ދުނިޔޭގެ އެކިކަންކޮޅުތަކުގައި ފެތުރެމުން އަންނަ ކޮވިޑް-19 ރާއްޖެ އިން ފެނިފައިވާތީ ހ.ދ ފިނޭގައި ބާއްވަން ނިންމި ގުރުއާން މުބާރާތް ފަސްކޮށްފިއެވެ.

ކުރިއަށް އޮތް ރޯދަ މަހުގެ ތެރޭގައި ބާއްވަން ނިންމި ގުރުއާން މުބާރާތް ފަސްކޮށްފައި ވަނީ ވަކި މުއްދަތެއް ނެތް ގޮތަށެވެ. ފިނޭ ކައުންސިލުން ބުނީ ގުރުއާން މުބާރާތް ފަސް ކުރުމުގެ ސަބަބުން ދަރިވަރުންނަށް މުބާރާތަށް ތައްޔާރުވުމަށް އިތުރު ފުރުސަތެއް ލިބިގެންދާނެ ކަމަށެވެ.

ފިނޭގައި ގުރުއާން މުބާރާތް ބޭއްވުމަށް ހަމަޖެހިފައި އޮތީ މެއި އަށެއް އަދި ނުވަ ވަނަ ދުވަހުއެވެ.

ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގެ އެކި ރަށްރަށުގައި ބޭއްވުމަށް ނިންމި ހުރިހާ މުބާރާތްތަކެއް ހެން ވަނީ މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައެވެ.

މީގެއިތުރުން ފިނޭ ކައުންސިލުން ވަނީ ފިތުރު އީދުގެ މުނާސަބަތުގައި ބޭއްވުމަށް ހަމަޖެހިފައިވާ ފުޓްސަލް މުބާރާތް ވެސް މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައެވެ.

އެގޮތުން އެ ރަށު ކައުންސިލުން ބުނީ މި ދެ މުބާރާތް އޮންނާނެ ވަކި ތާރީހެއް ފަހުން އިއުލާންކުރާނެ ކަމަށެވެ.

 

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޑރ.ރާމީ ހަސަން މަނިކު(އެންޑޯކްރައިނޮލޮޖިސްޓް/ނިއުޔޯކް-ސެއިންޓްމޭރީހޮސްޕިޓަލް/އެމެރިކާ)

    ރަށްރަށުގެ ވާހަކަ ލިޔާ އިރު އެރަށެއް ގައި މީހުން އުޅޭ އަދަދު ލިޔެލުން ވަރަށް ބޮޑަށް އެދެން !