްގައި އާންމު ކުރި ޝަމީމް ގުރުއާން ކިޔެވި ވީޑީއޯ މިހާތަނަށް އައި އިރު 9000 އަށް ވުރެ ގިނަ މީހުން ވަނީ ބަލައިފައެވެ. އަދި އޭނާގެ ގުރުއާން ކިޔެވުމުގެ ރާގުގެ ރީތި ކަމާއި، އަޑުގެ ފުރިހަމަކަމުން އާންމުންގެ ގިނަ ބަޔަކު އޭނާ އަށް ކުރީ ތައުރީފެވެ.
އެ ވީޑީއޯގެ ކެޕްޝަންގައި އޭނާ ލިޔެފައިވަނީ " މުސީބާތުގެ ވަގުުތުގައި ގޭގައި ތިބެގެން ގިނަގިނައިން ގުރުއާން ކިޔެވުން ރަނގަޅީ." މިހެންނެވެ.
ސޯޝަލް މީޑިއާގައި އެ ވީޑިއޯ ހިއްސާކުރުމާ އެކު އެތައް ބަޔަކު ދަނީ އެ ވީޑިއޯ ޝެއާ ކުރަމުންނެވެ.
އެ ވީޑިއޯއަށް ލިބުނު އާދަޔާ ޚިލާފު ތަރުޚީބާ ގުޅޭ ގޮތުން ޝަމީމް "ވަގުތަށް" ބުނީ ވީޑިއޯ ހިއްސާ ކުރީ ޗެލެންޖްގައި ބައިވެރިވުމުގެ ގޮތުން ނޫން ކަމަށެވެ.
އެ ވީޑިއޯ ހިއްސާކުރީ ގޭގައި ގިނަ ވަގުތުތަކުގައި ތިބޭ އިރު ގުރުއާން ކިޔެވުމަކީ ރަނގަޅު ކަމެއް ކަމަށް ދެކޭތީ ކަމަށް އޭނާ ބުންޏެވެ.
"ޗެލެންޖަކަށް ނޫން އަޅުގަނޑު ކިޔެވީކީ. ދެން ބުނި އަދިވެސް ކިޔަވާށޭ. އަނެއްހެން ޗެލެންޖަކަށް ނޫން. ގިނަ މީހުން ގޭގައި ތިބޭތީ ކިޔަވަން ރަނގަޅޭ އަޅުގަނޑު ބުނީ. ވަރަށް ގިނަ މީހުން ބުނި ވަރަށް ރަނގަޅޭ. އަދި ކިޔަވާލާނަން އިރާދަކުރެއްވިއްޔާ." އުމުރުން 36 އަހަރުގެ ޝަމީމް ބުންޏެވެ.
ޝަމީމް އަށް ލިބިފައިވާ ރީތިކޮށް ގުރުއާން ކިޔެވުމުގެ ހުނަރާއި މެދު ސުވާލުކުރުމުން ބުނީ އޭނާއަކީ ކުޑައިރުއްސުރެ، ގުރުއާން މުބާރާތްތަކުގައި ބައިވެރިވެ، ރަނގަޅު ވަނަތަކެއް ވެސް ހޯދާފައިވާ މީހެއް ކަމަށެވެ.
"ބައިވެރިވަން ކުރީގައި ވެސް. އަތޮޅުން އެއް ވަނަ ލިބުނު. ހުވަދު އަތޮޅުން ލިބުނު އެއްވަނަ." އޭނާ ފާހަގަކުރިއެވެ.
އެތައް ބަޔަކު ޝަމީމްގެ ކިޔެވުން ރީތިކަން ފާހަގަކޮށް އޭނާއަށް ގާރީއަކަށް ނުވަތަ މުދިމަކަށް ވުމަށް އިރުޝާދު ދެމުންދާ އިރު، އޭނާ އަކީ 2011 އިން ފެށިގެން އިމާމްކަމުގެ މަގާމް ވެސް އަދާކުރާ މީހެކެވެ. އެންމެ ފުރަތަމަ އިމާމްކަމުގެ ސަނަދު ލިބުމަށް ފަހު އޭނާ، ހުކުރު ކުރީ އޭނާގެ އުފަން އަތޮޅު ކަަމަށްވާ ހުވަދު އަތޮޅުގައެވެ. އޭގެ ފަހުން ދިރިއުޅުން އައްޑޫ ސިޓީީ އަށްް ބަދަލުކޮށް މިހާރު މިފްކޯގެ އެސިސްޓަންޓް މެނޭޖަރުގެ ވަޒީފާ އަދާކުރާ ޝަމީމް ދަނީ އިމާމެއްގެ ގޮތުގައި މަސައްކަތް ކުރަމުންނެވެ.
ކިޔަވާ. ކިޔަވައިގެން ވެސް މިކޮވިޑު ފައްސާލަ
100% ފޭކް. ޢަނގަ ނުހުޅުވާ ޤްރުއާން ކިޔެވޭތަ
އަސްލުވެސް. މިގޮތަށް އެކްޓް ނުކުރިޔަސް ވެދާނެ
އަހަރެން މީ ޝަމީމް ފަހަތުގަ ނަމާދު ކުރި މީހެއް. ތި ހަމަ ޝަމީމް ގެ އަޑު
ޝަމީމްބޭ!!
އަޙްމަދު ނާފިޒު،
ނޭގޭ ވާހަކަ ދައްކާފަ، އެއްޗެހި ކިޔާތި... މޮޔަ
ބޭރުގެ މަޝްހޫރު ބޮޑެތި ޤާރީން ކިޔަވާއިރު އަނގަ ހުޅުވާބާ؟ އެނގިގެން ވާހަކަ ދެއްކުން ބުއްދިވެރި!
ދޯ! އެހެން ކިޔަވާ ނަމަ ވައި އަޑެއް ބޭރުވާނީ
ދޮންކަލޯ ނާފިޒޫ. ތަންކޮޅެއް ގިނައިން ޓިކްޓޮކް ބެލީމަ ކަންނޭގެ ތިހައި ޝައްކު ތި ވަނީ.
ލިންކެއްވެސް ނުލިބުނު ދޯ ޖަހާލަން
ޝަމީމުގެ މައިން ބަފައިންނާއި މުދައްރިސުން އަދި ޝަމީމްގެ ހިތްވަރަށް ހަމަ ސާބަސް... މަސައްކަތުގައި ދެމިހުރެ އުގައްނައި ދެއްވާތި...
މާޝާ ﷲ
ވަރަށް ފުރިހަމަ ކިޔެވުން
ޑރ.ޝަހީމް އާ ޝަމީމް އަކީ އެ އް ރަށަކައް އުފަން 2މީހުން ކަން ލިއުމުގަ ފާހަގަ ކޮއްފަ ނެތީމަ ވ ދެރަ!
އެކަމަކު މި ޗެލެންޖުން މީހުންގެ ހިތްތަކުން ޖާގަ ހޯދި އެކަކަކީ ޝަހީމްގެ ރަށް، ގއ. މާމެންދު އަށް އުފަން މުހައްމަދު ޝަމީމް އަބްދުލް މުހްސިނެވެ. އޭނާ ވެސް ޝަހީމްގެ ޗެލެންޖްގައި ބައިވެރިވިއެވެ.
الحمد لله ވަރަށް ފުރިހަމަ ވަރަށް ރީތި އިންޝާ ﷲ
ލިޕް ސިންކްޑް
ނޫނޭ.. މަވަރަށް ރަނގަޅަށް މިވީޑިޔޯ ބަލައި އެނަލައިޒް ކޮށްފިން..އިތުރު އޯޑިޔޯއެއް ވީޑިޔޯ މައްޗަށް އެޑިޓް ކޮށްފައެއް ނެތް.. އޭނަގެ މަޚްރަޖް ތަކާއި ރާގު ގެނައުމުގެ ފޭޝަލް ފީޗާސް ތަކާއި އަނގަޔާ ނޭފަތުގެ މޫވްމަންޓްސް ތައް ކޮންސްޓަންޓް ވެފައި އޮތެންޓިކް..މަވެސް ތަޖުވީދަށް ރާގަށް ޤުރުޢާން ކިޔަވާފަ ހުރީމަ އެނގޭ މަޚްރަޖްތަކުގެ އަނގައިގެ ހަރަކާތްތައް ހުންނާނެ ގޮތް..ނޭފަތުގެ މޫވްމަންޓްސް އަށް އެކަނި ބެލިޔަސް ވަރަށް ބޮޑަށް ލިޕްސިންކް ނޫންކަން ފެންނާނެ.. މާޝާﷲ.. ޝަމީމް ހަމަ މޮޅީ..
ވ.ފުރިހަމަ އަޑުއަހާލަން ފަސޭހަ ކިޔެވުމެއް..
ވަﷲ އަޢްލަމް، و ،ذ،ر،م،ب އަދާކުރާއިރު އަދިވެސް އެހެން އަކުރުތައް އަދާ ކުރާއިރު، އަޑާ އަނގަޔާ ނުގުޅޭކަން ފާހަގަ ކުރެވުން. މޮޅަށް ދެނެވޮޑިގެން ވަނީ ﷲ.
ސީދާ މީހާގެޢަޑު ނުން ވީމަކަޑަ ވޮޢިސް ޢެޑިޓު ކޮޢް ޢިފެކްޓް ކޮޢްފަ ހުރިޢަޑެޢް ޢިވުނީ ފޯނުން ކުރިކަމަކީ ޢޯޑިޢޯ ޢަކަޢް ވީޑިޢޯ ޢެޅުން ވ ސާފު ސަލާމް
މަށަށް ވެސް ތިކަން ފާހަގަވި. ބޮޑަށް ހީވަނީ އޯޑިއޯ އެއް ޖަހައިގެން އަނގަ ހަލުވަނީހެް. އަނެއްކާ ބޮޑަށް ވައްތަރީ ބޭރުގެ ޤާރީއެއްގެ އަޑާ
ކޮން ގާރީއެއްކަންވެސް ނޭންގުނު ދޯ؟ ބެސިކްސް ނޭންގޭ މީހުން ޓެކްނިކަލް ކޮމެންޓް ކުރީމަ ތީ ބޮޑު ޖޯކެއް!
އަސްތާ އެއްކަލަ ލާދީނީ ބައިގަނޑު ދޯ. ޤުރުޢާން ކިޔެވުން އެކަނިތަ، ކަލޭމެންނަކަށް ކަމަކު ނުދާނެ އިސްލާމް ދީނުގެ އެއްވެސް ކަމެއް. ކަލޭމެންނަށް ކަމުދާނީ އިސްލާމްދީނާ ޚިލާފު އެޖެންޑާތައް. ތިގޮތަށް ތިވާހަކަ ތި ދައްކަނީ ޤުރުޢާން ދެކެ ފޫހިވާތީ.
ﷲ އެންމެހާ މުސްލިމުންނަށް ތެދުމަގު ދައްކަވާށި. އާމީން
ޝަމީމް އަކީ އަހަރެންގެ ކްލާސްމޭޓެއް އޭރުވެސް ޝަމީމް އަކީ އަޑުއަހާ މީހުންގެ ގައިން ހީބިހި ނަގަހާ ރީއްޗަށް ޤުރުއާން ކިޔަވާ މީހެއް...ޖޭ ވިޔަސް ކުރާނެ ކަމެއް ނެތް..މީ ހަމަ ޝަމީމް ގެ އަޑު..
މާޝާﷲ. ވ.ވ.ވ ފުރިހަމަ. ތިބާއަށް މާތްﷲ ބަރަކާތް ލައްވާށި. އާމީން.
މާޝާﷲ. އަދި މި އަދާހަމަޔަށް ދިވެހިރާ އްޖެ އިން ތިހާރީތިކޮށް ޤުރު އާން ކިޔަވާ މީހަކު ނުފެނޭ...މިސާލަކަށް ޝހމ މެންވެސް ހަމަ މިސާލު ނަގަންޖެހޭ...މި އަދު އެމީހުން ގަބޫލުކުރަންޖެހޭ ހުރިހާ ކަމަކަށްވެސް ކުޅަދުންވަންތަ މާތްﷲ ގެ އިރާދަފުޅުން މި އަދު މިވަނީ ރީތިކޮށް ޤުރު އާން ކިޔަވަން އެގެނީ އެންމެ މީހަކަށްނޫންކަން ސާބިތުވެފަ އަދި އެމީހަކަށްވެސް މި އަދު އެކަން އެގޭނެ...ޤުރު އާނާ އި އިސްލާމްދީނަކީ ވަކިމީހެ އްގެ ހަރުމުދަލެ އްނޫންކަން. ވީމާ،ﷲ އަށް ބިރުވެތިވެ އެޑްވާންޓޭޖް ނަންގަވަން އެއއ އްވެސް މީހަަކު ނޫޅު އްވުން އެދެން އަދި އެންމެނަށް ތެދުމަގު ދަ އްކަވާށި... އާމީން
ބްރޯ ޝަހީމް އާ ޝަމީމް މީ އެއް ރަށެއްގެ ެެެެެެެެެެެެެެެެެެެެެެެެެެެެެެެެެ އެކައްޗެއް!
ސުބުޙާނަﷲ...ބަޔަކު ހަސަދަވެރިވިޔަސް ތީބޮޑުވަރު. އަނެއްކާ މީ ޤުރުއާންކިޔެވުން ދޯ؟ މިކަމުގައި ޗެލެންޖް ކުރުމެއް ނުވެސް އޮވޭ، ކާކުދެއްކިވާހަކައެއްބާ؟ މީﷲ އަށްޓަކައި ކުރާކަމެއް މިކަމުގައި ސަމާލުކަން ހޯދަން ޗެލެންޖެ ކުރުމަކީ ކޮންކަހަލަ ކަމެއްބާ؟ ވަﷲ އަޢުލަމް...
އަޅޭ!???????
???ޙަސަދް ޢޯ ހަސަދް????
މާޝާ ﷲ . ބާރަކަﷲ . ދެ ހަރަމްފުޅުގެ އިމާމް އަބްދުއް ރަހްމާން އިބުން އަބްދުލް އަޒީޒް އައް ސުދައިސްގެ ކިޔެވުމާ ވައްތަރު ގޮތެއް ހުރޭ.
عبد الرحمن السديس ތަ؟
މާޝާﷲ ވަރަންރީތި.
މާޝާﷲ. ވ. ފުރިހަމަ.
ސުދަ އިސްގެ ކިޔެވުމާ ތަފާތެ އް ނެތް. ވަރަށް ފުރިހަމަ. ވަރަށް ރީތި ޒުވާނެ އް.
މާޝާﷲ ހެޔޮދަރުމަހުރި..
ކުރީގެ ޕީޖީ މުހުތާޒު މުހުސިނުގެ ކޮއްކޮ އެއް؟؟؟؟
އަޑު އަޅާފަ..
މާޝާﷲ، ކިޔެވުން ވަރަށް ރީތި، އަބަދުވެސް ރީތިކޮށް ޤުރްއާން ކިޔާ އަޑުއަހާއިރު ހިތަށް ބުނަންނޭންގޭކަހަލަ ފޮނި އިހުސާސެއްކުރެވޭ. މި ފަހަރުވެސް އެފަދަ އިހްސާސްސެއް ކުރެވިއްޖެ. ﷲ ތިބާއަށް ބަރަކާތް ލައްވާށިއެވެ.
ވ ފުރިހަމަ ބަލާބެލުމަށް ހީނުވިއަސް ހުނަރު ދައްކާލައިފި
މާޝާ ﷲ
ތިވީޑިއޯ އަކީ އޭނަގެ އަސްލު އަޑުކަމާއި މެދު ޝައްކު ވީޑިއޯ ރަނގަޅަށް ބެލީމަ އެކަން ރަނގަޅަށް ފާހަގަ ކުރެވޭނެ އޭނަގެ އަނގަ އާއި އަޑާ ހުރިތަފާތު ބޮޑަށް ބުރަވެވެނީ ތިވީޑިއޯ އަކީ ފޭކު އަސްލަކާއި ވައްތަރެންނޫން ކޮންމެ ބޭފުޅަކުވެސް އެވީޑިއޯ ރަގަޅަށް ބައްލަވާ!
ޑރ.ޝަހީމް ގެ ވީޑިއޯ އާއި މިވީއޯ ގައި ހުރި ތަފާތު އެއްވެސް ބޭފުޅަކު ތިމާގައިގަ ނެތްހުނަރެއް ދަކަން އުޅުމުން ތިމާ ބާދުނާމް ވުންގާތް!
ހަސަދަވެރިކަމުގައި ކިތައްމެ ކޮމެންޓެއް ލިޔުނަސް ތިޔަބުނާ މީހަކަށްވުރެ ރީތި މިކިޔެވުން. ހަޖަމުކުރަން ދަސްކުރޭ. އަދި މިރާގަށް ކިޔަވަން ނުވެސް އެގޭނެ ކޮންމެ މީހަކަށް. ވަﷲއަޢުލަމް
މީ ހަސަދެއް ނޫނޯ!????
ތިއޮޅުވާލެވެނީ ބަލާމީ ހުނާއި ކިޔާމީހުނަކަށް ވެސްނޫން ހުދު ތިމާ އޮޅުވާތިލަނީ ތިމާ ހެއްދެވިފަރާތަށް ކަން ހަމަކަށަވަރެވެ.
?
މާޝާﷲ
ތީ މުހުތާޒު މުހުސިންގެ ކޮއްކޮ. ބޮޑަށް ބެލެވެނީ ޝަހީމަށް ޖަހާލި މޮކެއްހެން
މަކަރުވެރިންގެ ނުބައި ރޭވުންތައް..
މާޝާ ﷲ. ކިޔެވުން ވ. ރިވެތި.
މުދިމަކަށް އުޅުނު ރަމީޒް ކިޔާ ބޭފުޅެއް މިހާރު ވީތަނެއް ނޭނގެ. ވ. ރީތިކޮށް ޤުރުއާން ވިދާޅުވާނެ. ހުނަރު ޢާއްމުންނަށް ދައްކާލަދެއްވާ. އަންހެން ބޭކަނބަލެއް ޝާތިރާޢަލީ ކިޔާ އެވެސް ވ. ކިޔެވުން ރީތި ބޭކަނބަލެއް. ވަގުތު މިބޭފުޅުންގެ ކިޔެވުން ގެނެސް ދެއްވުން އެދެން
ކިޔެވުން ވަރަށްވެސް ރީތި، ނަމަވެސް މި އަޑު އަންނަ ގޮތުން ހަމަ ފޯނަކުން ރެކޯރޑް ކޮށްގެން އަޑުހުންނަ ގޮތާ ވަރަށްވެސް ތަފާތު ގޮތެއް ހުރިކަން ފާހަގަ ކުރެވޭ، އަދި ބައެއް އަކުރުތައް އަދާކުރާއިރު، މިސާލަކަށް ފ އޭގެ މަޚްރަޖްގަ ރަގަޅަށް ނުޖެހޭކަން ފާހަގަ ކުރެވޭ ނަމަވެސް އަޑު އަންނަނީ ވަރަށް ފުރިހަމައަށް މީގެ އިތުރުން ބ ގެ މަޚްރަޖް ވެސް މިގޮތަށް ފާހަގަ ކުރެވޭ، ވ އަދާކުރާއިރު އަނގައިގެ ޙަރަކާތް ވެސް ތަފާތު ކަން ފާހަގަ ކުރެވޭ އެންމެ ބޮޑަށް ފާހަގަ ކުރެވެނީ ސްޓޫޑިއޯ އެއްގަ ނޫން ތަނެއްގަ މިގޮތަށް އަޑު ގެނެވިފައި ހުރި ހުރުން ކޮންމެ އަކަސް މޮޅަށް ދެނެވޮޑިގެންވަނީ މާތް ﷲ އެހެންކަމުން މިކުރެވޭ ސުވާލުގެ ޖަވާބު ދީ ކުރެވުނު ޝައްކު ފިލުވައި ދިނުމަކީ ކޮންމެވެސް ބަޔަކު ކުރަންޖެހޭނެ ކަމެއް ކަމުގައި ދެކެން
ގަބޫލު ކުރެވުނަސް ނުކުރެވުނަސް މީ ހަމަ ޝަމީމްގެ އޮރިޖިނަލް ޤުރުޢާންގެ ހުނަރެއް. އޭނާއަކީ ކުޑައިރުވެސް މުޅި އަތޮޅަށްވެސް ފާހަނގަވާ ރީތިކޮށް ގުރުޢާން ކިޔަވާ ކުއްޖެއް. އަލްޙަމްދުލިﷲ ..
ޢައިޝާ!
އަޅުގަނޑަކީ ޝަމީމް އާ އެއ އްރަޝަކަށް ނިސްބަތްވާ މީހެ އް އަޅުގަނޑު ވަރަށް ޔަގީން ކަމާ އެކީ ބުނެލަން އޮތީ ތިކިޔެވުމުކީ ޝަމީމީމް ގެ އަމި އްލަ ކިޔެވުން ކަން..
ޝަމީމް އަކީ ގ އ. މާމެންދޫ މިސްކިތުގަ އިމާމްވެ ނަމާދުކޮ އް ހުކުރު ކުރާ މީހެ އް.
މ
އެއީ ހަމަ ގއ. މާމެންދޫ މުޙައްމަދު ޝަމީމް ޢަބްދުލް މުޙްސިންގެ އަޑުން ރެކޯޑްކޮށްފަ. އޯޑިއޯގަ ހޯލް އިފެކްޓް ގެނެސްފަ ހުރީމަ ބައެއް މީހުންނަށް އޮޅުން އަރާފާނެ އަސްލެއްތޯ.. އެކަމަކު ޝަމީމަކީ ވަރަށް ކުޑައިރުއްސުރެ ޤުރުއާން ކިޔަވަން މޮޅު ރީތިކޮށްކިޔަވާ މީހެއް. މުޅި ހުވަދޫ އަތޮޅުން އެއްވަނަ ހޯދި. ކުރީގެ ޕީ.ޖީ މުހްތާޒް މުހުސިންގެ އެއްބަފާ ކޮއްކޮ. ޝަމީމަކީ އިމާމުވެ ނަމާދުކުރުމާއި މިއަދާހަމަޔަށްވެސް މިސްކިތްތަކުގަ އިމާމުވެ ހުކުރު ކުރާމީހެއް.
ބުރޯ މެނޭ މީ ލިޕްސިން އެއް.
މީހުން ގަބޫލް ނުކުރާތީ މީނާ ޓީވީ ޕޮރޮގުރާމަކައް އަރުވަން ފެނޭ #ހޭޔަންބޯ
ބަޔަކު ޤަބޫލް ކުނިޔަސް ނުވަތަ ނުކުރިޔަސް އިއީ ޝަމީމްގެ ކިޔެވުން. މަވެސް އޭނަގެ ފަހަތުން ނަމާދު ކުރިން.
މާޝާﷲ
ޝޭޙް ޝުރައިމް އަޑު
މިއީ ޤަބޫލުކުރަން ދަތިވިޔަސް ހަމަ ޝަމީމްގެ އަޑު
ތި ޢޭނަގެ އަޑު ... ނަމަވެސް ލިޕްސިން ކޮށް ވިޑިއޯ ކުރީ
ވަރަށް ރީތި ކިޔަވާލެއް
ފޯނުން ރެކޯޑިން އަކުން އަޑެ ތިހެނެއް ނުހުނަނާނެ.މީ 100% އެޑިޓެއް.
ޤުރުއާން ތަޖުވީދު މަގުން ނުކިޔަވާ މީހަކަށް ނޭނގޭނެ ޤުރުއާން ކިޔެވުމުގަ އަނގަ ހުޅުވަން ޖެހޭ މިންވަރު މީއަސްލު ކިޔެވުމެށް ނަމަވެސް އަޑުގަ އިފެކްޓް ހިމަނާފައި ވާކަން ފާހަނގަކުރެވޭ
ތީ ހަމަ ޝަމީމް މަވެސް އޭނަގެ ފަހަތުގަ ނަމާދު ކުރިން.ތަފާތު ރާގު ތަކަށް ކިޔަވާ މީހެއް އެއީ.މީގަ މާޓެކްނިކަލް ކަމެއްނެތް.
ރެކޯޱިންއަކަށް އަނގަހަލުވާފަ އެއޮތީ. އަހަރުމެންނަށްވެސް އެގޮތަށް ކިޔަވަންއެނގޭ
އެއީ ހަމަ އަސްލު
މާޝާﷲ
އަސްތަޤްފިރުﷲ!! ޢަރަބި ކަރައިގެ އެންމެ މަތީ ފެންވަރުގެ ކިޔެވުން!!!! މީނާ ބަހައްޓަންވީ މައްކާގެ ޙަރަމްފުޅުގައި އިމާމްވެ ނަމާދު ކުރަން!!!
ދޯ! އެހެން ކިޔަވާ ނަމަ ވައި އަޑެއް ބޭރުވާނީ
ބާ ކިޔާ އިރު އަޑެއް އަނގަ އަކާ ނުގުޅޭ
ތެދެއް!
މާޝާ ﷲ
ޝަމީމުގެ މަންމަ ވެސް ވަރަށް ރީތިކޮށް ޤުރުއާން ކިޔަވައެވެ. އެއްދުވަހެއްގައި އަޅުގަނޑު އެގެޔަށް ދިޔައިރު މޫސާބެ އާއި ދެމީހުން ދެކޮޅަށް ތިބެ ހަމަ ޤުރުއާން ކިޔަވާ ނަގަނީއެވެ. އަޑުވެސް ރީއްޗެވެ. ތަޖުވީދުގެ ހަމަތަކާއި މަޚްރަޖުވެސް ހަމަ އެހާ ފުރިހަމައެވެ. ޝަމީމުގެ ކިޔެވުމަކީ ވާރުތަވި ޢާއިލީ ކަމެކެވެ. މިފަދަ ވަގުތެއްގައި ޝަމީމް އަށް ކާމިޔާބަށް އެދުމަކީ މުހިންމު ކަމެއްކަމުގައި ދެކެމެވެ.
ބޯދާ ޖާހިލު އަރަބި ސަގާފަތަށް ގިނަ ބަޔަކު ތާއީކޮށް ބާރުލަމުން ގެންދާ ކަމީ ދިވެހިރާއްޖެއަށް ކުރިމަތިވެފައިވާ ބޮޑު ވަބާއެއް.