އިދިކޮޅު އެމްޑީޕީ އަކީ މިހާރު ރާއްޖޭގެ ހާލަތު އޮތް ގޮތުން ރާއްޖޭގެ ވެރިކަން ކުރަން ކަމުދާ ޕާޓީއެއް ނޫންކަމަށް ޓްއަރިޒަމް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.

މިނިސްޓަރ ޒަމީރު މިހެން ވިދާޅުވީ ޕީޕީއެމް އިން ތ.އަތޮޅު ވޭމަންޑޫގައި "މަމެން ރައީސް ޔާމީނާއެކު" ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މިނިސްޓަރު ވިދާޅުވީ އެމްޑީޕީ އިން ތިން އަހަރުގެ ވެރިކަން ކޮށްފައި ދިޔައިރު ކަންތައް ވެފައި އޮތް ގޮތް ފެނުނު ކަމަށާއި އެހެންކަމުން އެކަމުގެ ތަފްސީލު ނުދެއްވި ނަމަވެސް އެމްޑީޕީ އަކީ ރާއްޖޭގެ ވެރިކަން ކުރަން މިހާރު ކަމުދާ ޕާޓީއެއް ނޫންކަން ރައްޔިތުންނަށް އެނގޭނެ ކަމަށެވެ.

"މިހާރު ޕީޕީއެމްގެ މެންބަރުން ކުރައްވަންވީ ކަމަކީ އަޅުގަނޑުމެންގެ ޓީމްތަކުން ރާއްވަވާފައިވާ ކަންތައްތައް ކުރެއްވުމުގައި އެއްބާރުލުން ދެއްވަވަންވީ. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން އެއްލަކިން ރިޔާސީ އިންތިޚާބު ކާމިޔާބު ކުރާނަން." މިނިސްޓަރ ޒަމީރު ވިދާޅުވިއެވެ.

މިނިސްޓަރ ޒަމީރު ވިދާޅުވީ މިދިޔަ ހަތަރު އަހަރަކީ ސިޔާސީ ގޮތުން އެންމެ އުނދަގޫ ދުވަސްތައް ކަމަށާއި މިހަތަރު އަހަރުތެރޭގައި އެތައް ފަހަރަކު ބަޣާވާތް ކުރަން އުޅެފި ކަމަށާއި ރައީސްގެ ފުރާނަފުޅަށް ގެއްލުން ދޭން ވެސް އުޅެފި ކަމަށެވެ. ނަމަވެސް ރައީސް ޔާމީން ވަނީ ގިނަ ކަންތައްތަކެއް ކޮށްދެއްވާފައި ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރައްވާފައި އޮތް އިރު ވެސް އިޤުތިޞާދީ ގޮތުން ދިމާވި ދަތިތައް ހައްލު ކުރުމުގެ މަސައްކަތް ރައީސް ޔާމީން ދިޔައީ ކުރައްވަމުން. މެންބަރުންނަށް ދިމާވި ކަންތައްތައް ހައްލު ކުރުމުގެ މަސައްކަތް މެޑަމް ފާތުން ދިޔައީ ކުރައްވަމުން. ބޮޑު ކާމިޔާބަކާއި އެކު ކުއްލި ނުރައްކަލަކުން ހާލަތު ނިމިގެން ދިޔައީ އެހެންވެގެން." މިނިސްޓަރު ޒަމީރު ވިދާޅުވިއެވެ.

މިނިސްޓަރު ޒަމީރު ވިދާޅުވީ މިހާރު ރައްޔިތުން ބޭނުންވަނީ ރަށުން ޕެނަޑޯލް ގުޅައެއް ލިބުން ނޫންކަމަށާއި މިހާރު ރައްޔިތުން ބޭނުންވަނީ އޭޓީއެމް ފަދަ ޚިދުމަތްތައް ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ވެރި ސޮރު

    މިއިން އެއްބަޔަކީވެސް ވެރިކަން ކުރަން ކަމުދާ ބަޔެއްނޫން ބޭރުގެ ވިޔަފާރިވެރިން މެދުވެރިކޮށް މިމީހުންގެ ޖީބު ފުރޭގޮތަށް ޤައުމުގެ މުއްސަދިކަން ލޫޓުވާ ބަޔެއް ! ރައްޔިތުން ވިސްނާ

  2. ހުސެންކޯ

    މިނިސްޓަރ ޒަމީރު މިހެން ވިދާޅުވާ އިރު މީނާ އަކީ ކޮންކަހަލަ ކާކުކަން އިނގޭނީ މިކަލޭގެ ނިސްބަތް ވާ ރަށު މީހުން ނަށް.