އޮޑިޓް ރިޕޯޓު ހުށަހެޅުމުން ނޫނީ ފައިސާ ދޫނުކުރާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވުމާ ގުޅިގެން އަހަރީ އޮޑިޓް ރިޕޯޓް އެމްޑީޕީން ހުށަހަޅައިފިއެވެ.
އެމްޑީޕީގެ ޗެއާޕަސަންގެ ނައިބް މާލީ އަހުމަދު އަބްދުﷲ ވިދާޅުވީ މިދިޔަ އަހަރު އެމްޑީޕީ އިން ފައިސާ ހަރަދު ކޮށްފައިވާ ގޮތް ބައިނަލްއަގްވާމީ އޮޑިޓް ފާމެއް ކަމަށްވާ އަރންސްޓް އެންޑް ޔަންގް (އީއެންޔޫ) އިން އޮޑިޓް ކޮށްފައިވާ ކަމަށެވެ. އަދި އޮޑިޓް ރިޕޯޓް މިހާރު އިލެކްޝަން ކޮމިޝަނަން ހުށަހަޅާފައިވާ ކަމަށެވެ.
އަހުމަދު އަބްދުﷲ ވިދާޅުވީ ދައުލަތުގެ ބަޖެޓުން ސިޔާސީ ޕާޓީތަކަށް ދޭން ޖެހޭ ފައިސާ އެ ކޮމިޝަނަން އެގޮތަށް ނުހިފެހެއްޓޭނެ ކަމަށެވެ.
" ކޮންމެ އަހަރެއްގެ ފުރަތަމަ ތިން މަސް ދުވަސް ތެރޭގައި ފައިސާ ދިނުމަށް ގާނޫނުން އެކޮމިޝަނަން ލާޒިމް ކުރާއިރު، ސިޔާސީ ޕާޓީތަކަށް ފައިސާ ދެނީ އޮކްޓޯބަރ، ސެޕްޓެމްބަރ ހިސާބުގައި " އަހުމަދު ފާހަގަކުރެއްވިއެވެ.
އެމްޑީޕީން ވަނީ އިލެކްޝަން ކޮމިޝަނުން ގާނޫނާއި ގަވައިދުތަކާއި އެއްގޮތަށް އަމަލުކުރަން ގޮވާލާފައެވެ.
" ވަގުތު " އަށް މައުލޫމާތު ދެއްވަމުން އިލެކްޝަންސް ކޮމިޝަނުގެ ތަރުޖަމާނު އަދި އެ ކޮމިޝަނުގެ މެންބަރު އަޙްމަދު އަކްރަމް ވިދާޅުވީ ސިޔާސީ ޕާޓީތަކަށް ފައިސާ ދޫކުރުމުގައި ތަފާތު ތަކެއް ނުގެންގުޅޭ ކަމަށެވެ.
" ސިޔާސީ ޕާޓީތަކުގެ ގާނޫގައި އޮންނާނެ އެޕާޓީ ތަކަށް ފައިސާ ދޫކުރުމުގައި ބަލާނެ ކަންތައްތަކެއް. 90 ދުވަސް ތެރޭގައި އަހަރީ ރިޕޯޓާއި އޮޑިޓް ހުށައަޅަން ޖެހޭކަމަށް އެބައޮވޭ. މި ދެ ރިޕޯޓު ހުށައެޅުމުން ނޫނީ ފައިސާ ދޫނުކުރެވޭނެ ވާހަކަ އެބައޮތް ގާނޫނުގައި" އަކްރަމް ވިދާޅުވިއެވެ.
ސިޔާސީ ޕާޓީތަކާބެހޭ ގާނޫނުގައިވާ ގޮތުން، 10،000 މެންބަރުން ހަަމަވާ ކޮންމެ ސިޔާސީ ޕާޓީތަކަށް ބަންދު ދުވަސްތައް ނުހިމެނޭ ގޮތަށް އަހަރުގެ ފުރަތަމަ ތިން މަސް ތެރޭގައި ފައިސާ ދޫކުރަން ޖެހެއެވެ.
އިލެކްޝަން ކޮމިޝަނުން ފައިސާ ދޭން ނިންމާފައި ވަނީ ޕީޕީއެމް، އެމްޑީއޭ އަދި ޖޭޕީ އަށެވެ. މި ތިން ޕާޓީއަށް ފައިސާ ދޭން އިލެކްޝަން ކޮމިޝަނުން ނިންމީ މި ތިން ޕާޓީވެސް އޮޑިޓް ރިޕޯޓާއި އަހަރީ ރިޕޯޓް ހުށަހަޅާފައިވާތީއެވެ.
އިލެކްޝަނުން ސިޔާސީ ޕާޓީތަކަށް މިއަހަރު 24 މިލިއަންއަށް ވުރެ ގިނަ ފައިސާ ދޫކުރުމަށް ވަނީ ނިންމައިފައެވެ.
ތިޔާ އޮޑިޓް ރިޕޯރޓް ވަރަށް ރަނގަޅަށް ބަލަން ޖެހޭނެއެވެ. މަމެންގެ ބުއްދި އަށް ގަބޫލު ނުކުރެވޭ ތިޔާ އޮޑިޓް ރިޕޯރޓް ސައްހަ ވާނެ ކަމަށް. އެންމެ ތިން ދުވަހުން ކިހިނެއް އޮޑިޓް ރިޕޯރޓް އެއް ނިންމާނީ ނުވާނެ ތިކަމެއް ތިޔާ ގައި ހުންނާނީ މުޅިން އޮޅުވާލުމާއި މަކަރާއި ހީލަތެވެ. ރަނގަޅު ވެލިއު އިންޖިނިއރަކު ލައްވާ ތިޔާ އޮޑިޓް ރިޕޯރޓް ބަލާ ދިރާސާ ކުރުމަށް ފަހުގައި ނޫނީ ފައިސާ ދޫކޮށްގެން ނުވާނެއެވެ. އުސޫލެއްގެ ގޮތުން ތިޔާ އޮޑިޓް ރިޕޯރޓް ޖެހޭނެ އޮޑިޓް އޮފީހުން ބަލާ އެންޑޯރސް ކުރަން. އެނޫން އެއްވެސް ހާލަތެއް ގައި ތިޔާ އޮޑިޓް ރިޕޯރޓް އެމްޑީޕީން ހުށައެޅިނަމަވެސް ފައިސާ އަދި އެމެންނަށް ދޭން ނުޖެހޭނެއެވެ.
އެއްގޮތަކަށްވެސް ދޭނެ ކަމެއް ނެތް އެމްޑީޕީ އަށް
ފަސާދަ އިތުރުކުރާކަށް ބައިތުލްމާލުން ޚަރަދު ކުރާނެ ކަމެއް ނެތް
ކޮބާރަގަޅައް ސައިޒުވެއްޖެދޯ
ތިޔައޮތީރަގަޅައްއޮރިޔާންވެފަ ރިޕޯޓުވެސްހުށައަޅާފަ
ތިޔަބާގަނޑު ޓީވީތަކައްއަރައި ބޮޑުބަސްބުންޏަކަސް އެއްވެސް އޮރައްޕަތެއްނެތް
ލާދީނީ ގުރޫޕްގަނޑް ( ހައްހައްހާ)