ކޮމިޝަނާ ޖެނެރަލް އޮފް ކަސްޓަމްސް އަހްމަދު ނުއުމާން އަވަހާރަވުމާ ގުޅިގެން ރައީސް އިބުރާހިމް މުހައްމަދު ސާލިހު، ނުއުމާގެ އާއިލާއަށް ތައުޒިޔާގެ މެސެޖެއް ފޮނުވައިފިއެވެ.

ރައީސް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ނުއުމާން އަވަހާރަވި ހަބަރު އެހީ ފުން ހިތާމައާ އެކު ކަމަށާއި އެބޭފުޅާއަކީ ތެދުވެރި އިހުލާސްތެރި ހިދުމަތްތަކެއް ކޮށްދެއްވި ބޭފުޅެއް ކަމަށެވެ. އަދި ނުއުމާންގެ އާއިލާއަށް ތައުޒިޔާ ފޮނުވާ މަރުހޫމުގެ ފުރާނައަށް ސުވަރުގޭގެ ދާއިމީ ނިއުމަތް މިންވަރު ކޮށްދެވުމަށް އެމަނިކުފާނު ދުއާ ކުރެއްވިއެވެ.

ނުއުމާން އަވަހާރަވުމާ ގުޅިގެން މިއަދު ކަސްޓަމްސް ބަންދުވާނެ

ނުއުމާން އަވަހާރަވީ، ކިޑްނީ ޓްރާންސްޕްލާންޓް އޮޕަރޭޝަނަކަށް އިންޑިއާ އަށް ވަޑައިގެން އުޅުއްވަނިކޮށެވެ. ނުއުމާން ކަސްޓަމްސްގެ އެންމެ އިސްވެރިޔާގެ މަގާމަށް އައްޔަން ކުރެއްވީ 2018 ވަނަ އަހަރުގެ ޑިސެމްބަރު 11 ވަނަ ދުވަހުއެވެ. އޭނާ އެމަގާމަށް އައްޔަން ކުރެއްވީ އަދާލަތު ޕާޓީގެ ސްލޮޓެއްގައެވެ. ނުއުމާން ވަނީ ފެނަކަ އުފެއްދިއިރު އެ ކުންފުނީގެ ޗެއާމަންގެ މަގާމު ފުރުއްވާފައެވެ. އޭގެ ކުރިން ސްޓެލްކޯ އާއި ހައުސިން މިނިސްޓްރީގައި ވެސް އޭނާ މަސައްކަތް ކުރެއްވެވިއެވެ.

ކޮމިޝަނާ ޖެނެރަލް އޮފް ކަސްޓަމްސް ނުއުމާން އަވަހާރަވެއްޖެ

ނުއުމާން އަވަހާރަވުމާ ގުޅިގެން ކަސްޓަމްގެ ހެޑް އޮފީސް މިއަދު ވަނީ ބަންދުކޮށްފައެވެ.

ކަސްޓަމުން ކުރި ޓްވީޓެއްގައި ބުނީ ނުއުމާން އަވަހާރަވުމާ ގުޅިގެން މިއަދަކީ ކަސްޓަމްގެ ބަންދު ދުވަހެއްގެ ގޮތުގައި ކަނޑައަޅާފައިވާ ކަމަށާއި ކުރިއަށް އޮތް ތިން ދުވަހުގެ ނިޔަލަށް ހިތާމައިގައި ބައިވެރިވުމުގެ ގޮތުން ކަސްޓަމްސްގެ ދިދަ ހުންނާނީ ބައި ދަނޑިއަށް ތިރިކޮށްފައި ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު